Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 18

Baby Devil Level 610 Stories100 Stories
July 13, 2021 5 Mins Read
3 Comments

” އަދި ނުގުޅާ… އެކަމް ޔާންމެންނަށް ގުޅުމަށް ވޭ… މިޝްއަށް އިނގިއްޖެއްޔާ ކިހާ ދެރަވާނެ… ” އިލްޔާ ބުންޏެވެ.” ދެން.. ކޮބާ މިޝްގެ އުފަންދުވަހުގެ ސެޓްފިކެޓް.. ” ހިޝާ އަހާލިއެވެ.” ޔަޒާންމެން ކޮޓަރީގަ ވާނީ… އަހަރެމެން ޖެހޭނެ އެފޮރުވައިގެން ގެންގުޅެން… އެހެންނޫނީ މިޝްއަށް ފެނިދާނެ … ” އިލްޔާ ޖަވާބުދިނެވެ.” ޔަޒާން އަށް ގުޅަމާ.. ” ހިޝާ ފޯނު ނެގިއެވެ. އޭރު ބަދިގެއަށް ރާކިން ވަންނަނީއެވެ. އިލްޔާ ލޮލުގައި ރާކިން އަޅައިގަނެފައި ވަޅި އަތުގައި ވެސް އެޅުނެވެ.

 

**18 ވަނަ ޕާޓު**

 

” ކުޑަދޮންތާ ހާދަ ހާސްވީ…. ” ރާކިން އައިސްއަލަމާރިން ފެންފުޅިއެއް ނެގިއެވެ.” ކިހާ އިރެއް ވެއްޖެ ކިން ތިތާ ހުންނަތާ.. ” ހިޝާ އަހާލިއެވެ.” ދެންމެ މިއައީ ފެންފޮދެއް ބޯންވެގެން.. ” ރާކިން ފެން ކޯވަރެއް ބޯލިއެވެ. ހިޝާ އާއި އިލްޔާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަތުގައި ވަޅިއެޅުނުކަން ވެސް އިލްޔާ އަށް ހަނދާންވީ އަތް ދޮވުމުން އަތަށް އެރި ދިލައަކުންނެވެ. ރަނގަޅަށް އަތަށް ބަލާލިއިރު ކުޑަ ރޮނގެއްހެން ލޭ ހުއްޓެވެ. މާ ބޮޑު ކަމަކަށް ނުހަދައި ބޭސްކޮޅެއް އަޅާފައި އަނެއްކާވެސް އިލްޔާ ކެއްކުމާއިގެން ކުރިއަށް ދިޔައެެވެ.

 

އެރޭ ރޭގަނޑު ކެއުމުގައި ދެކެވުނީ ގެއާއި ބެހޭ ގޮތުންނެވެ.” އެންމެން ޕެކްކޮށް ނިމުނީ ދޯ… މާދަން ހެނދުނު އެގެއަށް ދާން މި ވިސްނަނީ… ” މަޔާން ބުންޏެވެ.” ލައްބަ ބައްޕާ… ކޮން ގެއަަކަށްތަ ދަނީ… ” އިންޝާ އަހާލިއެވެ. މަޔާން ގޭގެ ނަން ބުންޏެވެ. މާއިންއަށް އެއީ ގެއެއްކަން އިނގުމުން ހިނިއައެވެ. މާއިން އިންޝާ އާއި ދިމަ ބަލާލީ މޫނުމަތިން ފެންނަނީ ކޮން މަންޒަރެއްތޯ ބަލަންށެވެ. ނަމަވެސް އެއްވެސް ރުޅިވެރިކަމެއް ނުފެނުނެވެ.

