ޒާހިރުގެ ރާގު ހުރިގޮތުން ލީޒާއަށް ޒާހިރަކީ ކޮންކަހަލަ މީހެއްކަން ކޮންމެވެސް ވަރަކަށް އެނގުނެވެ. އޭނައަކީ ދަރިންނާ ދޭތެރޭ ކުލުނެއް ނޯންނަ މީހެއްކަން ލީޒާ އަށް ފާހަގަވިއެވެ.
3 ވަނަ ބައި
ލީޒާ އެއްވެސް އެއްޗެކޭ ނުބުނެ މަޑުކޮށްލައިގެން އިނެވެ. އެއީ ޝާމިން ނިކުމޭތޯއެވެ. އިރުކޮޅެއްވަންދެން އިނދެ ޝާމިން ނުނިކުތުމުން ލީޒާ ނިކުމެގެން ދިޔައީއެވެ. ލީޒާ ގެޔަށް ގޮސް އެކަމާ ފިކުރުކުރިއެވެ. ޝާމިންއަށް މިހެން މިވަނީ ކިހެނެއްވެތޯ ހިތުގައި ސުވާލު އުފެއްދިއެވެ. އެ ތުއްތު ކުއްޖާއަށް ބައްޕަގެ ކުލުނާއި ލޯބި ނުލިބެނީ ބާއޭވެސް ލީޒާގެ ހިތަށް އަރައެެވެ. ނަމަވެސް ޒާހިރު ޝާމިންއަށް އަނިޔާ ކުރާ ކަމެއް ލީޒާ އަކަށް ނޭންގެއެވެ. ޔަގީނުންވެސް މިކަމުގައި ޒާހިރުގެ އިހުމާލު ވާކަން ލީޒާއަށް ކަށަވަރުވިއެވެ.
ކޮންމެ ދުވަހަކު ތިންއިރު އެގެޔަށް ލީޒާ ކާން ގެންދެއެވެ. އެއީ ހެނދުނާއި ، މެނދުރު އަދި ރޭގަނޑުއެވެ. ނަމަވެސް ދެދުވަސް ވީއިރުވެސް ލީޒާ ކާންގެންދާ ވަގުތު ޝާމިން އަކާ ދިމައެއް ނުވެއެވެ. އެއީ ޝާމިން ކޮޓެރިން ނުނިކުންނާތީއެވެ. ލީޒާ ކާން ގެންދާ ވަގުތު ގިނަފަހަރަށް ސިޓިންރޫމުގައި އުޅެނީ ޒާހިރުއެވެ. ނަމަވެސް ތިންވަނަ ދުވަހު ވީ މިހެންނެއް ނޫނެވެ. އެ ދުވަހު ލީޒާ ކާން ހިފައިގެން ދިޔަ އިރު ޝާމިން ނިކުމެ ޓީވީ ބަލަން އިނެވެ. އަދި ޒާހިރު ގެޔަކު ނޫޅެއެވެ. ޝާމިން ކޮޓެރިން ނިކުމެ އެއިނީ ޒާހިރު ގޭގަ ނެތީމާ ކަމައްވެސް ވެދާނެއެވެ. ކޮންމެގޮތަކަށް ކަންވިޔަކަސް ލީޒާ މިޔަދު ހުރީ ޝާމިން ފެނުމުން ވަރަށް ހިންހަމަ ޖެހިފައެވެ. ލީޒާ ކާއެއްޗެހިތައް މޭޒުމަތީ އަތުރާލުމަށް ފަހު ޝާމިން އަށް ކާން ގޮވިއެވެ.
