Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހާދަހާ ލޯބިވޭ 12

★ Amy ★ Level 110 Stories
July 28, 2021 5 Mins Read
1 Comment

ލޯގަނޑު ކުރިމަތީގައި ހުރެ އެންމެ ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލާލާފައި ފައިވާނަށް އަރައިގެން ޒާރާ ނުކުރީ އޮފީހަށް ދާ ގަޑި ޖެހެން ފަސް ވަރަކަށް މިނެޓް ވެފައި ވަނިކޮށެވެ. މަގުމަތިން ޓެކްސީއެއް މަޑުކޮށް ދާންވީ ތަން ބުނުމުން ކާރު ދުއްވާލިއެވެ. ދެތިން މިނެޓް ތެރޭ ކާރު ހުއްޓުނީ އޮފީހުގެ ކުރިމަތީގައެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލާފައި ޒާރާ އެތެރެއަށް ވަނީ ފުރަތަމަ ދުވަހު ގަޑި ނުޖެހި އާދެވުމުން ހިތްހަމަ ޖެހިލައިގެން ނެވެ. އޮފީހަށް ވަދެ ރިސެޕްޝަން ކައިރިއަށް ދިއުމުން ފުރަތަމަ ގޮސް ޒާރާ ސެކްރެޓަރީކަން ކޮށްދޭން ޖެހޭ ފަރާތާއި ބައްދަލު ކޮށްލަން ދާން ބުނުމުން މަޑު ހިނގުމެއްގައި ގޮސް ކެބިންގެ ދޮރު ހުޅުވާ އެތެރެއަށް ވަނެވެ. ޒާރާ ހުރިތަނަށް މަޑު ޖެހުނީ ކުރިމަތީގައި އިން ޒުވާނާ ފެނުމުންނެވެ.

★ 12 ވަނަ ބައި ★

ވީރާ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ދިޔައީ ލެޕްޓޮޕް ގައި ކޮންމެވެސް އެއްޗެއް ލިޔަމުންނެވެ. މޭޒުމަތީގައި ބަހައްޓާފައި ހުރި ކޮފީތަށީގައި ހޫނުކަން ހުއްޓާ އޭގެއިން އެތިފޮދެއް ބޯލިއެވެ. ކުރަން ހުރި މަސައްކަތް އެއްފަރާތް ކޮށްލާފައި ވީރާ ފާހަނައަށް ވަނީ މެންދުރު ނަމާދު ބަންގި ގޮވަން ވާއިރަށް ފެންވަރާ ތާޒާވެލުމަށްށެވެ. އިސްތަށިގަނޑު ހިއްކަމުން ނުކުތް ވީރާ ޑްރެސިންގ ޓޭބަލް ކައިރީގައި ހުއްޓި ފުނާ އަޅާ ވީރާގެ ރާޅުބާނީ އިސްތަށިގަނޑު ވޫލު ކޮޅަކުން އައްސާލިއެވެ. ފޯނު ރިންގް ވާ އަޑު އިވުނު ނަމަވެސް އެކަމަށް މާ ބޮޑު ސަމާލު ކަމެއް ނުދީ ވީރާ ޖެހިލީ ގޭގެ ބެލްކަންޔަށެވެ. ތުނި ތުނިކޮށް ވާރޭ ވެހެމުން ދިޔައިރު ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅީތައް އައިސް ވީރާގެ ގައިގާ ބޮސްދެމުން ދިޔައިރު ވީރާ އަށް ހުރެވުނީ ދެލޯ މަރާލައިގެން މައްޗަށް ބަލަހައްޓައިގެންނެވެ.

