ތިޔަ ލޯތްބަށް އެދެމޭ 2 – 14
” ކިން ކޮން އިރަކު އަޝްލީން އާ ރައްޓެހިވީ…؟؟!!!!!.. ” މާއިން އައިސް ރާކިންގެ ކޮޓަރިއަށް ވަންނަމުން ބާރަށް އަހާލިއެވެ.” ތިއަށް ވުރެ މަޑުން ނޭހެނީތަ ހަމަ… ” ރާކިން ފުންމައިގެން ތެދުވީ އިތުރު މީހަކަށް އެ ވާހަކަ އަޑުއިވިދާނެތީއެވެ.” ރޭގަ އޭ ރައްޓެހި ވީ.. ” ރާކިން ބުންޏެވެ.” އެހެން ދޯ.. މިއަދު އެނދުން ވެސް ނުތެދުވާ ދުވަހެއްތަ.. ” މާއިން ގޮސް ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ.” ހްމްމް… ބޮލަށް އުނދަގޫ ވާތީ މިއުޅެނީ… ” ރާކިން އޮށޯތެވެ.” އެ އަނެއްކާ ކިހިނެއްވީ.. ” މާއިން އަހާލިއެވެ. ރާކިން ދެލޯ މަރާލިއެވެ.” އެ ކަން މަ ހުއްޓާލައިފިން އެހެންވެ ވަރަށް އުނދަގޫވޭ.. ” ރާކިން ފުން ނޭވާއެއް ލިއެވެ.
**14 ވަނަ ޕާޓު**
ހަވީރު ގަޑީގައި އިންޝާ ފެންވަރައިގެން ނިކުތް ގޮތަށް ރެޑީވީ ބޭރަށް ދާންށެވެ. މިދިޔަ ހަފްތާ ފޭސްބުކް އިން ދިމާވި ކުއްޖަކާ ބައްދަލް ކޮށްލާހިތުންނެވެ. އެކުއްޖާ އެރަށަށް އައީ އަލަށް ކަމަށްވުމުންނެވެ. އިންޝާ ތައްޔާރުވެ ނިމުނުއިރު މިޝްޔާ އިނީ ތައްޔާރު ވެގެންނެވެ. މިއަދު އިންޝާ ބޭނުންވީ މާއިން ނުލާ ދާންށެވެ. މާއިންއަށް އެކަނި ދާކަން އެނގިއްޖެއްޔާ ހުއްޓުވަން އުޅޭނެތީއެވެ. އިންޝާ އާއި މިޝްޔާ އައުމަށް ގަޑި ކިޔާފައި ވަނީ ރެސްޓޯރެންކަށެވެ.
” އެއީ ދޯ އެކުއްޖާ… ” މިޝްޔާ ދައްކާލީ އެތާ އިން އަންހެން ކުއްޖެކެވެ. ކައިރީގައި އިންޝާމެންނަށް ފުރަގަހަށް ވާގޮތަށް ފޯނު ބަލަން ފިރިހެން ކުއްޖަކު އިނެވެ.” ތީ ނީމާތަ.. ” އިންޝާ ކައިރިއަށް ގޮސް އަހާލިއެވެ. އެއަޑަށް އެ ފިރިހެން ކުއްޖާ އެނބުރުނު ގަޑީގައި ކައިރީގައި ހުރި ހޫނު ކޮފީ ޖޯޑު ބަންޑުންވީ އިންޝާގެ ފަޔަށެވެ.” އާހ އައުޗް… ” އިންޝާ ދެބުމަ ކައިރިކޮށްލީ ފަޔަށް ހޫނު ވުމުންނެވެ.” ސޮރީ.. ” އެ ފިރިހެން ކުއްޖާ ހެމުން މާފަށް އެދުނެވެ. އޭރު އެތާނގައި ތިބި އެންމެން ތިބީ އިންޝާއަށް ބަލަންށެވެ. ގަތް ލަދުން އިންޝާ މޫނު ރަތްވިއެވެ.” ތިއަށް ކިޔަނީ ސޮރީ އެއް ނޫން..މީހުން ހެމުން ސޮރީ އެކޭ ނުބުނާނެ.” އިންޝާ ލަދުގަތްކަން ނުދައްކަންވެގެން ދެބުމަ ގޮށްޖެހާލިއެވެ.” ތިހެން ވީއިރު އަހަންނަށް މާފުކުރޭ… ” ދެންވެސް އެފިރިހެން ކުއްޖާ އަށް އެކަން ވީ މަޖަލަކަށެވެ.