 

އަނެއްދުވަހުގެ ހެނދުނެވެ. އިންޝާ ލޯގަނޑު ކުރިމަތީގައި ހުރެގެން ރީތުވަމުން ދިޔައީ ލަވައެއް ޖަހައިގެންނެވެ. މަޑު ނޫކުލައިގެ ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖީންސްއެއް ލާފައި ހުރިއުރު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައި ވެއެވެ. އަދި ގަޔަށް ސެންޓް ޖަހާލާފައި ހުރިހާ ފޮއްޓެއް ކޮޓަރިން ބޭރަށް ނެރުނެވެ. އޭރު މިޝްޔާ ނުލައި އެންމެން ތިބީ ތައްޔާރުވެގެންނެވެ. އޭގެ ފަސްވަރަކަށް މިނެޓް ފަހުން މިޝްޔާ ނިކުތެވެ.” ހާދަ ލަހަކުން ތިއައީ.. ” އިންޝާ އިނީ ނިދިއައިސްފައެވެ.” ސޮރީ.. ލަވަ އަޑު އަހަން ހުރެގެން ލަސްވީ.” މިޝްޔާ ޖަވާބުދިނެވެ.” ތިއޮއް ބީޓީއެސް އެއް… މީހަކު ބޯގޮވާހާ… ޕިސް ޕިސް… ” މާއިންއަށް މިޝްޔާ ބަލާނީ އޭގެ ލަވަކަން އިނގިގެން ދޫ ނެރެލިއެވެ. މިޝްޔާ ދެބުމަ ގޮށްޖެހާލާފައި މާއިން ގައިގައި ޖަހަން އުޅުނެވެ.” ތި ސަކަރާތް ނުޖަހާ ހިނގާ ދާން… ” ރާކިން ބުންޏެވެ.

 

މިޝްޔާ އާއި ވާހަކަ ދައްކަމުން ދިޔަ އިންޝާ ހުއްޓުނީ ނީމާ މެންގެ ކުރިމަތީގައި ރާއިލް ހުއްޓުމުންނެވެ.” އައްސަލާމް ޢަލައިކުމް.. ” ރާއިލް ސަލާމް ގޮވާލިއެވެ. އެތެރިން ސަލާމް ބަލައިގަތީ ނީމާގެ ބައްޕައެވެ.” އާދޭ އެތެރެއަށް.. މީ ނާއިފް ..” ނާއިފް ހިނިތުވުމާއެކު އެދުނެވެ. އެވަގުތު އިޔާން ކޮޓަރިން ނިކުތެވެ. އިންޝާއަށް ދެބުމަ ގޮއްޖަހާލިއެވެ. އިޔާން ސަމާލުކަމެއް ނުދީ މޭޒުމަތީގައި އިން ފޯނު ހިފައިގެން އަލުން ކޮޓަރިއަށް ވަނެވެ. އިޔާން އެހެން ހެދުމުން އިންޝާ އިތުރަށް ރުޅިއައެވެ.” އެހަށް ސައިބޯން އަންނަންވީ ނުން… ނީމާ އާ އިޔާން ވެސް ސައި ނުބޮއި އެ ތިބީ އަދި.. ” ދަބަސްތަކާއި ފޮށިތައް ކައިރީގައި ބަހައްޓާފައި މަޔާން މެން ނާއިފް ފަހަތުން ކާގެއަށް ވަނެވެ. އިރުކޮޅެއް ނުވަނީސް އިޔާން އާއި ނީމާ ވެސް ކާގެއަށް ވަދެގެން އައެވެ.

 

” މީ އަހަރެންގެ އަންހެނުން ސާމިޔާ… މީ އަހަރެންގެ ދަރިފުޅު ނީމާ… ދެން އިޔާން… ” ނާއިފް އެންމެން ތައާރަފް ކޮށްދިނެވެ. ރާއިލް މެންވެސް ތައާރަފް ވެލިއެވެ.” ދެން އެހާ ދުރުދުރުން ނޫޅެއްޗޭ އިނގޭ.. ” ސާމިޔާ ބުންޏެވެ. ނާއިފް ވެސް އެކަމާ އެއްބަސްވިއެވެ.” މި ގޭގެ ބޭނުން ނުކުރާ ކޮޓަރިތަކުގައި އޭސީ އެއް ނުހުންނާނެ… އެވާހަކަ ކުރިން ބުނެފަ ދޯ… ހެހެ… އޭސީ ބޭނުން ވަންޏާ ނީމާގެ ނޫނީ އިޔާންގެ ކޮޓަރީ އެހުރީ..” ނާއިފް ބުންޏެވެ.” އެމީހުންނަށް އުނދަގޫ ވެދާނެ ކަންނެ.. ” ރާއިލް ބުންޏެވެ.” ނޫނޭ ބޭބޭ އަޅުގަނޑު މެންނަކަށް ނުވާނެ އުނދަގުލެއް.. ” އިޔާން ވާހަކަ ދެއްކިއެވެ. އިންޝާ އިނީ އެތެރިން އަނދަ އަނދައެވެ. އިޔާންއަށް އުނދަގޫ ނުވިޔަސް އޭނާއަށް އިޔާންއާ ހެދި އެބަ ހުނދަގޫވެއެވެ. މީހުން ތިބުމުން އެއްޗެހި ގޮވަން ނުކެރިގެން އިންޝާ އިނީ ފޫހިވެފައެވެ.