އިސްޖަހާގެން ހުރެ ޝާމިން އައިސް އިށީނދެ ކާންފެށިއެވެ. ލީޒާވެސް މޭޒުގެ އަނެއްފަރާތުގައި އިން ގޮނޑިޔަކު އިށީންދެ މަޑުކޮއްލައިގެން އިނެވެ. ލީޒާ ޝާމިން އަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި ޝާމިން ލިޒާއާ ދިމާލައް ބަލައިވެސް ނުލައެވެ. ޝާމިން ގެެ މޫނުމަތިން ލީޒާ އަށް އަބަދުވެސް ފެނިގެންދަނީ ހިތާމަ ވެރިކަމާ ހިތްދަތި ކަމެވެ. ލީޒާ ޝާމިން ގެ ކިބައިން ހޯދަން ބޭނުންވާ އެތައްކަމެެއް ލީޒާގެ ހިތުގައި އުފެދެއެވެ. ނަމަވެސް މިއީ ޝާމިންއާ ވަކިން ދިމާވި ފުރަތަމަ ފަހަރު ކަމުން ލީޒާ އެއްވެސް ކަމަކާ ސުވާލެއް ނުކުރެއެވެ.
ޝާމިން ކައި ނިމެންދެން ލީޒާ މަޑުކޮއްލިއެވެ. އަދި ކައި ނިމުމުން ކާއެއްޗެހި މީރުތޯ ލީޒާ ސުވާލުކޮއްލިއެވެ. އިސްޖަހައިގެން އިނދެ ޝާމިން މައްޗަށް ތިރިއަށް ބޯ ހައްލާލިއެވެ. ލިޒާ ހުރީ ވަރަށް ވެސް އުފަލުންނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސްް ލީޒާ ކާން ގެންދާ ވަގުތުތަކުގައި ޝާމިން އާ ބައްދަލުވެއެވެ. ބައެއްފަހަރަށް ޝާމިން އާ ޒާހިރުއާ ދެމީހުން އެއްކޮށްވެސް ކާން އަރައެވެ. ޒާހިރުއާ ޝާމިން ދެބެއިން އެއްވެސް ވަރަކަށް ވާހަކަ ދައްކާތަނެއް ލީޒާ އަކަށް ނުފެނެއެވެ. ޒާހިރު ނުހުންނަ ވަގުތުތަކުގައި ލީޒާ ބަލަނީ ޝާމިން އާ ވާހަކަ ދައްކާލާ ގުޅުން ބަދަހި ކޮއްލުމަށެވެ. ނަމަވެސް ޝާމިން ލީޒާ އަކާ އެހާ ވާހަކަ ދައްކައެއްނަހަދައެވެ.
ހަފްތާއެއް ވޭތުވެގެން ހިނގައްޖެއެވެ. ލީޒާ އާ ޝާމިން ކޮންމެސް ވަރަކަށް ގުޅުންބަދަހިވެ ޝާމިން ލީޒާއާ ކުޑަކޮއް ވަހަކަދައްކާ ހަދަން ފެށިއެވެ. އެގޮތުން އެއްދުވަހު ލީޒާ ކާންގެންދިޔައިރު ޝާމިން އިނީ ވަރަށް ދެރަވެފައެވެ. ލީޒާ ސައި ހެދުމަށް ފަހު ޝާމިން އަށް ސައިބޯން ގޮވިއެވެ. ޝާމިން އައިސް މެޒު ދޮށުގައި އިށީންދެ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ” ދައްތާ.. ދައްތަގެ މަންމަ ހުރޭތަ؟ ” މިހެން ސުވާލުކުރުމައްފަހު ޝާމިން އިސްޖެހިޔެވެ. ޝާމިން ގެ މޫނުމަތިން ވަރަށް ދެރަވެފައި ވާކަން ލީޒާ އަށް އިނގުނެވެ. ނަމަވެސް ލީޒާ ޝާމިން ކުރި ސުވާލަކަށް ޖަވާބެއް ނުދިނެވެ. އަދި ލީޒާ ” ދެން ހިނގައި އަވަހަށް ސައި ބޯން “މިހެން ބުނެ މައުޞޫއު ބަދަލުކޮއްލިއެވެ. މިހެން ލީޒާ އެ ކަންތައް ކުރީ އެ ސުވާލުގެ ޖަވާބު ދީފިނަމަ ޝާމިން ދެރަވާނެ ވަރު ވިސްނާލާފައެވެ.