” ދެން އޯކޭ އޭ އިޔާން… ” ނީމާ މަޑުމައިތިރި އަޑަކުން ބުންޏެވެ. މިޝްޔާ ވެސް ހުރީ އަނގަމަތީގައި އަތް އަޅައިގެން ނުހޭންށެވެ.” އިންޝާމެން ކޮޅަށްތަ ހުންނާނީ… ” ނީމާ ހިނިތުންވުމަކާއެކު އަހާލިއެވެ. ނީމާ އެހެން ބުނުމުން މިޝްޔާ އާއި އިންޝާ އިށީނެވެ.” ބައި ދަ ވޭ މީ މަގޭ ސްޓެޕް ބްރަދަރ އިޔާން… ” ނީމާ އިޔާން ތައާރަފް ކޮށްދިނެވެ. އިންޝާ މޫނު ކުނިކޮށްލިއެވެ.” ދޮންބޭ މީ މަގޭ ފްރެންޑެސް މިޝްޔާ އެންޑް އިންޝާ… ” އިޔާންއަށް ވެސް މިޝްޔާ އާއި އިންޝާ ތައާރަފް ކޮށްދިނެވެ.” އެހެން ދޯ.. ފޮނި މީހުންނަށް ކިޔާނީ ފޮނިނަންތައް.. ” އިންޝާއަށް އަނގަމަޑުން ލައިގެން ނީނދެވުނެވެ.
” ތިހެން ނުކިޔަ ނީމް ވަރަށް ލޯބި ވާނެއޭ އަހަން ދެކެ… ނީމް ދެރަކުރާކަށް ނުވާނެނުން… ” އިޔާން ހޭންފެށިއެވެ.”ވަރަށް ފޫހި… ” އިންޝާ ހިތުގައި އިޔާން އާއި މެދު ފާޑެއްގެ ފޫހިކަމެއް އުފެދުނެވެ.” ދެން ހުއްޓަންވެއްޖެނުން ތިމީހުން… ” މިޝްޔާ ހެމުން ބުންޏެވެ. ނީމާ ހީލަފާއި ކާއެއްޗެއްސަށް އޯޑަރ ދިނެވެ.
ކައިނިމިގެން އިންޝާ އާއި ނީމާ އަދި މިޝްޔާ ބޭރަށް ނިކުތެވެ. އިޔާން ތަންކޮޅެއް ދުރުގައި ހުރީ ފޯނެއްގައެވެ.” އޭއި ކަލޭމެން ދެމީހުން ކޮން ކަމެއް… ކާކާ އެއްކޮށް އައިސްގެން ތިއުޅެނީ.. ” ކުއްލިއަކަށް އިންޝާމެންގެ ކަންފަތުގައި މާއިންގެ އަޑު ޖެހުނެވެ.” އެކަނި… ” މިޝްޔާ ޖަވާބު ދިނެވެ.” އެހެން ދޯ… މީ ކޮން ކުއްޖެއް… ” މާއިން އަހާލިއެވެ.” މީ ނީމާ.. ” އިންޝާ ޖަވާބުދިނެވެ.” އޯހ… ” މާއިން ސަލާމްކޮށް ކަން އަތް ދިއްކޮށްލިއެވެ.
” ސާބަސް… ” މިޝްޔާ މާއިން ގައިގައި ޖެހިއެވެ. މާއިން އެހެން ހެދުމުން ނީމާ ލަދުން އިސްޖަހާލިއެވެ.” މަންޖެ ހާދަ ރީއްޗޭ.. ” މާއިން މަޖަލަކަށް ބުންޏެވެ. ކުރު އިސްކޮޅަކާއި އާދައިގެ ހަށިގަނޑެއް ލިބިފައިވާއިރު ނީމާގެ އިސްތަށިގަނޑު ފޮރުވާލާފައި ވަނީ ޝޯލް އަކުންނެވެ. މޫނުގައި ވާ ވަށް ނަމްބަރ އައިނުން މޫނު އިތުރަށް ފުރިހަމަ ކޮށްދެއެވެ. ނަމަވެސް މާއިން ގަޔާވާގޮތެއް ނުވިއެވެ. އޭގެ މާކުރިން މާއިންއަށްވަނީ އަލްވާއަށް ހިތް ދެވިފައެވެ.
