ނަފްރަތުން ވެވުނު ލޯބި 42
ފޯނުނަގާ އެނބުރު ވަގުތު މާޝާގެ ތުންފަތާއި އަޒާންގެ ތުންފަތް ޖެހުނެވެ. ބޭއިޙްތިޔާރުގައި އަޒާން އަށް އަދި މާޝާއަށް ދެލޯ މަރާ ލެވުނެވެ. އަދި އެކަކު އަނެކަކުގެ ތުންފަތަށް ބޮސްދެމުން ދިޔައެވެ. ދޮރު ހުރީ ހަމައަށް ހުޅުވާފައެވެ. އެވަގުތު ދޮރު މައްޗައް އައިސް ހުއްޓުނު ދެމަފިރިން އެކީ ” އަމައްޔާއި” އޭ ބުންޔެވެ. މާޝާ އަށާއި އަޒާން އަށް ދެލޯ ހުޅުވާ އެކަކު އަނެކަކާއި ދުރަށް ޖެހެވުނެވެ.
**************************************
” ކޮންއިރަކުންތަ ލިއުޝާ ވަރިކުރާނީ؟” ޖައިލަމްގެ މޭގައި ބޯ އަޅާލައިގެން އޮވެ ނީޝާ ބުނެލިއެވެ. ” އަހަރެން ބޭނުނެއް ނޫން އޭނަ ޥަރިކުރާކަށް!” ޖައިލަމް ނީޝާ ގެ ބޮލުގާ ފިރުމާލިއެވެ. ” އެކަމަކު އަހަރެން ބޭނުމެއް ނޫން ދެ އަންބައް އިންނާކަށް” ނީޝާ އެނދުމަތިން ތެދުވެ އިށީންދެލިއެވެ. ” އޯކޭ އެހެންވީރުން ބޭބީއާ މެރީ ކުރަން ޖައިރިކޮށްލާފަ.” ޖައިލަމް ވަރަށް ވިސްނާފައި ބުނެލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޖައިލަމްގެ ގައިގާ ބައްދާލިއެވެ. ލިއުޝާ ގެއަށް ނުދާތާ މިހާރު 6 ގަޑިއިރު ވީއެވެ. ކުޑަ ކޮޓަރިއެއް ކުއްޔަށް ނަގައިގެން ލީޝާ ގޮވައިގެން އެއުޅޭ ހާލު އިނގޭނީ ހަމަ ލިއުޝާއަށެވެ.
” ސާބަހޭ ދޮރު ލައްޕައިގެން ތިކަން ކޮށްބަލަ” އޭރު ނަތާޝާ އަނގަމަތީގާ އަތް އަޅައިގެން ހުރެ ހެނީއެވެ. މާޝާ ލަދުން ގޮސް ވަނީ ފާހަނައަށެވެ. ” އެމަންޖެ ލަދުން އެދިޔައީ” އިޒާން ވެސް ހިނިގަނޑެއް ޖަހާލިއެވެ. ” އޭ. މަޑުން ތިބޭ. ތި ދެމީހުން ކުރިން ދުވަހު މީހަކު ނެއް ކަމަށް ހީކޮށް ސިޓިންރޫމުގައި ގަތްގަނޑު މަދުށިން” އަޒާން ދެމީހުންގެ ކޮނޑުގައި ޖަހާލާފައި ނުކުތީ ބޭރަށެވެ. އެ ވާހަކަ އިތުރު އެކަކު ކައިރި އަކުވެސް ނުބުނެއެވެ. ހާނިޔާ އަށް ކާން ދީ ހަދައިގެން މާޝާ ގެއަށް ދިޔައީ މީޝަމް އާއި މައިޝަމް އެކީ ކައިވެނީގެ ކުރިން ވަގުތު ހޭދަ ކޮށްލަން ބޭނުން ކަމަށް ބުނެއެވެ.
އިޒާން އާއި އަޒާން އަވަދިނެތި އުޅެނީ ކައިވެނި ޕާޓީއަށް ގެ ޑިޒައިން ކުރުމުގައެވެ. ކައިވެނީގެ ކަލާ ކޯޑަކީ ނޫކުލަ ކަމުން އެތަން ޑިޒައިން ކުރީ ނޫކުލައިގެ މަލުން ނާއި ބޮކި ފަތި ތަކުން ނެވެ. ނަތާޝާ އާއި ފައިހާގެ އިތުރުން ފާރިޝްވެސް އެހީތެރި ވުމުގައި އުޅުނެވެ. ނަތާޝާ ފޮތިން މާ ހެދީ އަޒާން އާއި މާޝާ ހުއްޓެން ހަމަޖެހިފާ ހުރި ސްޓޭޖް ޑިޒައިންކުރަންށެވެ. ފައިހާ ފައިހާން ރޯތީ މާ ބޮޑު އެހީތެރިކަމެއް ފޯރު ނުކޮށްދެވުނު ކަމުގައި ވިޔަސް ދަޅު ފުޅި އަދި ބިސްކޯދު އެމީހުން ސައި ބޯން ތައްޔާރު ކޮށްދިނެވެ.
