Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 11

Baby Devil Level 610 Stories100 Stories
June 18, 2021 6 Mins Read
2 Comments

މެންދުރު ދޭއް ޖެހީރު އެންމެން ތިބީ ބަނދަރުގައެވެ.” ބާއި ގާއިޒް.. ” މަޔާން އަތް ހޫރާލިއެވެ. އިންޝާ މެން ވެސް އަތް ހޫރާލަފައި ލޯންޗަށް އެރިއެވެ. ލޯންޗްގައި އިން އިރު ވެސް ރާކިންގެ ހިތުގައި ވަނީ އުފާވެރިކަމެވެ. ގިނައިރުތަކެއް ނުވެ ރަށަށް ދެވުނެވެ. ލޯންޗުން ފޭބިތަނުންވެސް ކުރިމައްޗަށް ޖެހުނީ ރާކިން ދެކެން އެންމެ ބޭނުންވި ސޫރައެވެ.” އަޝްލީން… ” ރާކިން މަޑުމަޑުން އެހެނަސް އަޝްލީންއަށް އަޑު އިވޭ ވަރަށް ގޮވާލިއެވެ.

**11 ވަނަ ޕާޓު**

އަޝްލީން ހުއްޓިފައި ފަހަތަށް އެނބުރުނެވެ.” ރާކިން؟.. ” އަޝްލީން އަހާލިއެވެ.” އަޝް ހާލު ކިހިނެއް؟ އޮޕަރޭޝަން ކާމިޔާބުތަ؟ ކީއްވެ މިހުރިހާ ދުވަހަކު މަށަށް ގުޅާ ވެސް ނުލީ؟ އަޝްއަށް އިނގޭތަ އައި މިސްޑް ޔޫ ސޯ މަޗް… ކޮބާ އަލްވާ؟ އޭނަ ހާލު ރަނގަޅުތަ؟.. ” ރާކިން ސުވާލުތައް އޮއްސަން ފެށިއެވެ.” އޯހ ޝަޓް އަޕް ރާކިން… މީ މަގު މައްޗޭ… ” އަޝްލީން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އަދި އޭނަ ފަހަތުން އައުމަށް ރާކިން ކައިރީގައި އެދުނެވެ.

” ރާކިން މަގޭ ފަހަތުން އުޅުން ހުއްޓަންވީނުން… މަ އޮޕަރޭޝަން ކުރާކަށް ނުޖެހޭ… ކަލެއަށް ގުޅަން ބޭނުން ނުވާތީ ނުގުޅީ… އެއް އިރަކު ވެސް ރާކިންދެކެ ލޯތްބެއް ނުވަން މަށެއް…. ރާކިން ކައިރިން ސަލާމަތްވާން ދެއްކި ބަހަނާއެއް އެއީ އޮޕަރޭޝަން ކުރަން ޖެހުނީއޭ ކިޔައިގެން…. އަލްވާ އުޅުން ރާކިންއަށް އެހެން ނުހަދާށޭ ކިޔައިގެން ވަރަށް… އެންމެ ފަހުން މަ ކައިރިއަށް އަންނަން މަޖުބޫރުވީމަ އޭނަ އައީ އެހެން ނުކިޔާން ކަމަށް ވައުދު ވަމުން… ” އަޝްލީން ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރާކިން ހުރީ ހުއްޓުން އަރާފައެވެ. ދައްކާނެ ވާހަކައެއް ދައްކާ ނިންމާފައި އަޝްލީން ހިނގައިގަތެވެ. އޭރު ފައިބަން ތައްޔާރު ވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިފިއެވެ. އިތުރު ކަމަށް ސަމާލުކަން ނުދީ ރާކިން ހިނގައިގަތީ ދުރަށެވެ.

