Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ނަފްރަތުން ލޯތްބައް.. 2

mimi Level 110 Stories
June 13, 2021 5 Mins Read
6 Comments

.ނަމަވެސް ޒިޔާދު އާއި ދިމާއައަ ލޯ އަޅާ ލާއިފައި ޔަނާ އާއި ޔާނިއު އެކުގައި ހިނގައި ގަތެވެ. ގަޑިނުޖެހި ދެވުނީ ހަމަ ކިރިޔާއެވެ. ދެ ކުދިން ދެ ކުދިން އަށް ހަނާ އަޅާލުމައްފަހު ކުލާހައްދާން ހިނގައިގަތެވެ. ޔަނާ ކްލާސް ދިހެއް ބީ ގެ ކުއްޖެއް ކަމަކު ޔާނިއު އެއީ އަށެއް އޭ ގެ ކުއްޖެކެވެ. އެހެން ކަމުން ޔަނާ ދާން ޖެހުނީ އިމާރާތުގެ މަތީބަޔައަށެވެ. ދަނި ކޮއް ކުއްޖަކުގައި ޖެހި ޔަނާ ވެއްޓުނެވެ.
______________________________________________________

“އައުޗް.. “ދެ ކުދިން އެކީގައި ބުނެވުނެވެ.” ތަދުވިތަ ސޮރީ.. ” އެ ކުއްޖާ މިހެން ބުނެލިއެވެ. އުނަގަނޑުން ތަންކޮޅެއް މައްޗައް އަރާވަރުގެ ފަން ކަޅު އިސްތަށިގަނޑު ނުހަނު ރީއްޗެވެ. އެ ދޮން ހަންގަނޑައި ނުހަނު ގުޅެއެވެ. “އިޓްސް އޯކެއި.. ބައި ދަ ވޭ ޓެން ބީ އިންނަނީ ކޮންތާކުތަ.. “ޔަނާ ހިނިތުން ވެލަމުން ބުނެލިއެވެ.” އޮވް ސޭމް ކްލާސް ނިއު ކުއްޖެއް ދޯ.. ފޮލޯ މީ.. “އެ ކުއްޖާ
ބުނެލިއެވެ.” ކޮން ނަމެއްތަ ކިޔަނީ “ޔަނާ ދިޔަ މަގުމަތީގައި ބުނެލިއެވެ.” ޒީޝް.. ވަޓް އެބައުޓް ޔޫ”ޒީޝް އަހާލިއެވެ. “ޔަނާ..” ޔަނާ ހީލަމުން ބުންޏެވެ. ދެ މީހުން ގޮސް ކްލާހައް ވަނިއިރު ސަކަރާތް ޖަހާ ކުއްޖަކު ސަކަރާތް ޖަހަނީ ކިޔަވާކުއްޖަކު ކިޔަވަނީއެވެ. “ޓީޗަރ ކޮބާ” ޒީޝް އަޑު ގެނެތް ތަނައް ހަޅޭއް ލަވައި ގަތެވެ އެންމެންގެ ނަޒަރު ހުރީ ޔަނާ އާ ދިމާލައްށެވެ . މި ހަރަކާތުން ވެސް ޒީޝް މިއީ އަނގަ ގަދަ ކުއްޖެއްކަން ވެސް އެނގުނެވެ. “މިއީ އަނެއްކަ ކޮން ބިއުޓީ އެއްތަ” އެތަނުން ފިރިހެން ކުއްޖަކު މަލާމާތުގެ ރާގަކައް ބުނެލިޔެވެ. “އެމީހުން ދައްކާ ވާހަކައައް އަޅާލާ އެއްޗެއް ނޫން ހނގަ ސީޓް އައް” ޒީޝް މިހެން ބުނުމާ އެކު ދެމީހުން ގޮސް ސީޓްގައި އިށީނެވެ. ޔަނާ އިށީނީ ޒީޝް އާއި ޖެހިގެން އިން ސީޓު ގައެވެ. ދެ ކުދިން މިހާރު ގާތް އެކުވެރިންނައް ވެއްޖެއެވެ.

