Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭނގި ވެވުނީ ލޯތްބޭ 2- 1

Raaya Level 210 Stories100 Comments
July 10, 2021 5 Mins Read
3 Comments

“ޑެޑީ! ޑެޑީ! ހޭލާ އަވަހަށް މަންމި ރަށަށް ދާން!” ތިން އަހަރުގެ ތުއްތު ތުއްތު ނީމް އޭނާގެ ލޯބި ލޯބި އަޑުން ޔޫޝައުއަށް ގޮވަން ފެށިއެވެ.

“ބޭބީ. އަދި ކިރިޔާ ހަތެއް ޖެހީ!” އާފުރެމުން ޔޫޝައު ނީމްއަށް ޖަވާބު ދިނީ ނުހަނު ލޯބިން ބައްދާލަމުންނެވެ. “މަންމިއަށް ގޮވަން ހިނގާ” ޔޫޝައު މަޑުމަޑުން ނީމްއަށް އަޑުއިވޭ ވަރަށް ބުނެލިއެވެ.

“ރެޑީ؟” ނީމް ރީމް ގާތަށް ޖެހިލަމުން ޔޫޝައު ގާތު އަހައިލިއެވެ. ދެ ބަފައިން ވެގެން ރީމް ހޭލުވާއްލީ އޭނާ ގިލިގިލި ކޮށްޓުވަމުންނެވެ. ރީމްއަށް ހޭލެވުމުން އެ ލޯބި އާއިލާ އެކީހެން ސަކަރާތުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލިއެވެ.

ރީމް އޭނާގެ ދަރިފުޅު ދަތްއުނގުޅުވައި ހަދަން ފާހަނައަށް ވަން ވަގުތު ޔޫޝައު އެނދުމަތި ރީތި ކޮށްލާފައި ކުރިމަތީ އިން ބޮޑު ކުޑަދޮރުގެ ދޮރުފޮތި ކަހައިލިއެވެ. އެއަށްފަހު ކުޑަދޮރު ކަހާލައިފައި ބެލްކަންޏަށް ނުކުތެވެ. ކުރިމަތިން ފެންނަން އޮތީ ހުޅުމާލޭގެ ހިތްގައިމު މަގުތަކާއި ދުރުދުރުން ފެންނަން ހުރި އުސް އިމާރާތްތަކެެވެ. އިރުއިރުކޮޅަކާހެން ޖެހިލާ ލުއި ވައިރޯޅިތަށް ޔޫޝައުގެ ފަންއިސްތަށިގަނޑަށް ގޯނާ ކުރަމުންދެއެވެ. ބެލްކަނީގެ ރެއިލިންގައި އުނަގަނޑު ވިއްދާލަމުން ޔޫޝައު ކޮޓަރިއާއި ދިމާލަށް އެނބުރެލިއެވެ. އެއާއި އެކު ޔޫޝައުއަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަމިއްލަ ފައިސާއިން ގަން މި އެޕާޓްމެންޓަކީ ޔޫޝައުއާއި ރީމްގެ ހުވަފެންތަކުގައި ކުލަ ޖައްސައިދިން އެއް ތަނެވެ. ރީމްގެ އިވެންޓް ޕްލޭނިންގ ވިޔަފާރިއާއި ޔޫޝައު ގުޅުން ފަހުން ލިބުނު ފާއިދާގެ ސަބަބުން ޔޫޝައުގެ ފޮޓޯގްރަފީ ވިޔަފާރިއަށްވެސް އެތަކެއް ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. މި އެޕާޓްމެންޓަކީ ދެމަފިރިންގެ ކައިވެންޏަށް ދެއަހަރު ފުރުމުން ޔޫޝައު ރީމްއަށް ދިން އަގުހުރި ހަދިޔާއެކެވެ. މި ގޭގައި އެ ކުޑަ އާއިލާގެ އެތަކެއް ހަނދާންތަކެއް އެކުލެވިފައިވެއެވެ.

ޔޫޝައުއަށް ޙިޔާލުތަކުން ދުރުވެވުނީ ނީމް އައިސް ޔޫޝައުގެ ފައިގައި އޮޅުލައިގަތުމުންނެވެ. ލޯބިން ފުރިގެންވާ ނަޒަރަކުން ނީމްއަށް ބަލައިލަމުން ޔޫޝައު ނީމް އުރާލިއެވެ.

