އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ބަލަން ގޮނޑުދޮށަށް ދަނީ ކިތަށް މީހުން ހެއްޔެވެ؟ އެ ކުލަކުލައިގެ ރީތި މަންޒަރުތައް ދެކޭ ހިތްވަނީ ކިތަށް މީހުން ހެއްޔެވެ؟ އެ މަންޒަރުން އުފާ ހޯދަނީ ކިތަށް މީހުން ހެއްޔެވެ؟ އާނއެކެވެ. ހަމަ ގައިމު ވެސް އަހަންނަކީ އޭގެތެރެއިން އެކަކަށް ވާނެއެވެ. އެ މަންޒަރުތަކުން އުފާ ލިބިގަންނަމެވެ. ހިތަށް ހަމަޖެހުން ލިއްބައިދެމެވެ. އަހަރެންގެ ދިރިއުޅުން ބަދަލުވީ ހީވެސް ނުކުރާ ފަދަ އިންނެވެ.

 

އުމުރުން 18 އަހަރުވީ އިރުވެސް އަހަރެން މެދު ނުކެނޑި މި މަންޒަރުތައް ބަލަމުން ދިޔައީމެވެ. ނަމަވެސް އަހަރެން މި މަންޒަރުތަކާ ދުރަށް ދާން ޖެހުނީ އަހަންނަށް ވެސް މީހުން އެ ބުނާ ފަދަ ” ލޯތްބެއް ” ވެވިގެނެވެ. އާނއެކެވެ. ލޯތްބަކީ މީހާގެ ހިތް ހާލާކު ކޮށްލާ އެއްޗެކެވެ. މައިންބަފައިން ނާއި އެކުވެރިން ދެކެ ވާ ލޯބި، ލޯބިވެރިންދެކެ މިވާ ލޯތްބާ ހާސް ބައި ތަފާތެވެ. އެ ލޯބީގެ ސަބަބުން އަހަރެން އެ މަންޒުތައް ދެކެވެސް ވީ ފޫއްސެއް.

 

އެދުވަހު ކޮލެޖުން ފުރަތަމަ އަހަންނަށް އޭނާ ފެނުމުން ވެސް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވިއެވެ. ޙިޔާލީ ވާހަކަ ތަކުން ބުނާހެން އަހަރެންގެ މެޔަށް ހީވީ ފިނި ފެން ބާލިދީ އެއް އޮއްސައިލި ހެންނެވެ. ބަނޑުގައި ހީވީ ކޮކާ އުދުހޭހެންނެވެ. ދެފައިން ވާގިދާހެން ހީވިއެވެ. މޫނަށް ޖަންބުކުލަ އެރިއެވެ. އަތްފައި ފިނިވިއެވެ. އަދިވެސް ޙިޔާލީ ވާހަކަ ތަކުގައި ވަންޏާ ވާހާ ގޮތެއް ވިއެވެ. އަހަރެން އެކަން ހިންދައިލީ މީހަކަށް ޝަކުވެސް ނުވާނެހެންނެވެ. ނަމަވެސް ކޮންމެ ދުވަހަކު އޭނާ އަހަރެންގެ ހިތް ފަތަޙަ ކުރެއެވެ. އެ ފުން ކަނޑެއް ފަދަ ކަޅު ކަޅީގެ ތެރެއަށް އަހަރެން ގަންބުވާލައެވެ.