ކިޔެވުން ނިންމާފައި ޔާނިއު އާއި ޔަނާ ގެއަށް ދާން ހިނގައި ގަތެވެ. “ތިއްތާ.. ވެން އާ ވީ ގޮއިން” ގެއަށް ވަތް ގޮތައް ޔާނިއު ހަޅޭއް ލަވަން ފެށިއެވެ. “އެއްކަލަ އަޑުގެ ވެރިޔާ.. ކޮންތާކަށްތަ ނުދެވިގެން ތި އުޅެނީ” ލީޝާ ކަންފަތުގައި އައި އަޅައިގެން ހުރެ ބުނެލިއެވެ. “ތިއްތާ ހައު ކުޑް ޔޫ.. މިހާރު ހަނދާން ނައްތާލީތަ މަ ބުނީމެންނު މިއަދު ޝޮޕިންއައް ދާން ވާނޭ” ޔާނިއު ދެރަވެފައި ބުންޏެވެ. “އައި ޑިޑްންޓް ފޮގެޓް ހަމަ ޔާނިއު ދެރަ ކޮއްލާނަމޭ ހިތައި މި ބުނީ އެހެން.. މިރޭގަ ދާނީ”ލީޝާ ހެމުން ހެމުން ބުންޏެވެ.” މަށެއް ދެރަ އެއް ނުވެޔޭ.. ބަައި ދަ ވޭ ދޮންތި ދާނަންތަ “ޔާނިއު ސޯފާ މަތީ އޮއްތަމުން ބުނެލިއެވެ. “ނުދެވޭނެ.. ބެސްޓީ އެއްކޮއް ހިނގާލަން ދާނީ މި ރޭ..މިރެޔެއްނު ދޯ ޔާން މެން ދަނީ.. ސޯ ސޮރީ އައި ކާންޓ ގޯ.. ” ޔަނާ އަތުން ގޮތް ގޮތް ހަދަމުން ހަރަކާތް ތައް ދައްކަމުން ބުނެލިއެވެ. “އައްދެ މިހާރު ބެސްޓީ އެއް ވެސް ނެގީތަ.. މްމް ހަމަ މިރޭ ދަނީ.” ޔާނިއު ޔަނާ ޖެއްސި ވައްތަރު ތައް ޖައްސަމުނަ ބުނެލިއެވެ. “މްމްމް.އައި ގޮޓް އަ ބެސްޓީ.. . އައިމް ކޫލް ޔޫ ނޯ” ޔަނާ މިހެން. މިހެން ކިޔާ ކޮޓަރިއަށް ވަނެވެ. “ކޫލް މައި ބަޓް… ބައި ދަ ވޭ ތިއްތަ ދާނަންދޯ.. ” ޔާނިއު ދެއަތުން އަމިއްލަ މޫނުގައި ހިފާލައިފައި ދެތިން ފަހަރަކު އެސްފިޔަ ޖަހާލަމުން ބުނެލިއެވެ. . “ހާސްނުވޭ ތިއްތަ ތިއްތަގެ ބޭބީ ގަނޑާ އެއްކޮށް ދާނަމޭ.. ” ލީޝާ ކެރެޓް ކޮށަން އިނދެފައި ބުންޏެވެ. “ޔެސް ޔެސް ޔެސް” ޔާނިއު އތް މައްޗައް ނަގައި ތިރިކުރަމުން ބުނެލިއެވެ. އަދި އެހެން ކިޔައި ކޮޓަރިއައް ވަނެވެ.