 

ކައިނިންމައިގެން އިންޝާ ދިޔައީ ނީމާއާ އެކީގައި އިންޝާއަށް ހަމަޖެހިފައިވާ ކޮޓަރިއަށެވެ.” ތެންކްސް ނީމް… ” އިންޝާ ނީމާއަށް ޝުކުރު އަދާކޮށްފައި ކޮޓަރިއަށް ވަނެވެ. އަދި ގެންގުޅޭ ސާމާނުތައް ރީތިކޮށް ތަރުތީބު ކުރަން ފެށިއެވެ. ގެއަށް ދެވޭނެ ދުވަހެއް ވެސް ނޭނގެއެވެ. އިނގޭނީ ވަރަށް ގިނަ ދުވަސް މިގޭގައި ނަގާނެކަމެވެ. އިޔާން މަތިން ހަނދާންވުމުން އިންޝާ އިތުރަށް ފޫހިކޮށްލިއެވެ. ނަމަވެސް އަވަހަށް ކުރަން ހުރި މަސައްކަތް ކޮށްނިންމާލާފައި ފެންވަރަން ވަނީ ދާހިތްލާފައި ހުރުމުންނެވެ. އޭސީ ނެތިއްޔާ އިންޝާއަކަށް ނޫޅެވޭނެއެވެ.

 

މިޝްޔާ އެއްޗެހިތައް ތަރުތީބު ކޮށްލާފައި ނިކުތްއިރު އިޔާން ސޯފާގައި އިނެވެ.” އިނާގެ އިންތިޒާރުގަ ދޯ… ” މިޝްޔާ ދިމާކޮށްލިއެވެ.” ނޫން… ހަމަ އިނީ…. ” އިޔާން އާދައިގެ ރާގަކަށް ބުންޏެވެ.” އޯކޭ.. ” މިޝްޔާ ގޯތިތެރެއަށް ނިކުތެވެ. ކުޑަ އެހެނަސް ރީތި ގޯތިތެރެއެކެވެ. މިޝްޔާ ޖޯލިފަތީގައި އިށީނދެ ވިސްނަންފެށީ ލުޔާ އާއި ޔަޒާންއާ މެދުއެވެ. އެމީހުން ގުޅައި ވެސް ނުލައެވެ. އަނެއްކާ ކިހިނެއްވީ ބާއެވެ؟ ވިސްނަން އިނދެފައި ފޯނު ނަގާފައި ޔަޒާންއަށް ގުޅާލިއެވެ.

 

