Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ނަފްރަތުން ލޯތްބައް… 4

mimi Level 110 Stories
June 18, 2021 4 Mins Read
2 Comments

އިވާން ކައެ މެން ވެސް އެ ކޮޓަރިއައް އަންނަން ވީނުން ….އަދި އިނގޭތަ މި މަންޖެ އައް ކިޔަނީ ޒީޝް އެކޯ..އެހް ނުބައި ގަޑިޔެއަ ގަ ދޯ މި ވަދެވުނީ ހެހެ. “އޭރު އިވާން އާއި ޒީޝް ހުރީ މީހުންގެ ލޮލާ ލޮލަށް ބަލާށެވެ.” އިވާނޫ! ؟! ؟”އާއިޝް ދޮރު ކައިރީ ހުރެ ކަރައް ލެވުނުހައި ބާރެއް ލައިފައި ގޮވައިލީ އިވާން އައްށެވެ. އިވާން ސިއްސައިގެން ދިޔަވަރުން ފުންމައިގެން ގޮސް ފަހަތައް ވެއްޓުނެވެ. އޭރު ޒީޝް ހުރީ މޭމަތީގައި އަތް އަޅައިގެން ކިޔުނުހައި ހެޔޮ އެއްޗެއް ހިޔާށެވެ. ސިއްސާައިގެން ގެން ދިޔުމުންނެވ. ނަމަވެސް ހުއްޓެން ޖެހުނީ އެތާ ލޯ ވައްކޮއްގެން ދަތްދޮޅި ބިންމަތީ ޖެހޭވަރައް އަނގަ ހުޅުވައިގެން އިން އާއިޝް ފެނިފައެވެ.”ސޮރާ.. ކޮއެފުޅާ.. ކަލޯ..!!!.. މަ އެބައިން މިތާގަ ތި ދެން ބޮޑުވަރެއްނު.. “އާއިޝް އަނގަ ލައޕާލައިފައި ބިންމަތީގައި އިއްތާލައިފައި ދަތްދޮޅީގައި އަތް ވިއްދާލިއެވެ. އޭރު އިވާން ލޯ ބޮޑު ކޮއްލައިގެން އާއިޝް އައް ބަލަން އިނެވެ.

____________________________________________________________

ލީޝާ، ޒިޔާދު އަދި ޔާނިއު މަގު މަތީގާ ހިނގާ ތާ ގަޑި އިރު ތަކެއް ފާއިތުވެގެން ދިޔައިރު ވެސް ޔަނާއެއް ނުފެނުނެވެ. ޕޮލިހައް ވެސް ގުޅައިފިއެވެ. ނުފެނުނެވެ.