 

“ޔާނިއު ދޭ ރެޑީވާން ޝޮޕިންއައް ދާން ބޭނުމިއްޔާ މިހާރު އެޔޮއް އަށެއް ޖެހީ “ލީޝާ ބުންޏެވެ. “ޔޭސް ޔޭސް އައިމް ގޮއިން..” ސޯފާގައި ޓީވީ ބަލަން އިނދެފައި ޔާނިއު ބުންޏެވެ. “އައިމް ރެޑީ ހިނގާ ދަމާ..” ޔާނިއު ރީތި ވެލައިގެން އައިސް ބުންޏެވެ. ކަޅު ކުލައިގެ ޖިންސް އަކާއިއެކު ނޫކުލައިގެ ޓީ ޝާރޓެއް ލައިގެން ހުރި އިރު ޔާނިއު ހަމަ އެހައިމެ ފިރިހެން ވަންތަ އެވެ. . ކުރުކޮއް ފަންކޮއް ހުރި އެ އިސްތަށިގަނޑު ވަނީ ޒަމާނީ ގޮތަކައް ސްޓައިލް ކޮއްލާފައެވެ.ތުނބުޅި މަތިމަހެއް ނެތުމުން އިތުރައް ރީތިކަމައް ދައްކައެވެ. ޔާނިއު އޭނާގެ މިރީތިކަމައް ފަހުރުވެރިވެޔެވެ. ނަމަވެސް އެއްވެސް ކުއްޖަކައި އަދި ރައްޓެއްސެއް ނުވެޔެވެ. “މްމްމް.. ހިނގާ.. ދޮންތާ ވީ އާ ގޮއިން”މި ހެން ބުނެ ލީޝާ އާއީ ޔާނިއު ފިހާރައަށް ދިޔައެވެ. ޔަނާ ވެސް އާނއެކޭ ބުނެ ލޯގަނޑު ކުރިމަތީ ހުއްޓި ހުރީ އަމިއްލަ ސޫރަ އަށް ބަލާށެވެ. ފަލަމަސްގަނޑާ ހަމައައް އަންނަ ކަޅު ވައްތިރި ހެދުމެއް ލައިފައި ކަޅު ޖިންސް ލައިގެން ހުރި ޔަނާ ނުހަނު ރީއްޗެވެ. މަޑު ރަތްކުލައިގެ ލިޕުސްޓިކެއް ޖައްސާފައި މަޑުމަޑުން ފުއްކޮޅެއް ޖަހައިފައި ހުރި އިރު އެރީތިކަމައް ތަޢުރީފު ކުރާނެ މީހުން މަދެއް ނުވާނެއެވެ. “އަދިވެސް ފަރި ބަލަބަލަ ހުރީތަ މިހާރު އެޔޮއް އަށް ގަޑިބައި ވީ”. ޒީޝް ޔަނާ ކޮޓަރީ ދޮރު ހުޅުވާލާފައި ޕިސް ޕިސް ތަޅަމުން ބުނެލިއެވެ. “ހިނގާ.. އައި ޑިޑްންޓް ތައުޓް ޔޫ ވުޑް ކަމް.. ” ޔަނާ ބޫޓަށް އަރަމުން ބުނެލިއެވެ.

 

މަގުމަތިން އާއިޝް،އިވާން،ހިޔާމް އަދި ޝިޔާމް ހިނގަމުން އައީ އޮލަ ވާހަކައެއްގައެވެ. ހިނގަމުންއައި ޔަނާ އާއިޝް ގައި ޖެހި ވެއްޓުނެވެ. މަޑަކުންނެވެ. ހިޔާމް އާ ޝިޔާމް އެދެމީހުން އަށް ބަލައިލިއެވެ. އެކަމަކު އިވާން ގެ ލޯހުރީ އެތާ ކަޅުކުލައިގެ ޖިންސް އަކާ ރަތް ކުލައި ގެ ހެދުމެއް ލައިގެން ހުރި ޒީޝް ގެ މޫނަށެވެ.