އާ ދުވަހަކަށް އިރު އެރި އިރު އަޒާންގެ އަލަތު ކައިވެނި ކުރަން ބާކީ އޮތީ 15 ގަޑި އިރެވެ. އަޒާން އަށް އުފަލުން ނުވެސް ނިދުނެވެ. މައިޝަމް މާޝާ އަށް ގޮވަން ވަނީ ގަޑިން ހެނދުނު އަށެއް ޖަހާ ބޮޑުވި ފަހުންނެވެ. މާޝާ އަށް ރަނގަޅަށް ނުނިދޭތާ ދެދުވަސް ފަހުން ރަނގަޅަށް ނިދުނުނުން އަވަހަށް ނުހޭލެވުނީއެވެ. އޭރު ހާނިޔާ މީޝަމް ކައިރީ ޔޯގަޓް ތައްޓެއް ކާން އިނެވެ. ފެންވަރައިގެން ނުކުމެ ފަތިސް ނަމާދު ކޮށްގެން މާޝާ ނުކުތީ ސައި ބޯށެވެ. އޭރު މީޝަމް ސައި ބޮއެގެން ސުޕާރީ ފޮށިން ސުޕާރީ އެއް އަނގައަށްަ ލައިގެން ނުކުމެ މައިޝަމް ގެ އުނގުގާ އިން ހާނިޔާ އުރާލިއެވެ. އަދި ސައި ބޮއެގެން އަންނަންދެން ހާނިޔާ ބަލާނަން ކަމުގައި ބުންޔެވެ.
“މާޝް!” ޖޯޑަކަށް ސައި އަޅައިގެން އައިސް މައިޝަމް އިށީނެވެ. “ޔެސް މައި” މައިޝަމްގެ މޫނަށް މާޝާ ބަލާލިއެވެ. ” އައި ވިލް މިސް ޔޫ ތީނަ މެރީ ކޮށްގެން ދިޔައީމަ. އަނެއްކޮޅުން އަހަރެމެން މައްކާއަށް ދާން ޖެހޭނެ. ވީ ކުންޓް މީޓް އޭރުން އެހާ ފަސޭހައިން” މައިޝަމް ދެރަވެލިއެވެ. ” އަނހަ! މެރީ ކުރިޔަށް އަހަރެންނާ ވީޑިއޯ ކޯލް ކުރެވޭނެ އޭނުން. މާޝް ވެސް އެބަޖެހޭ އަދި ކޮންޕެނީ ކަމަކު އެކޮޅަށް ދާން” ސައިތަށި ބޯލާފާ ތެދުވެ މައިޝަމް އަށް ހިނިތުންވުމެއް ރައްދުކޮށްފާ ގޮސް ތަށިތައް ދޮންނަން ފެށިއެވެ. މައިޝަމް ސައި ބޮއެފާ ތަށިގޮސް ސިންކު ތެރެއަށް ލިއީ މާޝާ ރުޅިއަރުވާލާށެވެ. “ބިޗްޗްޗްޗްޗް” މައިޝަމް އަނގައަށް ވައްތަރެއް ޖައްސާލާފައި ބަދިގެ އިން ނުކުމެގެން ދިޔައެވެ. ތަށިހަރަށް ތަށިތައް ލައިފާ މާޝާ ދިޔައީ ހާނިޔާ އުރާލާށެވެ. ” މަންމިގެ ދޫނީ ” ހާނިޔާ އުރާލަމުން ހާނިޔާއަށް ގޮވާލިއެވެ. ” މަންމީ ދެދީ ” ހާނިޔާ ބޮޑާ ހާކަން ފެށިއެވެ. ” ދެން ދޫނި މިގަޑީ ނުދާނެ. މިރޭ ތިއްތި ވެލައިގެން ދާނީ ” ހާނިޔާގެ ކޮލުގަ ހިފާލިއެވެ.
އަޒާން އަދި ފައިހާންގެ ސޫޓް ހިފައިގެން ނަތާޝާ ވަނީ އޭތި ފެންކޮޅަކުން ދޮވެލާށެވެ. ކޮނޑުގައި އަޅުވާފައި އިން މާޝާގެ ހެދެމަށް ބެލުން ނޫން ކަމެއް ނަތާޝާއަކަށް ނުކުރެވެއެވެ. ހުދު ކުލައިގެ އެ ހެދުން ވަރަށް ވެސް ރީއްޗެވެ. ” ދޮންބޭ ” އަޒާން ގޮވާއަޑު އިވެއެވެ. ” އޯއި” އިޒާން ޖަވާބު ދިނެވެ. ” ދޭބަ މާޝް އާ ނިޔާ ގެ ޑްރެސް ދީފަ އަންނަން. އަހަންނަށް ޔަގީން އަހަން ގޮއްްސިޔާ ނިޔާ ރޯން ފަށާނެކަން” އިޒާން އަށް މާޝާ އުޅޭ އެޑްރެސް ބުނެދިނެވެ. މިދަނީ ކަމުގާ ބުނެ ހެދުން ކޮތަޅަކަށް ލައިގެން މިސްރާބު ޖެހީ މާޝާގެ އެޕާޓްމަންޓް އަށެވެ. ތިން ފަހަރު ޓަކި ދިނުމުން މައިޝަމް ދޮރު ހުޅުވިއެވެ. ” މީތި މާޝާ އާއި ހަވާލު ކޮށްލާ.” ކޮތަޅުގަ މައިޝަމް ހިފުން އެތާ އެންމެ ސިކުންތެއް ވެސް މަޑު ނުކޮށް އިޒާން ގެއަށް ދާން ނުކުތެވެ. ސައިކަލު ގެއަށް ވައްދާފާ އައިސް ފެންފުޅިއެއް ހިފައިގެން ކައިވެނި ހަފްލާ އަށް ރީތި ކުރަމުން އަންނަ ބަޔަށް ވަން އިރު އެންމެ ފަހުގެ ތައްޔާރީތައް ވަނީއެވެ. ސްޓޭޖް އާއި ދިމާ ފަހަތުގާ ” މިސިސް އެންޑް މިސްޓަރ” ޖަހާފާ އިން ބެނާއެއް އިނެވެ.