“ކައެ މިތާ ކީއްތަ ތި ކުރަނީ.. “އިވާން އިން ގޮތައް އިނދެ ބުނެލިއެވެ.” މަ މިކޮޓަރިއައް ވަދެ ކީ އެއްޗެހި އަޑު އެހި ނަަމަ ނުޖެހެނީސް ދޯ ތި ސުވާލު ކުރާކައް .. “އާއިޝް މޫނު ކުނި ކޮއްލަމުން ބުނެލިއެވެ.” އާތްތްތްތްތްތްތް މަންމާތްތްތް.. ” ޒީޝް ހަޅޭއް ލަވައި ގަތުމުން އާއިޝް އާއި އިވާން ދިޔައީ ސިއްސައިހެންނެވެ.” އައްދޯޔޯ.. ހުސް އެއްވަރެއްގެ މީހުން އަނެއް މަންޖެ އަނގައިން ވެސް މަ ބަލިވާން ޖެހުނީ.. ކަންފަތް ފަޅައިގެން ދާވަރައް ފެލެން އެނގެނީ.. ކޫލް ގާލްސް.. މީ މިހައިތަނައަ މައް ފެނުނު އެންމެ އަނގަ ގަދަ ކުދިން .. އެހެން ކުއްޖެއް މިތަނައް ގެނައި ނަމަވެސް ރޮޔުން ނޫ ކަމެއް ނުކުރާނެ.. އެކަމް މި މަންޖެ މެން.. އޮހް” އާއިޝް ފަތިވަރު ތަކެއް އަމުނާ ލިއެވެ. މިހެން ކިޔައި އާއިޝް ފަޅު ކޮޓަރި ގަނޑު ތެރެއިން ނިކުމެގެން ދިޔައެވެ. އޭރު ޒީޝް އެއްފަހަރު އިވާން އާއި ދިމާއައް ބަލާއިލައިފައި އަނެއް ފަހަރު ދޮރައި ދިމައައް ބަލަނީއެވެ. އިވާން އައް ވެސް ވީހަމަ މި ވަރެވެ. އާއިޝް ގޮސް ވަނީ ޔަނާ އިން ފަޅު ކޮޓަރި ގަނޑަށެވެ. އޭރު ޔަނާ ހިޔާލަކައް ގެއްލިފައި އިނެވެ. އާއިޝް އައް އިނދެވުނީ ޔަނާ އާއި ދިމާޔައަ އެސްފިޔަ ޖަހައި ނުލަައި ބަލާށެވެ. ޔަނާ އެއްލި ކަޅިން އާއިޝް ފެނުނެވެ. “އަހަރެން ހަމަ މިހާރު މޮހެދީ ނޫނީ..” ޔަނާ ދަތް ކުނޑި ވިކައިލަލާފައި ބުނެލިއެވެ. “ނޫނީ.؟.” އާއިޝް ރާގުލައިފައި ބުނެލިއެވެ. “ނޫނީ މަރާލާނަން..” ޔަނާ ބުނެލި އެތިން އާއިޝް ދިޔައީ ސިއްސައިގެންނެވެ. “އަހަރެންގެ ފެމިލީ ހުންނާނީ މިހާރު ލަސްވެފަ ނުވިތާކައް މައި ބޯއި ފްރެންޑް ވެސް ހުންނާނީ ހަމާއިގަ ކަމެއް ނޭންގެ.

“ކާކު އެއީ ޔަނާ ގެ ބީ އެފް.. “އާއިޝް ސިހިފަ ހުރުމުން ބުނެލެވުނީ ތަންކޮޅެއް ބާރައްށެވެ.” ކިޔެއް ކުރަން އެ ހުރިހައި އެއްޗެއް ބުނަން ވީ ކަލޭ ކައިރީގަ.. ކަލޭ ތީ އަހަރެންގެ ކާކު ނުޖެހޭ ބުނާކައް.. “ޔަނާ އަތުގައި އައްސާ ފަައި ވާ ވާކޮޅު ނައްޓާން މަސައްކަތް ކުރަމުން ބުނެލިއެވެ. އާއިޝް ބަލާކައް ނުހުރެ ގޮސް ޔަނާ އަތުގަޔާ ފައިގަޔާ އައްސާ ފާ އިން ވާ ގަނޑު ނައްޓާލިއެވެ. ޔަނާ ބަލާކައް ނުހުރެ ދުއްވައި ގަތީ ޖެހިގެން އިން ކޮޓަރިއަށެވެ. ޒީޝް އިނީ ގޮޑީގާ އިއްތާ ގެންނެވެ. އިވާން އިނީ ތަންކޮޅެއް ދުރުގައެވެ. ޔަނާ ބަލާކައް ނުހުރެ ގޮސް ޒީޝް މޮހެލަ ދިނެވެ. އިވާން އައަ މި މަންޒަރު ފެނުނު ހިނދު ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތް ހެނެވެ.”އޭތްތްތް.. “ލެވުނުހައި ބަރެއްލައިފައި އިވާން ހަޅޭއް ލަވައި ގަތެވެ . ޔަނާ އާއި ޒީޝް ދިޔައީ ސިއްސައިގެންނެވެ. އެވަގުތުވީ އާއިޝް ވެސް އެ ކޮޓަރިގަނޑައް ވަތް ވަގުތެވެ.” އިވާން.. އެ ފަކީރުން ދިޔަދީ.. “އާއިޝް ރީތިކޮއް ބުނެލިއެވެ. ޔަނާ އާއި ޒީޝް ބޭރައް ދުއްވައީ ގަތެވެ. އެ ތަނަ ކީ ފަޅު ގެއެކެވެ. މީހުން އައިސް އުޅޭ ސަރައްހައްދެއް ނޫނެވެ. ނަމަވެސް ޒީޝް އައް ގެޔައް ދާން އިނގުނެވެ.