އެ ދެއްކި ވާހަކަ އަޑު ނީވުނަސް ފެނުނު މަންޒަރުން މާއިންއަށް ކޮންމެސް ކަމެއް ގޯސްވެއްޖެ ކަން ނަގައިގަނެވުނެވެ. އޭރު އިންޝާ އާއި މިޝްޔާ ތިބީ ވާނުވާގައެވެ. ނަމަވެސް މިއީ ސުވާލުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަން އިނގޭތީ ދެމީހުން ވެސް ތިބީ އަނގަ މަޑުން ލައިގެންނެވެ.” އިނާ މިޝް… ވަރަށް އަވަހަށް ގެއަށް ދާން ހިނގާބަ… ” މާއިން ހުރީ ރާކިން ފަހަތުން ދާން ކެތް މަދުވެފައެވެ. ނަމަވެސް ދެ އަންހެން ކުދިން އެކަނި ފޮނުވާކަށް ވެސް ނުކެރޭނެ އެވެ. ދެކޮޅު ހެދުމެއްނެތި މިޝްޔާ އާއި އިންޝާ މާއިންގެ ފަހަތުން ގެއަށް ދިޔައެވެ. ގެއަށް ދިޔަގޮތަށް ފޮށިތައް ބަހައްޓާފައި މާއިން ގެއިން ނިކުތީ ރާކިން ފަހަތުން ދިއުމަށެވެ.

ހިތަށް ވެރިވީ މާޔޫސްކަމާ އެކު ވަކި މިސްރާބެއްނެތި ރާކިން ހިނގަމުން ދިޔައެވެ. އެހެން ހިނގަމުން ގޮސް މަޑުޖެހުނީ ފިހާރައެއް ފެނުމުންނެވެ. ޖީބުގައި އޮތް ރުފިޔާތައް ނަގަމުން ރާކިން ފިހާރައަށް ވަދެފައި ސިގިރެޓް ފޮއްޓެއް ގަނެގެން ނިކުތެވެ. ދުވަހަކު ވެސް ނުބޯ އެއްޗެއް ކަމަކު މިފަހަރު ބިރެއް ނެތި ސިގިރެޓް ބޯން ފެށިއެވެ. އޭރު ވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.” ކިން އޭއި ތީ ކޮން ކަމެއް… ” ކުއްލިއަކަށް މާއިންގެ އަޑު އިވުމުން ރާކިން އެދިމަ ބަލާލިއެވެ.” ކިހިނެއްތަ ވީ… ” ރާކިން ދުރު ބަލާލިއެވެ. މާއިން ފާޑަކަށް ބިރުގަތެވެ.” ކިން… ކިން ތީ ދުވަހަކު ވެސް ސިގިރެޓް ބުއި މީހެއް ނޫނެއްނު ކީއްވެ މިއަދު.. ” މާއިން އަހާލީ ކަންބޮޑުވެ ހުރެއެވެ.” މާން ވެސް މިކަން ހުއްޓުވަން ނޫޅެބަލަ ދެން… ” ރާކިން ދެލޯ މަރާލިއެވެ. އަދި އަޝްލީން ކީ އެއްޗެހި ކިޔައިދިނެވެ.

