Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 12

Baby Devil Level 610 Stories100 Stories
June 28, 2021 5 Mins Read
2 Comments

މާއިން އިސްޖަހާލިއެވެ. ރާކިން ބުނެފައި އޮތީ ކިތަންމެ ވަރެއް ވިޔަސް ހަމަ އެކަކު ކައިރީގައި އަޝްލީންގެ ވާހަކަ ނުބުނުމަށެވެ.” ނޭނގެ.. ” ފުރަތަމަ ފަހަރަށް ރާއިލްގެ ކުރިމަތީގައި މާއިން ދޮގު ހެދި އެވެ.” ދޮންތައަށް އިންގިއްޖެއްޔާ ކިހާ ދެރަ ވާނެ… މަންމަމެންވެސް… ތިއްތަމެން ވެސް… ” މާއިން ފުން ނޭވާއެއްލިއެވެ.” މިދަނީ ކިން ހޯދަން… ” ރާއިލް ދޮރާއި ދިމާއަށް ހިނގައިގަތެވެ.” ވެއިޓް… ” މާއިން ރާއިލް ހުއްޓުވިއެވެ.” އަސްލު މަށަށް އިނގޭ… އެކަމް ކިން ބުނެފަ އޮތީ ނުބުނަން.. ” މާއިން ބުންޏެވެ.” އެއީ… ކިންގެ ލޯބިވެރިޔާ އޭނާއަށް އޮޅުވާލީމަ… ރާލްބެއަށް އިނގޭތަ ކިން އެ ކުއްޖާގެ އިންތިޒާރުގަ ހަ އަހަރު ހުރި… އެންމެ ފަހުން މިރަށަށް އައި ދުވަހު ހުރިހާ ކަމެއް ބަސްޓްވީ… ” މާއިން ކުރުކުރުކޮށް ކިޔާދިނެވެ.

 

**12 ވަނަ ޕާޓު**

 

” އަޅޭ… ކޮންމެ ގޮތެއް ހަދާފައި ވެސް މަ ބޭނުން ކިން ހުއްޓުވަން… ދޮންތަ އަށް ވާނެ ގޮތެއް ވެސް ނޭނގެ… މިހާރު ވެސް މަ ވަރަށް ދެރަވެއްޖެ… ” ރާއިލް ކޮޓަރިން ނިކުތެވެ. ފަހަތުން މާއިން ވެސް އައެވެ. ނަމަވެސް އެމީހުންނަށް ނޭނގުނުކަމަކީ އެމީހުންނަށްވުރެ ކުރިން ހިޝާއަށް އެ ހުރިހާ މަންޒަރެއް ފެންނާނެކަމެވެ.

 

ހިޝާ ކޮޓަރީގައި އޮވެފައި ނިކުތީ ފިހާރައަށް ދާން ޖެހިގެންނެވެ. ގެ ކައިރީގައި ހުރި ފިހާރަ ބަންދު ކޮށްފައި ހުރީމައި ހިޝާ ގަޑި ބަލާލިއެވެ. އޭރު ހަތަރެއް ނުޖަހައެވެ. ފިހާރަތައް ހުޅުވާނީ ހަތަރެއް ޖަހާއިރު އެވެ. އެހެންކަމުން ހިޝާ ދިޔައީ ބީޗާއި ދިމާލުން ހިނގައިލަންށެވެ. ފަހަތުން މީހެއްގެ ފުޔަވަޅުގެ އަޑު އިވިގެން ހިޝާ ބަލާލިއެވެ. އެތާ ހުރީ ރާކިންއެވެ. ހިޝާ ދެލޯ ބޮޑުވިއެވެ. ރާކިން ހުރީ ހަމައަކު ނޫންކަން ރާކިން ހުރިގޮތުން ވެސް ހެކި ދެއެވެ. އިސާހިތަކު ހިޝާއަށް ރޮވުނެވެ.” ކިން ދަރިފުޅާ… ” ހިޝާ ދުއްވައިގަތީ ރާކިންއާއި ދިމާއަށެވެ. ރާކިންއަށް ކިރިޔާ ކިރިޔާ ދެލޯ ހުޅުވޭ ކަމެވެ. އެވަގުތު މާއިންއަށާއި ރާއިލްއަށް އެތަނަށް އާދެވުނެވެ.” ދޮންތާ… ސްޓޮޕް… ” މާއިން ދުއްވައިގަތީ ހިޝާ އާއި ދިމާއަށެވެ.” ހިޝް…. ” ރާއިލް ހާސްވިއެވެ.