މިވޭތުވެދިޔަ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ލިޒާއަށް ޝާމިން އަކީ ކޮންކަހަލަ ކުއްޖެއްކަންވެސް އެނގުނެވެ. ޝާމިން އަކީ ބަސްމަދު ، އަހުލާގު ރަނގަޅު ، މަޑުމައިތިތި މިޒާޖެއްގެ ކުއްޖެއްކަން ލީޒާ އަށް ފާހަގަ ވިއެވެ. ނަމަވެސް ޝާމިން މާޔޫސްކަމާއެކު ފިކުރުބޮޑު ވެފައި މިވަނީ ކީއްވެގެން ކަމެއް އަދިވެސް ލީޒާއަކަށް ނޭންގެއެވެ. ލީޒާ ބޭނުންވީ ޝާމިން ހިތް ނުތަނަވަސްކަމުގެ ތެރެއިން ނެރެ ހިތް ހަމަ ޖައްސާލުމަށެވެ. އެހެންވެ އެއްދުވަހަކު ލީޒާ ޝާމިންގާތު ހިނގާލަން ދާން ބުންޏެވެ. ޝާމިން ބޭރަށް ނުދަން ކުޑަކޮށް އިންކާރު ކުރިއެވެ. ނަމަވެސް ލީޒާ ކުރި އާދޭހަށް އެދުވަހު ޝާމިން ހިނގާލަން ދިޔައެވެ.
މަގު މަތީގެ އެކި މަންޒަރުތައް ލީޒާ ޝާމިން އަށް ދައްކަމުން ގެންދިޔައެވެ. އެއްބަޔަކު ބައިސްކަލާއި ސައިކަލު ދުއްވާ މަންޒަރާ ކުޑަކުދިން އެކުދިންގެ ބައްޕަ މެންނާއި އެކު ހިނގާލަން ނިކުމެ އުޅޭތަނެވެ. ނަމަވެސް ޝާމިންގެ މޫނުމަތިން އަބަދުވެސް ފެނިގެންދަނީ ހިތާމަވެރިކަމެވެ. މިހެން ހިނގަމަން ހިނގަމުން ދަނިކޮށް ޝާމިން ކުއްލިއަކަށް ހުއްޓުނެވެ. ލީޒާ އަށް ޝާމިން ލީޒާ ގާތު ނެތް ހެން ހީވެގެން ބަލާލިއިރު ޝާމިން ހުރީ ތަންކޮޅެއް ދުރުގާ ހުއްޓިގެންނެވެ. މޫނުމަތިން ފެންނަން ހުރީ ހިތް ނުތަނަވަސްކަމެވެ. ލިީޒާ ޝާމިން ގާތައް ގޮސް ” ކިހިނެއްވީ ޝާމިން “މިހެން ބުނެ ސުވާލު ކުރިއެވެ. ޝާމިން ލީޒާގެ މޫނައް ބަލާލުމައްފަހު ވަރަށް ހާސްވާ ކަހަލަ ގޮތަކަށް ” ދައްތާ…..ދައްތަގެ ބައްޕަ ހުރޭތަ؟…ދައްތަގެ ބައްޕަ ދައްތައަށް ވަރަށް ރަނގަޅުތަ؟..”މިހެން ބުނެ ސުވާލުކުރިއެވެ. ޝާމިން މިކުރި ސުވާލުން ލީޒާ އަށް ޝާމިން އަށް މިހެންމިވަނީ ކިހިނެއްކަން ކޮންމެސް ވަރަކަށް އެނގުނެވެ. އަދި ޝާމިން މިކުރި ސުވާލަށް މިފަހަރު ލީޒާ ޖަވާބުވެސް ދިނެވެ. ” ކޮއްކޯ ޝާމިން… ދުނިޔެމައްޗަށް ކޮންމެ އިންސާނަކުވެސް ފޮނުވުނީ އިމްތިހާނަކަށް. އެއްވެސް މީހަކީ ފުރިހަމަ މީހެއްނޫން.. އަދި އެއްވެސް މީހެއްގެ މައިން ބަފައިންނަކީވެސް ފުރިހަމައަށް ތިބޭނެ ބައެއް ނޫން.. ދިމާވާ ކޮންމެ ކަމަކު ކެތްކުރަން ދަސްކުރަންވާނެ… ދައްތަ އަށް އިނގޭ ޝާމިން އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަން.. އަދި އިރާދަ ކުރެއްވިއްޔާ ޝާމިން އަށް ވެސް ރަނގަޅުގޮތް މެދުވެރި ކުރައްވާނެ. “ލީޒާ މިހެން ބުނުމުން ޝާމިން އަށް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އަދި އިރު އޮއްސުމާއެކު ލީޒާ ޝާމިން ގޮވައިގެން ގެޔަށް ދިޔައެވެ.