” ކިން… ދޮންތަ އާ ރާލްބެ އާ ކިހާ ދެރަ ވާނެ ތިހެން އުޅެންޏާ… ތި ނުބޮއިބަލަ ޕްލީޒް… އަޝްލީން އެހެން ހެދިއެކޭ ކިޔާފަ ކިން ނުޖެހޭ ތިހާ ފިނޑި ވާކަށް..” މާއިން ރާކިންއަށް ވިސްނައިދެވޭތޯ އުޅުނެވެ.” މާން ދޭބަލަ އެހަށް… މާން އަށް ވެސް ނުޖެހޭނެ މަ ހުއްޓުވާކަށް… މަންމައަކަށް ވެސް ބައްޕައަކަށް ވެސް މާން ނުބުނަންޏަކާ ނޭނގޭނެ ސޯ އަނގަމަޑުން ލައިގެން ހުރެބަލަ… ” ރާކިން ވާހަކަ ދެއްކީ ރުޅިއައިސްފައެވެ. މާއިން ކަންތައް ބޮޑުވިއެވެ. މީ އެހެންޏާ ރާކިން މާއިންއާ ވާހަކަ ދައްކާ ގޮތެއް ނޫނެވެ.” ނޫން ކިން ދޮންތަ ކައިރީ ބުނާނަން… ” މާއިން ދެބުމަ ގޮއްޖަހާލިއެވެ.” އޭރުން މަންމަދޯ ރޯނީ… މާން ބޭނުންވަނީ މަގޭ މަންމަ ރޯތަން ދެކެންތަ… ” ރާކިން ކޮޅަށް ތެދުވީ އެއް ސިނގިރޭޓް ހުސްކޮށް ލާފައެވެ.” ނޫން ދޮންތަ ރޯތަން ބަލާކަށް މަ ވެސް ބޭނުމެއް ނޫނޭ އެކަމް ތިބުއިން ހުއްޓާލަބަލަ ކިން… އާދޭސް ކުރަން… ” މާއިން އެހެން ކިޔަ ކިޔަ ހުއްޓައި ރާކިން އަނެއް ސިގިރެޓް ބޯން ފެށިއެވެ.

މާއިން ހަދާނެ ގޮތެއް ނޭނގުމުން އިޝާންއަށް ގުޅާލިއެވެ.” ޝާން ވަރަށް އަވަހަށް އާދެބަލަ ދަނޑާ ދިމާއަށް… ” މާއިން އެދުނެވެ. އިޝާން އަވަސް އަރުވާލާފައި މިދަނީ އޭ ބުންޏެވެ. އޭރު ވެސް ރާކިން އިނީ ސިގިރެޓް ބޯންށެވެ. ކުއްލިއަކަށް މާއިން ހަނދާނަށް އައީ އިންޝާ އާއި މިޝްޔާއެވެ. އެމީހުންނަށް މިކަން އެނގިއްޖެއްޔާ ކުރާނެ ކަމެއްވެސް ނޭނގެއެވެ.” ކިހިނެއް ވީއޭ މާން… ” އިޝާން ދުވެފައި އައެވެ.” ބަލާބަލަ ކިން… މަ ހަދާނެ ގޮތެއް ނޭނގިފަ މިހުރީ… ” ރާކިން ދައްކާލަމުން މާއިން އަޝްލީންގެ ވާހަކަ ކިޔާދިނެވެ. އޭރު ރާކިން އިނީ ތިންވަނަ ސިގިރެޓް ބޯންށެވެ.” އަޅޭ އަޝްލީން އެހެން ހެދީމަ އޭގެ މާނަ އަކީ ތި ބޯށެކޭ ނޫން… އެހެން އަންހެން ކުއްޖަކު ހޯދާށޭ… ކިން ތިހެން މުޅި އުމުރު ހުސް ކުރިޔަސް އޭނަ އެއް ނާންނާނެނުން… ” އިޝާން ވެސް ވިސްނައި ދެވޭތޯ އުޅުނެވެ.