” މީ ކާކު އަނެއްކާ.. ” އިޔާން އެތަނަށް އައިސް އަހާލިއެވެ. އިންޝާ ދެބުމަ ގޮއްޖަހާލިއެވެ.” ނުޖެހޭ ބަލާކަށް… ” އިންޝާ އިޔާންއަށް ވައްކަޅިން ބަލައިލިއެވެ. މިޝްޔާ އަށް ހެވުނެވެ.” އެއީ އަހަރެމެންގެ ދޮންބެ… ” މިޝްޔާ ޖަވާބުދިނެވެ.” އަޅޭ މިހާރު އިނާމެން ޑޭޓް ކުރަން ވެސް ފެށީތަ.. ހާދަ ކުރިއެއްގައޭ އަންގާ ވެސް ނުލާ.. ” މާއިން މަލާމާތް ކޮށްލިއެވެ.” އައްޗީ.. މަ އުޅޭނެތަ އެކަހަލަ މީހަކާ އެއްކޮށް.. ” އިންޝާ ރުޅިގަނޑު ކެކިގަތެވެ.
” ނީމް ހިނގާ ދާން ބައްޕަ ގުޅައިފަ ބުނެފި އަވަހަށް އަންނާށޯ… ” އިޔާން ބުންޏެވެ. ނީމާ އިޔާން އާ އެއްކޮށް ހިނގައިގަތެވެ.” މުސްތަގުބަލުގައި މިކަހަލަ މީހަކާ އެއްކޮށް އުޅެން ޖެހިއްޖެއްޔާ ކިހިނެއް ހަދާނީ… ” އިޔާން އިންޝާ ކަޑަ ކޮށްލިއެވެ. އިޔާންގެ ބޭނުން ކާމިޔާބުވެސް ވިއެވެ. އިންޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.” ހެވޭ.. ” އިންޝާ މޫނު އަނބުރާލިއެވެ.” ކޮންކަމަކާ މާ ރުޅި އައިސްގެން އެއުޅެނީ.. ” މާއިން އަހާލިއެވެ.” އިންޝާ ފަޔަށް އިޔާން އަތުން ކޮފީ ޖޯޑު ބަންޑުންވީމަ… ” މިޝްޔާ ޖަވާބުދިނެވެ.” އެހެން ދޯ… މަންމަ ކައިރީގަ ބުނާނަން އިނާ ޑޭޓް ކުރަނީ އޭ.. ” މާއިން ލާނެއް ރާގަކަށް ބުންޏެވެ.” އޭ ނޯ ދޮންބޭ… އެއީ އިނާ ވަރަށް ފޫހިވާ މީހެކޭ… ދޮންބެއަށް އަންޑަސްޓޭންޑް ނުވަނީ ކީއްވެތަ.. ” އިންޝާ ފުންމައިގެން ގޮސް މާއިން ގައިގައި ޖެހިއެވެ.
މާއިން އާއި އިންޝާ އަދި މިޝްޔާ ގެއަށް އައީ އިރުއޮއްސެނިކޮންނެވެ.” ބައްޕާ އިނގޭތަ މި އިނާ މިހާރު ޑޭޓް ކުރަން ފަށައިފި… ” ސޯފާގައި އިން މަޔާންއަށް ގޮވާލާފައި މާއިން ބުންޏެވެ.” އޭ ދޮގެއް… މި ދޮންބެ ނުންތަ އުޅެނީ… ” އިންޝާ ދެބުމަ ގޮށްޖަހާލިއެވެ.” ޕިސް ޕިސް ޕިސް… އަބަދު މިވަރެއްގަ ދޯ މިމީހުން… މިޝް އަނެއްކާ ބިޓެއް ނުހޯދަނީތަ.. ” މަޔާން ހެމުން އަހާލިއެވެ.” އާނ އަހަރެން ނޫޅެން.. ” މިޝްޔާ ހިނިގަނޑެއް ޖަހާލިއެވެ.” އެ ދޮގެއް އިނާ ގޮއްވާލަން ބުނި އެއްޗެއް އެއީ… ހަހަހަ.. ” މާއިން ހޭން ފެށިއެވެ. އިންޝާ ތުން ދަމާލާފައި ކޮޓަރިއަށް ވަނެވެ.