 

” ކިން އެހުރީ ހަމައަކު ނޫން… ހިޝް އޭނައާ ކައިރި ނުވައްޗޭ… ޕްލީޒް.. ” ރާއިލް އާދޭސް ކޮށްލިއެވެ.” ހިޝާ އޭރު ވެސް ހުރީ ރޮވިފައެވެ. ނަސީބަކުން އެވަގުތު އެތަނުގައި ހަމަ އެކަކު ނެތެވެ. ރާއިލް އާއި މާއިން ހިޝާގެ ކައިރީގައި އިނެވެ.

 

ފުދޭވަރަކަށް ގިނައިރުގެ އިންތިޒާރަކަށްފަހު ރާކިން ލޯ ހުޅުވާލިއެވެ. އެހެން ހުރިހާއިރަކު އޭނަ އޮތީ ބިންމަތީގައެވެ.” މަންމާ… ބައްޕާ..” ރާކިން ގޮވާލިއެވެ.” ކިން.. ކީއްވެ ތިހެން ތި އުޅެނީ… ” ހިޝާ ރޮމުން އަހާލިއެވެ.” އިނގޭ… ” ރާކިން މާވަރަކަށް ބަލަން ފެށުމުން ރާއިލް ޖަވާބުދިނެވެ.” އެ ހިތާމަތަކާ ކުރިމަތިލުމަށްވުރެ ރަނގަޅުވީމަ… މަންމައާ ބައްޕަ ވެސް މިކަމަށް ހުރަސް ނޭޅިއްޔާ ރަނގަޅު ވާނީ.. ” ރާކިން އިށީނެވެ.” ކިން… ރާއިލްއަށް ހިތުގެ މަތީގައި ގާގަނޑެއް އޮތްހެން ހީވިއެވެ .ރާކިން ގެއަށް ދިޔައީ ހިޝާމެންނަށް ނޭނގޭ ގޮތަށް ޑްރަގް ބޭނުން ކޮށްގެންނެވެ.

 

ހިޝާމެން ގެއަށް އައިއިރު އިންޝާ އާއި މިޝްޔާ ތިބީ ސޯފާގައެވެ. ހިޝާ ގޮވައިގެން ރާއިލް ވަނީ ކޮޓަރިއަށެވެ. ލުޔާ ގޮވާލުމުން މިޝްޔާއަށް ޖެހުނީ ދާންށެވެ.” ދޮންބެ އެބައަންނަން ޓޮއިލެޓް އަކަށް ގޮސްލާފަ.. ” މާއިން ފާހާނާއަށް ދަންޖެހިގެން ކޮޓަރިއަށް ވަނެވެ. ރާކިން އާއި އިންޝާ އެކަނިވިއެވެ. ރާކިން ހުރި ގޮތުން އިންޝާއަށް ކުޑަކޮށް ޝައްކުވިއެވެ. ނަމަވެސް ހަމަޖެހިލަންވެގެން ލޯ މަރާލާފައި ފުން ނޭވާއެއް ލާން އުޅެނިކޮށް އިންޝާ ސިހުނީ ރާކިން ކައިރިއަށް އަންނަހެން ހީވުމުންނެވެ. މިފަހަރު ހުރި ގޮތުން ޔަގީންވިއެވެ. އާނއެކެވެ. ޑްރަގްގެ އަސަރު ކޮށްފިއެވެ. ރާކިން އިންޝާ އާއި ދިމާއަށް ހިނގައިގަތެވެ. އިންޝާ ބިރުން ހަލާކުވާވަރުވިއެވެ.

 

” ހިޝް ލުކް… އިހަށް ހަމަ ޖެހޭ އިނގޭ… ކިން ރަނގަޅު ކުރެވޭނެ އިރާދަކުރެއްވިޔާ.. ހިޝް އެހާ ހާސް ނުވައްޗޭ… ” ރާއިލް ހިޝާގެ ގައިގައި ބައްދާލިއެވެ.” ހިޝާ ލޯމަރާލީ އެނބުރުން އަރާހެން ހީވެގެންނެވެ. އޭރު ވެސް ހިޝާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ރާއިލް ހިތަށް އެރިއެވެ. ރާކިން އަވަހަށް ރަނގަޅުވާނެ ނަމައެވެ. މުޅި މި އާއިލާގެ ހަމަޖެހުން ނަގާލައިފިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

 