” ބަލާއެއްނު ކަލޭމެންނާ ހެދި… ދޭބަލަ މިތަނުން… މަ ބޭނުން ގޮތަކަށް ދޯ މަ އުޅޭނީ… ” ރާކިން ތަންކޮޅެއް ބާރަށް ބުންޏެވެ. އިޝާންވެސް ހުރީ ދެލޯ ބޮޑުވެފައެވެ. އެވަގުތު ރާކިންގެ ފޯނަށް ހިޝާ ގުޅިއެވެ.” ކިން ނަގާބަލަ ފޯނު ދޮންތަ އެހެންނޫނިއްޔާ ހާސްވާނެއޭ… ” މާއިން ބުންޏެވެ.” ނޫޅެން… ” ރާކިން ފޯނު ޖީބަށް ލިއެވެ. ދެން ހިޝާ ގުޅަން ފެށީ މާއިންގެ ފޯނަށެވެ.” ހަލޯ ދޮންތާ… ” މާއިން ފޯނު ނެގިއެވެ.” ކޮބާ ކިން… ފޯނެއް ނުނަގާ… އިނާއާ މިޝް ކޮބާ… ” ހިޝާ އަހާލިއެވެ.” އެމީހުން އެބައުޅޭ… ދޮންތަ ހާސްނުވޭ…. މިގަޑީގަ ބާއްވަނީ ކުޑަ ކަމަކު މިއުޅެނީ.. ” މާއިން ބުންޏެވެ. ހިޝާ އޯކޭ އޭ ބުނެފައި ފޯނު ބޭއްވިއެވެ.” ކިން.. ” ފޯނު ނަގައިގެން ކުޑަކޮށް ދުރަށް ދެވުމުން ރާކިން ދިޔައިރުވެސް އެމީހުންނަށް ނޭނގުނެވެ.” ޝާން ދޭބަލަ ގެއަށް… މިޝްމެން ހާސްވާނެ އެހެން ނޫނީ… މަ ކިން ފެނޭތޯ ބަލާނަން.. ” މާއިން އިޝާން ގެއަށް ފޮނުވާލިއެވެ.

އިޝާން ގެއަށް ދިޔައިރު އިންޝާ އިނީ ސޯފާގައެވެ. އެ ފަން އިސްތަށިގަނޑު ތެތްކޮށް އޮތުމުން ދެންމެ އެއައީ ފެންވަރައިގެންކަން އިޝާންއަށް އިނގުނެވެ.” ކޮބާ ދޮންބެއާ ތިއްތިއާ… ” އިންޝާ އަހާލިއެވެ.” ކުޑަ ކަމަކު… ކޮބާ މިޝް.. ” އިޝާން އައިސް ސޯފާގައި އިށީނެވެ.” އޯހ… މިޝް ދެންމެ އެވަނީ ފެންވަރަން…” އިންޝާ ހީލިއެވެ.” ހިނގާ ބޭރަށް ފިނިކޮށްލަން… ” އިޝާން އެދުނެވެ. އިންޝާ އެއްބަސްވެފައި ގޯތިތެރެއަށް ނިކުތެވެ. އޭރު އުޑުމަތި އޮތީ ކުޑަކޮށް ބަނަކޮށްފައެވެ.” ދޮންބެމެން ހާދަ ލަސްވަނީ… އައިމް ވޮރިޑް.. ” އިންޝާ އެހެން ބުނުމުން އިޝާން އިންޝާގެ ލޮލަށް ބަލާލިއެވެ. އެ ލޮލުން ވެސް ކަންބޮޑުވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ.” ހެހެ ދޮންބެއާ ތިއްތި ދެކެ ލޯބިވާ ކޮއްކޮ ދޯ މީ… ” އިޝާން އިންޝާ ކައިރިއަށް ޖެހިލަމުން އަހާލިއެވެ. އިންޝާ ބިރުން ފަހަތަށް ޖެހުނެވެ. ނަމަވެސް މާ ފަހަތަކަށް ނުދެވުނެވެ. އިންޝާ ލައްވީ ފާރުގައެވެ.