ލީޒާ ޝާމިން ގެއަށް ލުމައްފަހު ލީޒާ ދިޔައީ ލީޒާގެ ގެއަށެވެ. ޝާމިން ގެއަށް ވަދުންއިރު ޒާހިރު އިނީ ސޯފާގައި އިށީންދެލާގެންނެވެ. ޒާހިރު ގެ މޫނުމަތިން ރުޅި އައިއްސަ ހުރިކަން ޝާމިން އަށް ފާހަގަވިއެވެ. ޔަގީނުންވެސް މިފަހަރު ކޮންމެސް ކަމެއް ވާނެކަން ޝާމިންއަށް އިނގުނެވެ. ޝާމިން ކޮޓެރިއަށް ވައްނަން ދަނިކޮށް ޒާހިރު އަޑައްބާރު ލާގޮތަކަށް ” ކޮންތާކުން ތިޔައީ؟ “މިހެން ބުނެ ސުވާލު ކުރިއެވެ. ޝާމިން ހުރީ ވަރަށްވެސް ބިރުންނެވެ. އިސްޖަހައިގެން ހުރެ ޝާމިން ” މިއައީ ލިޒާ ދައްތައާއި އެއްކޮށް ހިނގާލަން ގޮއްސަ “މިހެން ޖަވާބުދިނެވެ. ޝާމިން މިހެން ބުނުމާއިއެކު ޒާހިރު ޝާމިން އާއި ދިމާލަށް ހަޅޭއްލަވައި ގަނެފައި ބުންޏެވެ. ” ކަލޭ ނުޖިހޭ ބޭރަށް ނިކުންނާކަށް.. ތަނަކުން މީހެއް ފެންނައިރަށް އެމީހަކު ފަހަތުން ކަލޭ ބޭރަށް ނިކުންނަން ޖިހޭތަ.. ލީޒާޔޯ….ކޮން ލީޒާއެއްކިޔާކަށް ” މިހެން ބުނެ ޒާހިރު ގާތު ހުރި ފިހިގަނޑަކުން ޝާމިންގެ ގައިގަ ތަޅާގަތެވެ. ޝާމިން އައްދޯތްއޭ ކިޔާ ރޮމުން ހަޅޭއް ލަވަމުން ގެންދިޔައެވެ. އޭނަގެ އަތުގަޔާއި ބުރަކަށީގައި ވަރަށް ބާރަށް ފިހިގަނޑުން ޖެހުނެވެ. ” ދެން ބޭރަށް ނިކުމެފިއްޔާ މިޔައްވުރެ ބޮޑުވަރު ކޮއްލާނަން ” މިހެން ބުނެ ޒާހިރު ވަދުނީ އޭނަގެ ކޮޓެރިއަށެވެ. ޝާމިން ރޮމުންގޮސް ޝާމިންގެ ކޮޓެރިއަށް ވަދެ އެނދުގައި ބަނޑުއަތައް އޮށޯވެ ރޮމުން ގެންދިޔައެވެ. ޝާމިންގެ ގައިގަ ޖެހި ތަންތަން ހުރީ ނޫގަނެފައެވެ. އެރޭ އެކަމާ ހިތާމަކޮށް ޝާމިންއަށް ނިދުނީ ވަރަށް ލަހުންނެވެ.
