Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 43

Najdha Level 210 Stories100 Login
June 13, 2021 4 Mins Read
3 Comments

އަޒާން އަށް ހާއްސަ ކުރެވިފައިވާ ގޮނޑީގަ ގޮސް އަޒާން އިށީނެވެ. މާޝާގެ އިންތިޒާރުގައި އިންދާ ގާޒީ އެދުނީ އަވަހަށް މާޝާއަށް ގޮވުމަށެވެ. ފައިހާ ގޮސް މާޝާއަށް ގޮވުމުން މާޝާ ގޮނޑިންތެދުވެ ހީލްސް އަށް އެރިއެވެ. އަދި ބިންމަތީގާ ހޭކެމުނަދިޔަ ވެޑިން ޑްރެސް ކުޑަކޮށް ހިއްލާލާފައި ނުކުތެވެ. އެންމެންގެ ސަމާލުކަން ހުއްޓިފާ ހުރީ މާޝާއަށްކަށް އެނގުމުން ކުޑަކޮށް ލަދުގާނެ އިސްޖަހާލެވުނެވެ. ފިރިހެންކުދިންގެ ހިތްތައް ކަތިލާނޭކަން ގައިމެވެ. ތުންފަތުގާ ގަދަ ރަތްކުލައިގެ ލިޕްސްޓިކް މާޝާއާއި ވަރަށް ގުޅެއެވެ. ކޮށްފައި ހުރި ލައިޓް މޭކަޕް ގެސަބަބުން މާޝާގެ މަޢުސޫމް ކަން އިތުރު ކޮށްދެއެވެ. ހެދުމުގެ މަތި ރޭދާ ފޮތި ބޭނުންކޮށްފާ ހުއްޓެވެ. މާޝާ ގޮސް އަޒާންގެ ކައިރީ އޭނައަށް ހާއްސަކުރެވިފާ ހުރި ގޮނޑީގާ އިށީނެވެ. މުޅިތަން ހަމަ ހިމޭން ވިއެވެ. އިސްޖަހާލައިގެން އިން އިރު ވަރަށް ވެސް ޗާލެވެ. ” އަނބި ގަބޫލުކޮށްފިން ” މާޝާގެ އަތުގާ ހިފާލިއެވެ. މާޝާގެ ތުންފަތުގާ ރަކި ހިނިތުންވުމެއް ކުޅެލިއެވެ.

****************************

ކައިވެނި ކުރެވުމުން އަޒާން އަށާއި މާޝާއަށް ހާއްސަ ކުރެވިފާ ޖާގައަށް ގޮސް ހުއްޓުނެވެ. ކައިރީގައި ފައިހާން އާއި ހާނިޔާވެސް ހުއްޓެވެ. ހާނިޔާވެސް ކުޑަ ކުޑަ ވެޑިން ޑްރެސް އެއް ގޮތަށް ފަހާފައި ހުރި ހުދު ކުލައިގެ ހެދުން ލައިފާ ހުރި އިރު ވަރަށް ރީއްޗެވެ. އިސްތަށިގަނޑު މައްޗައް ކުޑަ ހުޅިއެއް ޖަހާ ހުރީ މަލުން ޒީނަތްތެރި ކޮށްފައި ހުރި ބޭންޑެއް އަޅުވާފައެވެ. މާ ބޮޑު ވަރެއް ނުކޮށް ހުއްޓަސް ހެދުން ވަރަށް ވެސް ފުރިހަމަ އެވެ. ބަނޑާއި ހިސާބުގައި ރީތި ގޮތަކަށް ރޭނދާ ގަނޑެއް އަޅާފައި ހުއްޓެވެ. ހެދުމުގެ ވައްތިރީގައި ހުދު ކުލައިގެ މާ ތަކެއް ހަރުކޮށްފައި ހުއްރިއިދު ހާނިޔާ އާއި ވަރަށް ގުޅެއެވެ. ހާނިޔާގެ ކޮލުގައި ކުޑަ ފިޔާތޮށި ކުލަ ޖައްސާފައި ހުރިއިރު ހާނިޔާގެ ރީތިކަން އިތުރު ކޮށްދެއެވެ.