ރާކިން އިންޝާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓައި ޔަޒާން ކޮޓަރިން ނިކުތެވެ. އިންޝާގެ މޫނުގެ ކުލަވަރުން ޔަޒާން ކަންތައް ބޮޑުވިއެވެ.” ކިން… ތީ ކޮއްކޮއޭ… ” ޔަޒާން ގޮސް ރާކިން ހިފެހެއްޓިއެވެ.” އިޒް ހީ ޔޫޒިންގް ޑްރަގްސް އިނާ؟.. ” ޔަޒާން ސުވާލުކޮށްލީ ޔަގީން ކުރުމަށެވެ.” އައި ތިންކް ސޯ… އެކަމް… ” އިންޝާ ހިތް ދިޔައީ ނުލާހިކު ބާރަށް ތެޅެމުންނެވެ. އިންޝާ ވިސްނިވަރަކަށް ދެލޯ ދިޔައީ ތެމެމުންނެވެ. ރާކިން މިހާ ބަދަލުވި ސަބަބަކީ މިއީބާއޭ އިންޝާގެ ހިތަށް އެރިއެވެ. ހަމަ އެވަގުތު ރާއިލް ދޮރުހުޅުވާލާފައި ނިކުތެވެ.

 

” ކިން… ” ރާއިލް ރާކިންގެ މޫނުގައި މަޑުމަޑުން ޖަހާލިއެވެ. ރާކިން ދެބުމަ ގޮށްޖަހާލާފައި ދެފަރާތަށް އެއްލަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ވެސް އިންޝާ އިނީ ބިރުން އަވަދިވެފައެވެ.” ތިއްތި… ކޮންއިރަކު އެހެން އުޅެން ފެށީ… ” އިންޝާ ރޮވިފައި ހުރި އަޑަކުން އަހާލިއެވެ.” މާންއަށް އިނގޭނީ… ” ރާއިލް މޫނުމަތިންވެސް ފެންނަނީ މޮޅިވެރިކަމެވެ. މާއިން ކޮޓަރިން ނިކުތީ އެވަގުތެވެ. މޫނުމަތިން ތާޒާކަން ފެންނަން ހުރިއިރު އެފަން އިސްތަށިގަނޑުގައި ތެތްކަމެއް ވިއެވެ. ލައިގެން ހުރި ސޯޓާއި އަޅިކުލައިގެ ޓީޝާޓު ވެސް މާއިންއާއި ނުލާހިކު ގުޅެއެވެ.

 

” މިހާރު ކޮން ކަމެއް މިތާ ހިނގީ ކޮބާ ކިން… ” މާއިން ސޯފާގައި އިށީނެވެ. ޔަޒާން ވީގޮތް ކިޔާދިނެވެ. މާއިން ހައިރާންވިއެވެ. ނަމަވެސް ރާކިންވުމުން ރުޅިއެއް ނާދެއެވެ. މާއިންއަށް އިންޝާގެ ހިތުގައިވާ އެއްޗެހި އަންދާޒާ ކޮށްލެވެއެވެ. އެ ހިތަށް ކުރާނެ އަސަރު އިހުސާސް ވެއެވެ. ނަމަވެސް އޭނަ ކުރާނީ ކީއްހެއްޔެވެ؟ އިންޝާއާއި މެދު މާއިން ފަހުރުވެރިވެސް ވިއެވެ. އެހާ ގިނަ ކަންތައް ވެދިއުމަށްފަހު ވެސް އާދައިގެ ކަމަކަށް ހަދާލައިގެން ހުރީ އެހެން މީހަކަށް އެނގިދާނެތީއެވެ. ” މަ ވަކި ކުރާނެ ކަމެއް ނެތް… އެނީވޭސް ބާއި… ” މާއިން ފޭކް ހިނިތުންވުމެއް ދިނުމަށް ފަހު ގެއިން ނިކުތެވެ. އިންޝާ އާއި ޔަޒާންގެ އިތުރުން ރާއިލްއަށް ވެސް އެކަން ފާހަގަވިއެވެ.

 