އާއިޝް ޔަނާ ގެ ރީތި ނޫ ކުލައިގެ ކަނޑެއް ފަދަ އެ ދެ ލޮލަށް ގެނބިގެން ދިޔައީ ސިކުންތު ކޮޅެއް ވެސް ނުވަނީހެވެ. ޔަނާ އައް ވެސް ވީ ހަމަ އެވަރެވެ. ދެ މީހުން ދެ މީހުންގެ ލޮލައް ބަލަން އޮއެވުނީވެސް މަދު ސިކުންތު ކޮޅަކަށެވެ. ވެއްޓިފައި އޮތް ޔަނާ އާއި އާއިޝް ތެދުވީ ފަހަތުން ހިޔާމް އާއިޝް ގައިގާ ފައިން ޖަހާލުމުންނެވެ. ތެދުވިހައިރަކުން ޒީޝް ޔަނާ އަތުގައި ހިފައި ދާން ހިނގައިގަތެވެ ނަމަވެސް ހުއްޓެން ޖެހުނީ ފަހަތުން އާއިޝް ގޮވާލުމުންނެވެ.”ހާދަ ރީއްޗޭ.. ” އާޝޯހްވެފައި ހުރެ އާއިޝް ބުނެލިޔެވެ. ނަމަ ވެސް އާއިޝް އައް މިހެން ބުނެވުނީ އިހްތިޔާރުން ބޭރުގައެވެ. ނަމަވެސް ނުވާކަމައް ހަދާލިއެވެ. ޔަނާ އާއި ޒީޝް އަޅައި ނުލައި އެމީހުން އަށް ވުރެ ދުރައް ދިޔައެވެ. “ހޫ އާ ދޭ.. ” ޔަނާ ހައިރާންވެ ހުރެ ބުނެލިއެވެ. “އެއީ ބޭޑް ގޭންގެއް … އަދި ޔަނާ ގޮސް ވެއްޓުނީ އޭގެން މީހަކު ގައި މައްޗަށްވިއްޔާ… މަށަށް ހީވަނީ ދެން އުޅޭނީ ޔަނާ އާ ޖައްސާ ލައިގެން ކަން ނޭނގޭ .އަދި ތ ީއެހައި ރީތި ކުއްޖެއް ކަމުން ” ޒީޝް މީއީ އަބަދު މާލޭގައި އުޅޭ ކުއްޖެއް ކަމުން ޒީޝް އައް އެއީ ‘ބޭޑް’ ބައެއް ކަން އެނގުނެވެ. “އެ އޯކޭވާނެ ހިނގާ ދާން މޫޑް އެއް ނެތް ދެން އިތުރަށް ހިނގާކައް.. .މަ އެކަނިތަ އަދި މިތާ ރީތި ކޮއް ހުރީ ވަޓް އެބައުޓް ޔޫ.. އަދި އިނގޭތަ އެމީހުން ކިތަންމެ ބޭޑް އަކަސް ދޭ އާ ހޭންޑްސަމް، . .”ޔަނާ ހިނިގަނޑެއް ޖަހާ ލަމުން ބުންޏެވެ.” އޫހް އޭމް އައި ބިއުޓިފުލް.. ހޭންޑްސަމް އެއް ނޫން.. ހަހަހަހަ”ޒީޝް ވެސް ހިނިގަނޑެއް ޖަހާ ލާއިފައި ބުންޏެވެ. މި ދެކުދިން އައް ބަލާލާ މީހަކަށް ހީވާނީ އެއީ ދެ މޮޔައިން ހެނެވެ. ދެ ކުދިން ވެސް ގެޔައް ދިޔައީ ސަކަރާއި ޖަހަމުންނެވެ. ދެ ކުދިންގެ ގެވެސް ކައިރި ކަމުން ދެ ކުދިންނައް ވެސް އެއް މަގަކުން ދެވެއެވެ.