“ޒާރާ” ވައި އަޑުން ޔޫމިން ބުނެލިއެވެ. “އައްސަލާމް އަލައިކުމް” އުމުރުގެ ގޮތުން ޔޫމިން ޒާރާއަށް ވުރެ ކުޑަ ނަމަވެސް ޒާރާ މުހާތަބު ކުރީ ރީތި ބަހުންނެވެ. ސަބަބަކީ އޮފީހުގައި ޔޫމިން އަކީ ޒާރާގެ ވެރިމީހާ އެވެ. މިހާރުގެ ބަހުންނަމަ ‘ބޮސް’ އެވެ. ސަލާމް ބަލައިގަންނަމުން ޒާރާ އިށީނުމަށް އިޝާރާތް ކޮށްލިއެވެ. “އެހެންވީމަ މިހާރު އޯކޭ ދޯ” ޒާރާގެ މަސައްކަތް ކިޔައި ދީ ނިންމާލުމުން ޒާރާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. “ޒާރާ ބްރޭކަށް ވެސް ނުދަނީތަ؟” މަސައްކަތަކަށް ފަހު މަސައްކަތެއް ކޮށް ނިންމަމުން ދިޔަ ޒާރާ އަށް ގަޑި ދިޔަ ގޮތް ވެސް ނޭނގެއެވެ. “ނޫން މިދަނީ މިތަން ކޮޅު ނިންމާލާފަ” ޔޫމިން ހިނިތުންވުމެއް ރައްދުކޮށްލާފައި ނުކުމެގެން ދިޔައެވެ. ބްރޭކަށްގޮސް އައިސް ނިންމަން ބައެއް މަސަައްކަތް ބަހައްޓާފައި ޒާރާ ގޮސް ފާހަނައަށް ވަނީ މޫނު ދޮވެލަންށެވެ. މޫނު ދޮވެލައިގެން އޮފީހުގެ ކެންޓީނު ބަޔަށް ވަދެ ތައްޓަށް ނޫޑުލިސް ކޮޅަކާއި ޑެވިލްޑް ޗިކެން އަޅައިގެން އިށީންނާނީ ކޮންތާކު ބާއޭ ވިސްނަން ހުއްޓާ ޔޫމިން ޒާރާއަށް ގޮވާލިއެވެ. ޒާރާ އެދިމާއަށް ދާން މިސްރާބު ޖެހިއިރު ޒާރާ އާއި ވީ ފަރާތަށް ފުރަގަސްދީގެން ޒުވާން ފިރިހެން ކުއްޖަކު އިނެވެ. އަނގަޔަށް ކައިލައި އިން އެތޮކޮލު ތަށީގެ ތެރެއަށް ވެއްޓުނީ ކުރިމަތީގައި އިން ޔޫހަން ފެނުމުންނެވެ. “މިއީ އަހަރުމެންގެ ބޮސް. މި އޮފީހުގެ މެނޭޖަރ. ޒާރާ މިހާރު ތި ނިންމާ ހުރިހާ ޑޮކިއުމަންޓެއް ޖެހޭނީ ދޮންބެއާއި ހަވާލު ކުރަން. ދޮންބެ މިއީ އަހަރެންގެ ސެކްރެޓަރީ.” އެކަކުވެސް ވާހަކަ ނުދައްކާ ތިބުމުން ޔޫމިން ވާހަކަ ފެށިއެވެ. “ދެން މިހާރު ކޮބައި ބޮޑީ ގާޑް” ޔޫހަން އެއްމިޔަކަނުން ހީލިއެވެ. “ބޮޑީ ގާޑް މިތަނުގައޭނުން. މިތަނުން ބޭރުގަ މަގޭ ލަވް އޭނުން.” ޔޫމިން އާއި ޔޫހަން މި ދައްކާ ވާހަކައެއ ނޭނގޭތީ އަނގައިން ބަހެއްވެސް ނުކިޔައި ޒާރާ އިނެވެ. “އޭނަ. ބަލިވެ ވީކްއެއްގެ ޗުއްޓީ ނެގީ. މާދަމާ ޖޮއިން ކުރާނެ ޒާރާއާ.” ޔޫމިން އެހެން ބުނުމުން އެއީ ކާކުރޯ ބަލަން ޒާރާ އިނީ ކެތް މަދުވެފައެވެ. އިހްތިޔާރަކާ ނުލާ އެއީ ކާކުތޯ ޒާރާ އަށް ސުވާލުވެސް ކުރެވުނެވެ. “ޔޫމިންގެ ގާލް ފްރެންޑް. ދެން މާދަމާ އިނގޭނެ އޭ.” ޔޫމިން އެއްލޯ މަރައިލިއެވެ.