“ދޭ ރެޑީ ވެލައިގެން އަންނަން… އަހަރެން މިދަނީ އޭރަށް ވާއިރަށް ސައި ހަދަން” ބޮލުގައި ހުޅިއެއް ޖަހައި ނީމް އުރައިލަމުން ރީމް ބުނެލިއެވެ. ރީމްގެ ބޮލުގައި ފިރުމާލުމަށްފަހު ޔޫޝައު ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ.

ސިޑިން ތިރިއަށް ފައިބަމުން ރީމް މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ. ސިޓިން ރޫމުގައި ނީމް ކުޅެން ބައިންދާފައި ރީމް ބަދިގެއަށް ވަނީ ސައި ތައްޔާރު ކުރުމުގެ ނިޔަތުގައެވެ. މި އެޕާޓްމެންޓަކީ “އޯޕަން ކޮންސެޕްޓް”ގެ ދަށުން ހަދައިފައިވާ އެޕާޓްމެންޓެއް ކަމުން ނީމް އުޅޭ ގޮތް ރީމްއަށް ރީއްޗަށް ފެނެއެވެ. ޔޫޝައު ތައްޔާރު ވެގެން އައުމުން އެންމެންވެސް ސައި ބޯން ފެށިއެވެ.

“އައްސަލާމް އަލައިކުމް!” ބެލްގެ އަޑާއިއެކު ޒިއުނީ ސަލާމް ގޮވައިލިއެވެ. ތަށިތައް ބަހައްޓައިފައި ރީމް އަވަހަށް ދޮރު ހުޅުވަން ހިނގައިގަތެވެ.

“އަހަން، މިއޮއް އައީއެއްނު ޒިއުނީ… ތެންކިޔު އިނގޭ އޮފީހުގަ އިނދެފަވެސް ކުޑަ ވަގުތުކޮޅަކަށް ގެއަށް އައިސްދިނީތީ. އަދިވެސް އެބަހުރި ބައެއް އެއްޗެހި ފޮއްޓަށް ނޭޅި. މިހާރު އެއޮތް އަށްގަޑި ބައިވަނީ! އެގާރަ ޖަހާއިރު ލޯންޗް ފުރާނެ!” ހާސްވެފައި ހުރެ ރީމް ވާހަކަ ދެއްކިއެވެ.

“ހަމަޖެހޭ ރީމް. އަދި އެބައޮތެންނު ވަގުތު. އަދިވެސް މި ގޮތްގަނޑެއް ނުކެނޑެއެންނު ދޯ ޔޫޝައު!” އެތެރެއަށް ވަދެ ނީމް ގޮވައިގެން ސޯފާގައި އިށީންނަމުން ޒިއުނީ ޔޫޝައުއަށް ދޯ ދިނެވެ.

“ރީމް ނުވާނެ އެ ނޫން ގޮތެއް!” ސިންކް ތެރޭގައި ތަށިތައް ބަހައްޓަމުން ލާނެތް ފާޑަކަށް ޔޫޝައު މިހެން ބުނެލުމުން ރީމް ޔޫޝައުގެ އަތުގައި މަޑުމަޑުން ޖަހައިލިއެވެ.

ތަށިތައް ދޮވެފައި ރީމްއާއި ޔޫޝައު މިސްރާބު ޖެހީ ކޮޓަރިއަށެވެ. ދެމީހުންވެސް އަވަދި ނެތި އުޅުނީ ފުރާ ގަޑި ޖެހެންވާ އިރަށް ފޮށިތައް ތައްޔާރު ކުރެވޭތޯއެވެ. އިރުކޮޅެއް ފަހުން އަލަމާރި ކައިރީ ރީމްއަށް ފުރަގަސްދީގެން ހުރި ޔޫޝައު ގައިގައި ރީމް ބައްދައިލިއެވެ. ޔޫޝައުވެސް ރީމްއާއި ދިމާލަށް އެނބުރެ އޭނަގެ ވަރުގަދަ އަތުން ރީމް ވަށައިލިއެވެ.

“އަދިވެސް އެކަމާތަ ތި ވިސްނަނީ؟” ރީމްއާއި ދުރަށް ޖެހިލައި އޭނަ ގޮވައިގެން އެނދުގައި އިށީންނަމުން ޔޫޝައު އަހައިލިއެވެ.

