“ޑަން” ޔަނާ ދަތް ޕިލަ ސޭލު އަޅުވަިއިގެން ހުރެ ބުނި އިރު އޭނާ ޔަކައަ އެނާ ހުރި ގޮތެއް ނޭންގެއެވެ. ސިޓިންރޫމުގައި ތިބި އެންމެން ގެ ހިނިގަނޑު ފަޅައިގެން ދިޔައީ ޔަނާ ހުރި ގޮތް ފެނިފައެވެ. ޔަނާ އަށް ވަދެ ވުނީ ހައިރާން މާކެއް ގެ ތެރެއަށެވެ. “ކީއްވީ..” ޔަނާ ކުކީސް ތަށި މޭޒު މަތީ ގައި ބައިން ދަމުން ބުނެލިއެވެ. “ލޯގަނޑުން ގޮސް ބަލާލަ ބަލަ ހުރި ސިފަ..” ޔާނިއު ހެމުން ހެމުން ބުނެލިއެވެ.
________________________________________________________________
ޔަނާ މާ ލަސް ތަކެއް ނުވެ ގޮސް ކޮޓރިއައް ވަދެ ލޯގަނޑުން އަމިއްލަސިފަ ބަލާލީރު ކަމަކު ދާކައްނެތެވެ. ޔަނާ ވެސް އަމިއްލަޔަކައް ހެމުން ހެމުން ކޮޓރީ ތަޅުންގަނޑު މަތީ އޮއްތާލިއެވެ.
މީހަކު ކޮޓަރީ ދޮރު ހުޅުވާލިތަނުން ޔަނާ ގެބޯ ދޮރުގައި ޖެހުނީ މަޑަކުންނެއް ނޫނެވެ. ވީ ތަދުން ބޮލުގައި އަތް އަޅައިގެން އިނދެ ކާކު ތޯ ބަލާލީ އެމީހާގެ ބޯ ޗަސްޗަސް ކޮއްލާނަމޭ ހިތާއެވެ އެކަމަކު މަޑުން އިނީ ޒީޝް އައް ވުމުންނެވެ. އަނގަމަތީގައި އަތް އަޅައިގެން އިން ޒީޝް ސިހިގެން ދިޔައީ ޔަނާ ހުރި ސިފަ ފެނިފައެވެ. “ތީ ކޮންކަމެއް..” ޒީޝް ހެމުން ހެމުން ބުނެލީ އެދުމަތީގަަި އިށީދެ ލަމުން ނެވެ. “ބޭރުގަ ހުންނާނެ ކުކީސް ހަދާފަ.ނައު އައިމް އަ ކުކީ.” ޔަނާ މިހެން ބުނެލީ ޒީޝް ހެއް ވާ ލުމުގެ ބޭނުމުގަ އެވެ. ކަން ވީ ވެސް ހަމަ އެހެންނެވެ. “އާނ… އަދި ހަނދާން ނެތިފައޭ މި ހުރީ.. ޔޫ ސެއިޑް ހިނގާލަން ދާނަ މޭ މިއަދު.. އައި ޖަސްޓް ފޯރގޮޓް..” ޔަނާ މިހެން ކިޔާ ފާހަނަ ޔައް ވަދެގެން ދިޔައެވެ. ޒީޝް ހުރެ ޕިސް ޕިސް ތަޅަމުން ބޭރައް ދިޔައެވެ. އެހެން ތާ ވާނީ މީހާ އައް ސޯޅަ އަހަރު ވީ އިރު ވެސް ކުޑަ ކުދިން ގެ އުޅުން ދުލެއް ނުކޮއްލަ އެވެ. ޔަނާ ފަސް މިނެޓ ފާހަނާގައި ފެންވަރަން ނަގާލިއެވެ. ފެން ވަރައިގެން ނިކުމެ ހެޔާރ ޑްރަޔާ އިން އިސްތަށިގަނޑު ހިއްކާ ލިއެވެ. އަދި ރީތިކޮއް ފުނާ އަޅާ ނޫކުލައިގެ ބޭންޑެއް އަޅާލިއެވެ. އޭރު ޔަނާ ހުރީ ކަނޑު ނޫކުލައިގެ ޖިންސަކާއި އައިސް ބްލޫ ގަމީހެއް ލައިގެންނެވެ. އަވަހައް ނަމާދު ކޮއްލައިގެން ނުކުތިއިރު ކަޅު ކުލައިގެ ޖިންސަކާއި ފިޔާތޮށި ކުލައިގެ ފަލަމަސްގަނޑާ ހަމައައް އަންނަ ހެދުމެއް ލައިގެން ހުރި ޒީޝް ސޯފާގައި ޔާނިއު ގޭމު ކުޅޭތަން ބަލަން އިނެވެ. “ހނގާ ދާން… ނު ދާން ތަ ތި ގަސްތު ކުރަނީ.މިގޭ ބޭބީ ގަނޑައި ވެސް މިހާރު ފްރެންޑް ވީ ތަ .” ޔަނާ އެދިމާލައް ބަލަން ހުރެފައި ބުނެލިއެވެ.” ހިނގާ ދާން “ޒީޝް ތެދުވަމުން ބުނެލިއެވެ. އޭރު ޔާނިއު ޔަނާ އާއި ދިމާލައް ލޯ އަޅައިލައިގެން އިނެވެ.