އިޔާޝް ކައިގެން ކޮޓަރިއަށް ވަދެ ޕަބްޖީ ހުޅުވާލީ ކުރާނޭ އިތުރު ކަމެއް ނެތުމުންނެވެ. އޮންލައިން އިރު އީރަމް ޓީޑީއެމް މެޗެއްގައި އިނުމުން އީރަމް އަށް ސްޕެކްޓޭޓް ކޮށްލިއެވެ. ސްޕެކްޓޭޓް ކުރަންފެށިއިރު ދިހަ ކިލް ޖަހާފައި އިނެވެ. ފޫހިކަމެއް ނެތި އީރަމް ކުޅޭ ތަން ބަލަން އޮތެވެ. ރިޒަވޭޝަން ފޮނުވިތާ އޮރުކޮޅެއް ނުވަނިސް އެކްސެޕްޓް ކުރިއެވެ. މެޗް ނިމުމުން އީރަމް އިންވައިޓް ކުރުމުން އިޔާޝްގެ ހިތް އުފަލުން ފޮޅިލިއެވެ. ދެމީހުން އެތަކެއް ކަމާއި ހިތްހަމަ ނުޖެހި ޒުވާބު ކުރިނަމަވެސް ދެމީހުންގެ މެދުގައި ވަނީ އެކަކަށް ވެސް ބަޔާން ކުރަން ނޭނގޭ ފަދަ ފުން ލޮތްބެކެވެ. ރޭގަ އިޔާޝް ނިދަންށޭ ކިޔާފައި ޕަބްޖީ ކުޅެން އޮތުމުން އީރަމް އެކަމާއި ރުޅިއައިސް ގެން ހެނދުނުގަޑީގައި ވަރަށް އެއްޗެހި ކިޔެވެ. އިޔާޝް އެތަކެއް ފަހަރަކު މަޢާފައްވެސް އެދުނެވެ. ނަމަވެސް މަޢާފް ނުކުރުމުން ވަރަށް ދެރަވެފައި ހުއްޓެވެ. އީރަމް އިޔާޝް އާއި އެކީ އަރާއިރު ދުވަހަކުވެސް އިތުރު މީހަކު ނާރުވައެވެ. ނަމަވެސް މިއަދު ‘ޖޮކާރ ކިންގް’ ޖަހާފައި އިން މީހަކު އެރުވިއެވެ. އެރުވި ވަގުތު އިޔާޝް އީރަމް އަށް ވަކިން މެސެޖެއް ކޮށްލިއެވެ. “ކާކު އެއީ؟” އިޔާޝް ހީކުރި ގޮތާއި ޚިލާފަށް އީރަމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ޓީމް އިން ލީވް ވާން ހިތަށް އަރާފައި ވެސް އީރަމް އެކަނި ފިރިހެން ކުއްޖަކާއި އެކު ނުބައިންދާންވެގެން އިޔާޝް އިނެވެ. އިރުކޮޅެއް ފަހުން އީރަމް މެޗް ފެށިއެވެ. އީރަމް އާއި އެ ފިރިހެން ކުއްޖާ ހީހީފައި ސަކަރާތް ޖަހަމުން ދިޔަ އިރު އިޔާޝް އިނީ ބާކީ ކޮށްލާފައޭ ބުންޔަކަސް ދޮގަކަށް ނުވާނެއެވެ. “ރާރާ ވަރަށް ލޯބި ކޮށް ހުންނާނެދޯ ތިގޮތަށް ގޭ އިރު” އެ ފިރިހެން ކުއްޖާ އެހެން ބުނުމުން އިޔާޝް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ހޫމް. ހިނގާ މީޓް ކުރަން ރަށުގެ ހުރިއްޔާ” އީރަމް އިރުކޮޅަކު އިނދެލާފައި ބުންޔެވެ. “ކީއްކުރަން އެއީ އޭން އީރަމް؟ ކުރާނެ އިތުރު ކަމެއް ނެތީތަ؟ އީރަމް ހަމަ ތާކުން މީހަކު ފެންނަ އިރަށް މީޓް ކުރާ ވާހަކަ ދައްކަން ޖެހޭތަ؟ އެހެން ފިރިހެނަކާ މީޓް ކޮށްފަ މަށާއި ވާހަކަ ދައްކަން މަސައްކަތް ނުކުރާތި ދެން” އިޔާޝް އެންމެ ފަހުން މައިކް އޮން ކޮށްލާފައި ފަތިވަރު އަމުނާލިއެވެ. ކިޔޭ ނުކިޔޭއެއް ނޭނގޭ ހާލުއެވެ. މެޗް ނުނިމެނީސް ގޭމް ނިއްވާލާފައި ފޭސްބުކް ހުޅުވާލިއެވެ. ދެން ފެނުނީ ދުވަހަކު ވެސް އިޔާޝް ދެކޭން ބޭނުންވި މަންޒަރެއް ނޫނެވެ.

