Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ނަފްރަތުން ލޯތްބައް… 8

mimi Level 110 Stories
July 5, 2021 4 Mins Read
2 Comments

ލޯކައިރީ އެއްކޮއް ލިޕުސްޓިކު ހާކާފައެވެ. ކަޅު ކުލައިން ދެ ކޮލުގއއި ބްލަޝް ކޮއްފައި ވެއެވެ. ނިއްކުރީގައި މާކަރުން ތިން ރޮނގުދަމާފައި، ތުންފަތުގއއި ގަދަ ރަތް ލިޕުސްޓިކު ހާކްއިފައިވެއެވެ. ރީއްޗަކައް ނޫނެވެ. ތުންފަތުން ބޭރައް ދާންދެންނެވެ. މަސައްކަތް ނިނާލައިފައި ޔަނާ އަވަހައް ކޮޓަރިން ނިކުމެގެންދިޔައެވެ. އަދި އަމިއްލަ ކޮޓަރިއައް ވަދެ ބިނދި ބިނދިފައި ހޭންފެށިއެވެ. އެ ސިފަ ފެނި މީހަކައް ނުހެވި ހުރެވޭނެ ހެއްޔެވެ. ؟

________________________________________________________________

ހެނދުނު ހައެއް ޖެހުމުން ލީޝާ ވަނީ ޔާނިއު އައް ގޮވަންށެވެ. ގޮސް ޔާނިއު ކައިރީގައި އިށީނދެލިއެވެ. އަދި ގޮވަން އަތް ދިއްކޮއްލި ގަޑީ ޔާނިއުގެ މޫނު ފެނުނެވެ. ސިއްސައިގެން އެދިޔަ ގޮތައް ގޮސް ވެއްޓިޖެހުނެވެ. ތަދުވިލައި ބޮޑުކަމުން ފޫކޮޅުގައި އަތް ހާކަމުން ތެދުވީ މިއީ ޔަނާ ގެ ކަމެއް ކަމައް ވިސްނަމުންނެވެ. އަދި ޔާނިއު އައް ގޮވާ ކޮޓަރިން ނުކުމެގެން ދިޔައީ ހެމުންހެމުންނެވެ. ލީޝާ ބޭރައް ނުކުތް އިރު ޔަނާ. އެއްމިޔަކަނުން ހީލައިގެން ޔާނިއު ނުކުންނަންދެން އިނެވެ.

“ދޮންތާ… ދޮންތާ.. “ޔަާނއު ހާޅޭއްލަވާ އަޑު އިވެއެވެ. ޔަނާ ހިނިގަނޑެއް ޖަހާލައިފައި ގޮސްޔާނިއު ކޮޓަރިއައް ވަނެވެ.” ވަޓް؟ “ޔަނާ ނޭނގޭ ކަމަށް ހަދައިފައި އެއްސެވެ.” ވަޓް އޭ މަށައް އެނގޭ ދޮންތަ ކަން މަށައް މިހެން ހެދީ.. ނުލަފާ.. މި ނުވެސް ފިލާނެ.. މަ ސްކޫލައް ދާނީ ކިހިނެއް.. “ޔާނިއު ފަތިވަރު ގޮވާލިއެވެ.” އެހެމް އެހެމް. ” ޔަނާ ކަރުކެހެލައި ފައި ފަޔައް ލެވުނުހައި ބާރެއް ލަމުން ދުއްވައިގަތެވެ. ޔާނިއު ވެސް މަޑަކުން ނުހުރެ ދުއްވައިގަތެވެ.

ވަކި ހިސާބަކައް ގޮސް ޔަނާ މަޑު ކޮއްލީ. ވާޅުވެގެންނެވެ. ފަހަތައް ބަލާލިއިރު ޔާނިއު މާކަރު ހިފަގެން ދުވަނިއްޔެވެ. މަގައ ނުކުމެ ދުއްވައިގަނެފައި އަވައްޓެރި އެއްގެ ގެއެއްގެ ފަހަތައް ވަންނަން އުޅުނު ގަޑީ މީހަކުގައި ޖެހީވެއްޓެން ދިޔަނއެވެ.