” ހަލޯ.. ކިހިނެއްވީ މިޝް.. ” ޔަޒާން އަހާލިއެވެ.” ކީއްވެ މިހާރު ނުގުޅަނީ… މިޝް ދެކެ ރުޅި އައީތަ… ” މިޝްޔާ ޝަކުވާ ކޮށްލިއެވެ.” ނޫނޭ ކިހިނެއް މިޝް ދެކެ ރުޅި އަންނާނީ… ކުޑަކޮށް ބިޒީކޮށް މިއުޅެނީ… އެހެންވެ ނުގުޅިގެން… ” ޔަޒާން އެހެން ބުނި ނަމަވެސް ގުޅާނެ ހިތްވަރެއް ނުލިބެނީއެވެ.” އޯހ… އޯކޭ… ތިހެން ވީރު ބާއްވަނީ އިނގޭ… ކޮބާ މަންމަ… ” މިޝްޔާ ލުޔާ ހޯދާލިއެވެ.” އެބައޮތް އޮށޯވެ… ” ޔަޒާން ބުންޏެވެ.” އޯހ.. ލަވް ޔޫ އެން މަމް.. ” މިޝްޔާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ. ޔަޒާން ބަލާލީ ނިދާފައި އޮތް ލުޔާ އަށެވެ. ލުޔާ މަތިން ހަނދާންވުމުން ޔަޒާން ވަރަށް ދެރަވެއެވެ. ދެފަރާތަށް ބޯ ހޫރާލަފައި ޔަޒާން ގޮސް ލުޔާ ކައިރީގައި އޮށޯތެވެ.

 

އިންޝާ ނިކުތްތަނުން ލޮލުގައި އަޅައިގަތީ އިޔާންއެވެ. ކޮކާކޯލާ ފުޅިއެއް ހިފައިގެން އިނދެ މަޖާ ފިލްމެއް ބަލަމުން ދިޔައިރު އިންޝާއަށް ސަމާލުކަމެއް ނުދިނެވެ.” ކޮބާ މިޝް… ” އިންޝާ ތަންކޮޅެއް މަޑުމައިތިރިކޮށް އަހާލިއެވެ. ނަމަވެސް އިޔާންއިނީ ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ.” އޭއި މި ވާހަކަ ދައްކަނީ އިޔާން އާއޭ… ” އިންޝާ ދަތްކުނޑި ވިކައިގަތެވެ.” އެއްޗެކޭ ބުނިންތަ… ” އިޔާން ޓީވީއިން ނަޒަރު ވަކިކޮށްނުލާ އަހާލިއެވެ.” އާނ ކޮބާހޭ މިޝް… ” މިފަހަރު ތަންކޮޅެއް ބާރަށް އިންޝާ ބުންޏެވެ.” ރޭޕް ކޮށްލައިފިން… ” އިޔާން ހަމަޖެހިގެން އިނދެ ބުންޏެވެ. އެއާއި އެކު އިންޝާ ހިތް ތެޅިލިއެވެ. ހަނދާންވާންފެށީ ޒުމާން އޭނާއަށް ކުރި ކަންތަކެވެ. އިންޝާ އިޔާން ދެކެ ވެސް ބިރުގަނެއްޖެއެވެ. އަދި ދެތިން ފިޔަވަޅު ފަހަތަށް އަޅާލިއެވެ. އިޔާން ހައިރާންވެފައި އިންޝާ އާއި ދިމަ ބަލާލިއެވެ. އޭރު އެ މޫނުމަތިން ބިރުވެރިކަމާއި ހާސްކަން ފެންނަން ހުއްޓެވެ.

 

” ޕިސް ޕިސް… ތިވަރު ވާކަށް ނުވޭ މީހަކު ސަމާސާއެއް ކޮށްލައިގެންނެއް… ” އިންޝާ ކިރިޔާ ވެސް ހަމަޖެހުނީ ސަމާސާއެކޭ ބުނުމުންނެވެ. ނަމަވެސް އެ ސަމާސާ އިންޝާ އަކަށް ކަމަކު ނުދިޔަ އެވެ.” ތިކަހަލަ ސަމާސާ ނުކޮށްބަލަ… ކޮބާތަ ދެން މިޝް… ” އިންޝާ މިފަހަރު ރުޅިއެއް ނައެވެ.” ބޭރަށް ނިކުމެއްޖެ… ” އިޔާން އެހެން ބުނުމުން އިންޝާ ބޭރަށް ނިކުތެވެ. އިންޝާއަށް ވީގޮތުން އިޔާން ޝައުގުވެރިވިއެވެ. ދެން ގަސްތުކުރީ މިޝްޔާ ކައިރީގައި އެހުމަށެވެ.