އަނެއް ދުވަހު ޝާމިން ހޭލައިގެން ކޮޓެރިން ނިކުތް އިރު ހުރީ މެންދުރު ވެފައެވެ. އޭރު ޒާހިރު ހުރީ ފޯނުކޯލަކުއެވެ. ” މިޔަދު އޮފީސް ނިމޭނީ ވަރަށް ލަހުން. އިރޯއްސޭހާއިރު އާދެވޭނީ. “ޒާހިރު ފޯނުގައި ނިކުމެގެން ދަމުން މިހެން ބުނާ އަޑު ޝާމިން އަށް އިވުނެވެ. ޝާމިން ނިކުމެ ޓީވީ ބާލަން ސޯފާގައި އިށީންދުނެވެ. ޝާމިން ބަލާހިތްވާކަހަލަ ކާޓޫނެއް ނާންނާތީވެ ޝާމިން ހުރީ ވަރަށް ވެސް ފޫހިވެފައެވެ. ކުއްލިއަކަށް ޝާމިން ހަނދާންވީ ބައްޕަ މިއަދު އޮފީހުން އަންނާނީ ތަންކޮޅެއް ލަހުންކަމެވެ. އެހެންކަމުން ބޭރަށް ނިކުމެފަ ބައްޕަ އަންނަންވާއިރަށް ވަންނާނީއޭ ހިތައް އަރާ ޝާމިން ބޭރަށް ނިކިތެވެ. އަދި ގެ ކުރިމަތީގައިހުރި ޖޯލިފަތީގައި އޮށޯވެ މަގުމަތީގައި ހިނގަމުންދާ ކަންތައްތައް ބަލަން އިނެވެ.
ގަޑިއިރެއް ހައި އިރު ފަހުން ކަންވީ ހީވެސް ނުކުރާ ގޮތަށެވެ. ޝާމިން ޖޯލިފަތިގައި އިންދަ ޒާހިރުއަށް އޮފީސް ކުރިން ނިމުމުން ގެއަށް އާދެވުނީއެވެ. ޝާމިން ބޭރުން ފެނުމާއި އެކު ޒާހިރު ހުރީ ވަރަށް ރުޅި އައިއްސައެވެ. އެއްވެސް އެއްޗެކޭ ނުބުނެ ޒާހިރު ގޭތެރެއަށް ވަނެވެ. ޝާމިން ހުރީ ވަރަށް ވެސް ބިރުންނެވެ. ހަދާނެ ގޮތް ހުސްވެފައެވެ. އިރު ކޮޅެއްވަންދެން އިނުމައްފަހު ޝާމިން ގޮސް ގެޔައް ވަދުނެވެ. އޭރު ޒާހިރު ހުރީ ސިޓިންރޫމުގައި ވަރަށް ރުޅިގަދަވެފައެވެ.
ކަންދިމާވިގޮތުން އެވަގުތު ޝާމިންގެ ފަހަތުން ލީޒާ އަށް ކާއެއްޗެހި ހިފައިގެން އާދެވުނެވެ. ލީޒާ ވަނުމާއިއެކު ޒާހިރު އެއްވެސް އެއްޗެކޭ ނުބުނެ ވަދުނީ ކޮޓެރިއށެވެ. ލީޒާ ކާއެއްޗެހި މޭޒު މަތީ އަތުރާލުމައްފަހު ކާން ގޮވިއެވެ. ޝާމިން ހުރީ ވަރަށް ވެސް ހިތް ނުތަނަވަސްވެފައެވެ. ލީޒާވެސް މިޔަދު ކުޑަކޮށް ބިޒީކޮށް އުޅޭތީ އަވަސް ކޮއްލުމައްފަހު ލީޒާ ދިޔައީ ދާށެވެ. ދަމުން މަޑުކޮއްލުމަށް ފަހު ޝާމިން ގާތު ” ދައްތަ ކުޑަ މަސައްކަތަކު އުޅޭތީވެ މިއަދު އެބަޖިހޭ ތަންކޮޅެއް ކުރިން ދާން “މިހެން ބުނެ ހިނގައިގަންނަނިކޮއް ލީޒާގެ ލޮލުގައި އަޅާގަތީ ޝާމިންގެ އަތް ނޫގަނެފައި ހުރިތަނެވެ. ވަގުުތުން ލީޒާ ޝާމިން އާ ސުވާކުލުކުރިއެވެ. ” ޝާމިންގެ އަތަށް މިހިރީ ކިހިނެއްވެފަ؟ “މިހެން ލީޒާ ބުނަނިކޮށް ޒާހިރު އޮވެ ކޮޓަރިން ނިކުމެއެވެ. ޝާމިން އެވަގުތު ޒާހިރުގެ މޫނައް ބަލާލުމައްފަހު އިސްޖެހިއެވެ. އަދި އިރުކޮޅެއްވަންދެން އެއްޗެކޭ ނުބުނެ އިނުމައްފަހު ސިޑިން ވެއްޓުނީއޭ ބުނެ ލީޒާ އަށް އޮޅުވާލިއެވެ. ” ސިޑިން ވެއްޓެގެން މިވަރު ވޭތަ؟..ޝާމިންވެސް ތަނކޮޅެއް ބަލައި ލައިގެން އުޅުބަލަ…. “މިހެން ބުނެ ލީޒާ ނިކުމެގެން އަވަސް ކޮއްލުމައްފަހު ދިޔައީއެވެ.
