Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ނަފްރަތުން ލޯތްބައް… 7

mimi Level 110 Stories
July 1, 2021 4 Mins Read
6 Comments

އާއިޝް އައް ހިނި އަންނަގޮތް ވިއެވެ. ކުރިން ދުވަހަކު ދިމާވި ހާދިސާ އާއި މެދު ވިސްނުމުންނެވެ. ޔަނާ ޔާނިއުގެ ކޮނޑު މައްޗައް ބޯލައިގެން އޮތްމަތިން އާއިޝް ހިތައް އެރި އެވެ. “އޭތް ކަލޭ ކޮން ހިންޏެއް ތި އަންނަނީ..” ކުއްލި އަކައް އިވުނީ އާހިލް ގެ ހުނުމުގެ އަޑެވެ. ” އޭތް ޔަނާ.. އޭތް ޔަނާ އައި ސީޔޫ.. ޔޫ އާ ވެއަރިން އަ ބްލެކް ހޫޑީ އެނޑް އަ ބްލެކް ޖިންސް..” އާހިލް ފޯނުގައި އިނދެ މިހެން ބުނެލިއިރު ޔަނާ އާހިލް މިތާ ކައިރިން ހިސާބަކުން ފެނޭ ތޯ ބަލަނީ އެވެ.

އެއްލި ކަޅިން އާހިލް ފެނުނެވެ. ޔަނާ ގަތައް އައި ރުޅިން ގޮސް އާހިލް މޫނު މަތީ އެތި ފަހަރެއް އަޅުވާލިއެވެ.

_________________________________________________________

ލީޝާ އުޅުނީ ޔަނާ މެން ނައިސް ލަސް ވެގެންނެވެ. ފޯނު ނަގައި ޔަނާ އައް ގުޅާލިއެވެ. މާ ގިނަ އިރު ތަކެއް ނުވެ. ފޯނު ނެގިއެވެ. “ހަލޯ.. އިރު ކޮޅެއް ވެދާނެ ގެއައް އަންނަން ..” ލީޝާ އައް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮއް ޔާނިއު ބުނެލިއެވެ. ” އޯކެއި.. އެކަމް ވައި..” ލީޝާ ސޯފާ ގައި އިށީނދެ ލަމުން ބުނެލިއެވެ. ” ފަހުން ދޯ..” ލީޝާ އައް ޖަވާބެއް ނުދެ ވިގެން އުޅެނިކޮއް ޔާނިއު ފޯނު ކަނޑާ ލި އެވެ.

އާހިލް ކޯތާފަތް މަތީ އަތް އަޅާއިލިއެވެ. އަދި ރުޅި ވެރި ނަޒަރަކުން ޔަނާ އާއި ދިމާ އައް ބަލައި ލިއެވެ. ” ޕްލޭ ބޯއީ ގަނޑާ…” ޔަނާ އައި ރުޅިން ގޮސް އާހިލް ކުލަ ޖައްސާފައިވާ އިސްތަށިގަނޑައް ދަމައިގަތެވެ. “އަދި އެބައުޅެ އެއްނު މާ ރީތި އިސްތަށިގަނޑެއް ކަމައް ހީއްކޮއް ކުލަ ޖައްސައިގެން..”ޔަނާ އަޑުގެ ނެއް ތަނައް ހަޅޭއްލަވައި ގަތެވެ. އާހިލް އެކަމުން ސަލައިމަތް ވާންވެގެން ޔަނާ ގެ އިސްތަށިގަނޑައް ދަމައިގަތެވެ. ‘ މިހައި ކެރޭ ކުއްޖެއް މި ނޫނީ ނުދެކެން’ އާހިލް ހިތާ ހިތުން ކުދި ކިޔަމުން ދިޔައެވެ. އާއިޝް އާއި ޔާނިއު ދުވެފައި ގޮސް އެ ދެ މީހުން ދުރު ކުރި އެވެ. ދެ މީހުން ލޮލުން ވެސް ހުރީ ފެން އައިސް ފައެވެ. ޔަނާ ވެސް ހުރީ މާޔެއް ހެނެވެ. ޔަނާ ގެ އެ ރީތި މުށި އިސްތަށިގަންޑު ވަނީ އކި ތަންތަނުން ނުކުމެފައެވެ. އިސްތަށިތަކަށް ވަނީ ފުސް އަރައިފައެވެ. އާހިލް ތޯއެވެ. ފެއްސައި ފިޔާތޮށި ކުލަ ޖައްސާފައިވާއެރީތި އިސްތަށިގަނުޑު ހީވަނީ ފުއްޓަރެއް ހެނެވެ. “މޮޔަ ވީތަ” އާއިޝް ހަޅޭއްލަވައި ގަތީ މަޑު މަޑުން އިސްތަށިގަނޑުގައި ފިރުމަން އިން އާހިލް އާއި ދިމަ އައްށެވެ.

