ނަފްރަތުން ލޯތްބައް 1
ހަވީރުގެ ހިތްގައިމު ވަގުތު ޔަނާ އާއި ޔަނާގެ ކޮއްކޮ ޔާނިއު ދިޔައީ ރަސްފަންނައް ދިޔުމަށް ތައްޔާރުވަމުންނެވެ. ޔަނާ ކްރީމް ކުލައިގެ ކްރޮޕް ޓޮޕަކާއި ކަޅު ޖިންސެއް ލައިގެން ހުރި އިރު ވައްތަރީ ކުޑަކުދިން ކުޅެން ގެންގުޅޭ ބުދަކާއެވެ. ރަތްލެކޮޅެއް ހައި ރަތް ތުންފަތުގައި ވަނީ މަޑު ފިޔައި ތޮށި ކުލައެއްގެ ލިޕްސްޓިކެއް ޖައްސާފައެވ. މޫނުގައި ފުއްކޮޅެއް ޖަހައި ނިންމާލިއެވެ. ދިގު އެސްފިޔަތކުގެ ނިވަލުގައި ހުރި ބޮޑު ދެ ލޯލުގެ ކަޅި ވަނީ ނޫކުލައެއްގައެވެ. އަދި އައްސައިފައި ހުރި މުށިކުލައިގެ ރާޅުބާނި އިސްތަށިގަނޑު ރޫޅާލައި ކުޑަކޮއް ފުނައި އަޅަލިއެވެ. “ޔާން.. ޔާނިއޫ… އަވަސް ކުރޭ މިހާރު ދޮންތަ ރީތިވެ މި ނިމުނީ އަޅެ ފަހެ ތި އަންހެނެއް ތަ..” ކަޅު ބޫޓަކައް އަރަމުން ޔަނާ ޔަނިއު އައް ގޮވާލީތަންކޮޅެއް ބާރައްށެވެ. “މި ނިމުނީޔޭ.. ދެން ފިރިހެނަކައް ވިއެއްކަމަކު ލަހުން ރީތި ވެވިދާނެ ދޯ ދައްކާ މޮޔަ ވާހަކަ.” ޔާނިއު ވެސް ބުނެލީ ތަންކޮޅެއް ބާރައްށެވެ. މިނެޓެއްގެ ތެރޭ ޔނާިއު ކޮޓަރިން ނިކުމެގެން އައެވެ. ކަޅު ޖިންސާއި އެއްކޮއް ކަޅު ގަމީސް ލައިފައި ހުރި އިރު އަންހެން ކުދިންގެ ހިތްތައް ކަތިލާނެކަން މިއީ ހަމަ ޔަގީން ކަމެކެވެ. އަދި ނުވިތާކައް އިސްތަށިގަނޑު ގަނޑު ޒަމާނީ ގޮތަކައް ސްޓައިލް ކޮއްލައިފައި ހުއްޓެވެ. ހަމަ އެހެންމެ ދަމައިގަންނަ ފަދަ ކަޅިއެއް ލިބިފައި ހުރިއިރު އެ ކަޅި ވަނީ ޔަނާގެ ކަޅިއެކޭ އެއްފަދައިން ނޫ ކުލައެއްގައެވެ.
ދުއްވާ އެއްޗިއްސުން ފުރިފައި އޮތް މަގުމަތީ ހިނގަމުން ދިޔަ އިރު ޔަނާގެ އިސްތަށިގަންޑު އަނމާންކަމާއެކު ވައިގެތެރޭގައި ވިހުރެމުންދިޔައެވެ. ” ދޮންތާ އަޅޭ ރަށް ވެސް މި އައް ވުރެ ހިތްފަސޭހަވީސް.. ޕިސްޕިސް މަ މޮޔަ ހީވޭ މިހާރު މާލެޔައް އާދެވުނީތިން.” ޔާނިއު ހިތްހަމަނުޖެހިފައި ބުނެލިއެވެ. ” ޔާން އެއްނު ބުނީ މި ތަނައް އަންނަންށޭ.. ސޯ. އިޓްސް ހަމަ ޔނާިއު ގެ ޕްރޮބްލެމެ.” ޔަނާ ބުނެލިއެވެ. ” އަޅެ މަވެސް މިކިޔަނީ ތިހެންނޭ.. މަގޭ މައްސަލައެއްކަން މަށައް ވެސް އެނގެޔޭ. ދެޓްސް ވައި މަ މިހާރު ރިގްރެޓްކުރަން.” ޔާނިއު މިހެން ބުނެލީ އަތުގެ ޝަހާދަތް އިނގިލިން ލޮލުގައި ހާކާލަމުންނެވެ. “އެއްކަލަ މަގޭ ޑްރާމަޓިކް ބްރޯ..” ޔަނާ ބޯހޫރާލިއެވެ. ދެ މީހުން ގޮސް ހުއްޓެލީ ރަސްފަންނު ގައެވެ. އޭރު ހަވީރުގެ ހިތްގައިމު ވަގުތުގެ ބޭނުން ހިފަން އެކި އާއިލާ އާއިލާ އިން މީހުން އަސް ތިއްބެވެ. ޔަނާ އާއި ޔަނިއު ގޮސް ހޮޅު އައްޓެއްގައި އިއްތާލިއެވެ. “ޔާން… އެބަ ހަނދާން ވޭތަ އަހަރެމެން މަންމަ މެން އެކުގަ މިތަނައ އަންނަ ހަނދާން ..”ޔަނާ ކުޑަ ކޮއް ‘ސީރިއެސް’ ވެލައިފައި ޔާނިއު އަށް ބުނެލިއެވެ.” ނޮޕް ހަނދާނެއް ނުވާނެއްނު އައި ވޯޒް ޓޫ އިޔާޒް.. ބަޓް..ދޮންތަ ބުނީ މަ އަނގޭ މިތަނައް އަންނަކަން”.ޔާނިއު އާއި ޔަނާ ގެ މައިންބަފައިން މި ދުނިޔެ އަށް އަލްވަދާޢު ކީ ޔަނާ އައް އެންމެ ހަތަރު އަހަރުގައި ކާރު އެކްސިޑެންޓެއްގައެވެ. ޔާނިއު އަދި ޔަނާ ދިރި އުޅެމުން ދަނީ އެ ކުދިންގެ ތިއްތަ މެން ގޭގަ އެވެ. ނަމަވެސް އެ ދެކުދިން އުޅެނީ އުފަލުގައެވެ.