 

މިގޮތަށް އަހަރެން އުޅޭތާ އަހަރެއް ވީއިރު ވެސް އަހަރެންގެ ހިތުގައި އުފެދިފައިވާ ލޯބީގެ ހުޅުގަނޑުން އެންމެ ކަންޏެއް ވެސް ފަނޑެއް ނުވެއެވެ. އެހެން ނަމަވެސް އިތުރުވެ އަލިގަދަވިއެވެ. ދެން އަހަރެން އެ ވާހަކަ ހިއްސާ ކުރީ އަހަރެންގެ ދައްތަ އާއެވެ. ދައްތަ ގެ ހިޔާލަކަށް ވީ އަދި މަޑުކުރުމަށެވެ. ލޯބިވާ ވާހަކަ ނުބުނުމަށެވެ. މި ގޮތުގެ މަތިން ދުވަސްތައް ހަފުތާ ތަކަށް ހަފުތާ ތަށް މަސްތަކަށް ވަމުން އައިސް 2 މަސް ވީ އެވެ. އަހަރެން ވެސް ޙިޔާލީ ދުނިޔޭގައި އުފާވެރިކޮށް ގަނޑުވަރެއް ބިނާކުރަމުން ދިޔައިމެވެ. މިހެން އުޅެމުން ގޮސް އަހަރެންނަށް ހީވެސް ނުކުރާ ފާދަ ހަބަރެއް ލިބުނެވެ. އާނއެކެވެ. އަހަރެންގެ ދައްތަ އޭނާ ކައިރީގައި ބުނީ އެވެ.

 

“އައިމަން ބުނި މިފަހަރުގެ ފުރަތަމަ ސެމިސްޓާރ ގެ އިމްތިޙާނު ނިމުމުން ކުޑަކޮށް ވާހަކަ ދައްކައިލަން ދިމާކުރާނަމޭ ”

 

ހެވިލައިފައި ދައްތަ އެހެން ބުނުމުން އަހަރެންގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އިމްތިޙާނު ނިމުމުން ވެސް އައިމަންގެ ހަބަރެއް ނުވިއެވެ. އަހަރެން ހިތުގައި ޖެހުމުން ވެސް އަޅައެއް ނުލަމެވެ. އައިމަން ބިޒީ ކަމުން އަދި ހަބަރެއް ނުވެވެނީ ކަމަށް ބަލައި ހިތް ހަމަޖައްސައިލަމެވެ.

 

އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ އިމްތިޙާން ނިމި ދެހަފްތާ ވެއަތު ވުމުންނެވެ. ކޮންމެވެސް ގޮތަކުން ކުލާހުގައި އައިމަން އާއި ވާހަކަ ދައްކަން އަހަރެން މަސައްކަތް ފެށީމެވެ. ނަމަވެސް އަހަންނަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. ނޫނެކެވެ. އަހަންނަށް އައިމަންއާއި ވާހަކަ ދައްކަން ނުކެރުނީއެވެ. ހިތްހަމަ ނުޖެހި ދާނެތީ އެވެ. އަނެއްކާވެސް އަހަރެންގެ ވާހަކަ ދައްތަ އާއި ހިއްސާ ކުރީމެވެ. ދައްތަ އައިމަންއާއި ވާހަކަ ދައްކާނަމޭބުނެ އަހަރެން ހިތްހަމަ ޖައްސައިދިނެވެ.

 

ދެވަރަކައް ދުވަހުތެރޭގައި އަހަރެންގެ ދައްތަ އައިމަންގެ ފޯނު ނަންބަރު ހޯދައިގެން ގެނައެވެ. ފޯނުން މާކަ ގިނަ ވާހަކައެއް ނުދެއްކިނަމަވެސް އަހަރެމެން ދެމީހުން އެއްރޭ ދިމާކުރަން ނިންމީމެވެ.

 

ރޭގަނޑު 30 9 ހާއިރު އައިމަން އަހަރެމެންގެ ގެ ކައިރިއަށް އައެވެ. ދައްކާނޭ ވާހަކަ ނޭނގުމުން އަހަންނަށް ހެވުނެވެ. ނޫނެކެވެ. އަހަރެން ބޭނުންވީ ހަޅޭއް ލަވާށެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އައިމަން އަހަންނަށް ފިނިފެންމަލެއް ދިއްކޮއްލިއެވެ. އެ މާ އިނީ ކުޑަކޮށް ތަނޑި ގުދުވެފައި ކަމުން އައިމަން ބުންޏެވެ.