ލީޒާ ދިޔަތަނާ އިރުކޮޅެއްވި ބާރަށް ޒާހިރު އައިސް ޝާމިން އަށް އަނިޔާ ކުރަން ފެށިއެވެ. ” ކަލޭ ހީކުރީ ލީޒާ އައިމަ ކަލެއަށް ސަލާމަތް ވެވުނީ ކަމައްތަ؟..ކަލެގާތު ގެއިން ނުނިކުންނާށޭ ބުނީމަވެސް ތި ނިކުތީއެއްނު. “މިހެން ބުނެ ޒާހިރު ޝާމިންގެ ގާގައި ފިހިގަނޑުން ތަޅަމުން ގެންދިޔައެވެ. ޝާމިން އޮވެރޮއި ހަޅޭއްލަވައެވެ. ހަމަ ޔަގީނުންވެސް އެގެ ގާތުން ލާފާ މީހަކު ދިޔަ ނަމަ އަޑު އިވޭނެއެވެ.
ލީޒާ ގެޔަށް ދިޔަ މަގުމަތީ ޖީބާއް އަތް ލިއިރު ޖީބުގައި ގޭގެ ތަޅުދަނޑިފަތި ނެތްކަން އިނގުނެވެ. އަދި ހަނދާންވީ ޒާހިރު މެންގޭ ކާމޭޒުމާތީ ތަޅުދަނދިަފތި ބައިންދާފައި އާދެވުނު ހަނދާނެވެ. ވަގުތުން ލީޒާ މިސްރާބު އަނަބުރާލުމަށްފަހު ޒާހިރު މެން ގެއާ ދިމާލައް ހިނގައިގަތެވެ. އޭރުވެސް ޒާހިރު ޝާމިން އަށް އަނިޔާ ކުރަމުން ގެނދެއެވެ…
އަދި ނުނިމޭ…
ޏޯޓް: މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކިޔުން ތެރިންގެ ކޮމެންޓް އަޅުގަނޑަށް ވަރަށް މުހިންމު.
6 Comments!
Comments are closed.


Mi part vx varah reethi. Hithah mi aranee leezaa ah evaguthah dheveyne baaey.
Waiting for next part..
Keep it up.❤❤
Stay safe
Thank you so much.
Iraadh kurehvihyaa dhen in part vxx varah furihamavaane.
Stay safe❤
Mashallah nice story ?☺️☺️
Thank you ❤❤
Masha Allah vrh reethi mi part vxx
Zaahiru meekonkahala bappa eh baa
Poor shaamin
I hope hurihaakameh vxx dhn ragalah deythoo waiting for the next part curiously
Stay safe
Thank you so much for the support ❤
Iraadha kurehvihyaa dhen in partga varah gina kankan ingeyne. Ummeedhu kuran next part vxx reethi vaane kamah.
Stay safe❤❤❤