އެތާ ގަޑި އިރެއް ހާ އިރު ތިބެފައި ދެ ކުދިން ވެސް ހިންގައި ގަތީ ގެ އަށް ދާށެވެ. ޔަނާ ގޭގެ ބެލް ޖަހާލި ދެ ބުރަކު އެވެ. މާކައް ލަސްތަކެއް ނުވެ ގޭގެ ދޮރުހުޅުވީ ލީޝާ އެވެ. “ތިއްތާ..” އަޑު ގެނައި ތަނައް ޔާނިއު ހަޅޭލަވައިގަތެވެ. “އަށް ދޯތް ތިއްތަ ކަންފަތް ކިރިޔާ އެއްނު ފަޅައިގެން ނުދިޔައީ… ދެންވެސް ތި ވެގެން އުޅޭގޮތެއް ބުނެބަލަ.” ލީޝާ ހެވިލައިފައި ބުންޏެވެ. “މާދަމާ ޖެހޭނެ ޝޮޕިން އަށް ދާން..”ޔާނިއު ތުންކޮޅު އޫނ ކޮއްލާފައި ބުނެލިއެވެ.” އެވަރު އެއްޗެއް ބުނަންތަ މި ގެ ވައްޓާލާ ވަރަށް ތި ހަޅޭ ލެވީ.. ހޫންން ގޮސްދާނަމޭ. އެކަމް ތިއްތަ ހީއްކުރީ ގާލްސް އެކަނި ކަމައް..ޝޮޕިންއައް ދަނީ. “ލީޝާ ބުނެލިއެވެ. “ނޮޓް އޮންލީ ގަރލްސް ޔޫ ތިއްތާ.. ބަޓް ދޮން-” މި ހިސާބައް ބުނެފައި ޔާނިއު ގެ އަނގަ ބަންދު ވީ ކުރިން މިތާގައި ހުރި ޔަނާ ނެތުމުން އެވެ.
ވާހަކައި މެދު ގައި އިންދާ ޔަނާ ވަނީ ކޮޓަރިއަށެވެ.
ވީނުވީ އެއްނޭން ގި ހުރެ ލީޝާ އާއި ޔާނިއު ގޮސް ބަލާލީ ޔަނާ ކޮޓަރީ އޮތްތޯއެވެ. ކަމަކު ދާކައް ނެތެވެ ޔަނާ އޮތީ ގުގުރި ދަމަމުން ނިދާފައެވެ. “ނައިސް ށޯ.” މި މަންޒަރު ބަލަން ހުރި ޒިޔާދު ހެމުން ހެމުން ބުންޏެވެ. “ތިއްތަބޭ… ދެންން..” ތުން އޫ ކޮއްލާފައި ޔާނިއު ބުންޏެވެ. ޔާނިއު އައް ސާދަ އަހަރެއް ކަމަކު އުޅޭ ގޮތުން ހީވާނީ 3 އަހަރުގެ ކުއްޖެއް ހެންނެވެ. “އޯންން.. ތިއްތަބެގެ ޔާނިއު ދެރަވީތަ.”ޒިޔާދު ބުނެލިއެވެ.” މަ ދެން ދެރަވާނެތަ.. ހޮހޮހޯ.. “ޔާނިއު ހިނިގަނޑެއް ޖަހާ ލާއިފައި
ކޮޓަރިއަށް ވަނެވެ. ލީޝާ އާއި ޒިޔާދު ވެސް ހެމުން ހެމުން ގޮސް ކޮޓަރި އަށް ވަނެވެ.