 

” މީ އަހަރެން އަހަރެން. އަހަރެން ދުވަހަކު ވެސް ސީދަލެއް ނުވާނެ“

 

ހެވިލާފައި އައިމަން އެހެން ބުނި އިރު ދެވަނަ މާ ވެސް ދިއްކޮއްލައިފިއެވެ.

 

” އަހަހަ ދެން މި އޮތީ ސީދާ ކޮށް އޮތް މަލެއް. މިއީ އާޔާ. “

 

ކުރާނީ ކީއް ހެއްޔެވެ. އެއޮތް ކުޑަ ވަގުތުކޮޅު ތެރޭގައި ވެސް އައިމަން އަހަރެން ހެއްވާލައިފިއެވެ. ނަމަވެސް އެވަގުތު ބަޔަކު އެ ދިމާއަށް އަންނަން ފެށުމުން އައިމަން މިގަޑީގަ މިތާ ހުރުން ރަނގަޅެއް ނޫނޭ ކިޔާ ހިނގައިގަތެވެ. އަހަރެން ވެސް އިތުރަށް އެއްޗެއް ބުނާކަށް ނުހަދަމެވެ. ބޯ ޖަހާލަިގެން ފުއްދާލައިފައި އަހަރެން ވެސް އެތެރެއަށް ވަނީ އެވެ.

 

ދުވަސްތައް ފާއިތުވުމުން ދިޔައިރު އައިމަންގެ އެއްވެސް ހަބަރެއް ނުލިބެއެވެ. އެރޭގެ ފަހުން އައިމަން އަހަރެނާއި އަނގައިން ވެސް ނުބުނެއެވެ. ކަމެއް ބޭނުންވެއްޖެނަމަ އިސް ނަގައި އަހަރެން ވާހަކަ ދެއްކީމެވެ. އަހަންނާއި ދިމާއަށް އައިމަން ބަލައި ނުލާތާ އައިމަންގެ އަޅައިލުމެއް ވެސް ނުލިބުނެވެ. އެހެން ނަމަވެސް ކުލާހުން ފެންނަ ފެނުމަށް އަހަރެން ފުއްދާލަނީ އުފަލުން ހުރެއެވެ.

 

ދުވަސްތައް ވޭތުވެ އަހަރެމެންގެ ‘ ގްރެޖުއޭޝަން ނައިޓް’ އެވެ. ޖަލްސާ ނިމި ބިލެއް މީރުކޮއްލުން ކުރިޔަށް ދިޔައިރު އަހަރެން ހުރީ ކޮލެޖުގެ ގަހެއްގެ ދޮށުގައެވެ. އެހެން ހުއްޓައި އައިމަން އެހެން ދާން ފެށުމުން އަހަރެން އައިމަންގެ އަތުގައި ހިފާ ގަސް ފަހަތަށް ގެނައީމެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރުމުން ވަރަށް ފަސޭހައިން އައިމަން ދަމައިގަނެވުނެވެ. ކަޅު ކޯޓު ފަޓުލޫނު ގައި އައިމަން ހުރި އިރު އިސްތަށިގަނޑު ވަނީ ޒަމާނީ ފެށަނަށް ސްޓައިލް ކޮށްލެވިފައެވެ. އެ ވިދުންގަދަ ކަޅު ކަޅިއާއި ބޯ އެސްފިޔަ ތަކުގެ މަތިން ވާ ބޮޑު ބުމައިގެ ފުރިހަމަކަން ފެނިއްޖެ ނަމަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ވެސް ފިދާ ވާނެއެވެ. އައިމަންގެ ހާލަކީ ތޯއެވެ؟ ސިނުނު ވަރު ލޯ ބޮޑުވެފައި ހުރުމުން އަހަންނަށް ވެސް ހެވޭވަރުވިއެވެ. ކަޅި ޖަހައި ނުލާ އައިމަން އަހަންނަށް ބަލަން ހުރުމުން ވަރަށް އުނދަގޫވީ ނަމަވެސް އަހަރެން އައިމަން އާއި ވާހަކަ ދައްކަން ފެށީމެވެ.