އާއިޝް ސިނގިރޭޓެއް އަނގަޔައް ޖަހައިގެން ދަނިކޮއް ބާރައް ދުވަމުން އައި އަންހެން ކުއްޖެއް އައިސް އާއިޝް ގައި ޖެހީ ވެއްޓެން ދިޔައެވެ. އަތު އޮތް ސިނގިރޭޓު ބިންމައްޗައް ވެއްޓުނެވެ. ހުށިޔާރު ކަމާއިއެކު އާއިޝް ޔަނާގެ އުނަގަނޑުގައި އަތްވާށާ ބާރު ކޮއްލިއެވެ. ޔަނާ ވެއްޓެން ދިއުމުން ދެލޯ ތަނގުޅި ކޮށް ދެއަތް ގެނެސް މޭމައްޗާ ދިމާލު އަތް އަޅާ ލެވުނެވެ. ޔަނާގެ މޫނަށް ބަލަން އާއިޝްއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް އާއިޝް އަކަށް ވެސް ނޭނގެއެވެ. ޔަނާ ދެލޯ ހުޅުވާލީ މީހެއްގެ ހޫނު ނޭވާ ޔާނާގެ މޫނަށް އެޅުމުންނެވެ. ސިހިގެން ދިޔަ ނަމަވެސް އާއިޝް ގެ މޫނައް ބަލަން ހިތްބުނަނީ ކީއްވެކަމެއް ޔަނާ އަކަށް ނުވިސްނުނެވެ.

ޔަނާ ގެ އާދަޔާ ހިލާފު ނޫކުލައިގެ ލޮލައް ބަލަން އާއިޝް އިނީ އާޝޯހު ވެފައެވެ. ޔަނާ ތޯއެވެ. ހީވަނީ އެހެން ދިމާ އަކައް ބަލަން ނޭންގިފައި ހުންނަހެނެވެ. ދެ މީހުން މޫނުކައިރީ އެއް ސެންޓިމީޓަރު ވެސް ނޯންނާނެއެވެ . އެހައިމެ ކައިރީގައެވެ. ޔަނާ އައް އާހިލް ކައިރީ އިންނަ އިރު ނުކުރެވޭ އިހްސާސް އާއިޝް ގާތު އިންނައިރު ކުރެވެމުން ދިޔައެވެ. އެތައް އިރަކު އެހެން ތިބެފައި އާއިޝް ކަރު ކެހެލަމުން ޔަނާ ސީދާ ކޮއްލިއެވެ.

ޔާނިއު އައް ޔަނާ ނުފެނުނުތާގައި މީހުންގެ ކުރިމައްޗައް އަރަން ލަދުގަތެވް. އަމިއްލަ ސިފަ ހުރި ގޮތުންނެވެ. އަދި އެތެރެއައް ވަދެ މޫނު ފޮހެން މަސައްކަތް ކުރިއެވެ. އެއްކޮއްނިމުނު އިރު މާކަރުން ކުރަހައިފައި ހުރިތަންތަން މަޑު މަޑުން ފާހަގަ ވާންހުއްޓެވެ. ޔާނިއު އެ ކަމަކައް ފަރުވަލެއް ނުބަހައްޓާ ޔަނާގެ ފޯނައް ގުޅާލިއެވެ.

ޔަނާ އިސްދަށައް ޖަހައިގެނަ އިނދާ ފޯނެއް އައުމުން ޖީބުން ފޯނުނަގައި ހަލޯ އޭ ބުނެލިއެވެ. “ހަލޯ އޭ އަދި އެބަ ކިޔައެއްނު މަގޭ މޫނުން މި ރީއްޗައް ނުވެސް ފިލި.. އާދޭ ފިލުވައިދޭން..” ފޯނު ނެގުމާއިއެކު ޔާނިއު ފަތިވަރު އަޅައިލިއެވެ. “އޯކެއި އޯކެއި އައިމް ގޮއިން އައިމް ގޮއިން” ޔަނާ މަޑު މަޑުން ބުނެލިއެވެ. އަދި އާއިޝް އާއި ދިމާލައް ބަލައިލިއެވެ. އޭރު އާއިޝް އެއްމިޔަކަނުން ހީލައިގެން ޖީބައް އަތް ޖަހައި ލައިގެން އިނެވެ. ޔަނަ އާއި ދިމަ އައް ބަލަންށެވެ. ޔަނާ ގެއައި ދިމަ އައް ދުއްވައިގަތެވް. އާއިޝް އަދި ވެސް އެހުރި ގޮތައް ހުރީ އެވެ.