ޔަނާ ގެއަށް ދެވުނު އިރު ގަޑިން އެގާރަ ޖަހައިފިޔެވެ. ޔަނާ ރީތިކޮއް ގައި ދޮވެލައިގެން ނިކުމެ އެނދުމަތީގައި އޮއްތާލީ ނިދުމުގެ ބޭނުމުގައެވެ. ނަމަވެސް ނިދުނީ ދަން ވީ ފަހުންނެވެ. ޔަނާ ފަތިހު ތެދުވެ ނަމާދު ކޮއްގެން ބޭރައް ނިކުތް އިރު ލީޝާ ބަދިގޭގައި މަސައްކަތް ކުރަމުން ދިޔައެވެ. “ތިއްތާ… ހާދަ އވަހަކައް ބަދިގެޔައް ވަނީ.” ޔަނާ އިސްތަށިގަނޑު ރީތި ކުރަމުން ބުނެލިއެވެ. “އާން މިއަދު އަވަހަށް ހޭލެވުނީ.. އެހެން ތާ ވާނީ ތިއްތަބެ މިހާރަކައް އައިސް ގުގުރި ދަމަން ފަށައިފި ވިއްޔާ …” ލީޝާ ހިނިގަނޑެއް ޖަހާ ލާއިފައި ބުންޏެވެ. ޔަނާ ވެސް ހެމުން ހެމުން ގޮސް ބަދިގެޔައް ވަނެވެ. “ތިއްތާ… މިއަދު ވެސް ޒީޝް އެއްކޮއް ދާނަން އިންގޭ ހިނގާ ލަން.. ހަވީރު.. ” ޔަނާ ކުޑަ ކުއްޖެއް ހެން ބުނެ ލިޔެވެ. “ހްމްމް.. އަވަހައް އަންނައްޗޭ…” ލީޝާ ޔަނާ މެން ބޭރައް ފޮނުވަނީ އެއީ ޔަނާ އަކީ މިހާރު މާލޭ އުޅޭތާ އެހައި ގިނަ ދުވަސް ނުވާތީ މާލެ ތެރެ ދަސް ވޭ ތޯ އެވެ. ނަމަވެސް ފޮނުވަނީ ދޭންވާ ނަސޭހަތެއް ދީފައެވެ.

“އޭ ކައެ މެން ޖެހޭނެ އިނގޭ މިއަދު އެ މަންޖެ މެން އަށް ފާރަލާން. އެންޑް ޔޫ ނޯ ދޯ މަ ނުބުންޏަސް”އިވާން ހިޔާމް އާ ދިމާލައް ބުންޏެވެ. ހިޔާމް އާއި ޝިޔާމް އެއީ ޓްވިންސްއެވެ. ހިޔާމް އަކީ ނަމްބަރު އައިނު އަޅާ ކުއްޖެއް ކަމުން ދެ މީހުން ވެސް ވަކިކުރަން ފަސޭހަ ވެއެވެ.” އެ މަންޖެ މެންނައް ހިތް ކީތަ… “ހިޔާމް ހިނިގަނޑެއް ޖަހާ ލާއިފައި ބުންޏެވެ.” ހެހެހެ.. ދެން އެހެން ކަންނޭންގެ. އެ މަންޖެ މެންނަކައް ނޫން އޭގެން އެއް މަންޖެ އެތާ ހުއްޓެއްނު ރަތް ކުލައިގެ ހެދުމެއް ލައިގެން ކުއްޖެއް އޭނަ… “އިވާން މިހެން ބުނީ ޒީޝް އައް ކަން ހިޔާމް އައް އެނގުނެވެ.

” ނަސީބެއްނު އަނެއްކުއްޖާ އައް ނުވިކަން.. “އާއިޝް އެތާ ތަން ކޮޅެއް ދުރު ހުރެ ބުނެލިއެވެ. އޭނާ ގެ ބަނޑަށް އިވޭ ވަރައްށެވެ. އޭގެންއެކަކައް ވެސް ނޭންގޭ ކަމަކީ އާއިޝް ޔަނާ އައް އެހެން ގޮތަކައް ދެކޭ ކަމެވެ.