” ފައިނަލީ ޔޫ އާ މައިން ނައު ” މާޝާގެ ކަންފަތް ދޮށުގައި އަޒާން އެހެން ބުނެލިއިރު އަޒާންގެ ތުންފަތް މަތީގާ ލާނެތް ހިނިތުންވުމެއް ހުއްޓެވެ. ” ދެން !” މާޝާ ހުރީ ލަދުން ގޮސް ވިރެން ކައިރިވެފައެވެ. ” ހެހެހެ. މިއަދު ޔޫ ލުކް އެޑޯރަބަލް ” މާޝާގެ ކޮލުގައި އަޒާން ހިފާލީ ނުހަނު ލޯބިންނެވެ. އިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ ހަފްލާއަށް މީހުން އަންނަން ފެށިއެވެ. މީހުން ފުން ވާން ފެށުމުން ފައިހާން ބޮޑާހާކަން ފެށުމުން ފާރިޝް ދިޔައީ ފައިހާން ގޮވައިގެން އެތެރެއަށެވެ. ދެ ގަޑި އިރު ކޮޅަށް ހުރުމަށް ފަހު އަޒާން އާއި މާޝާ ދިޔައީ ކޮޓަރިއަށެވެ. ކައިވެނީގެ ފުރަތަމަ ރޭ ކަމުން ހާނިޔާ ގެންދިޔައީ ނަތާޝާ އެވެ.

ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން އަޒާން ފުރަތަމަ އެދުނީ މާޝާ ފެންވަރާކަން ދިއުމަށެވެ. ނަމަވެސް މާޝާ ގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދޭން ނުކެރުމުން އަޒާން ފެންވަރަން ވަނެވެ. އަލަމާރިން އަތްދިގު ޓީޝާޓަކާއި ދޫކޮށް ފާހަފައި ހުރި ހަރުވާޅެއް ނެގިއެވެ. އަދި އަޅައިގެން ހުރި ބުރުގަލުގައި ޖަހާފައި ހުރި ޕިންތައް ނައްޓާ ކުޑަ ފޮއްޓަކަށް އަޅަން ހުއްޓާ އަޒާން ނުކުތެވެ. ” ދޭ ފްރެޝް ވެލައިގެން އަންނަން ” އިސްތަށިގަނޑު ގައި ހުރި ފެންތައް އަތުން ފޮޅާލާފައި އަޒާން ގޮސް ސޯފާގައި ޖައްސާލިއެވެ. ފާހަނައަށް ވަދެ ފެންވަރާލައިގެން ނުކުމެ މާޝާ ފުރަތަމަވެސް އިޝާ ނަމާދު ކޮށްލިއެވެ. އަވަސް ކުރަން ހަދައިގެން ނަތާޝާމެން މާޝާ ރެޑީ ކުރަން ދާން ވާއިރަށް ނަމާދު ނުކުރެވުނީއެވެ. ނަމާދު ކޮށްލައިގެން މުސައްލަ ނަގާ އަލަމާރީގށއި ހުސްކޮށް ހުރި ބަޔަށް ލިއެވެ. ފުނާ އަޅަން އިސްތަށިގަނޑު ގައި އިން ވޫލް ކޮޅު ނައްޓާލިގަޑީ މާޝާގެ ފަހަތުން އަޒާން އައިސް ބައްދާލިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން މާޝާ ކުޑަކޮށް ސިހުނެވެ.