“ހުމްްމް…” ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ރީމް ހުމް އަޅުވައިލިއެވެ. “އަހަރުމެން ދެމީހުން އިންފަހުން އަދި ރަށަކަށް ނުދަން… އެވެސް ދާނިޝްގެ މަންމަ ރިޔާޝާ އުޅޭތީ… އަދި ނީމް ލިބުނު ފަހުން އެރަށައް ވައި އެޅޭކަށްވެސް ބޭނުމެއް ނުވި. ރިޔާޝާ އަހަރެން ހޯދަން އުޅުނުކަން ޔޫޝައު އަށްވެސް އިނގޭނެ.”

“އިނގެޔޭ ތިކަން” ރީމްގެ އަތުގައި ހިފާއްޓައިލަމުން ޔޫޝައު ބުނެލިއެވެ. “އެކަމް ރީމްވެސް ވިސްނާލަބަ… ބޮޑައްތަ އަށާއި ބޮޑުބެއަކަށްވެސް އަބަދަކު މާލެ ނާދެވޭނެ ދޯ ނީމްއާ ބައްދަލު ކުރާށޭ ކިޔާފައެއް. އަބަދުވެސް މި ދަނީ އަހަރެންގެ ރަށައް. ނީމްއަށްވެސް އިނގެން ޖެހޭނެ އެއީ އޭނަގެ މަންމަ އުޅެ ބޮޑުވި ރައްކަން. އަނެއްކާ ރިޔާޝާ ނޭނގޭނެއެންނު އެކަން ހަނދާން ހުންނާނެކަމެއްވެސް. ތި ދައްކަނީ ކޮން އިރެއްގެ ވާހަކައެއް؟”

“ގަބޫލުކުރަމޭ ބޮޑައްތަ މެންނަށް އަބަދު އަބަދު މިކޮޅަށް އަންނަން އުނދަގޫ ވާނެކަން. އެހެންވެގެންނޭ ބުނީވެސް މިކޮޅަށް ބަދަލު ވާން އަންނަން ވީއެންނު ހޭ. މިގޭގަ އެބައިނެންނު ކޮޓަރިއެއްވެސް. ޝާނީވެސް މިހާރު ކިޔަވަން މާލެ ވިއްޔަ އައިސް އުޅެނީ… އަނެއްކާ ދެމީހުން އެކަނި އެހެން އެހާ ދުވަސް ވަންދެނެއްވެސް ނޫޅެވޭނެއެންނު… އެކޮޅު ގޭގަ އުޅުނު އެންމެންވެސް މިހާރު މާލެ ނޫނީ ހުޅުމާލެއައިސް އެއުޅެނީ… އަހަރެން ހަމަ ބިރުގަންނަނީއޭ ދާން. އެކޮޅަށް ދާން ކީ ފަހުން އަބަދުވެސް ހީވަނީ ކޮންމެވެސް ކަމެއް ވާން އުޅޭހެން. އަބަދުވެސް ބިރުން ހުރެވެނީ.” ރީމް އޭނާގެ ހިތުގެ އުދާސްތައް ޔޫޝައު ކުރިމަތީ ބަންޑުންޖަހައިލިއެވެ.

“ޑޫ ޔޫ ޓްރަސްޓް މީ؟” ހަތަރު ކަޅި ހަމަކޮށްލަމުން ޔޫޝައު ރީމް ގާތު އަހައިލިއެވެ.

“ތީ އަހަންވެސް ޖެހޭ ސުވާލެއްތަ؟” ޔޫޝައުއަށް އިތުބާރު ކުރާކަން ރީމް އަންގައިލިއެވެ.

“ތިހެން ވެއްޖިއްޔާ ހިނގާ މިފަހަރު ދާން. މީ ފަސްޓް އެންޑް ލާސްޓް ޓައިމް! އައި ވިލް ޕްރޮޓެކްޓް ޔޫ އެންޑް ނީމް! ކޮންމެ ގޮތެއް ވިޔަސް ބޮޑައްތަމެން ގޮވައިގެން ނޫނީ ނާންނާނަން. އަނެއްކާ އެއޮށް ބޮޑު ރަށުގަ އުޅޭ އިރު ރިޔާޝާއަކަށްވެސް ނޭނގޭނެއެންނު. ސޯ ޑޯންޓް ވޮރީ. އައި ވިލް ބީ ވިތް ޔޫ!” ވަރަށް ޔަގީން ކަމާއި އެކު ޔޫޝައު ބުނެލިއެވެ.