 

” އައިމަން ކީއްވެ އަހަރެން އިގްނޯރ ކުރަނީ؟ ނޭނގޭތަ އަހަރެން ދެރަ ވާ ވަރު؟ އައިމަން ތި ގޮތަށް ކަންތައްކުރާތީ މިތަނަށް ހާދަ ތަދުވެޔޭ!”

 

މޭގައި އަތް ޖައްސައިލަމުން އަހަރެން އެހެން ބުނި އިރު އަހަރެންގެ ލޮލުގައި ވާ ޝަކުވާ އައިމަން އަކަށް ސިއްރެއް ނުވާނެއެވެ. ހިނދުކޮޅަކަށް އަހަރެނަށް ޓަކައި ހިތަށް ކުލުނު ވަތްހެން ހީވި ވަގުތުކޮޅަކަށް ފަހު އައިމަން އަހަރެން ދުރުކޮއްލީ ރުޅިވެރި ކަމާއި އެކުގައެވެ. ވާނުވާ ނޭނގިފައި ހުރެވެސް އަހަރެން ވީ ކިހިނެއްތޯ ސުވާލު ކުރީމެވެ.

 

“އާޔާ އަށް ހަމަ ނޭނގިގެންތަ ތި އަހަނީ؟ ނޭނގެންޏާ ބުނެދީފާނަން. އަޑު އަހާ. ފުރަތަމަ ކަމަކީ އަހަރެން އާޔާ ދެކެ ލޯބި ނުވާކަން. އަހަރެން އެހެން ކުއްޖަކާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން. އަހަރެން އާޔާ ދެކެ ފޫހި ވޭ. އަދި ކިތައް ކަންތައްތަ ބުނެދޭންވީ؟ ”

 

އައިމަން އެހެން ބުނިއިރު އަހަންނަށް ހީވީ ކަންފަތަށް ހޮނު ގުގުރި އެއް ޖެހި ހެނެވެ. އައިމަން ގެ ލޮލުން އަހަންނަށް ފެނުނީ ނަފްރަތެވެ.

 

” ދެން ކީއްވެ ކުރިން ގަޔާވާކަމައް ބުނީ؟ ކުރިން ވެސް މިހާރުވެސް މީ ހަމަ އެ އާޔާ އޭ”

 

އޭރު އަހަރެންގެ ލޯ ފުރަމުން އައި ކަރުނަތައް އަހަރެންގެ ކޯތާފަތް މަތިން ޖާގަ ހޯދައިފިއެވެ. ނަމަވެސް އެކަމަށް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އަހަރެން ބޭނުންވީ ވެސް ރޯލާށެވެ.

އައިމަން ދިޔަ ދިމާއަށް ބަލަން ހުރެފައި އަހަރެން ވެސް ޓިޝޫ އަކުން މޫނު ފުހެލުމަށް ފަހު ހޯލް އާއި ދިމާއަށް ހިނގައިގަތީމެވެ. އަހަރެން ގޮސް ހޯލުގެ ދޮރުން ވަތް އިރު އަހަރެންގެ އެންމެ ގާތް ތިން އެކުވެރިން އައިސް ސުވާލުތަށް ބަންޑުން ކޮއްލައިފިއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އަހަރެންގެ ލޯ ވަނީ ދުޅަވެފައެވެ. ދޭނޭ ޖަވާބެއް ނެތުމުން އަހަރެން އިސްޖަހައިލި ވަގުތު އައިމަން އަހަރެމެންނަށް ގޮވާފައި ފޮޓޯ ނަގަން އަންނަން ބުންޏެވެ.