“އަދި ވެސް މަ ތަ މޮޔަވީ.. އެހެރަ އަނހެނާ ފެށީ.. ” އާހިލް ޔަނާ އާއި ދިމާ އައް އިނގިލި ދިއްކޮއްލަ މުން ބުނެލިއެވ.” މަށޭ ފެށީ ؟؟.. ބަލާބަލަ ހުރި ނުބައިކަން.. މަތަ ކަލޭ ކައިރީގަ ރައްޓެހި ވާން އެހީ.. އެކަނ ވެސް ކަލޭ ފެށީ.. “ޔަނާ ލޯ ވައް ކޮއްގެން އިނދެ ބުނލިއެވެ. އާހިލް ދުރައް ބަލާލިއެވެ.” ނުފުއްޕައްޗޭ އިނގޭ ” އާހިލް ބުނާނެ އެއްޗެއް ނޭންގުމުން ބުނިއެވެ.” ނުފުއްޕައްޗޭ.. ؟؟ މަގޭ ދޮންތަ އެއީ ފުއްޕަހަމެއްތަ އޭން.. އޭ ދޮންތާ ހިނގާ ދާން ތިއްތަ އެބަހުރި ލަސްވެފަ. ” ޔާނިއު އިތުރައް ތަޅާނުފޮޅަން ވެގެން ޔަނާ ގޮވައިގެން ހިނގައިގަތެވެ.” ޔާނިއޫ.. ތްރީ ޕަކެޓް ނޫޑްލްސް އެންޑް ކެރެޓް އޯ ށޫޓް.. ” ޔަނާ ގޭ ދޮރު މައްޗައް އަރައިފްއި ބުނެލިއެވެ.” ޔާން ގޮސް ބަލަ ބަލައި” ޔަނާ ކުޑަ ކުއްޖެއް ހެން ބުނެލިއެވެ. “ފައިން..” ޔާނިއު މިހެން ބުނެލީ ވެސް ޔަނާ އިތުރައް އެތަނައް ނުފޮނު ވުމަށެވެ.