” ކައެ މޮޔަވީތަ.. ހަމައިގަތަ”އިވާން ރުޅި އައިސް ހުރެ ބުނެލިއެވެ. “މަތަ އަދިވެސް މޮޔައީ ބަލަ އެ މަންޖެ މެން ކީއްތަ ކުރީ..” އާއިޝް ބުނެލި ޖުމްލައިން އިވާން އައް އާއިޝް މިއީ މޮޔައެކޭ ހިތައް އެރި އެވެ. “ބަލަ ކަލޭ ވެސް އެ މަންޖެ ގެނައީމެންނު މިތަނައް..” އިވާން ހައިރާން ވެ ހުރެ ބުނެލިއެވެ. “ހްމްމް.. މަ ގެނައީމެއްނު އެކަމް ދޫ ވެސް ކޮއްލައިފީ މެއްނު.”އާއިޝަ މިހެން ބުނެ އިވާން ގެ ރުޅިގަނޑު ފިލުވަލަން ބޭރައް ނުކުމެލިއެވެ. އިވާން ދެ ފަރާތައް ބޯ ހޫރާލެވުނީ ކުޑައިރު އެންމެ ގާއިކޮއް އުޅުނު ކަމައް ވާ އާއިޝް މޮޔަ ކަމުންނެވެ.

ދެ ކުދިން ވިސްނީ ޔަނާ މެން ގޭގައި މިއަދު ނިދުމައްށެވެ. ގެ އައް އާދެވުނު އިރު ލީޝާ އަދި ޒިޔާދު ހުރީ ހާސް ވެ ކަން ބޮޑު ވެފައެވެ. އޭރު ޔާނިއު ސޯފާ ގައި އިށީންދެ ލައިގެން އިނެވެ. “ކޮންތާ ކުން ތި އައީ މިހާރު އެޔޮއް ގަޑިން ދިހެއް ޖެހީ..” ލީޝާ ފުއްމާއިގެން ތެދުވެ ޔަނާ ކައިރީ ބުނެލިއެވެ. “ނަތިން ހެޕެންޑް.. ފިހާރައަކުން މި އައީ..”. އެނމެ އަވަހައް ދުލައް އައި ބަހެއް ޔަނާ ބުނެލިއެވެ. ޔަނާ ބުނީ ދޮގެއްކަން ލީޝާ އައަ ވަރައް ރީއްޗައް އެނގުނެވެ. “ޑޯންޓް ލައި.. ތިއްތަ އައް އިނގޭ ތި ހަދަނީ ދޮގު ކަން.. ފިހާރައަކައް ގޮސްގެނެއް އެހާ ލަހެއް ނުވާނެ.. ޒީޝް ކޮންތާކުން ތި އައީ..” ޔަނާ ކައިރީގައި ޒީޝް ހުރުމުން ލީޝާ ޒީޝް އާައި ސުވާލު ކޮއްލޮއެވެ. ޒީޝް އައް ދައްކާނެ ބަހަނާ އެއް ނޭން ގުމުން ޒީޝް ޔަނާ އާއި ދި މާއައް ބޯޖަހާލީ މި ބުނަނީ އޭ ބުނާ ފަދައިންނެވެ. އަލިފުން ޔާ އައް ހުރިހައި އެއްޗެއް ޒީޝް ކިޔައި ދިނެވެ. ލިޝާ އައް ފަހަތައް ޖެހެވުނެވެ. ލީޝާ ޕޮލިހައް ގުޅައި ފައި އެކުދިން ފެނިއްޖެ ކަމައް ބުނެ ފޯނު ކަނޑާލިއެވެ.