އަޒާން މާޝާ އާއި މާބޮޑަށް ކައިރި ވުމުން މާޝާގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. އެ ބޮޑު ދެލޮލުގެ ދިގު އެސްފިޔަތަކުން ޖަންބު ކުލައަރާ ކޯތާފަތް މައްޗަށް ހިޔަނި އެޅިފައި ހުރި އިރު ރަތް ކުލައިގެ ތުންފަތުގައި މާޝާއަށް ދަތްއަޅާލެވުނީ ދެން ކުރާނީ ކީއްކަމެއް ނޭނގުމުންނެވެ. އަޒާން އާއި ދުރަށް ޖެހިލާނެ ވެސް ބޭނުންވިޔެވެ. ނަމަވެސް އޭނާގެ ބަސްނާހާ ހިތް ބޭނުންވަނީ އަޒާންގެ އަރުތެރޭގެ ހިމާޔަތުގައި ހުންނާށެވެ.

” މާޝް! ” އަޒާން މާޝާ އާއި އިތުރަށް ކައިރި ވެލިއެވެ. ” އަހަރެން ހިޔެއް ނުކުރަން އަހަރެން މިހާ އުފާވާނެކަމަކަށް ” މާޝާ އާއި ކައިވެނި ކުރެވުމުން އަޒާން ހުރީ ދުވަހަކުވެސް ބުވާހާ އުފާ ވެފައެވެ. މާޝާގެ އަތުގައި ހިފައިގެން މަޑުމަޑުން އެނދާއި ދިމާއަށް ދިޔައެވެ. މާޝާގެ ބުރަކަށީގައި އަޒާންގެ އަތް ބީހެން ފެށުމުން ބުނެދޭން ނޭނގޭ ފަދަ ފުން އަރާމެއް ހަށިގަނޑަށް ކުރުވިއެވެ. އަޒާންގެ ބޯ ހިތްލާލައި މާޝާގެ ދެލޮލަށް ބަލާލިއެވެ. އެ ދެލޮލުގައި މަސްތީކަމެއް ފެނުންމޖއީ ފުރަތަމަ ފަހަރެވެ. އަޒާން ކުރިއަށް ގުދުވެ ލާފައި މަޑުމަޑުން މާޝާގެ ތުންފަތަށް ބޮސްދޭން ފެށިއެވެ. މާޝާއަށް ބޭ ލޯމަރާލެވި އަޒާންގެ ކަނދުރާގައި ހިފަހައްޓާލެވުނީ އެކަމަށް މަރުހަބާ ކިޔާ ފަދައިންނެވެ. ދެހަށިގަނޑު އިހުނަށްވުރެ ކައިރިވެ އެދެމެދަށް ވައިރޯޅި އަކަށް ވެސް ނުވަދެވޭނެވަރުވިއެވެ.

އަޒާންގެ ބާރުގަދަ އަތްމައްޗަށް މާޝާ އުފުލާލުމަށް ފަހު އެނދާއި ގާތް ވެލައި އެނދުމަތީގައި ބާއްވާލިއެވެ. މާޝާ އާއި ޖެހިފިތޭ ވަރަށް އަޒާން ކައިރިވެލިއެވެ. އެހިތުގައި ޖަހަމުން ދިޔަ ވިންދު އަވަސްވެ ފުންމިން އެނގުމެއްނުވާ ލޯބީގެ ކަނޑަކަށް ފެނިގެންދިޔައެވެ. ލޯތްބާއި އޯގާތެރި އުފާވެރިކަމާއި މަސްތުން ފުރިގެންވާ ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ. ދެމީހުންގެ ލޮލަށް ނިދި ސަވާރުވީ ގަޑިން މެންދަމު 2:45 ވީ ފަހުންނެވެ. މާޝާގެ ގައިގާ ބައްދާލައިގެން ނިދާލެވުމުން އަޒާން އަށް ބުނެދޭން ނޭނގޭ ފަދަ އިހްސާސެއް ކުރެވުނެވެ. މާޝާ ވެސް އަޒާން ދެކެ މިޝަލް ދެކެ ވެވުނު ހާ ލޯބި ނުވި ކަމުގައި ވިޔަސް އަޒާން ދެކެވެސް ލޯބި ވެއެވެ.