 

“އަހަރެން ނުދާނަން ޝައި ދޭ ރަފް އާއި ޝުހާ އާ އެކު. މި ގަޑީގައި ފޮޓޯ ނަގާ ހިތެއް ނުވެ. ”

 

އަހަރެން އެހެން ބުނުމުން ތިންމީހުން އަހަންނަށް ބަލަން ތިބީ އެއްޗެއް ދެނެގަންނަން ބޭނުންވާ ހެނެވެ. ޙަޤީޤަތުގައި އައިމަންގެ ފޯނުން އަހަރެންގެ ފޮޓޯއެއް ނަގަން ވެސް އަހަރެން ބޭނުން ނުވީއެވެ. އައިމަން ދެވަނަ ފަހަރަށް ގޮވުމުން އެމީހުން ހިނގައިގަތެވެ.

 

” އާޔާ ކިހިނެއް ވެފަ އެއިނީ؟ ”

 

އައިމަން އަހަންނަށް ބަލައިގެން ހުރެ އެހެން ބުނި އަޑު އަހަންނަށް ވަރަށް ރަނގަޅަށް އިވުނެވެ. ސިހިފައި ކަހަލަ ގޮތަކަށް އަހަންނަށް އެދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. އެ ސުވާލުގެ ޖަވާބު އައިމަން އަށް ހަމަ ރަނގަޅަށް ވެސް އެނގޭނެއެވެ. ނަމަވެސް ދެވަނަ ސިކުންތު ގައި އަހަރެން އިސް ޖަހަލީ އެ ފުން ކަނޑެއް ފަދަ ކަޅީގެ ތެރެއަށް ގެނބެން ބޭނުން ނުވީމައެވެ.

 

” ނޭނގެ ދެންމެ ބޭރަށް ނިކުމެފަ އާއި އިރު ދެލޯ ހުރީ ދުޅަ ވެފަ. ވަރަށް ރޮވެފަ އެ ހުރީ”

 

ޝުހާ އެހެން ބުނީ އަހަންނަށް ބަލަގެން ހުރެ ކަމުން އައިމަން ގެ މޫނަށް އެރި ކުލަވަރެއް އޭނާ އަކަށް ނުފެނުނެވެ. އަހަރެންނަށް އިސް އުފުލައިލަން ޖެހުނީ ކުރިމަތީގައި އައިމަން އައިސް ހުއްޓުމުންނެވެ.

 

“އާޔާ ހިނގާ ދާން އެންމެ ފޮޓޯ އެއް ވިޔަސް ނަގަން. އެހެން ނޫނީ އެމީހުނަށް ޝައްކު ވެދާނެ. އަދި އެއް ވާހަކަ ދުވަހަކުވެސް އަހަރެންނަށް ކަމެއް ކޮއްދޭންޏާ މާދަންރޭ ކަޅު ހެދުމެއްގަ ރީތި ވެގެން 9 ޖަހާއިރު ގޭ ދޮރުމައްޗަށް ނިކުންނާތި. ޕްލީޒް. ”

އަހަރެން އައިމަން ދެއްކި ވާހަކަ ތަކަށް ބޯ ޖަހައިލުމަށް ފަހު ފޮޓޯ ނަގަން ދިޔައިމެވެ.

 