މާއިން ދިޔައީ ރަށުގެ ވަލާ ދިމާލަށެވެ. އޭރު އަޝްލީން ފޫހި ގޮތަކަށް ލޯ އަޅައިގެން ހުއްޓެވެ.” ކީއްކުރަންށޯ ތި ގެނައީ..؟ ” އަޝްލީން އަހާލިއެވެ.” ވާހަކައެއް ދައްކާލަން..” މާއިން ޖީބަށް އަތް ޖަހާލިއެވެ.” އަޝްލީން އަލުން އަނބުރާ ރާކިން ކައިރިއަށް ދޭބަލަ… މުޅި މި އާއިލާގެ ހިތްހަމަ ޖެހުން ނަގާލައިފި އަޝްލީން ތި ކުރި ކަމަކުން… ” އަޝްލީން އެއްޗެއް ނުބުނެ ހުންނަން ފެށުމުން މާއިން ބުންޏެވެ.” ތި ބުނީ މަ އަލުން ރާކިން ކައިރިއަށް ދަށޭތަ؟.. ” އަޝްލީން ތެބުމަ ގޮއްޖަހާލިއެވެ.” އާނ އެހެން މި ބުނަނީ…ރާކިން އާ އެކީ އުޅެން ބޭނުން ނޫނިއްޔާ ކީއްކުރަން އެދުވަހު އަޝްލީން ބުނީ ތިމަންނަ ވަރަށް ލޯބިވެއޭ… އެދުވަހު ކިން އަޝްލީން ދެކެ ލޯތްބެއް ނުވޭ އެކަމް އަޝްލީން ދެރަވެދާނެތީ އާނއެކޭ ބުނީ… ދެން ލޯބިވިދުވަހު އޭނަ ދޫކޮށްލާފަ ދިޔައީ ކީއްވެ !!!!.. ” މާއިން އަޝްލީންއާއި ދިމަ ބަލާލިއެވެ. އެ ތޫނު ނަޒަރުން އަޝްލީން އެކަށް ހާސްވެއްޖެއެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

 

” އެއްޗެކޭ ބުނެބަލަ… އަޝްލީންއަށްޓަކައި ކިންގެ އަމިއްލަ ނަފްސު އެ ހަލާކު ވަނީ… ސިގިރެޓް ބޮއި ޑްރަގް ޔޫސްކޮށް.. އެވަރުންވެސް ހިތަށް އެއްޗެކޭ ނާރާތަ… މަގޭ ހަމަ އަޖައިބު ވެއްޖެ މި ދުނިޔޭގަ ތިކަހަލަ އަންހެނުން އުޅޭކަން އެނގުނީމަ… ” މާއިން ދެއަތް މުއްކަވާލިއެވެ. ދެންވެސް އަޝްލީންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.” އެންމެ ރަނގަޅު މަށާ ވާހަކަ ނުދެއްކިޔަސް އެކަމަކު ކިން ކައިރިއަށް ދޭބަލަ އޭނަ އުޅޭ ހާލު ދެކިލަން… އިރުއަރާއިރުއްސުރެ ފަށައިގެން އޭނަ އެއުޅެނީ އެއްޗެއް ނުކައި ބޭރުތެރޭގަ… ހިތަށް ހަމަޖެހުމެއް ލިބޭތޯ އޭނަ ކިތަށް ކަންތައް ކޮށްފި… ” މާއިން ވާހަކަ ދެއްކިއެވެ. އަޝްލީން ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. މި ކުރެވުނީ އެހާ ރަނގަޅު ކަމެއް ނޫންކަން ވިސްނެން ފެށިއެވެ.” ދެން ދަނީ… ތި ހިތެއް ދުވަހަކު ވެސް ހެވެއް ނުވާނެ… ” މާއިން އުންމީދު ކަނޑާލާފައި އަލުން އަނބުރާ ހިނގައިގަތެވެ. މާއިން ފަހަތް ބަލާލިނަމަ އަޝްލީންއަށް ވިސްނުނުކަން އެނގުނީހެވެ.

 

މިޝްޔާ ނިކުތް އިރު މާއިން ވެސް އައިއްސިއެވެ.” ދެން މަންމަ ވެސް ޖައްސާ ކަންތައް… މިޝް އެކަށް ބަލިވެއްޖެ.. ” މިޝްޔާ ސޯފާއަށް ޖެހިގަތެވެ.” މިއަދު ކޮޓަރި ކުނިނުކެހީމަ އޮތް އަދަބެއް ދޯ އެއީ… ” ލުޔާ މިޝްޔާގެ ކައިރީގައި އިށީނެވެ.” ކޮބާ ތިއްތި… ” މިޝްޔާ ހޯދާލީ ރާކިންއެވެ.” ވެއްޖެ ކޮޓަރީގަ… ” ޔަޒާން ޖަވާބު ދިނެވެ. ” މާން ކޮން ކަމަކަށް ގެއްލިފަ…؟ ” ރާއިލް އަހާލިއެވެ.” ކަމެއް ނޫން… ” ލަސްނުކޮށް މާއިން ހިނގައިގަތީ ކޮޓަރިއަށެވެ. އިންޝާ ވެސް ފަހަތުން ހިނގައިގަތެވެ.