އާ ދުވަހަކަށް އިރު އެރީ އެވެ.” ޔާނިއު.. ޔަނާ.. “ލީޝާ ގޮވަމުން ދިޔައީ ޔަނާ އަށެވެ. ޒިޔާދު ގޮވަމުން ދިޔައީ ޔާނިއު އަށްށެ. ޔާނިއު އަދި ޔަނާ ތެދުވީ އެ ދެމީ ހުން ގޮވާ ގޮވާ ކަރުން އަޑު ދާވަރު ވުމުންއެވެ. ނިދިގަދަ ވެސް ދެ ކުދިންނެވެ. މި އަދަކީ ޔަނާ މެން މާލޭޭން އަލައް ކިޔަވަން ފަށާ ދުވަހެވެ.މިދެކުދިން މިއީ ކުރިން އަމިއްލަ ރަށުގައި ކިޔެވި ކުދިންނެވެ. ދެ ކުދިން ވެސް ބޭނުންވީ މާލޭގައި ކިޔެވުމަށްށެވެ. ދެމީ ހުން ތައްޔާރު ވެނިމުން އިރު ބާކީ އިނީ ފަސް މިނެޓވެ.
ޔަނާ ހުރީ ހުދުކުލައިގެ ގަމީހެއް ލާފައި ތިރިން ރަތް ސްކްކާޓެއް ލައިގެންނެވެ. ހަމަ އެގޮތައް ރަތް ޓައީ އަޅާފައި ހުރި އިރު ޔަނާ ގެ އެރީތިކަން އިތުރު ވެ އެވެ. އިސްތަށިގަނޑު ދެ ފަރާތައް ގަތާލައިފަި ހުންނަ އިރު ވައްތަރީ ބާރަ ތޭރަ އަހަރުގެ ކުޑަ ކުއްޖަކާއެވެ. މި ގޮތުން ހަމަ އެހެން ޔާނިއު ވެސް ހުރީ ހަމަ އެހެންނެވެ. ބަދަލުވީ ހަމަ އެކަނި ސްކާޓް ގެ ބަދަލު ލައިފައި ހުރި ކަޅު ފަޓު ލޫނާއި ރީތި ކޮއް ސްޓައިލް ކޮއްލާފައިވާ އެ އިސްތަށިގަނދެވެ. ހަމަ އެހައިމެ ފުރިހަމަ އެވެ. މޭޒުމަތީގައި ހުރި ސައިތަށ އެއް ނޭވާއިން ދަމާލައިފައި ނިކުންނަން ހިނގައިގަތެވެ. “ލީޝާ.. ނޭންގެ ދޯ ކިތައް ހިތް ހިފައިގެން ކަމެއް އަންނާނީ..” ޒިޔާދު ނޫން ކަމަށް ހަދައިލައި ލީޝާ އާއި ދިމާއަށް ބަލާ ލާއިފައި ބުންޏެވެ.
ނަމަވެސް ޒިޔާދު އާއި ދިމާއައަ ލޯ އަޅާ ލާއިފައި ޔަނާ އާއި ޔާނިއު އެކުގައި ހިނގައި ގަތެވެ. ގަޑިނުޖެހި ދެވުނީ ހަމަ ކިރިޔާއެވެ. ދެ ކުދިން ދެ ކުދިން އަށް ހަނާ އަޅާލުމައްފަހު ކުލާހައްދާން ހިނގައިގަތެވެ.ޔަނާ ކްލާސް ދިހެއް ބީ ގެ ކުއްޖެއް ކަމަކު ޔާނިއު އެއީ އަށެއް އޭ ގެ ކުއްޖެކެވެ. އެހެން ކަމުން ޔަނާ ދާން ޖެހުނީ އިމާރާތުގެ މަތީބަޔައަށެވެ. ދަނި ކޮއް ކުއްޖަކުގައި ޖެހި ޔަނާ ވެއްޓުނެވެ.
❤️- ނުނިމޭ – ❤️
ނޯޓު: މިއީ އަޅުގަނޑު މިސައިޓައްލާ ފުރަތަމަ ވާހަކަ. އެހެންކަމުން މި ވާހަކައިގައި ހުންނަ ކުއްތައް ފާހަގަ ކޮއްލައިދިނުމަކީ އަޅުގަނޑު ތި ހުރިހައި ކިޔުންތެރިންގެ ފަރާތުންވެސް ވަރައް ބޮޑައް އެދޭކަމެއް. ޝުކުރިއްޔާ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


V reethi vhk eh kon irakun aneh part ?
Thank you princess ❤️ miadhu up kohleveythoa balaanan
New author akah balaafa hama varah rythi adhi shauguveri. Mi story vaane varah rythi story akah. My heart says that. N also it will be one of my favourites. I’m sure.
All the best in future mimi.
My regards.
Love
❤️❤️❤️❤️❤️❤️
Rainberry varah bodah thank you
Love ❤️❤️❤️❤️❤️
When next part dear. Curiously waiting, waiting, waiting, waiting, waiting, waiting, waiting. Hope u upload soon???❤️
Vrh reethi vhk eh?
Thanku