ހުރިހާ ކަމެއްވެސް ރަނގަޅު ވާނޭކަމަށް ހިތާއި ހިތުން ދުޢާ ކުރަމުން ރީމް ފޮށިތައް ތައްޔާރުކޮށް ނިންމާލިއެވެ. އަވަސް އަވަހަށް ނީމް ތައްޔާރު ކޮށްފައި ޔޫޝައުއަށް ނީމް ހަވާލު ކުރުމަށްފަހު ރީމްވެސް ފެންވަރައި ތަޒާ ވެލައިގެން ނުކުތެވެ. ލައިގެން ހުރި މުށި ކުލައިގެ އަބާޔާއާއި ގުޅޭ އަލި މުށި ކުލައިގެ ޝޯލްގައި އެންމެ ފަހު ޕިން ޖަހާލަމުން ރީމް އޭނާގެ ސޫރައަށް ބަލައިލިއެވެ. ހަމަ އެސާދާ ހަނދެއްފަދަ މޫނާއި ކުރަނގި ދެލޮލެވެ. ލައިގެން ހުރި ދޫ އަބާޔާ އޭނައާއި ނުހަނު ގުޅެއެވެ. އެ ހެދުމުގެ އަތުކުރި ހަދައިލައިފައިވާ ގޮތުން އެ ހެދުމަށް އިތުރު ރީތި ކަމެއް ގެނެސްދެއެވެ.

“މާޝާﷲ!” ރީމްގެ އިސްކޮޅަށް ވުރެ ދިގު ލޯގަނޑުގެ ކުރިމަތީ ހުއްޓި ހުރި ރީމްގެ އުނަގަނޑުގައި އަތް ވަށާލަމުން ޔޫޝައު ބުނެލިއެވެ. އެވަގުުތު  ރީމްއަށް ލަދުން އިސްޖަހައިލެވުނެވެ. އެ ދެމީހުން އިނދެގެން އުޅޭތާ ހަތަރު އަހަރު ވީނަމަވެސް ޔޫޝައު ރީމްއަށް ތައުރީފް ކޮށްލާ ކޮންމެ ފަހަރަކު ރީމް ލަދު ގަންނަ ގޮތުން ހީވަނީ އެއީ ޔޫޝައު އޭނައަށް ތަޢުރީފް ކުރި ފުރަތަމަ ފަހަރު ހެންނެވެ.

“ޓެކްސީ އަށް ގުޅައިފިންތަ؟” ދޮރުގައި ޓަކި ޖަހައިފައި ވަން ޒިއުނީ އަހައިލިއެވެ.

“އާން. މިހާރު އަންނާނެ ހިނގާ ތިރިއަށް ފައިބަން” ފޮށިތައް ހިފައިގެން ކޮޓަރިން ނުކުންނަމުން ޔޫޝައު ބުނެލިއެވެ. އެނދުމަތީގައި އޮތް އަތްދަބަސް ނަގައި ކޮނޑުގައި އަޅުވައިލަމުން ރީމް ކޮޓަރި ތަޅުލާން ފެށިއެވެ. ނުދާށޭ ބުނުމަށް ރީމްގެ ހިތް ގޮވަމުން ދިޔަނަމަވެސް އެ ގޮވުމަށް ރީމް ބީރުކަންފަތެއް ދިނީ ޔޫޝައުއަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ.

***

“ދެން ހަމަ ނާންނާނަންތަ ފުރުވާކަށް؟” ޓެކްސީގެ އިންތިޒާރުގައި ޕޭވްމަންޓު މަތީގައި ހުރި ރީމް ޝަކުވާ އެކުލެވިގެންވާ ރާގަކުން ޒިއުނީ ގާތު އަހައިލިއެވެ.

“އެއްކަލަ ރީމް. މިހާރު ކިތަށް ފަހަރު ބުނެވިއްޖެ ކްލައިންޓެއްގެ އެޕޮއިންޓްމެންޓެއް އެބަ އޮތޭ!” އަމިއްލަ ނިތްކުރީގައި ޖަހައިލަމުން ޒިއުނީ ބުނެލީ ސަތޭކަ ވަނަ ފަހަރަށް ރީމް އެއް ސުވާލެއް ތަކުރާރު ކުރުމުންނެވެ. އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ރީމް ޒިއުނީއާއި ދިމާލަށް ބަލައިލިއެވެ. އަދިވެސް އެދެމެދުގައި އޮންނަނީ ކުރިން އޮތްފަދަ ވަރުގަދަ ގުޅުމެކެވެ.

“ޒިއު ދައްތި މަތިން ނީމް ވަރަށް މިސް ވާނެ!” ޒިއުނީގެ އަތުގައި ހިފާލަމުން ނީމް ވަރަށް ލޯބިން ބުނެލިއެވެ.