” ހާދަ ބިރެއް ތި ގަންނަނީ… ” އިންޝާގެ މޫނާއި ދިމާއަށް މޫނު ގެންނަމުން އިޝާން ބުންޏެވެ. ދެ މޫނު ޖެހޭ ނުޖެހޭ ހިސާބަށް ގެންގޮސްފައި އިޝާން މަޑު ޖައްސާލިއެވެ. އޭރު އިންޝާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ.” ޔޫ ލުކް ސޯ ބިއުޓިފުލް އިނާ… ” އިންޝާގެ ތުންފަތާ ދިމަ ބަލާލަމުން އިޝާން ހީލިއެވެ. އިންޝާގެ ނިއްކުރި މަތިން ދާ ތިކިތައް ބަބުޅަމުން ދިޔައެވެ. އެ ބޮޑު ދެލޮލަށް ކަރުނަވެސް ޖަމާވިއެވެ.” ޝާންބޭ… ” ތުންފަތް ތުރުތުރު ލަމުން ދިޔަ ހާލު އިންޝާ އަށް ގޮވާލެވުނެވެ.” ހެހެ ހިނެއްވީ.. ” އިޝާންގެ ނޭފަތް އިންޝާގެ ނޭފަތުގައި ޖައްސާލިއެވެ.” ޝާން !!!!!!!!!!!…. ” މާއިން ބާރުބާރަށް ގޮވާލިއެވެ.” ކިހިނެއްވީ ބްރޯ… ” އިޝާން ހަމަޖެހިލިއެވެ.

” ތީ ކޮންކަމެއް… މަ ބުނެފަ ދޯ އޮންނާނީ މަގޭ ކޮއްކޮއެއްގައިގަ އަތް ނުލާށޭ… ” މާއިން ދެބުމަ ގޮށްޖެހާލިއެވެ. އިޝާން އެކަހަލަ ކަމެއް ނުކުރާނެ ކަން މާއިންއަށް އިނގިހުރެ ވެސް ބުންޏެވެ.” ހެހެ އިނގޭ ދޯ… ” އިޝާން ހީލިއެވެ.” ޔާހ… އިނާ އެހަށް ދާން ވީނުން އެތެރެއަށް… ” މާއިން ޖޯލީގައި އިށީނެވެ.” ކޮބާ ކިން ފެނިއްޖެތަ… ” އިޝާން މާއިންގެ ކަންފަތް ދޮށުގައި އަހާލިއެވެ. މާއިން މާޔޫސް ކަމާއެކު ދެފަރާތަށް ބޯ ހޫރާލިއެވެ. ” ދެން ކީކޭ ބުނާނީ… ” އިޝާން ފުން ނޭވާއެއް ލިއެވެ. އެވަގުތު ރާކިން ގެއަށް ވަދެގެން އައެވެ.” ކިން…” އިޝާން ގޮވާލިއެވެ. ނަމަވެސް އަޅައި ނުލައި ގޭތެރެއަށް ރާކިން ވަނެވެ.” ތިއްތީ.. ” އިންޝާ ގޮސް ރާކިން އަތުގައި ބައްދާލިއެވެ.” ދާން ވެއްޖެ… އަތުން ދޫކޮށްލަބަލަ… ” ރާކިން އަސަރެއް ނެތްގޮތަކަށް ބުންޏެވެ. އިންޝާ ހައިރާންވިއެވެ. މިއީ އެހެން ނޫނީ ރާކިން އުޅޭ ގޮތެއް ނޫނެވެ. ކިހިނެއް ވީބާއެވެ؟

ދުވަސްތައް ފާއިތުވަމުން ގޮސް ހިޝާމެން އަންނަދުވަސް ޖެހިއްޖެއެވެ. މާއިން އާއި އިޝާން ތިބެނީ އަބަދުހެން ހާސްވެފައެވެ. ހިޝާއަށް ރާކިން އުޅޭ ގޮތް އިންގިއްޖެއްޔާ ރޮއި ރޮއި ހަލާކު ވެސް ވެދާނެއެވެ.” ކޮބާ ކިން… އަހަރެމެން ބަލައި ވެސް ނާދޭތަ.. ” ހިޝާ އަހާލިއެވެ. ހިޝާ އާއި ރާއިލް ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އެއީ ހިޝާމެން ގުޅާ ކޮންމެ ފަހަރަކު ރާކިން ފޯނު ނުނަގާތީއެވެ.” ހްމް.. ” މާއިން ޖަވާބުދިނެވެ.” ތިއްތި ވަރަށް ޗޭންޖް ވެއްޖެ… އިނާމެންނާ ވެސް ވަރަށް ރޫޑްކޮށް ވާހަކަ ދައްކަނީ…. ” އިންޝާ ދެރަވެފައި ބުންޏެވެ.