 

ރާކިންއަށް އިޔާން އާއި އިންޝާ ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނެވެ.” އިޔާން.. އިންޝާ ކައިރީގަ ރޭޕް ނޫނީ ކިޑްނެޕް ކަހަލަ އެއްޗެހި ނުކިޔާތި އިނގޭ… އެއީ އެހާ ރަނގަޅު ކަމަކަށް ނުވާނެ..” ރާކިން އިޔާން ކައިރިއަށް ގޮސް ބުންޏެވެ.” ކިން އާދެބަލަ… ” އެވަގުތު މާއިން ގޮވާލިއެވެ. ރާކިން މި އަންނަނީއޭ ބުނެފައި ދިޔައެވެ. އިޔާން އަދިވެސް ހުރީ ވާނުވާގައެވެ. އޮޅުން ފިލުވާހިތުން އިޔާން ދިޔައީ މިޝްޔާ ކައިރިއަށެވެ.” ކޮބާ އިންޝާ… ” އިޔާން އަހާލިއެވެ.” ނީމާއާއެކީ ގޮއްސި… ” މިޝްޔާ ބުންޏެވެ.” ކީއްވެ މިޝްޔާ ނުދިޔައީ… ” އިޔާން އަނެއް ޖޯލީގައި އިށީނެވެ. މިޝްޔާ ކަމެއް ނުވެއޭ ބުނެފައި އެ ވާހަކަ ހިންދާލިއެވެ.

 

” އަސްލު އެއްޗެއް އަހާލަންށޭ މި އައީ.. ” އިޔާން ބުންޏެވެ. މިޝްޔާ އަހާށޭ ބުނުމުން އިޔާން ވީގޮތް ކިޔާދީފައި ސުވާލު ކުރިއެވެ. މިޝްޔާ އިނީ ބަސްހުއްޓިފައެވެ.” ތިއްތި ބުނިހެން އެއީ އެހާ ރަނގަޅު ކަމެއް ނޫން…. މިޝް އަކަށް ވެސް ނުކެރޭނެ ސީދާ އެވީގޮތް ކިޔާދޭކަށް.. އިނާ ބޭނުމިއްޔާ މިޝް އަށް ވެސް ކިޔައި ދެވޭނީ… އެއީ މިޝްގެ ޗޮއިސް އެއް ނޫން… ” މިޝްޔާ ޖަވާބުދިނެވެ.” އޯހ… އެކަމް އިންޝާ ކައިރި މަ އަހައިފިއްޔާ އިންޝާ ރުޅި ދޯ އަންނާނީ… ” އިޔާން ބުންޏެވެ.” ހްމްމް… ” މިޝްޔާ އިޔާން އާއި ދިމަ ބަލާލިއެވެ.” އިޔާން ކޮންއިރަކު އިނާއާ މެދު އެހާ ވަރަށް ވިސްނަންފެށީ… ” މިޝްޔާ އަހާލިއެވެ.” ނޭނގެ.. ހަމަ ޝައުގުވެރިވީ ކީއްވެކަން ހޯދަން… ” އިޔާން ހިތުގެ ހާލު ފޮރުވިއެވެ.

 

” ނީމް… އިޔާން އަކީ ވަރަށް ބޭޑް ބޯއި އެއްތަ… ” އިންޝާ އަހާލިއެވެ.” ނޫން… އެއީ ވަރަށް ރަނގަޅު ކުއްޖެއް… ކިހިނެއްވީ… ” ނީމާ ޖަވާބުދިނެވެ.” ކަމެއް ނުވޭ.. ހަމަ އަހާލީ… ” އިންޝާ ބުންޏެވެ. ދެ އެކުވެރިން ވާހަކައިގައި ތިބެގެން ގަޑި ދިޔަ ގޮތެއް ވެސް ނޭނގެއެވެ. އިނގުނީވެސް އަސުރަށް ގޮވާ އަޑަށެވެ.” ހިނގާ ދާން… ވަރަށް ގިނައިރު ތިބެވިއްޖެ… ” އިންޝާ ތެދުވެގެން ގެއަށްދާން ހިނގައިގަތެވެ. ނީމާ ވެސް އިންޝާ އާއި އެއްވަރަށް ހިނގައިގަތެވެ.