މެންދުރު ގެ ވަގުތެވެ ޔަނާ އުޅުނީ ބަދިގޭގައި ފޯނުން ވީޑިއޯ އެއް ބަލައިގެން އޭގެން ކައްކާ ގޮތައް ކެއްކޭ ތޯ ބަލައެވެ. ވިޕްޑް ކްރީމް ގިރާ ފައި. ޗޮކްލެޓް ކައްކައި އޭގެ މައްޗައް އަޅައި ގިރާ ލިއެވެ. އަދި ކުކީސް ހަދައިފައި ޗޮކްލެޓް ވިޕްޑް ކްރީމް ކުކީސް ގެ މައްޗަށް އަޅައި ރީތި ގޮތަކައް ޑިޒައިން ކޮއްލިއެވެ. ކުކީސް ތައް ބަލާ ލަން ކިތައްމެ ރީއްޗަސް ޔަނާ ހުރި ގޮތް ފެނި ކޮން މެ މީހަކައް ވެސް ހެވޭނެއެވެ އަނބުރައި ނުގަނެވެސް ހުންނާނީ ކިރިޔާއެވެ . އެހެންތާ ވާނީ ވެސް، މުޅި އިސްތަށި ގަނޑު ގައާއި މުޅިގައިގަޔާ އެއްކޮއް އޮތީ ވިޕްޑް ކްރީމް އާއި ޗޮކްލެޓް ހާަކައިފައެވެ.

“ޑަން” ޔަނާ ދަތް ޕިލަ ސޭލު އަޅުވަިއިގެން ހުރެ ބުނި އިރު އޭނާ އަކައް އެނާ ހުރި ގޮތެއް ނޭންގެއެވެ. ސިޓިންރޫމުގައި ތިބި އެންމެން ގެ ހިނިގަނޑު ފަޅައިގެން ދިޔައީ ޔަނާ ހުރި ގޮތް ފެނިފައެވެ. ޔަނާ އަށް ވަދެ ވުނީ ހައިރާން މާކެއް ގެ ތެރެއަށެވެ. “ކީއްވީ..” ޔަނާ ކުކީސް ތަށި މޭޒު މަތީ ގައި ބައިން ދާލަމުން ބުނެލިއެވެ. “ލޯގަނޑުން ގޮސް ބަލާލަ ބަލަ ހުރި ސިފަ..” ޔާނިއު ހެމުން ހެމުން ބުނެވުނީވެސް ކިރިޔާއެވެ.

❤️- ނުނިމޭ -❤️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mimi

Level 110 Stories

Other Articles

Previous

ނަފަރަތަކީ ލޯބީގެ ފެށުން 2

Next

ލޯބި_15

Next
June 13, 2021

ލޯބި_15

Previews
June 13, 2021

ނަފަރަތަކީ ލޯބީގެ ފެށުން 2

6 Comments!

  1. Princess says:
    June 13, 2021 at 10:42 pm

    V reethi mi part vex❤️❤️❤️❤️❤️❤️

    1. mimi says:
      June 14, 2021 at 9:09 pm

      Thank you princess❤️❤️❤️

  2. Princess says:
    June 14, 2021 at 10:23 pm

    Welcome❤️❤️❤️

  3. Nafha says:
    June 15, 2021 at 9:40 am

    This is literally a copied story?? Ekujja S2 ekey neh thafaatheh ves

    1. mimi says:
      June 15, 2021 at 3:32 pm

      I didnt copy any storys this is hama my amilla hiyaalah liyefa in vaahaka eh.. Mi vaahakaiga kon thanehtha ekujja s2 ai vahtharee.. Yes i did read tht story but i didnt copy the story.. I have written the story already in my notes app.. Thanks for your compliment Nafha ????❤️❤️

    2. ★ Amy ★ says:
      June 15, 2021 at 3:45 pm

      Nafha ekuhjaa s2 ge copy akah mi story vefa iny kn thaakun?? Aahil n zeesh ge name inumun dhn eii ekuhjaa s2 ge copy akah veytha?? Just read the story first n eyge fahun ehchekey kiyaa.. ???

Comments are closed.

Next Episodeނަފްރަތުން ލޯތްބައް.. 3←


All Right Reserved!