“އަޅޭ ދޫނިކޮޅޫ! ދައްތިވެސް ވަރަށް މިސް ވާނެ ކޮއްކި މަތިން!” ނީމްއާއި އެއްވަރަށް ތިރި ވެލައި ނީމްގައިގައި ބައްދައިލަމުން ޒިއުނީ ބުނެލިއެވެ.

“ހުދާއަކަށްވެސް ނާދެވުނެންނު… އޭނައަށް ސަލާމް ބުނައްޗޭ އިނގޭ” ރީމް ޒިއުނީ ގާތު ބުނެލިއެވެ.

“ކޮބާ ޝާނީއަށް ގުޅިންތަ؟” ރީމްމެންނާއި ދިމާލަށް އަންނަމުން ޔޫޝައު ރީމް ގާތު އަހައިލިއެވެ.

“އާން. އޭނަ ބުނީ އަހަރުމެންނަށް ދެވެންވާ އިރަށް ދާނަމޯ” ޔޫޝައުގެ ސުވާލަށް ޖަވާބު ދެމުން ރީމް ބުނެލިއެވެ.

ޓެކްސީ އައުމުން ޔޫޝައުއާއި ރީމް، ނީމް ގޮވައިގެން ޓެކްސީއަށް އެރިއެވެ. މާލެ ދާން ޓެކްސީ ނައްޓައިލީ ފޮށިތައް ފަހަތައްލައި އެންމެންވެސް އަރައި ހަމަޖެހުމުންނެވެ. ހެނދުނުގެ ހިތްގައިމުކަން ކެނޑި މެންދުރުގެ ދަންފަޅިއަށް ދުނިޔެ ތައްޔާރު ވަމުންދާކަން ހުޅުމާލޭގެ މަގުތަކުން އަރަމުންދިޔަ އަވާމެންދުރު ދިޔައީ ހެކިދެމުންނެވެ. ނީމް ގޮވައިގެން ޔޫޝައު އިން އިރު ރީމް އިނީ ކުޑަ ދޮރުން ބޭރަށް ބަލާށެވެ. ކިތަންމެ ގިނައިން އެއް މަންޒަރެއް ފެނުނަސް، ބްރިޖު މަތިން ދާއިރު ކަނޑުމަތި އެ ފެންނަ ގޮތަކީ ދުވަހަކު ބަލައި ފޫހިނުވާނެ މަންޒަރެއްކަން ގައިމެވެ.

***

ރީމްމެން ޓެކްސީއަށް އަރައިގެން ދިއުމުން އެ ޓެކްސީ ލޮލުގެ ކޮޅަށް ގެއްލެންދެން ޒިއުނީ ބަލަން ހުއްޓެވެ. އެމީހުންގެ ޓެކްސީ އަނެއް މަގަށް ލަބައިލުމުން ޒިއުނީވެސް އޮފީހަށް ދާން ހިނގައިގަތެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ސައިކަލެއްގެ ބަރުގޮނުގެ އަޑަށެވެ.

“ކޮބާ ޔޫޝައުމެން؟ ދިޔައީތަ؟”  ލޮލުގައިން އައިނު ބޮލުގައި ބައިންދައިލަމުން ނާއިފް ޒިއުނީ ގާތު އަހައިލިއެވެ.

“އާން. އިރުކޮޅެއްވެއްޖެ ދިޔަތާ.” ޒިއުނީ ޖަވާބުދާރީވިއެވެ.

“ގުޅާވެސް ނުލާ؟” ފޯނަށް ނަޒަރު ހިންގައިލަމުން ނާއިފް އަހައިލިއެވެ.

“ވަރަށް ބިޒީ ކޮށޭ މިއަދު ދެމީހުންވެސް އުޅުނީ… އެހެންމަ ނުގުޅޭނެއެންނު” އަނެއްކާވެސް ޒިއުނީ ޖަވާބު ދިނެވެ.

“ތާކަށް ދާން ލަސްވަނީތަ؟” ޒިއުނީ އިރުއިރު ކޮޅަކާހެން އޭނާގެ އަތުކުރި ގަޑިއަށް ބަލާތީ ނާއިފް އަހައިލިއެވެ.

“އާން އޮފީހަށް ދާންވެގެން.” ޒިއުނީ ބުނެލިއެވެ.