ޔާނިއު މަޑު ހިނގުމެއްގައި ފިހާރައާ ދިމާ އައް ދަނީއެވެ. ހިނގުން ބާރު ކޮއްލި ގަޑީ ޔާނިއު މީހަކުގައިގައި ލައިގަތެވެ. އަދި އެ ކުއްޖާ ވެއްޓުނަ ނުދީ ހުށިޔާރު ކަމާ އެކީ ޔާނިއު އެ ކުއްޖާ ހިފަހައްޓާލިއެވެ. އެ ކުއްޖާގެ އަނގައިން ކުޑަ އާހް އެއް ވެސް ނުކުތެވެ. ” އާނާ؟؟” ޔާނިއު ހައިރާން ވެ ހުރެ ބުނެލިއެވެ. “އާނާ ވަގުތުން އޭނާ އަތުން ކައްސައިގަތީ ޔާނިއު ކަން އިނގުމުންނެވެ.” މަށައް ދެކުނިން ޔުއާރ ޖީ އެފް.. ” އާނާ ފޮނި ވެލައިފައި ބުނީ ޔާނިއު ޔަނާ އެއްކޮއް އިން ދުވަސް މަތިން ހަނދާން ވުމުންނެވެ.” ޖީ އެފް އޭ؟؟.. މަގޭ ނުހުރޭ ޖީ އެފް އެއް.. ” ޔާނިއު ހައިރާން މާކެއް ތެރޭ އިނދެ ބުނެލިއެވެ.” އޮވް .. އެހެން ދޯ.. އައި ސޯ ޔޫ އިން ބީޗް ވިތް ދެޓް ގާލް.. ” އާނާ އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ. ޔާނިއު ކުޑަކޮއް ވިސްނާލިއެވެ. ޔާނިއުގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވިސްނުމުންނެވެ.” ވަޓް..? ” މި ފަހަރު ހައިރާން މާކެއްގެ ތެރެއައް ވަންނަން ޖެހުނީ އާނާ އައްށެވެ.” ދެޓްސް ނޮޓް މައި ޖީ އެފް… ކީއްވެގެން ތަ އެންމެން އެއީ މަގޭ ގާރލް ފްރެންޑޭ ކިޔަނީ ދެރަވެއްޖެ ކަމެއްނު ދޯ.. ” ޔާނިއު ހެޔުން ހުއްޓާލައިފައި ހިތައް އަރުވާލިއވެ.” ޝީ އީޒްންޓް މައި ގާރލް ފްރެންޑް..ބަލަ އެއީ މަގޭ ދޮންތަ އޭ “ޔާނިއު މިހެން ބުނެ ކައިރީގައި ހުރި ފިހާރައައް ވަނެވެ. އަދި ނޫޑްލްސް ބޮނޑި ތައް ހުރި ތަނެއް ނޭންގިގެން އަމިއްލަ ބޮލުމަތީ ޖަހާލިއެވެ. ފިހާރައިގައި އިން ސޭޓް ކައިރީ އަހާލިއެވެ. ޔާނިއު ފިހާރައިން ނުކުތީ ތިން ނޫޑްލްސް ޕަކެޓާއި ކެރެޓެއް ހިފައިގެންނެވެ. އެއް އަތުން ކޮތަޅު ހިފައިގެން ދަމުން އަނެއް އަތުން ދިޔައީ ފޯނު ކުޅެމުންނޭ. ފޯނަކީ ޔާނިއުގެ ދިރިއުޅުމޭ ބުންޏަސް ދޮގަކައް ނުވާނެއެވެ.

ޔާނިއު އަމާން ކަމާއި އެކީގައި ދަނިކޮއް ސައިކަލެއް ޔާނިއު ހުރަސް ކަނޑާ ލައިފައި ދިޔައިރު ބިންމަތީގައި ހުރި ޗަކަތައް ޖެހުނީ ޔާނިއު ގެ ގަޔައް ށެވެ. ޔާނިއު ފުރަތަމަ ވެސް ބެލީ ފޯނު ސަލާމަތް ާކުރެވޭތޯއެވެ. ” އޯހް ޝޫޓް.. އާއިޗީ..” ޔާނިއު ބިންމަތީގައި ފައިން ތަޅައިތެވެ. ” ހުވާ މި ބުނީ.. ދެން ފިހާރައަކައް ނާންނާނަން” ޔާނިއު ފަކުރުން ހުރެ ބުނެިލއެވެ. އަދި ބޮޑެތި ފިޔަވަޅު ތަކުގައި ގޮސް ގެއައް ވަނެވެ. “ދޮންތާ.. ދޮންތާ..” ޔާނިއު ގެއައް ވަތްގޮތައް ހަޅޭއްލަވަން ފެށިއެވެ.