އާއިޝް ސިއްސައިގެން ދިޔައީ ފަހަތުން އިވާން އާއިޝް ކޮނޑުގައި ބޮނޑިއެއް އަޅާލުމުންނެވެ. ” ކަލެ މިތާ ކޮން އިރަކު” އިވާން ކައިރީ އާއިޝް އަހާލިއެވެ. “ހަމަ ދެންމެ ކަލޯ ކީއްކުރަނީ މިތާ” އިވާން ވެސް ކޮއްލީ ސުވާލެކެވެ. “އެއީ ހަމަ ހިނގަނީ ހިނގަނީ” އާއިޝް ކުރު ޖަވާބެއް ދިނެވެ. “އެހެންވެ ދޯ މިތާ ތަތް ވެފަ ތި އިންނަނީ ހޯނެއްހެން..” އިވާން ބުނެލި އެއްޗަކުން އާއިޝް އިވާން ގައި ޖަހާލާ ހިތް ވިއެވެ.”ރަކިސް ބޮނޑު” އެ ގޮތުގެ ބަދަލު ވަނަމުން ގޮވަން ފެށިއެވެ. “އާން ތިޔެއް ނޫނޭ..ހިނގާ ކޮފީ ކިންގް އައް ދާން.ޓްވިންސް ގޮލާ ވެސް އަންނާނެ.. އާހިލް ވެސް.. ދެން ބުނަންޔާ މި ގޭންގް އެންމެން..” އިވާން އެ ވެރިން އެންމެ ގިނައިން ބައްދަލުވެ ހަދާ ތަނައް ދާން ބުނެލިއެވެ.

ޔަނާ ގޮސް ގެއައް ވަދެ ދެ ފަރާތް ބަލާލިއެވެ. އަދި ފުން ނޭވާއެއް ލިއެވެ. ހީވަނީ އެއޮއް ހުރިހާއިރު ހުރީ ނޭވާ ހިފަހައްޓައިގެން ހެނެވެ. އަދި ރީތިކޮއް ހިނގާލައިފްއި ގޮސް ކޮޓަރިއައް ވަނެވެ. ގަޑިބަލައިލާފައި ސްކޫލައް ދާން ތައްޔާރު ވެލިއެވެ. އޭރު ގަޑިން ހަ ގަޑި ބައި ވެ ބޮޑު ވެއްޖެ އެވެ. އަވަހައް އިސްތަށިގަނޑު ދެ ފަރާތައް ގަތާލިއެވެ. ނޭއްސޭ ވަރައް ކުރުކޮއްހުރި އިސްތަށި ތައް ދެ ފަޅި އައް ފަޅައިލައިފްއި ދެ ކަންފަތުކައިރިއައް ލައްވާލިއެވެ. އޮނމާން ދޮން މޫނުގައި ފުއް ކޮޅެއް ޖަހާލުމައް ފަހު ދަބަސް އަޅުވައި ދާން ނުކުތެވެ.

އޭރު ޔާނިއު ސްކޫލު ޔުނީފޯމް ލައިގެން ރީތި ވެލައިގެން އިނެވެ. “ކޮބާ މޫނުގައި ހުރި އެއްޗެހި” ޔަނާ ބޭނުންވީ ޔާނިއު އާއި ޖެއްސިލަންނެވެ. “އަދި ކޮބާ ހޭ ކިޔައެއްނު އެބަ.. މަ މުޅި މޫނުގަ ތެޔޮލައިގެން އެ ފިލުވީވެސް.. ކަމެކޭ.. ބަލައްޗޭ މާދަމާ ނުބަހައްޓާނަން ދޮންތަ ގެ މޫނުވެސް.” ޔާނިއު އެއްޗެކޭ ބުނެފިއްޔާމުންނެއް ކުރުކޮއްށެއް ނުބުނާނެއެވެ. މިހާރު ޒިޔާދު އަބަދު އޮފިސް ޑިއުޓީ އޮންނާތީ ޔާނިއު އާއި ޔަނާ ދާން ޖެހެނީ ހިނގާފައެވެ.