ރާކިން ފެންވަރައިގެން ނިކުތް ގޮތަށް އެނދުގައި އޮށޯތެވެ. ކޮންމެސް ވަރަކަށް އަމިއްލަ ނަފްސަށް އުނދަގޫ ވަމުން ދިޔައެވެ.” މިހާރު ކިހިނެއް… ” ކޮޓަރިއަށް ވަންނަމުން މާއިން އަހާލިއެވެ.” ރަނގަޅެއް ނޫނޭ… ” ރާކިން ޖަވާބުދިނެވެ.” ދެން ކިން ކުރަންވީ ކަމަކީ ހަމަޖެހިލައިގެން އުޅެވޭތޯ ބަލަންވީ… ނޫނީ ލައިފް ބިޒީ ކޮށްލަންވީ.. އޭރުން އެކަންތައް މަތިން ހަނދާން ނެތި އެކަމުން ދުރުވެވޭނެނުން… ” މާއިން ހިޔާލެއް ދިނެވެ.” ތި ބުނީވެސް ތެދެއް… ތެންކްސް އިނގޭ.. ” ރާކިން ޝުކުރު އަދާ ކުރިއެވެ. ” ދެން އޯކޭ ވާނެއޭ ޝުކުރު އަދާ ނުކުރިޔަސް… ” މާއިން އެ ކޮޓަރީގައި ހުރި ޓީވީ ހުޅުވާލިއެވެ.
އިންޝާ ސޯފާއަށް ވެއްޓީގަތް ގޮތަށް ވިސްނެން ފެށީ އިޔާން އާއި މެދުއެވެ.” އެއީ ހާދަ ފޮނި މީހެކޭ.. ހީވަނީ އެ ނޫނީ އެހެން މީހަކު ނޫޅޭހެން… އޭނާއަށް ޖެހޭތަ އަދި މަށާ ދިމާއަށް ހޭން… މޫނު މަތީގަ ޖެހުންނަމަ… ހާހ… ބޮޑު ކަމެއް މިއޮތީ… ” އިންޝާ ދެއަތް މުއްކަވާލިއެވެ. މަޣުރިބު ނަމާދަށް ގޮވާ އަޑު އިންޝާގެ ކަންފަތުގައި ޖެހުނީ އެވަގުތެވެ. ލަސްނުކޮށް ތެދުވެ އިންޝާ ހިނގައިގަތީ ފާހަނާއާ ދިމާއަށެވެ. އަދި ވުޟޫ ކޮށްލައިގެން ނަމާދު ކުރަން ފެށިއެވެ.
ނަމާދުކޮށް ނިމިގެން އިންޝާ ނީމާ އަށް ގުޅާލިއެވެ.” ހެލޯ ނީމް… ނަމާދުކޮށް ނިމުނީތަ.. ” އިންޝާ އަހާލިއެވެ.” އޭއި މީ ނީމް އެއް ނޫން… އިޔާން.. ” އިޔާން ހޭން ފެށިއެވެ. އަނެއްކާ ވެސް އިންޝާގެ ރުޅިގަނޑު ކެކިގަތެވެ. އައި ރުޅީގައި ފޯނު ކަނޑާލިއެވެ.” މިހިރީ ވެސް ވާ ކަމެއް… ” އިންޝާ ފޯނު އެނދުމައްޗަށް އެއްލާފައި ކޮޓަރިން ނިކުތެވެ. އޭރު ދޮރުގައި ޓަކި ޖަހާ އަޑު އިވެއެވެ. ބޯކޮށް ވާރޭ ވެހޭ އަޑު ވެސް އިވެމުން ދިޔައެވެ. މީހަކު ސިޓިންރޫމްގައި ފެންނާކަށް ނެތެވެ. އިންޝާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ތެމި ފޯވެގެން ހުރީ އިޝާން އެވެ.