*2 އަހަރު ފަސް *

އާދައިގެ މަތިން ޝޫޓިންގ ނިންމާލާފައި މާޝާ ނުކުތީ އަޒާން ބަލައި އަންނާނަން ކަމުގައި ބުނެފައި އޮތުމުންނެވެ. ނަމަވެސް ސްޓޫޑިއޯއިން ނުކުމެ ބޭރުގައި ބައި ގަޑި އިރުވީ އިރުވެސް އަޒާންގެ ހިލަމެއް ނުވިއެވެ. އެގޮތަށް އެހެން ހުއްޓާ 29 އަހަރުގެ ޒުވާނަކު އޭނަ އަރައިގެން އިންކާރިގެ ބިއްލޫރިގަނޑު ތިރިކޮށްލާ ލިފްޓެްް ބޭނުންތޯ އެއްސެވެ. މާޝާއަށް ނޫނެކޭ ބުނަން ނުކެރުނީ ގެއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކާރުގެ ކުރީ ސީޓަށް އަރާ ސީޓް ބެލްޓް އަޅާލުމަށް ފަހު ހަމަޖެހިލުމުން އެޒުވާނާ ކާރު ދުއްވާލިއެވެ. މ.ރޯސްއަށް ދިއުމަށް އެދުމުން ޖީޕީއެސްގެ އެހީގައި އެދިމާއަށް ދަތުރު ފެށިއެވެ. މާޝާ ފޯނު ނަގާ ހެޑްސެޓް އަޅާ ލަވައެއް ޖަހާލިއެވެ. ” މާޝާ މުހައްމަދު ދޯ؟” އެ ޒުވާނާ މާޝާގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. ” ޔެސް. ކިހިނެއް ނަން އެނގުނީ؟ ” މާޝާ ލަވައިގެ އަޑު މަޑުކޮށްލިއެވެ. ” މާޝާ ދެން ނޭނގޭނީ ކާކަށް؟ ތިއީ މިހާރު މަޝްހޫރު މޮޑެލް އެންނު. އެވަރަށް އިޝްތިހާރުތައް އެބަކުޅޭ ” އެ ޒުވާނާ ބުނެލިއެވެ. އާއެކެވެ. މާޝާ ނޭނގޭނެ މީހަކު މާލޭގައި ނުހުންނާނެކަން ޔަގީނެވެ. އޭނާ އަކީ ނަން މަޝްހޫރު މޮޑެލް އެކެވެ. އާއްމުން ގިނައިން ތިބޭ ތަނަކަށް މޫނު ނިވާ ކޮށްގެން ނޫނީ ނުދެވެއެވެ.

” އަހަންނަށް ކިޔަނީ ރަޔާން” އެ ޒުވާނާ އެ ހަމަ ހިމޭން ކަން ދުއްވާލިއެވެ. މާޝާ ބަދަލުގައި ހިނިތުންވެލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެމީހުންގެ މެދުގައި އެކުވެރިކަން ބަދަހިވެ އެކަކު އަނެކަކުގެ ނަންބަރު ފޯނުގައި ސޭވް ކުރިއެވެ. ތިން އަހަރުގެ ހާނިޔާ އެކު ސަކަރާތް ޖަހަން އޮތް އަޒާން ގަޑި ބަލާލިއެވެ. މާޝާ ބަލާ ދާނަމޭ ބުނެ އޮވެވުނު ކަމުގެ މޮޔަ ހީވެ އަވަހަށް ހާނިޔާ ނަތާޝާގެ ކައިރިއަށް ލައިފާ ސްޓޫޑިއޯއަށް ދާން ނައްޓާލިއެވެ. ބޭރުގައި މާޝާއެއް ނެތެވެ. އެތެރެ ވެސް ބެލިއެވެ. އެތާކު ވެސް ނެތެވެ. ހާސް ވެފައި ހުރުމުން ޖީބުގައި އޮތް ފޯނު ނަގާ މާޝާއަށް ގުޅާލިއެވެ. ދެތިންފަހަރަކު ރިންގް ވުމުން މާޝާ ފޯނު ނެގިއެވެ. ” ހޫމް ” ފުރަތަމަ ވެސް މާޝާ ބުނެލިއެވެ. ” މާޝާ ކޮންތާކު. އަހަރެން މިހުރީ ސްޓޫޑިއޯ ކައިރީގަ. އެތެރެއަކުވެސް މާޝާނެތް ބޭރަކުވެސް. ކޮންތާކު ތިއުޅެނީ އޭން ” ހާސް ވެފައި ހުރި ވަރުން އަޒާންގެ އަޑު ތަންކޮޅެއް ބާރު ވިއެވެ.