ޖެހިގެން އައި ދުވަހު އިރު އެރުމާއި އެކު އަހަރެން އެރެއައް ލާނޭ ހެދުމެށް ހޯދައި ތައްޔާރު ކުރީމެވެ. ނަމަވެސް އަހަރެން ހުރީ ވަރަށް ބިރުންނެވެ. ވާނީ ކީއް ކަމެއް ނޭނގޭތީ އެވެ. އިރު އޮއްސުމާ އެކު އަހަރެން އަވަސް އަވަހަށް ތައްޔާރު ވާން ފެށީމެވެ. 9 ޖެހި އިރު އަހަރެން ހުރީ ބޭރުގައެވެ. އޭރު އަހަރެންގެ ކުލާހު ކުއްޖެއް ކަމަށްވާ ޝައިހާން މަގުގެ އެއްފަރާތުގައި ސައިކަލު ގައި ހުއްޓެވެ. އަހަންނަށް ގޮވާފައި އޭނާ ގާތައް ދިއުމަށް ބުނުމުން އަހަރެން ދިޔައީމެވެ. ނަމަވެސް އެއްވެސް ވާހަކައެއް ނުދައްކާ އޭނަ ބުނީ ހަމައެކަނި ސައިކަލުގެ ފަހަތަށް އެރުމަށެވެ. ފަސްޖެހުން ނަމަވެސް އަހަރެން އެރީ ޝައިހާން އައީ އައިމަން ބުނެގެން ކަމަށް ބުނުމުންނެވެ. 10 ވަރަކައް މިނެޓު ދުއްވުމަށް ފަހު އަހަރެމެން މަޑުކޮއްލީ ރަށުގެ ތުނޑީ ގައެވެ. އޭރު އައިމަން އެތާނގައި ހުރިއެވެ. އަތުން އިޝާރާތް ކޮށްފައި ކައިރިޔަށް އައުމަށް ބުނުމުން އަހަރެން ޝައިހާން އަށް ބަލައިލީމެވެ. އޭރު ޝައިހާން އަހަންނަށް ބަލަން ހުރީ ވަރަށް ފޫހިވާ މީހަކަށް ބަލާހެނެވެ. ދެން އައިމަން އަށް ބަލައިލުމުން އަނެއްކާވެސް ގާތަށް އައުމަށް އިޝާރާތް ކުރި އެވެ. އަހަރެން އައިމަންގެ ގާތުގައި ހުޓުމުން އައިމަން އަހަރެންގެ މޫނުގައި ފޮތިކޮޅެއް އެއްސިއެވެ. ދެފަހަރަކަށް އައިމަން އަށް ގޮވުމުން އަނގައިން އެއްޗެއް ނުބުނެ ހުރުމައް އައިމަން ބުންޏެވެ. ބިރުގަތް ނަމަވެސް އައިމަން ބުނި ކޮންމެ ގޮތަކަށް ކަންތައް ކުރީމެވެ.

 

ލޮލުގައި އެ ފޮތިކޮޅު އެޅުމަށްފަހު އަހަރެންގެ ފައިވާން ބޭލުމަށް އެދުނެވެ. ފައިވާން ބޭލުމުން ފައިވާން އަހަރެންގެ އަތަށް ދީފައި އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އިރުކޮޅަކު ހިނގުމަށްފަހު ހުއްޓުނުއިރު އެތާނގައި ބަޔަކު އުޅޭހެން ހީވިއެވެ.

 

“މާން އަހަރެން ވަރަށް ބިރުގަނޭ އެބަ”

 

އަހަރެން އެހެން ބުނި އިރު އަހަރެންގެ އަޑުވެސް ތުރުތުރު ލައެވެ. އައިމަން ދެންވެސް އެއްޗެއް ނުބުނެ އަހަރެންގެ ކޮނޑުގައި ހިފާ އަނެއްފަރާތަށް އަނބުރައިލިއެވެ. އެއަށްފަހު މޫނުގައި އިން ފޮތިކޮޅު ނެގިއެވެ. އޭރު އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. ކައިރީގައި ހުރި މީހަކަށް އަޑު އިވޭހާ ވެއެވެ. މޫނުން ފޮތިކޮޅުނެގުމުން އަހަރެން އައިމަން އަށް ބަލައިލީމެވެ. ނޫނެކެވެ. ކުރިމަތީގައި މިހުރީ އައިމަން އެއް ނޫނެވެ. އަހަރެންގެ ކުލާހު ކުއްޖެއްކަމަށް ވާ ހޫދު އެވެ. އެހެން ވެއްޖެނަމަ އައިމަން ކޮބައިހެއްޔެވެ. އަނެއްފަރާތަށް އަހަރެން އެނބުރުނީ ފަހަތުން އައްޔެއް ފެނުމުން ނެވެ. އޭރު އައިމަން އަހަރެންގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ އިނެވެ. އައިމަންގެ އަތުގައި ފިނިފެންމަލެއް އޮތެވެ. ކައިރީގައި ޕެޓްރޯލް އަޅައިގެން އަނދަ އަނދާ ހުރި ހިތެއް ވެސް އިނެވެ.