” މަގޭ ވަންނާކަށް ވެސް ތަން ނުދައްކާނެތަ… ” އިޝާން އަހާލިއެވެ. އިޝާން އިންޝާއާ ކައިރިވި ދުވަހަށްފަހު އިންޝާ އިޝާން ދެކެ ބިރުގަނެއެވެ.” ނޫ.. ނޫނޭ ވަދޭ… ” އިންޝާ ދުރަށް ޖެހިލުމުން އިޝާން ދޮރުން އެތެރެއަށް ދެމިގަތެވެ. ނަމަވެސް ތެތްކޮށް ހުރުމުން އެހާ އެކޮޅަށް ދާކަށް ނުކެރުނެވެ.” ދޮންބޭ.. ” އިންޝާ ގޮވާލިއެވެ. މާއިން ރާކިންގެ ކޮޓަރިން ނިކުތެވެ.” ހާދަ ދުވަސް ކޮށްލާފަ ތި އައީ… ” އިޝާން ފެނުމުން މާއިން ބުންޏެވެ.” ބިޒީ ކަމުންނޭ… އެއުޅޭ ޝާނީ އާ ހުރެ ނާދެވުނީ.. ” އިޝާން ޖަވާބު ދިނެވެ.” އަންނަގަ ކޮޓަރިއަށް… ” މާއިން އެދުނެވެ.” މިހުރީ ތެތްކޮށްނޭ… ” އިޝާން ބުންޏެވެ.” ހެވޭ.. މިގޭ މަސައްކަތު ދެކުދިން އުޅޭނެ ތަން ސާފުކުރަން.. މިޝް އާ އިނާ އާ.. ” މާއިން ހިނިގަނޑެއް ޖަހާލިއެވެ. އިންޝާ ލޯ އަޅާލާފައި ކޮޓަރިއަށް ވަނެވެ.
އިޝާން އޯކޭ އޭ ބުނެފައި މާއިން ފަހަތުން ގޮސް ރާކިންގެ ކޮޓަރިއަށް ވަނެވެ. އަދި ތެތް ޓީޝާޓު ބާލާފައި ހިއްކަން ބޭއްވިއެވެ.” އަން ތުވާލި.. ” ރާކިން ކަބަޑުން ތުވާއްޔެއް ނަގާފައި އިޝާންއަށް އެއްލިއެވެ. އިޝާން ތުވާލި އަނދެފައި ސޯޓު ވެސް ހިއްކަން އެޅިއެވެ.” ކިން މިހާރު ކިހިނެއް… ” އިޝާން އަހާލިއެވެ.” ކުރިއަށް ވުރެ ރަނގަޅޭ… ހެހެ.. ” ރާކިން ޖަވާބުދިނެވެ.” ދެން ކިހާ ރަނގަޅު ދޯ ކިންގެ އަޝް ތިއޮތީ ލިބިފަ ވިއްޔަ… ނުދަނީތަ މާ ފޮޅުވަން.. ” އިޝާން ދިމާ ކޮށްލިއެވެ.” ބަލި އިރު ދެވޭނެތަ އެއްތާކަށްވެސް… ” ރާކިން ދެކޮނޑު އަރުވާލިއެވެ.
އިޝާ ނަމާދަށް ގޮވީ އިންޝާ ވިސްނަން އޮއްވައެވެ. މާއިން އަޝްލީން މެންގެއިން އެހާ އަވަހަށް އައި ސަބަބެއް ވިސްނަންވެސް ހަނދާންވީ މިވަގުތެވެ. ނަމަވެސް އިޝާ ނަމާދު ކޮށްލައިގެން އިންޝާ ނިކުތެވެ. މިޝްޔާ ވެސް ނަމާދުކޮށްގެން ނިކުމެ އިނެވެ.” އިނާ މިޝް ދޭބަލަ ދޮންބެ މެންނަށް ކާން ގޮވަން… ” ހިޝާ ބުންޏެވެ. މިޝްޔާ އޯކޭއޭ ބުނެފައި ރާކިންގެ ކޮޓަރިކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ.” ދޮންބޭ ތިއްތީ..ކާން އަންނާށޯ… ” މިޝްޔާ އެހެން ބުނި ގަޑީގައި ލޮލުގައި އަޅައިގަތީ އިޝާންގެ ޓީޝާޓާއި ޖީންސް އެވެ. މިޝްޔާ ދެލޯ ބޮޑުކޮށްލާފައި މާއިން އާއި ދިމަ ބަލާލިއެވެ.” ކީއްވެ ޝާންބެ އެއްޗެހި ބައިލައިގެން… ” މިޝްޔާ އަހާލިއެވެ.” ސާބަހޭ މަ މިހުރީ ތުވާލި އަނދެގެންނޭ… އެއްޗެހިތައް ތެތްވީމަ ބޭލީ.. ” އިޝާން ހޭން ފެށިއެވެ. މިޝްޔާ ބޯ ކަހާލާފައި ނިކުތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Comment nukuriyass baraabarah hurihaa bayeh kihan… Vaahaka varah reethi. Masha Allah ❤️
Thank u faruha.. ❤☺