މަޑު ހިނގުމެއްގައި ދެ ކުދިންވެސް ސްކޫލައް ދިޔައީ ވާހަކައިގައެވެ. ވަކިހިސާބަކައް އެރި ތަނުންހެން ޒީޝް އާއި ދިމާވިއެވެ. ތިން މީހުން ވެސް ދިޔައީ ވާހަކައިގައެވެ. ސްކޫލައް ދާން ޖެހެނީ އަށެއް ޖަހައި އިރު ކމުން މި އަދު ޔނާިއު،ޒީޝް އަދި ޔަނާ އަވހައް ސްކޫލައް ދާން ނިންމިއެވެ. އަދި ސްކޫލް ކައިރީ ހުރި ކޮފީ ޝޮޕް އަކައް ވަނީ ޒީޝް ކޮފީ ބޯހިތުން މަރުވާތީއެވެ. ޔާނިއު އައް ކޮފީ އެހައި މީރު ނޫންކަމުން ބޭރުގައި މަޑުކުރިއެވެ. ޔަނާ އާއި ޒީޝް ބޭކާރު ވަހަކަ ދައްކަމުން ގޮސް ފިހާރަތެރެއައް ވަދެގެން ދިޔައެވެ. ކުއްލކއަކައް ހުއްޓުން އެރީ ވަކިން ހުރި މޭޒެއްގައި އިއްތައިގެން ތިބި މީހުން ފެނިފައެވެ. ކަމަކުދާކައް ނެތެވެ. އިވާންގެ ގޭންގެވެ. އިވާން އާއިޝް އަދި އާހިލް އޭގެ ތެރޭ ހިމެނޭތީ ޔަނާ މެން ބޭރައް ދާން ހިނގައިގަތެވެ.

“އޭ އާއިޝް ހިނގަ ” ގޮތަކައް ހީލަމުން އިވާން ބުނެލީ އާއިޝް ކޮނޑު މަތީ ޖަހާ ލާއިފައިއެވެ . ޔަނާ އާއި ޒީޝް ފިހާރަ ދޮރު ހުޅުވާލިތަނުން އާއިޝް އައިސް ޔަނާ އަތު ހިފައި އަނބުރާލިގޮތައް އަތް ދަނޑި މަޗައް ވައްޓާލިއެވެ. ވަގުތުން ޔަނާ ގެ ކޮލައް ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. އާއިޝް ޔަނާގެ ކަންފަތް ކައިރި އައް ތިރިވިއެވެ. ” ސްކޫލް ޔުނީފޯމްގަ ހުންނައިރު މާ ރީތި އިނގޭ.” އަދި މިހެންބުނެލިއެވެ.

ޒީޝް ތޯއެވެ. ޒީޝް ވެސް އޮތީ އިވާންގެ އަތްދަނޑި މަތީގައެވެ. އިވާން ނުލަފާ ހިނިގަނޑެއް ޖަހާލީ ޒީޝް ބިރުން ހުރުމުންނެވެ. ” އަ..އަހަރ..އަހަރެން ސްކޫލައް..” ޒީޝް ގެ އަނގަ ބަންދުވީ އިވާން ޝަހާދު އިނގިލި ޒީޝްގެ ތުންފަތް މަތީ އަޅާލުމުންނެވެ. އިވާންގެ ގުރޫޕް މީހުން ފަހަތުން ހުރެ “ހޯއް ހޯއް” ގޮވަނީއެވެ. އާހިލް ވެސްމެއެވެ. އެއްމިޔަކަނުން ހީލަމުން އިވާން އަރިޔަކައް ބަލާލިއެވެ. އަދި ޒިޝް އާއި ހަތަރު ކަޅި ހަމަ ކޮއް ޒީޝް ގެމޫނާއި ކައިރި ކޮއްލިއެވެ. ޒީޝް އައް އިވާން ގެ ހޫނު ނޭވާ އިހުސާސްވާން ފަށިއެވެ. އަދި ދެ ލޯ މަރައި ތަގުޅި ކޮއްލިއެވެ. އިވާން މާ ކައިރީ ހުންނަން ފެށުމުން ޒީޝް އަރިއަކައް އެނބުރި ލިއެވެ.