 

“އަހަރެންގެ އިންތިޒާރުގަ އާޔާ ދެ އަހަރު ދުވަސް ހޭދަ ކޮށްފި. އެތައް ފަހަރަކު އަހަރެންނަށްޓަކައި ތި ދެލޮލުން ކަރުނަ އޮހޮރުވައިފި. އެކަމުން ވެސް އެނގޭނީ އާޔާ އަހަރެން ދެކެ ލޯބިވާ ވަރު. ކޮންމެ ގޮތެއްވިޔަސް މިއަދު އަހަރެންގެ ހިތަށް ތަސައްލީއެއް ބޭނުން. މިދިޔަ 3 އަހަރު ދުވަހު މި ހިތުގައި ރަނިކަން ކުރި ކަމަނާ އަކީ ތީ. ފެނުނު ފުރަތަމަ ދުވަހުންސުރެ މި ހިތުގެ ހަމަޖެހުން ނަގައިލި ކުއްޖަކީ ތީ. ނަމަވެސް އަހަރެން ލޯބިވާ ވާހަކަ ހާމަ ނުކުރީ ހަމަ އަހަރެމެން ދެމީހުން ގެ ފައިދާ އަށް. ސަބަބަކީ އާޔާ ގެ ކިޔެވުމަށް އެޅޭ ހުރަހަކަށް އަހަރެން ވާން ބޭނުން ނުވީ. ނަމަވެސް ރޭ ތި ދެލޮލުން ފެނުނު ވިދުމުން އަހަރެންނަށް އިތުރަށް ކެތް ކުރަން އުނދަގޫވީ. އެކަމަކު ރޭގަ އަހަރެން ލޯބިވާ ވާހަކަ ބުނަން ބޭނުން ނުވީ. އާޔާ އައި ލަވް ޔޫ. ބީ މައިން. އެންޑް މިއަދު އާޔާ ދިން ކޮންމެ ޖަވާބެއް އަހަރެން ގަބޫލު ކުރާނަން. އުންމީދުކުރަނީ ނޫނެކޭ ނުބުނާނެ ކަމަށް. ”

 

އައިމަންގެ މި ބަސްތަކުން އަހަރެން ހުރީ ހުއްޓުން އަރާފައެވެ. ވާންވީ އުފާ ކަމެއް ނޫނީ ދެރަ ކަމެއް ނޭނގިފައެވެ. އަނގައިން ބަހެއް ނުބުނެވުނަސް އަހަންނަށް ބޯ ޖަހައިލެވުނެވެ. އަދި ފިނިފެނަމަލުގައި ހިފަމުން ދެން އަހަންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އައިމަން މަލުން ދޫކޮށްލި ވަގުތު އަހަރެންގެ އަތް މައްޗަށް ވެއްޓުނީ ރަނާއި ރިހިން ފަރުމާކޮއްފައިވާ އަނގޮޓި އެކެވެ. އަނގޮޓީގެ މެދުގައި ހިތެއްގެ ބައްޓަމަށް ވާގޮތަށް އެހެއް ޖަހައިފާ ވާއިރު އެހުގެ ދެފަރާތުގައި ހިމަ ހިމަ އަކުރު ތަކެއް ކަނޑައި ނެގިފައި ވެއެވެ.