” އޭނ… ” މަޔާން ދެބުމަ ކައިރިކޮށްލިއެވެ.” އެބުނީ ތެދެއް… ގިނައިން އުޅެނީ ބޭރުގަ… އަބަދު ކޮންމެސް ކަމަކާ ހިތްހަމަ ނުޖެހިފަ… ” މިޝްޔާ ބުންޏެވެ. ހިޝާ ކަންތައް ބޮޑުވިއެވެ.” މިހާރު ކޮބާ.. ” ހިޝާ އަހާލިއެވެ.” ނޭނގެ ވީ ތަނެއް… މިއަދު ހެނދުނު ދިޔަ ގޮތަށް ވެއްޖެ… ” އިންޝާ ބުންޏެވެ.” މާން އޭނައަށް އެވާ ގޮތްތައް އެނގޭތަ… ” ރާއިލް އަހާލިއެވެ. މާއިން ދެކޮނޑު އަރުވާލިއެވެ.” މަ ވެސް ހާސްވެއްޖެ.. ކިހިނެއްވާ އެވީ… ” ޔަޒާން ވިސްނާލި އެވެ.” ވާހަކައެއް ބުނަން ބޭނުން… ” މާއިން ސިއްރުސިއްރުން ރާއިލް ކައިރީގައި ބުންޏެވެ. ރާއިލް އޯކޭއޭ ބުޏްނެވެ.

ގެއަށް ގޮސް ފުރަތަމަވެސް ހިޝާ ގުޅާލީ ރާކިން އަށެވެ. ފޯނުގެ އަޑު އިވުނީ ރާކިންގެ ކޮޓަރިންނެވެ. ހިޝާ ލަސްފިޔަވަޅުތަކެއްގައި ރާކިންގެ ކޮޓަރި ހުޅުވާލިއެވެ. އެއްޗެހިތައް އެހުރި ތަރުތީބުން ހުއްޓެވެ. ފޯނު އޮތީ އެނދުމަތީގައެވެ. ހިޝާ ފާހާނާ ވެސް ބެލިއެވެ. ނަމަވެސް ރާކިން ފެންނާކަށް ނެތެވެ. ރާކިންއަށް ކިހިނެއްވީބާއެވެ؟ ހިޝާ ހިތާއި ދިމާގައި އަތް އަޅައިގެން ރާކިންގެ ކޮޓަރިން ނިކުތެވެ. އޭރު ކުރިމަތީގައި ރާއިލް ހުއްޓެވެ. ” ރާލް… އޭނަ ކޮބާ… އެކޮޓަރި ވެސް ހީވަނީ ދުވަހަކު މީހަކު ނުވަދެ ހުންނަތަނެއްހެން… އޭނަ ހޯދައިދީބަ.. ” ހިޝާ ފެންކަޅިވެފައި ހުރެ އެދުނެވެ.” ހިޝް މަށަކަށް ވެސް ނޭނގެ އޭނަ ވީތަނެއް… މާންއަށާ އިޝާން އަށް ވެސް ނޭނގިގެން އެއުޅެނީ… ” ރާއިލް ހިޝާގެ ދެކޮނޑުގައި ހިފާލިއެވެ.