މަނާލް ޑޮކްޓަރަށް ދައްކައިގެން ނުކުތް އިރު ދެމަފިރިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކައިވެންޏަށް ތިން އަހަރު ވީ ފަހުން މިހާ އުފާވި މިއީ ފުރަތަމަ ފަހަރެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މަނާލް އިނީ ނުހާޝްގެ ދަރިއަކަށް ބަލިވެ އިނގުނު ވަގުތުން ފެށިގެން ވެސް އެމޫނުމަތިން ހިނިތުންވުން ނުފިލައެވެ. މަގުމަތިން ޓެކްސީއެއް ހުއްޓުވާ ގެއަށް ދާން މިސްރާބު ޖެހިއެވެ. ގޭ ކައިރި ފިހާރައަކުން ދެތިން އާފަލާއި ޖޫސް ޕެކެޓެއް ގަނެގެން ގެއަށް ވަނެވެ. ލިފްޓުން މަނާލްމެން ކުއްޔަށް ނަގައިގެން ހުންނަ ކޮޓަރި ހުރި އެޕާޓްމަންޓް އަށް ލިފްޓް ހުއްޓުމުން ކޮޓަރިއަށް ވަދެ މަނާލް އޮށޯވެލީ ވަރުބަލި ވެފައި ހުރުމުންނެވެެ. ނުހާޝް ކޮފީ ދަޅެއް ހިފައިގެން ބެލަކަންޔަށް ނުކުމެ ޔޫހަން އަށް ގުޅާލިއެވެ. ނަމަވެސް ގުޅާއިރަށް ބިޒީ ކޮށްލަނީއެވެ. ޔޫމިންް އަށް ގުޅިއިރު ފޯނު އޮތީ ނިވާލާފައެވެ. ގެލަރީ ހުޅުވާލި ވަގުތު ޔޫމިން ޔޫހަން ކައިލާން އަދި އިޔާޝް އާއި އެއްކޮށް ނަގާފައި އިން ފޮޓޯގަނޑެއް ނުހާޝް އަށް ފެނުނެވެ. އިޔާޝް އަށް ގުޅާލީ އިޔާޝް އަށް ނުގުޅާތާ ދުވަސްތަކެއް ވެފައި ވާތީއެވެ. ތިން ފަހަރަކު ގުޅާލުމުން އިޔާޝް ފޯނު ނެގިއެވެ. އިޔާޝް ވާހަކަ ދެއްކި ގޮތުން ކަމެއް ގޯސް ވެއްޖެކަން ނުހާޝް އަށް ނޭނގި އެއް ނުދިޔައެވެ. “އިޔާޝް ވީގޮތް ކިޔައިދީބަލަ” ނުހާޝް ވަރަށް ވިސްނާލާފައި އެއްސެވެ. އިޔާޝް އަކުރުން އަކުރަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ. އިޔާޝް އެހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ގިސްލަ ގިސްލާފައި ރޯންފެށިއެވެ. “އިޔާޝް އަޑު އަހާބަލަ. ދެދުވަސް ފަހުން ރަށަށް ދާނަން. ތިކަމަށް ހައްލެއް ވެސް ހޯދަދޭދަން. އަސްލު މިގުޅީ ވާހަކައެއް ބުނަން ވެގެންނޭ.” އެއްޗެއް ހަނދާންވި ފަދައިން ނުހާޝް ބުންޔެވެ. “އަހަރެން ބައްޕަ އަކަށް ވަނީ. މަނާލް ބަނޑު ބޮޑު” އެކުވެރިޔާގެ އުފަލުގައި އިޔާޝް ވެސް ބައިވެރި ވިއެވެ.