ލީޝާ އެ ދެކުދިން އައް ނަސޭހަތްތެރިވިއެވެ. އިތުރައް އެ ވާހަކަ ނުދެއްކުމައް ދެ ކުދިން ކައިރީ ވެސް ނިދަން ދި އުމައް ބުނެ ލީޝާ އާއީ ޒިޔާދު އެތެރެއައް ވަނެވެ. ޔަނާ އާއި ޒީޝް ވެސް ކޮޓަރިއައް ގޮސް ވަނެވެ. ދެ ކުދިންނަކައް ވެސް ނުނިދުނެވެ. އޮއެ ވެނީ ހިޔާލެއް ތެރޭ އެވެ. ހިތައް އަރަނީ ކީއްވެ ބާއޭ އެ ދެ ކުދިން ކިޑްނެޕް ކުރީ އަދި ކިޑްނެޕް ކޮއްފަ ދޫ ކޮއްލީ. މި ކަހަލަ ބައިވަރު ސުވާލު ތަކހން ފުނި ޖެހިފައި އިން ޔަނާ އަށާއި ޒީޝް އައް ދޮރައި ދިމާލައަ ބަލާލީ ދޮރު ހުޅުވާލުމުންނެވެ. “ޓުމޯރޯ ސްކޫލް ފެށޭނެ އިނގޭ.. ޓޫ ޑޭސް ބަނަދު ނިމުނީ ޔޫ ނޯ..” ލީޝާ މިހެން ބުނެލި ތަނާ ޔަނާ ދެ ލޯ ބޮޑު ވިޔެވެ ސަބަބަ ކީ ޔަނާ ސްކޫލައް ދާހިތުން މޮޔަވެފައި ހުންނާތީއެވެ. ކިޔެވުމަކައް ދަށެކޭ ނުބުނެވޭނެއެވެ. ސްކޫލުން ތިންވަނަ އެވެ.ޔަނާ އޯކޭ އޭ ބުނުމުން ލީޝާ ދިޔައެވެ. “ޒީޝް ވަޓް އެބައުޓް ޔުއާ ޔުނިފޯމް…” ލީޝާ ދިޔުމުން ޔަނާ ޒީޝް އައް ސުވާލެއް ކޮއްލިއެވެ. “އެ ކޮޅު ގޭގަ ވާނީ.. އެކްސްޓްރާ ޔުނިފޯމެއް އެބެއްތަ..” ޒީޝް ވެސް ކޮއްލީ ސުވާލެކެވެ. “މްމްްމް.. އޮންނާނެ” ޔަނާ މިހެން ބުނެލުމުން އޯކޭ އޭކިޔާ ދެ ކުދިން ވެސް ނިދޭތޯ ބެލިއެވެ. ޔަނާ އައް ނުނިދުމުން ފޯނު ނެގިއެވެ.

އަދި ” އާހިލް 3> ” ޖަހާ ފައި އިން މެެެސެޖް ތަނައް ގޮސް މެސެޖް ކުރަން ފެށިއެވެ. “ހައި.” ޔަނާ ޖަހާލިއެވެ. “ހައިއިއި” އެ ކޮޅުން ޖަވާބެއް އައެވެ. “ހައު ހޭވް ޔޫ ބީން.. ހީވަނީ ވަރައް ގިނަ ދުވަސް ވިހެން.. ބަޓް އިޓްސް ބީން އަ ޑޭ..ލަވް ހަހަ..” ޔަނާ ބުނެލިއެވެ. . ” މްމްމް އައި މިސްޑް ޔޫ” އހާިލް ބުނެލިއެވެ. ދެ ކުދިން ވެސް މެސެޖް ކުރުން ހުއްޓާލީ ޔަނާ އައް އާހިލް ގުޅުމުންނެވެ. ގުޅީ ޔަނާ ނުނިދިހެން އޭ ބުނުމުންނެވެ. ޔަނާ އެހެން ވާހަކަ ދައްކަން އޮއްވާ ނިދުނެވެ. އޭރު ގަޑިން ދެޔެއް ޖަހަނީ އެވެ. ޒީޝް އައް ވެސް އޮތީ ނިދިފައެވެ.