ހިޔާމް ދިޔައީ ޒީޝް އައް ފާރަލަމުންނެވެ. އެހެންމީހުންނައް ނޭންގޭ ގޮތައް ޝިޔާމް ދިޔައީ ޔަނާ އައް ފާރަލަމުންނެވެ. އެއީ އާއިޝް ޝިޔާމް ކައިރީގައި ބުނުމުންނެވެ.
ޒީޝް އާއި ޔަނާ ދިޔަ އީ އަތިރިމަތީގެ ރީތި ދޮންވެލިގަނޑު މަތީގައި ހިނގަމުން ނެވެ. ދެ ކުދިންނައް ނޭންގޭ ކަމަކީ މީހަކު ދެ ކުދިންނައް ފާރަލާން އިތުރު މީހަކު ފަހަތުން އައިކަމެވެ. ހިޔާމް ކުއްލިއަކަށް ގޮސް ޒީޝްގެ އަނގަޔާއި ނޭފަތުގައި ފޮތި ކޮޅެއް އަޅައި ހޭނައްތާލިއެވެ. ޔަނާ މި މަންޒަރު ބަލަން ހުރެ ހަޅޭއް ލަވާއި ގަތެވެ. މާ ގިނަަިރު ތަކެއް ނުވެ ޔަނާ ގެ މޫނު މަތީގައިވެސް ފޮތިކޮޅެއް އަޅައި ހޭނައްތާލިއެވެ. “އޭ ކަލޭ ކީއްކުރަނީ މިތާގަ.”ހިޔާމް ބުނެލީ ޝިޔާމް އައް އިޝާރާތް ކޮއްލަމުންނެވެ. އޭރު އޭނާގެ އަތް މަތީ ޒީޝް ވެސް އޮތެވެ.” ކަލޭ ކީއްކުރަނީ. މަ މި އައީ އާއިޝް ބުނެގެން.. “ޝިޔާމް ވެސް ބުނެލީ ޔަނާ އަތް މައްޗަށް ލައިގެން އިނދެ އެވެ.” އަހަރެން މިއައީ އިވާން ބުނެގެން ” ހައިރާން ވެ ހުރެ ހިޔާމް ބުނެލިއެވެ.” އަނެއްކާ މި ދެ މަންޖެ އައް އެ ދެ ސޮރު ހިތް ކީ ކަންނޭންގެ. ” ލާނެއް ގޮތަކައް ޝިޔާމް ބުނެލިއެވެ.” އާން މިއަދު އިވާން މައެ ކައިރީގަ ބުނި ލައިކް ވެއޭ.. މި މަންޖެއައް.. ހެހެ.. މި މަންޖެމެން ހޭ އަރަންވާއިރައް ހިނގާ ދާން.. ” ހިޔާމް ބުނެލިއެވެ.