ޔަނާ ބަދިގޭގައި އިނދެފައި ދުވެފައި އައީ ޔނާިއު ގޮވާ ވަރުންނެވެ. ޔަނާ ދިޔައީ ބުރައިގެންނެވެ. ޔާނިއު ހުރި ސިފަ ފެނިފައެވެ. ” ތިޔޯ” ޔަނާ ފާޑަކައް ބަލަން ހުރެފައި ބުނެލިއެވެ. “ކޮން ތިޔޯ އެކޭ ކިޔާކައް.ތަންކޮޅެއްބޮޑުވަން އުޅެބަލަ.. މިހާރު އެންމެން ނައް ހީއްކުރަނީ ތީ މަގޭ ބިޓުކަމައް..” ޔާނިއު ބުނި އެއްޗަކުން ޔަނާގެ ހިނިގަނޑު ފަޅައިހެން ދިޔައެވެ. ” އަދިވެސް މަށެއް ނު ނޫނޭ ބޮޑުވާން ވީކީއެއް ޔާނިއު އޭތިހިރީ މާ އަވަހައް ބޮޑުވެފަ.. މާދަމާ ފެންނާނީ މުސްކުޅިވެފަ އިންދަ ކަންނޭނެގެ..” ޔަނާާ މުސްކުޅިއެއް ފަދައިން ހިނގަމުން ބުނެލިއެވެ. މިއަދު އެޔޮއް މޫޑު ގޯސްވެފަ ހުއްޓާ ޔަނާ މޫޑް ރަނގަޅު ވުމުން ޔާނިއު ހުރީ ވަރައް އުފާވެފައެވެ. ޔާނިއު ކިތަންމެ މޮޔަ ކޮއް އުޅުނަސް އަމިއްލަ ދައްތަ އައް ވަރައް އަޅާލައވެ.

ޔާނިއު ޔަނާ އައް މޫނު ހަދާލައިފައި ކޮޓަރިއައް ވަނެވެ އަދި ރީތިކޮއް ފެންވަރައިލައި ތާޒާ ވެލައިގެން އައިސް އެނދުގައި ޖައްސާލީ ކަޅު ސޯޓެއް ލައިހެންނެވެ. އަދި ފޯނު ނަގައި ޓިކްޓޮކް ބަލަން ފެށިއެވެ. ނިދުނު އިރު ދެ ގަޑި ބައި ހައި އިރު ވެއްޖެ އެވެ.

ޔަނާ އައް ހޭލެވުނީ ފަތިސް ބަންގީގެ އަޑަށްށެވެ. ފަތިސް ނަމާދު ކޮއްލައިގެން ގޮސް ބަދިގެއަށް ވަނެވެ. ހަމަ އެހެން ދުވަސްތަކުހެން ލީޝާ އުޅުނީ ބަދިގޭގައެވެ. “ގުޑް މޯރނިންގްސް..” ލީޝާ އައް ޔަނާ ބަދިގެތެރެއައް ވަދެގެން އަންނަތަން ފެނުމުން ބުނެލިއވެ. ޔަނާ ފުޅަ ގޮތަކައް އާއެކޭ ކިޔާ ގޮސް އެތާ އިން ގޮނޑިއެއްގާ އިށިނދެލިއެވެ.

“ޔާނިއު ނުތެދުވޭދޯ… އެބައި ތަ މާކަރެއް.. ؟ ” ޔަނާ ކުއްލިއަކައް ފުންމައިގެން ތެދުވީ ހިޔާލެއް އައިސްގެންނެވެ. ލީޝާ ވެސް ދިޔައީ ބުރައިގެންނެވެ.” އާނ އެއޮއްތީ.. “އަލަމާރި މައްޗައް އިޝާރާތް ކޮށް ލަމުން ލީޝާ ބުނެލިއެވެ. ޔަނާ އެއްމިޔަކަނުން ހީލަމުން ގޮސް ޔާނިއު ކޮޓަރިއައް ވަނެވެ.
ވަގެއް ފަދައިން ޔަނާ މަޑު ފިޔަވަޅުތައް އަޅަމުން ގޮސް ޔާނިއު ކައިރީގައި އިއްތާލިއެވެ . ޔާނިއު އޮތީ ގަދަ ނިދީގައެވެ އެއީ ޔަގީންކަމެކެވެ. ގުގުރި ދަމަނީއެވެ. ރޭ ލަހުން ނިދުމުން މާ ގަދަ އައް ނިދެނީ ކަމައް ވެސް ވެދާނެވެ.