“އައިމަން ، އާޔާ” އަނގޮޓީގައި ލިޔެފައިވާ ދެ ނަން އަހަންނަށް ކިޔައިލެވުނެވެ. އައިމަން ތެދުވެ އަހަރެން އަތުގައި އަނގޮޓި އެޅުވި ވަގުތު ބަޔަކު އަހަރެންގެ ފަހަތުން ‘ ކޮންގްރެޓްސް’ އޭ ގޮވައިލި އެވެ. ސިހިފައި އަހަރެން ފަސް އެނބުރުނުއިރު ކުލާހުގެ ހުރިހާ ކުދިން ތިއްބެވެ. އޭގެ އިތުރުން ދެންތިބީ އަހަރެންގެ ދައްތަ އާއި އަދިވެސް އާއިލާގެ ދެތިން ކުދިންނެވެ.

 

*****************

5 އަހަރު ފަސް…..

*****************

 

“އާޔާ”

މީހަކު އަހަންނަށް ގޮވައިލުމުން އަހަރެން ސިހިފައި ބަލައިލީ ކައިރީގައި އިށީނދެ އިން މީހާ އަށެވެ. ނޫނެކެވެ. މީހެއް ނޫނެވެ. އަހަރެންގެ ފިރިމީހާއެވެ. އައިމަން އެވެ. މިއަދު މީ އަހަރެމެންގެ ކައިވެންޏަށް ދެ އަހަރު ވީ ދުވަހެވެ. އަހަރެމެން މި ތިބީ ރަށުގެ ތުނޑީގައި އިރު އަރާ މަންޒަރު ބަލަން އައިހެވެ. އަހަރެނާއި އެކު އަހަރެންގެ ފިރިމީހާ ވެސް އެބަ ހުއްޓެވެ. އަހަރެމެން ދެމީހުން ގުޅުނު ފަހުން އަހަރެން ކުރިން ގޮތަށް ކޮންމެ ދުވަހަކު އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ބަލަން ދަމެވެ. ކައިވެނީގެ ފަހުންވެސް ކޮންމެ ހުކުރު ހޮނިހިރު ދެ ދުވަހަކީ އަހަރެމެން ރަށުގެ ތުނޑިއަށް ދާ ދުވަސްތަކެއް. މިއަދު އަހަރެންނަކީ ދުނިޔޭގައި ވެސް ވާ އެންމެ އުފާވެރި މީހާ ފަދައެވެ.

 

އިރުގެ ރަން އަލިން ހަށިގަނޑަށް ހޫނުކުރަން ފެށުމުން އަހަރެމެން ގެއަށް ދާން ހިނގައިގަތީ އަހަރެންގެ ބަނޑުގައިވާ 6މަހުގެ ދަރިފުޅާއި އެކުގައެވެ. އަހަރެމެންގެ ގުޅުމަކީ އެއްވެސް މީހަކަށް ދުރު ކުރެވޭނޭ ގުޅުމެއް ނޫންކަން ހެކި ދައްކަމުން ނެވެ. ނަމަވެސް މަރު ފިޔަވައެވެ.

 

” އައިމަން އަހަރެމެން ދޫކޮށްލާފައި ނުދައްޗޭ ”

 

އެއް އަތް ބަނޑުގައި ޖައްސައިފައި އަނެއް އަތުން އައިމަން ގެ އަތުގައި ހިފަމުން އަހަރެން ބުނެލީމެވެ.

 

” ދުވަހަކުވެސް ނުދާނަން އިންޝާﷲ. މުޅި އުމުރަށް ވެސް ނިކަން ލޯބިން އާޔާ އާއި އަހަރެމެންގެ ބޭބީ އާ އެކު ވާނަން”

 

އެވަގުތު އަހަރެންގެ ލޮލުން ވެޓުނު ކަރުނަ ތިކި އައިމަން ފޮހެލަ ދިނީ ނިކަން ލޯބިންނެވެ.

 

———

ނިމުނީ

 

⊱⋅ ─ ރާޔާ ─ ⋅⊰

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!