 

 

” ޔަޒާން.. އަހަރެން ޔަޒާން ދެކެ ވަރަށް ލޯބިވޭ… ކޮންމެފަދަ ވަގުތަކުވެސް އަހަރެން މި ދުނިޔެ ދޫކޮށް ހިނގައިދާނެ… މިޝްޔާ ރަނގަޅަށް ބަލައި ދެއްޗޭ…. މިޝް އުފަލުގަ ބަހައްޓައްޗޭ… އަހަރެންނާ ހެދި ކިން ، މާން ، އިނާ އަދި މިޝް ރޯތަން ދެކޭކަށް ބޭނުމެއް ނޫން… މަޔާން އާއި ރާއިލް ވެސް މާޔޫސް ވާކަށް ވޭނުމެއް ނޫން… އިލްޔާ އާއި ހިޝާ ވެސް…. މިޝް އަކީ އަހަރެންގެ އުފަން ދަރިއެއް ނޫނަސް އަހަރެން މިޝްދެކެ ދަރިއެއް ފަދައިން ލޯބިވޭ…. އެހެން މަންމައެއް މިޝްއަށް ހޯދައި ދެއްޗޭ…. އެންމެންނަށް އަޅާލާ ކަހަލަ މަންމައެއް… ޔަޒާން ވެސް ރަނގަޅު ދިރިއުޅުމެއް އުޅެއްޗޭ… ޔަޒާން… ” ލުޔާ އޮށޯވެ އޮވެގެން ވާހަކަ ދެއްކިއެވެ.” ނޫން ލޫ… ތިކަހަލަ ވާހަކަ ނުދައްކާ… ” ޔަޒާން ހިތަށް އަސަރުކުރިއެވެ.

 

” ޕްލީޒް… މިޝްޔާއަށް ކޮންމެވެސް ދުވަހަކުން އިނގޭނެ ހުރިހާ ހަގީގަތެއް… އަހަރެންގެ މަރު ވަރަށް ގާތުގަ… ޔަޒާން އަހަރެން ވަރަށް ބޮޑަށް ލޯބިވޭ.. ” ލުޔާ ވާހަކަދައްކަމުން ދިޔައިރު އިނީ ރޮވިފައެވެ. ޔަޒާންއަށް ހަދާނެ ގޮތެއް ނޭނގުނެވެ.” ފެން.. ދީބަ.. ” ލުޔާ އެދުނެވެ. ޔަޒާން އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލާ ފެން ތައްޓެއް ގެނެސްދިނެވެ. ނަމަވެސް ފެންތަށި ހިފައިގެން އައިއިރު ލުޔާ އޮތީ ލޯ މަރައިލައިގެންނެވެ. ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވީއިރު ލޮލުން ފޭބި ކަރުނަތައް އޮތީ ހިކިފައެވެ. ލުޔާ ނޭވައި ލައިތޯ ޔަޒާން ބެލިއެވެ. ޔަޒާން އަތުން ފެންތަށި ދޫވެ ތަޅައިގެން ދިޔައެވެ. އާނއެކެވެ. ލުޔާ މި ދުނިޔެ ދޫކޮށްފި އެވެ. އެވަގުތު ޔަޒާންގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 05

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ބާރަވަނަ ބައި)

Next
July 13, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ބާރަވަނަ ބައި)

Previews
July 13, 2021

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 05

3 Comments!

  1. Aishath Faruha Abdulla says:
    July 13, 2021 at 3:20 pm

    Noooo. Alhey luyaa maruvee keehve??? ?
    Mi bai vx varah reethi… ❤️ Thiya Gothugai kuriah dhaane kamah ummeedh kurun.. Alhugandakee abadhu vx UNKNOWN GIRLL ge fan eh kan handhaankohdhenn.. ❤️❤️

    1. ilovedhymnekku says:
      July 13, 2021 at 5:25 pm

      Yes mee too. Its soo nice dhoaa. Curously waiting dear❤❤❤

    2. UNKNOWN GIRLL says:
      July 14, 2021 at 5:49 pm

      Hehe? labba insha Allah migothuga kuriah dhaanan. Thank u faruha ☺❤

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ 2 – 19←


All Right Reserved!