ޔަނާ މާކަރުގެ ދޯރި ނައްޓާ ފަހަތައް ޖަހާލިއެވެ. އަދި ޔާނިއުގެ މޫނުގައި ކުރަހަންފެށިއެވެ. އަދި ޔަނާ ކޮޓަރި އައް ގޮސް ލިޕުސްޓިކު ފުޅި ހިފައިގެން އައެވެ. އަނެއްކާވެސް ޔާނިއު މޫނުގައި ކުރަހަން ފެށިއެވެ. ޔަނަ އައް ޔާނިއު އައް އެހެން ހެދިޔަސް ނުހޭލާނެ ކަމުގެ ޔަގީން ކަން އޮތެވެ. މަސައްކަތް ނިންމާލައިފައި ރީއްޗައް ޔާނިއުގެ މޫނައް ބަލައިލިއެވެ.

ލޯކައިރީ އެއްކޮއް ލިޕުސްޓިކު ހާކާފައެވެ. ކަޅު ކުލައިން ދެ ކޮލުގއއި ބްލަޝް ކޮއްފައި ވެއެވެ. ނިއްކުރީގައި މާކަރުން ތިން ރޮނގުދަމާފައި، ތުންފަތުގައި ގަދަ ރަތް ލިޕުސްޓިކު ހާކައިފައިވެއެވެ. ރީއްޗަކައް ނޫނެވެ. ތުންފަތުން ބޭރައް ދާންދެންނެވެ. މަސައްކަތް ނިންމާލައިފައި ޔަނާ އަވަހައް ކޮޓަރިން ނިކުމެގެންދިޔައެވެ. އަދި އަމިއްލަ ކޮޓަރިއައް ވަދެ ބިނދި ބިނދިފައި ހޭންފެށިއެވެ. އެ ސިފަ ފެނި މީހަކައް ނުހެވި ހުރެވޭނެ ހެއްޔެވެ. ؟

 

?✨_ ނުނިމޭ _✨?

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mimi

Level 110 Stories

Other Articles

Previous

ޢާއިލާ ރޫޅުމުގެ ނަތީޖާ ( ހަގީގީ ކުރުވާހަކަ )

Next

ނަފްރަތަކީ ލޯބީގެ ފެށުން 7

Next
July 1, 2021

ނަފްރަތަކީ ލޯބީގެ ފެށުން 7

Previews
July 1, 2021

ޢާއިލާ ރޫޅުމުގެ ނަތީޖާ ( ހަގީގީ ކުރުވާހަކަ )

6 Comments!

  1. Ra Na says:
    July 1, 2021 at 12:47 pm

    Vrh vrh reethi and vrh majaa
    When next?

    1. mimi says:
      July 2, 2021 at 2:23 pm

      Thank u ra na???
      Mayybe faharehga miadhu up kohlaanan ❤️✨
      Staysafe.. Tc☺️???

  2. TRIXX says:
    July 1, 2021 at 2:58 pm

    I love this part too ? ? waiting for the next part ? ? good luck with the next part ?
    Stay safe

    1. mimi says:
      July 1, 2021 at 4:54 pm

      Thank u very much TRIXX??iraadha kurehviyya maadhamaa up kohlaanan.. ❤️ thanks?
      Stay safe.. Tc✨✨❤️

  3. pinkishhh says:
    July 1, 2021 at 10:07 pm

    Hey Mimi
    Mi part es warah reethi Hama one of the best story!♥️?
    Btw aaish and eevaan ge cover pic ga ei konbaeh tha?
    Please name buneba emeehun ge.

    1. mimi says:
      July 2, 2021 at 2:20 pm

      Heyy pinkishhh..
      Varah bodah Thank u ??❤️✨
      Aaish eii cha eunwoo
      And ivaan eii zenghuada ??
      Thanku again very much ?
      Stay safe.. Tc✨✨❤️?

Comments are closed.

Next Episodeނަފްރަތުން ލޯތްބައް… 8←


All Right Reserved!