ހިޝާ ކޮޓަރިއަށް ވަދުމުން ރާއިލް ދިޔައީ މާއިންގެ ކޮޓަރިއަށެވެ.” ކޮން ވާހަކައެއް ބުނަން އުޅުނީ… ” ރާއިލް އަހާލިއެވެ.” ދޮންތަމެން ހުރީމަ އަސްލު ނުބުނީ…. އިނާމެންނަށް ވެސް ނޭނގޭ ކަމެއް… ހަމައެކަނި މަށާ އިޝާންއަށް އެކަނި އިނގެނީ.. ރާލްބެ ކައިރީގަ ބުނަން ބުއްދިވެރިކަމަށް ބަލާފަ މި ބުނަނީ… ” މާއިން ފުން ނޭވާއެއް ލިއެވެ.” ހީ… ކިން ފުރަތަަމަ ސިގިރެޓް ބޮއިފަ މިހާރު ހީ ޔޫޒް ޑްރަގްސް… މަށާ ޝާން ވަރަށް މަސައްކަތް ކުރިން އޭނަ ޗޭންޖް ކުރެވޭތޯ… ބަޓް އައި ކާންޓް… ސޮރީ… މިހާރު އެއަށް ދެވިހިފާފައި ހުރީ… ” މާއިން ހިތަށް ވެސް ހުރީ ވަރަށް އަސަރު ކޮށްފައެވެ. ރާއިލްއަށް ހީވީ އޭނާގެ މޫނު މަތީގައި މީހަކު ޖެހިހެންނެވެ.” ވަޓް… ކީއްވެ… ” ރާއިލް ދެލޯ ބޮޑުވެ ފެންކަޅިވިއެވެ. އެމީހެއްގެ އަމިއްލަ ދަރި އެކަހަލަ ވިޔާނުދާ އުޅުމެއް އުޅޭތައް ދެކެން ކެތްވާނީ ކޮން މައިންބަފައިންނަކަށް ހެއްޔެވެ؟

މާއިން އިސްޖަހާލިއެވެ. ރާކިން ބުނެފައި އޮތީ ކިތަންމެ ވަރެއް ވިޔަސް ހަމަ އެކަކު ކައިރީގައި އަޝްލީންގެ ވާހަކަ ނުބުނުމަށެވެ.” ނޭނގެ.. ” ފުރަތަމަ ފަހަރަށް ރާއިލްގެ ކުރިމަތީގައި މާއިން ދޮގު ހެދި އެވެ.” ދޮންތައަށް އިންގިއްޖެއްޔާ ކިހާ ދެރަ ވާނެ… މަންމަމެންވެސް… ތިއްތަމެން ވެސް… ” މާއިން ފުން ނޭވާއެއްލިއެވެ.” މިދަނީ ކިން ހޯދަން… ” ރާއިލް ދޮރާއި ދިމާއަށް ހިނގައިގަތެވެ.” ވެއިޓް… ” މާއިން ރާއިލް ހުއްޓުވިއެވެ.” އަސްލު މަށަށް އިނގޭ… އެކަމް ކިން ބުނެފަ އޮތީ ނުބުނަން.. ” މާއިން ބުންޏެވެ.” އެއީ… ކިންގެ ލޯބިވެރިޔާ އޭނާއަށް އޮޅުވާލީމަ… ރާލްބެއަށް އިނގޭތަ ކިން އެ ކުއްޖާގެ އިންތިޒާރުގަ ހަ އަހަރު ހުރި… އެންމެ ފަހުން މިރަށަށް އައި ދުވަހު ހުރިހާ ކަމެއް ބަސްޓްވީ… ” މާއިން ކުރުކުރުކޮށް ކިޔާދިނެވެ.
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

އަބަދުވެސް…18

Next

މާކުންބެ

Next
June 18, 2021

މާކުންބެ

Previews
June 18, 2021

އަބަދުވެސް…18

2 Comments!

  1. Princess says:
    June 19, 2021 at 9:05 am

    V reethi Masha Allah ❣️❣️❣️❣️❣️

    1. UNKNOWN GIRLL says:
      June 20, 2021 at 3:10 am

      Thank u dear ??

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ 2 – 12←


All Right Reserved!