ފަތިސް ނަމާދު ބަންގީގެ އަޑަށް ކައިލާން އަށް ހޭލެވުނެވެ. ފެންވަރައިގެން ނުކުމެ ކައިލާން މިސްރާބު ޖެހީ މިސްކިތަށް ނަމާދަށް އަރާށެވެ. ނަމާދު ކޮށް އަވަދިވެގެން ކައިލާން ގެއަށް ދިއުމުގެ ބަދަލުގައި އަތިރިމައްޗަށް ދިޔައީ އިރުއަރާ މަންޒަރު ބަލާލުމަށެވެ. ތިން އަހަރު ވެގެން ދިޔައިރުވެސް ކައިލާން އަބަދުހެން ދާ ފާލަން މަތި ހުރީ ހަމަ އެހުރި ގޮތަށެވެ. ތިން އަހަރު ވެގެން ދިޔަ އިރުވެސް އެ ހިތުން މަގާމެއް ދެވިފައި ވަނީ ހަމައެކަނި އެންމެ އަންހެން ކުއްޖަކަށެވެ. ނަމަވެސް ވީ ނުވީއެއް ނޭނގި ގެއްލިގެން ދިޔައީއެވެ. ގުޅޭނެ ނަންބަރަށް އުޅޭ ތަނެއް ވެސް ކައިލާން އަކަށް ނޭނގެއެވެ. ރެއިން ސުރެއް ފޯނު ނުގެންގުޅޭތީ އެވަރަށް ނުހާޝް އާއި އިޔާޝް ގުޅިކަން ވެސް ކައިލާން އަށް ނޭނގުނެވެ. އިޔާޝްގެ ނަންބަރަށް ގުޅާ ގުޅާ ފޯނެއް ނުނަގައެވެ. ނުހާޝް އަށް ގުޅުމުން ފޯނު ނެގިއެވެ. “ކައެ ރޭގަ ގުޅާފަ އެއީ ކީއްކުރަންތަ؟” އެކޮޅުން ފޯނު ނަގާ އިރަށް ކައިލާން ވާހަކަ ދައްކަން ފެށިއެވެ. “އޯ! ކޮބައި ނުހާޝް؟، ފަހަރި ރަނގަޅު ތަ؟, ނުހާޝް އާއީމަ ބުނާތި ގުޅިވާހަކަ. ވަރަށް ސަމާލް” ކައިލާން ގެއަށް ދިޔަ މަގުމަތީގައި ދިޔައީ ލަވައެއް ކިޔަމުންނެވެ. ލަވައެއްގެ ސިފައިގައި އެހިތުގައި ހިނގަމުން ދިޔަ އުދާސްތައް ބޭރުކުރަމުން ދިޔަ ކަހަލައެވެ.