އަނެއް ދުވަހު އެންމެ ލަހުން ހޭލާ ޔަނާ ހޭލީ އެންމެ އަވަހައްށެވެ. ޔަނާ ތެދުވެ ފެންވަރައިގެން ހުދު ޔުނީފޯރމް އަކާއި ރަތް ސްކާޓެއް ލައި ބެގީ ޖަހާލިއެވެ. އަދި މޫނު ގައި މަދު ފުއްކޮޅެއް ޖަހާލިއެވެ. ފަން އިސްތަށިގަނޑު ދޫކޮއް ދެ ފަރާތައަ ގަތާލިއެވެ. ކުޑަ ވަރަކައް ރީތި ވެލާއި ގެންގޮސް ޒީޝް އައް ގޮވީ ޔުނިފޯމް އަލަމާރީގެ ދޮރުފަތުގައި އަޅުވައިފައެވެ. ޒީޝް ވެސް ހަމަ އެ ކަހަލަ ޔުނިފޯމް އެއް ލައި ކުޑަގޮތަކަށް ރީތި ވެލި އެވެ. ޒީޝް ފަހަތައް ހުރިހާ އިސްތަށި ތަކެއް ގެންގޮސް ފަހަތައް ގަތާލިއެވެ.

މި އަދު ޔާނިއު ވެސް ސްކޫލަަަ ދާން ޖެހޭތީ އަވަހައް ފެންވަރަން ވަނެވެ. ނިކުތީ ފަސް މިނެޓް ފަހުންނެވެ. އިސްތަށިގަނޑު ސްޓައިލިށް ގޮތަކައް ފުނާ އަޅާ ކަޅު ފަޓުލޫނާއި ހުދު ޔުނިފޯމެއް ލިއެވެ. އަދި ރަތް ޓައީ އެއް އަޅާ ދަބަސް ރެޑީ ކޮއްލިއެވެ.

ހުރި ހާ އެންމެން ތައްޔާރު ވެ ނިމުން އިރު ބާކީ އަދި ވިހި މިނެޓު އިނެވެ. މިއަދު އެހައި އަވަސް ކޮއް ނޫޅުނީ ޒިޔާދުގެނ އައު ކާރު ލިބުމުންނެވެ. ނިމުނު އެންމެން ކޮޓަރިން ނިކުތް އިރު ލީޝާ ހުރީ މައިލޯ ގިރާފައެވެ. އެ ބޮއެލައި ނިމުނު ބާކީ ދިހަ މިނެޓްއެވެ. ތިން ކުދިން ވެސް ބޭރަށް ނިކުތީ އެކީ ގައެވެ. ތިން ކުދިން ވެސް ދޮރު ކުރިމަތީގައި އޮތް ރތް ކުލައިގެ ކަރައް އެރިއެވެ. ސްކޫލައި ހިސާބައް ދެވުނު އިރު ބާކީ އަދި ފަސް މިނެޓް އޮތެވެ. ޒިޔާދު މި ދަނީ އޭ ކިޔާ ކާރު ދުއްވާލީ އެންމެން ފޭބުމުންނެވެ.

❤️ – ނުނިމޭ – ❤️

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mimi

Level 110 Stories

Other Articles

Previous

މާޒީ 2

Next

ލޯބި އޭގެ އަސްލުގައި 4

Next
June 18, 2021

ލޯބި އޭގެ އަސްލުގައި 4

Previews
June 18, 2021

މާޒީ 2

2 Comments!

  1. Princess says:
    June 18, 2021 at 10:09 pm

    ❣️❣️❣️❣️V v v reethi mi part vex ❣️❣️❣️❣️

    1. mimi says:
      June 19, 2021 at 9:39 am

      ??Varah bodah thanku princess??

Comments are closed.

Next Episodeނަފްރަތުން ލޯތްބައް… 5←


All Right Reserved!