” ސާބަސް ހަމަ. އަޒާން އަހަރެން ބަލައި އަންނާނަމޭ ބުނީމަ އަހަރެން ކިހާ އިރެއް ވަންދެން ތިތާ މަގު މަތީ ހުރެފަ މިއައީ. އަހަރެން މިހުރީ ރައްޓެއްސަކާ އެކީ ގޭކައިރީ މިހާރު” އަޒާން ގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނު ކަނޑާލި އެވެ. މާޝްގެ އިތުރު ރައްޓެއްސެ ހުންނަކަމެއް އަޒާން އަކަށް ނޭނގެއެވެ.އެހެންވެ އެއީ ކާކުތޯ އަހަން ހުރީ ކެތް މަދުވެފައެވެ. ދުވަހެއް ދުވަހަކަށް މާޝާއާއި ރަޔާންގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ. އެކީ ކާން ދިއުމާއި ހަވީރު ބޭރަށް ދިއުން އާދައަކަށް ވެއްޖެއެވެ. އަޒާން ނޫޅޭ ވަގުތު ބަލައިގެން ރަޔާން އެގެއަށް ގޮސް ވެސް ހަދައެވެ.

އަޒާން ހަނދާން ނެތި ފޯނު ގޭގައި ބާއްވާފައި ދެވުމުން ފޯނު ބަލާ އަނބުރާ ގެއަށް ދިޔައެވެ. އޭރު ގޭ ކައިރިން އެހެންޔާ ނުފެންނަ ކާރެއް ފެނުނެވެ. އެކި ފިކުރު ކުރަމުން ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ދޮރު މަތީގައި އިތުރު ފައިވާނެއް ހުއްޓެވެ. އެއީ ފިރިހެނެއްގެ ފައިވާނެއްކަން އަޒާން އަށް އެނގެއެވެ. ލޯބިވާ އަނބިމީހާއަށް ޝައްކު ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ބޭނުންވީ ހުރިހާ އެއްޗެއް އޮޅުން ފިލުވާށެވެ. އަޒާން ކޮޓަރި ދޮރުގެ ތަޅުގައި ހިފާ ދޮރު ހުޅުވިއެވެ. ފެނުނު މަންޒަރަކުން ހިތް ހުއްޓުނު ކަހަލައެވެ.

– ނުނިމޭ –

✨ Amyra ✨

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

އައިނާ (3) 1

Next

ހާދަހާ ލޯބިވޭ 1

Next
June 13, 2021

ހާދަހާ ލޯބިވޭ 1

Previews
June 12, 2021

އައިނާ (3) 1

3 Comments!

  1. Princess says:
    June 13, 2021 at 9:52 pm

    V reethi mi part vex kon irakun aneh part?

    1. Naju / Amy says:
      June 13, 2021 at 10:34 pm

      Thank you Princess ? mihaaru 44 iny upload vefa Iraadha kurevviyyaa maadhamaa enme fahu Bai upload vaane ..
      Vaahaka lite nimmaalaafa review ah laifa innaany ❤️

  2. Ra Na says:
    June 13, 2021 at 9:56 pm

    Omg kihineyy mi vany so curious
    Anyways vaahaka vrh reethi ?

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 44←


All Right Reserved!