“އަރާ… ގެންގޮސްދޭނަން” ސައިކަލު ސްޓާޓް ކޮށްލަމުން ނާއިފް ޒިއުނީ ގާތު ބުނެލިއެވެ. “އެެއްވެސް އެއްޗެކޭ ހީނުކުރެ އަރާ… ރަނގަޅުކަމުން މި ގެންގޮސްދެނީ. އަވަސް.” އެވަގުތު ޒިއުނީގެ މޫނުމައްޗަށް އެރި ހިނިތުންވުމުގެ ސަބަބުން ނާއިފް މިހެން ބުނެލީ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކަމުންނެވެ.

“އަބަދު ހަމަ ތިރާގައްތަ އަހަންނާ ވާހަކަ ދައްކަން ޖެހެނީ؟ ކަޑޫސް!” ސައިކަލު ފަހަތަށް އަރައި ތުންދަމައިލަމުން ޒިއުނީ ކުދި ކިޔައިލީ ފަހަތައް ހިންދީ ބަހުރުވައިންވެސް ނާއިފްއާއި ދިމާލަށް އެއްޗެކޭ ބުނެލަމުންނެވެ. ސައިކަލުގައި އިން ކުޑަ ލޯގަނޑުން ނާއިފަށް މި މަންޒަރު ފެނުމުން ދެފަރާތައް ބޯހޫރުވާލުމަށްފަހު ސައިކަލު ދުއްވާލިއެވެ

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

ލޯބިވެވުމުން 8

Next

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 03

Next
July 11, 2021

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 03

Previews
July 10, 2021

ލޯބިވެވުމުން 8

3 Comments!

  1. Nayaa Nayaa says:
    July 11, 2021 at 4:06 pm

    Hey Raayoo sisoooo… Mee Yanko ingey.. Neyngidhaanetheeve mi name bunelee ingey.. heheh.. I missed u sooooooooooo much sisyyyyyyyyyyyy… Sis kihinehtha? how is life? how was your exams? are ur family fine? sis rangalhu dhw hurihaa kamehvx? mihaa dhuvas fahun dhimaaveema dhn ahan huri suvaaluthah adhivx baivaru eba huri… hehehe… maasha allah trailer vx vvvvvvvvv reethi and mi prt vx hama vvvvvvvvvvvv reethi ingey darloooo… hama speeechless… and curious also.. good luck ingey sis! insha allah yanko abadhuvx sis ah support kuraanan.. lyssssssssssssssssssmmmm yankoge lwbi lwbi raayoo sisoooooooo… i missed u.. waiting for the nxt prt.. ss nd tc..
    btw sis, kobaatha ekkala yanko ah dheyn buni aaliolio?? 😉 aaliolio dhw eyah kiyanee?? hehehe… fonuvahche ingey sis mi rashah.. ok byeee… tvgc.. may allah bless u nd ur family..

    1. Raaya says:
      July 12, 2021 at 2:30 pm

      hey yankoooooo! oh my god! i missed you too… vrh vrh bodah! alhamdullilah… me and my family is good! and the exams were also good! hehehe dhn dhimaavane ennu avas avas avahah dhwww. insha allah! thank you ingeyy yankoo 🙂 <3 sis hithah eri ey yanko mihaaru vx vhk kiyaane baaey, yanko ah fennaane baaey. hehe. aaliolio dhw hahah u still remember tha? hadhaa dhuvahakun fonuvaanan Insha allah… heheh love you moreee yankooo. may allah bless u and ur fam too! see you soon insha allah! love you

  2. Nayaa Nayaa says:
    July 12, 2021 at 5:42 pm

    awwwwww i missed u moreeeee sisyyyyy gandaa…. ohh alhamdhullah hat u nd ur fam is safe.. woah yanko ge exam thahvx hama vrh salhi.. hehehe.. congrats ingey exams thah rangalhuveethee… yess dhn dhimaavaane dhw avas avahah insha allah.. alhey yess yanko ah fennaane iraadhakureviyyaa abadhuvx sis liyaa vhk thah.. hehehe.. yesssss aaliolio mathin handhaan hurey mihaaruvx.. eh dhuvahaku recipe eh balaigen vx ulhunin hadhan.. but e dhuvahuvx badhigeyga roe kolaafa yanko nukuthee.. hehehehehe… manma huree rathah araafa.. yess avahah fonuvahche ingey sis.. see u soon.. love u more.. tvgc..

Comments are closed.

Next Episodeނޭނގި ވެވުނީ ލޯތްބޭ 2- 2←


All Right Reserved!