އާއިޝް ޔަނާގެ އުނަގަނޑުގައި ހިފައި ބޮޑައް ކައިރި ކޮއްލިއެވެ. ޔަނާ ގޮސް ތަތްލީ އާއިޝްގެ މޭގައެވެ. ޔަނާ ދުރައް ޖެހެން މަސައްކަތް ކުރި އެވެ. އެ ކަން ވެސް ވީ ބޭކާރެވެ. ހަމަ ދުރައް ޖެހިލަން މަސައްކަތް ކޮއްލާއިރައް އާއިޝް އަތައް ބާރު ކޮއްލައެވެ. އެހެންވެ ދުރަށްޖެހޭން މަސައްކަތް ކުރުންވެސް ހުއްޓާލިއެވެ. އެ ފިހާރައި އިން ސޭޓްވެސް އެއްޗެކޭ ނުބުނެ އިނީ އެ މީހުންގެ ގޮތް އެނގޭތީއެވެ.

ޔަނާ ކަންފަތައް ލައްވާފައި އިން އިސްތަށިކޮޅު ނެއަޓުމުން އާއިޝް އެ އިސްތަށިކޮޅު ރީތިކޮއްލިއެވެ.
ޔަނާ އަތުން އާއިޝް މޭމަތީ އަތް އަޅާ ކޮއްޕާލީ އާއިޝް ނުވެސް ވިސްނަ ހުއްޓައެވެ. އެހެންވެ އާއިޝް ބުރައިގެން ދިޔައެވެ. ޔަނާ ފަޔައް ބާރުލައިފައި ދުއްވައިގަތީ ޒީޝް އާއި ދިމާ އަށެވެ. ދިޔަގޮތައް ގޮސް އިވާން އާއި ޒީޝް އަތު ހިފައި ދުރައް ކޮއްޕާލިއެވެ. އަދި ޒީޝް އަތު ހިފައި ފިހާރައިން ބޭރައް ދުއްވައިގަތެވެ. އޭރު ޔާނއު ކޮންމެސް އަންހެން ކުއްޖެއް ކައިރީ އިންތަން ފެނުނެވެ. ޔަނާ އެކަމަކައް ނުބަލައި އަވަހައް ޒީޝް ގޮވައިގެން ދުއްވައި ގަތީ އަށިގަނޑު ތަކައި ދިމާލައްށެވެ. ގޮސް ފުން ނޭވާލާން ފެށިއެވެ. ޒީޝް ވެސް މެއެވެ. އާއިޝް އާއި އިވާން ގެ އެ އަމަލުން ޔަނާ އައް ވީ އަލިފާނައް ޕެޓްރޯލް އެޅުންކަހަލަ ކަމަކަށެވެ.

?❤️ .. ނުނިމޭ.. ❤️ ?

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mimi

Level 110 Stories

Other Articles

Previous

ހިތްވެސް ދިނީމޭ 8

Next

ލޯބި އޭގެ އަސްލުގައި 6

Next
July 5, 2021

ލޯބި އޭގެ އަސްލުގައި 6

Previews
July 5, 2021

ހިތްވެސް ދިނީމޭ 8

2 Comments!

  1. Chweet_kristy says:
    July 5, 2021 at 3:10 pm

    WOW WONDERFUL
    WAITING 4 NEXT PART
    LYSM
    TVC AND STS 🙂

    1. mimi says:
      July 6, 2021 at 9:30 am

      Thank u chweet_kristy✨?
      I will try uploading it tommorow
      Lysm more?
      Tc.. And stay safe?✨?

Comments are closed.

Next Episodeނަފްރަތުން ލޯތްބައް.. 9←


All Right Reserved!