” މި ތިބީ… ރަނގަޅެއްނު.. “އާއިޝް އާއި އިވާން އެކީ ބުނެލީ ޔަނާ އާއި ޒީޝް ގޮނޑީގައި އައްސާފައެވެ. މާ ގިނައިރު ތަކެއް ނުވެ ޔަނާ ހޭ އެރި އިރު ޔަނާ ގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައިއިން އާއިޝް ފެނި ސިހިގެން ގޮސް ގޮނޑިންނު ވެއްޓުނީ ކިރިޔާއެވެ. އާއިޝް ގެ ހޫނު ނޭވާ ޔަނާ މޫނުގައި ބީހެމުން ދިޔަ އިރު ޔަނާ އައް ނޭނގޭފަދަ އިހްސާސް ތަކެއް ކުރަމުން ދެވު ނެވެ. ޔަނާ ތެޅި ގަތް ގަޑީ އާއިޝް ސިހިގެން ކުޑަ ކޮއް ފަހަތައް ޖެހެވުނެވެ،އަދި “ހާއި” އޭ ކިޔާ އައި ހަލުވާ ލިއެވެ. “އަހަރެން ދޫކުރޭ… ކޮބާ ޒީޝް..” ޔަނާ އަޑު ގެ ނެތް ތަނައް ހަޅޭއް ލަވައި ގަތެވެ. ‘ ހާދަ އަޑު ގަދަ ކުއްޖެކޭ މަ ހީވެސް ނުކުރަން..’ އާއިޝް ހިތާ ހިތުން ބުނެލިއެެ. “އަހަރެންގެ ކަންފަތަށް ތަދުވެޔޭ ހަޅޭއް ނުލަވަބަލަ.. އެ މަންޖެ އެ ބައިން އަނެއް ކޮޓަރީގަ..ހާސް ނުވޭ އޭނަ އިނީ އިވާން އެއްކޮށް.. ” ޔަނާ ގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށި ކޮޅު ރީތި ކޮއްލަމުން އާއިޝް ބުނެލިޔެވެ. “އަހަރެން ގައިގަ އަތް ނުލާތި..” މިހެން ބުނެލި އިރު ޔަނާ މޫނު އިނނީ ރަތް ކުލައިގައެވެ. ޔަނާ މިއީ ދުވަހަކު ވެސް މި ކަހަލަ ކަމެއް ދިމާވެފާ ވީ ކުއްޖެއް ނޫނެވެ. ހަމަ އެކަނި މި ކަހަލަ ކަންތައް ފެންނަނީ ފިލްމު ތަކުން ނެވެ. އާއިޝް ސިއްސައިގެން ދިޔައީ ޔަނާ ގެ މޫނު ހުރި ގޮތުންނެވެ. ވާނީވެސް އެހެންތާ އެވެ. ނިތް ކުރި މައްޗައަ ރޫ އަރު ވާލާއިގެން ތުންދަމާލައިގެން ލޯ ހަނިކޮއްހެންނެވެ. ނުވިތާކައަ މޫނު ހީވަނީ ފުއްޓަރެއްހެނެވެ.
“އޭ އިވާން ކައެ މެން ވެސް އެ ކޮޓަރިއައް އަންނަން ވީނުން ….އަދި އިނގޭތަ މި މަންޖެ އައް ކިޔަނީ ޒީޝް އެކޯ..އެހް ނުބައި ގަޑިޔެއަ ގަ ދޯ މި ވަދެވުނީ ހެހެ. “އޭރު އިވާން އާއި ޒީޝް ހުރީ މީހުންގެ ލޮލާ ލޮލަށް ބަލާށެވެ.” އިވާނޫ! ؟! ؟”އާއިޝް ދޮރު ކައިރީ ހުރެ ކަރައް ލެވުނުހައި ބާރެއް ލައިފައި ގޮވައިލީ އިވާން އައްށެވެ. އިވާން ސިއްސައިގެން ދިޔަވަރުން ފުންމައިގެން ގޮސް ފަހަތައް ވެއްޓުނެވެ. އޭރު ޒީޝް ހުރީ މޭމަތީގައި އަތް އަޅައިގެން ކިޔުނުހައި ހެޔޮ އެއްޗެއް ހިޔާށެވެ. ސިއްސާަިގެން ގެން ދިޔުމުންނެވ. ނަމަވެސް ހުއްޓެން ޖެހުނީ އެތާ ލޯ ވައްކޮއްގެން ދަތްދޮޅި ބިންމަތީ ޖެހޭވަރައް އަނގަ ހުޅުވައިގެން އިން އާއިޝް ފެނިފައެވެ.”ސޮރާ.. ކޮއެފުޅާ.. ކަލޯ..!!!.. މަ އެބައިން މިތާގަ ތި ދެން ބޮޑުވަރެއްނު.. “އާއިޝް އަނގަ ލައޕާލައިފައި ބިންމަތީގައި އިއްތާލައިފައި ދަތްދޮޅީގައި އަތް ވިއްދާލިއެވެ. އޭރު އިވާން ލޯ ބޮޑު ކޮއްލައިގެން އާއިޝް އައް ބަލަން އިނެވެ.
♥ – ނުނިމޭ – ❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