 

” ދޮންބޭ ސުވާލެއް އަހާލަންތަ… ” އިންޝާ މާއިންގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. އެ ހިތްގައިމު ކޮޓަރީގައި ގިނަ ފަރުނީޗަރުތައް ހުރީ ނޫ ކުލައިގައެވެ. ރާކިންގެ ކޮޓަރިވެސް ހުންނަނީ ނޫކުލައިގައެވެ.” އަހާބަލަ.. ” މާއިން އެނދުގައި އިށީނެވެ.” ތިއްތި.. ޑްރަގް ޔޫސް ކުރޭތަ… ” އިންޝާ އަހާލިއެވެ. މާއިންއަށް ޖަވާބުދޭން ދަތިވިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ބޯ ޖަހާލިއެވެ. އިންޝާ ހުއްޓުން އެރިއެވެ.” އަޝްލީން އެއީ ކާކު… ” އަނެއްކާ ވެސް އިންޝާ ސުވާލުކޮށްލިއެެވެ.” އިނާ… ދޮންބެއަކަށް ނޭނގެ އެހުރިހާ އެއްޗެއް ކިޔާދޭނެ ގޮތެއް… ” މާއިން ފުން ނޭވާއެއް ލިއެވެ. އިންޝާ އެންމެ ރަނގަޅޭ ބުނެފައި ކޮޓަރިން ނިކުތެވެ.

 

އަޝްލީން ގެއަށް އައިއިރު އަލްވާ އިނީ ބޭރުގައެވެ.” ކިހިނެއްވީ… ” އަލްވާ އަހާލީ އަޝްލީން ހުރި ގޮތުންނެވެ.” ކަމެއް ނުވޭ… އަލްވާ ކައިރީ ބުނިން ދޯ އެކަނި ބޭރުގަ ނީންނާށޭ… ” އަޝްލީން އަލްވާ ގޭތެރެއަށް ވައްދާފައި ކޮޓަރިއަށް ވަނެވެ. ރާކިން ހަމަ އަސްލަށް ވެސް އޭނާއަށްޓަކައި ދިރިއުޅުން ނުރައްކަލެއްގެ ތެރެއަށް އެއްލާލީ ހެއްޔެވެ؟ އޭނަމީ ހާދަ ނުލަފާ މީހެކެވެ. ހާދަ އެދުން ބޮޑު މީހެކެވެ. މިނެޓެއްނުވެ އަޝްލީންގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ. އެދުވަހު އެހެން ނެހެދުންނަމައެވެ. ރާކިން ގާތް އެކުވެރުއެއްގޮތުގައި ގެންގުޅެވުންނަމައެވެ. ރާކިންގެ ހަޔާތާ ނުކުޅެވުންނަމައެވެ. އޭރުން މިދުވަސް ދެކޭކަށް ނުޖެހުނީހެވެ.

 

ވަރަށް ގިނައިރު ވިސްނަން އޮވެފައި އަޝްލީން ނިންމީ ރާކިން ކައިރިއަށް މާފަށް އެދެން ދާންށެވެ. އޭރު ދަންވަރު ބާރަ ޖަހަނީއެވެ. ހުދުކުލައިން ޑިޒައިން ކޮށްފައިވާ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސްއެއް ލައިގެން ލޯގަނޑު ކުރިމަތީގައި އަޝްލީން ހުއްޓުނެވެ. އެއްވެސް މޭކަޕެއް ނުކޮށް ފުން ނޭވާއެއް ލާފައި އަޝްލީން ކޮޓަރިން ނިކުތެވެ. ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ލަސްތަކެއްނުވެ އަޝްލީންއަށް ރާކިންމެންގެއާއި އަރާ ހަމަވިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ނަމަވެސް ފާރުމަތިން ފުންމާލައިގެން އަޝްލީން އެގެއަށް ވަދުނެވެ. ގޭތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެވެ. އަޝްލީންއަށް ރާކިންގެ ކޮޓަރި އިނގޭތީ އަވަސް އަވަހަށް ގޮސް އެކޮޓަރިއަށް ދެމިގަތެވެ. ” ކިން… ” ރާކިން ސޯފާގައި އަރާމުކޮށް ނިދާފައި އޮތްތަން ފެނުމުން އަޝްލީންއަށް ގޮވާލެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ތީއޭ މިހިތުގެ ދިރުމަކީ (17)

Next

ހިތްދަތި ދުވަސްތައް 15

Next
June 28, 2021

ހިތްދަތި ދުވަސްތައް 15

Previews
June 28, 2021

ތީއޭ މިހިތުގެ ދިރުމަކީ (17)

2 Comments!

  1. Princess says:
    June 29, 2021 at 6:30 am

    V rethi Masha Allah ❤️

    1. UNKNOWN GIRLL says:
      June 30, 2021 at 5:34 pm

      Thankuu princess ☺❤

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ 2 – 13←


All Right Reserved!