ފެހި ކުލައިގެ އުނަގަނޑާއި ހިސާބަށް އަރާ ހެދުމުގެ މަތިން ކަޅު ކުލައިގެ ކޯޓު ލައިފައި ކަޅު ޖިންސެއް ލައިފާ ހުރުމުން ޒާރާގެ ރީތިކަން އިތުރުކޮށްދެއެވެ. އަރައިގެން ހުރި ފައިވާނުގައި ކުރު ކައްޓެއް ވެސް އިނެވެ. ލޯ ކައިރީގައި އައިލައިނާ އަޅާ ފަން އިސްތަށިގަނޑު ވަނީ ވޫލު ކޮޅަކުން އައްސާލާފައެވެ. ޔޫހަންއަށް ކަޅި ޖަހާ ނުލާ ޒާރާ އަށް ބަލަން އިނދެވުނީއެވެ. ހަމަ އެކަނި ޔޫހަން އެއް ނޫނެވެ. އޮފީހުގައި މަސައްކަތް ކުރަން ތިބި ހުރިހާ ޒުވާން ފިރިހެން ކުދިން ފަދައިންނެވެ. ޒާރާ ޔޫހަން އާއި ދިމާއަށް ބަލާލާފައި ލިފްޓަށް އަރައިގެން ތިންވަނަ ފަންގިފިލާއަށް އެރިއެވެ. އެއީ ޔޫމިން އާއި ޒާރާގެ ކެބިންގ އިންނަ ފަންގިފިލާ އެވެ. ކެބިންގ އަށް ވަދެ ނިންމާފައި ހުރި ހުރިހާ ޑޮކިއުމެންޓް އެއް ހިފައިގެން ދެވަނަ ފަންގިފިލާ އަށް ޒާރާ ދިޔައެވެ. ޔޫހަންގެ ކެބިންގެ ދޮރުގައި ޓަކި ޖަހާފައި ދޮރު ހުޅުވާ ޒާރާ އެތެރެއަށް ވަނެވެ. ޒާރާ އަށް ފުރަގަސްދީގެން ޔޫހަން އިނީ ކޮންމެވެސް މީހަކަށް ގުޅައިގެން ނެވެ. “ޔޫމިން އަށް މިއަދު ނެތް އާދެވޭކަށް. އެހެންވީމަ ޔޫމިންގެ ހުރިހާ މީޓިން އަކަށް މިއަދު ދާން ޖެހޭނީ ޒާރާ.” ލިބުނު ހައިރާން ކަމެއްގެ ސަބަބުން ޒާރާއަށް ބަލަން ހުރެވުނީ ސީދާ ޔޫހަންގެ މޫނަށެވެ. ޔޫހަން ފޯނު މޭޒުމަތީގައި ބާއްވާފައި އެތަނުން ގަނޑުކޮލެއް ނަގާ ޒާރާ އަށް ދިއްކޮށްލިއެވެ. ގަނޑުކޮލު ބަލާލި އިރު ފަސް މީޓިންގ ހަމަ އެކަނި މިއަދަށް ރާވާފައި އޮތެވެ. އޭގެ ކޮންމެ މީޓިންގ އެއްގައި ވެސް ވަނީ ޔޫހަންގެ ޓްރާންސްލޭޓަރަކަށް ޔޫމިން އިންނަ ވާހަކައެވެ. ހެނދުނު ދިހައެއް ޖަހާއިރު އިންޑިއާއަށް ދާ ފްލައިޓަކުން ނަގާފައި އޮތް ޓިކެޓެއް ޒާރާގެ އަތަށް ލައިދިނެވެ. “މީޓިން އޮންނަނީ އިންޑިޔާގަ. ހިންދީ ނޭނގޭތީވެ ޒާރާ ގޮވައިގެން ދާން ނިންމީ. ޔޫމިން އަޔަސް ވެސް ޔޫމިން ގެންދެވޭކަށް ނެތް. އޭނައަކަށް ނޭނގޭ ހިންދީއެއް. ސޯ 9:45 ވާއިރަށް ރެޑީ ވެގެން ހުރޭ. އަހަރެން އަންނާނަން ޒާރާ ބަލާ. ޑޮކިއުމެންޓް ތައް މިތާ ބަހައްޓާ” ޒާރާ އެންމެ ރަނގަޅު ކަމުގައި ބުނެ އެނބުރި ކެބިންގ އަށް ދިޔައެވެ.

9:50 ވީ އިރު ޒާރާ އާއި ޔޫހަން ތިބީ ޗެކިން ކޮށްގެން އެއާޕޯޓުގައެވެ. އެއާޕޯޓުން ވަންނަ ދޮރާއި ދިމާލުން ޒާރާ އަށް ފެނުނު މަންޒަރަކުން އަނގަ ބޮޑުވިއެވެ. އެ މަންޒަރު ޔޫހަން އަށް ވެސް ފެނުނެވެ. ހިތާއި ހިތުން އެތަކެއް އެއްޗެއްސެއް ކިޔަމުން ގޮސް ފްލައިތަށް އެރިއެވެ.

★ ނުނިމޭ ★

Share Article

Follow Me Written By

★ Amy ★

Level 110 Stories

Other Articles

Previous

އިންތިހާ- 6

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަނަރަވަނަ ބައި)

Next
July 28, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަނަރަވަނަ ބައި)

Previews
July 28, 2021

އިންތިހާ- 6

One Comment

  1. RaNa says:
    July 28, 2021 at 8:12 pm

    Vrh vrh reethi ♥️♥️♥️♥️♥️

Comments are closed.



All Right Reserved!