ގަޑިން ހަތެއް ޖެހި އިރު ފައިހާ އާއި ނަތާޝާ ހުރީ މާޝާގެ ގޭގައެވެ. މާޝާ ކައިވެންޔަށް ރީތި ކޮށްދޭން ބޭނުންވީ އެދެމީހުންނެވެ. ނަތާޝާ ލައިޓް މޭކަޕެއް ކޮށްދިނުމުން ފައިހާ މާޝާގެ ޝޯލް އަޅުވައި ދިނެވެ. ހާނިޔާ ރީތި ކުރީ ހުދު މާޝާ އެވެ. ކާރެއް ގައި މ.ރޯސް އަށް ދެވުނު އިރު ގަޑިން 8:15 ވަނީއެވެ. ކައިވެނި ކުރަން ހަމަޖެހިފާ ވަނީ 8:30 ގައެވެ. ނަތާޝާ އާއި ފައިހާ ވަގެއްހެން މާޝާ އެތެރެއަށް ވެއްދިއެވެ. އެކަކުވެސް މާޝާއަށް އެހާ އަވަހަށް ދައްކާން ބޭނުން ނުވުމުންނެވެ. އަޒާން ރީތި ވެގެން ނުކުތް އިރު ފާރިޝްގެ އިރުފާ އިން ފައިހާން ވަރަށް ލޮއެއްބެވެ. ސޫޓެއް ލާފައި ހުރުމުން ތުއްތު ތުއްތު ފައިހާން ވެސް ފިރިހެންވަންތަ ކަމަށް ދައްކައެވެ.
އަޒާން އަށް ހާއްސަ ކުރެވިފައިވާ ގޮނޑީގަ ގޮސް އަޒާން އިށީނެވެ. މާޝާގެ އިންތިޒާރުގައި އިންދާ ގާޒީ އެދުނީ އަވަހަށް މާޝާއަށް ގޮވުމަށެވެ. ފައިހާ ގޮސް މާޝާއަށް ގޮވުމުން މާޝާ ގޮނޑިންތެދުވެ ހީލްސް އަށް އެރިއެވެ. އަދި ބިންމަތީގާ ހޭކެމުނަދިޔަ ވެޑިން ޑްރެސް ކުޑަކޮށް ހިއްލާލާފައި ނުކުތެވެ. އެންމެންގެ ސަމާލުކަން ހުއްޓިފާ ހުރީ މާޝާއަށްކަށް އެނގުމުން ކުޑަކޮށް ލަދުގާނެ އިސްޖަހާލެވުނެވެ. ފިރިހެންކުދިންގެ ހިތްތައް ކަތިލާނޭކަން ގައިމެވެ. ތުންފަތުގާ ގަދަ ރަތްކުލައިގެ ލިޕްސްޓިކް މާޝާއާއި ވަރަށް ގުޅެއެވެ. ކޮށްފައި ހުރި ލައިޓް މޭކަޕް ގެސަބަބުން މާޝާގެ މަޢުސޫމް ކަން އިތުރު ކޮށްދެއެވެ. ހެދުމުގެ މަތި ރޭދާ ފޮތި ބޭނުންކޮށްފާ ހުއްޓެވެ. މާޝާ ގޮސް އަޒާންގެ ކައިރީ އޭނައަށް ހާއްސަކުރެވިފާ ހުރި ގޮނޑީގާ އިށީނެވެ. މުޅިތަން ހަމަ ހިމޭން ވިއެވެ. އިސްޖަހާލައިގެން އިން އިރު ވަރަށް ވެސް ޗާލެވެ. ” އަނބި ގަބޫލުކޮށްފިން ” މާޝާގެ އަތުގާ ހިފާލިއެވެ. މާޝާގެ ތުންފަތުގާ ރަކި ހިނިތުންވުމެއް ކުޅެލިއެވެ.
– ނުނިމޭ –
✨ Amyra ✨
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



OMG. Sooooooooo nice. BTW. Amy, if u don’t mind in the last episodes in the cover page there is Izaans picture right. Where did u find it? I find it very attractive so I want to find that pic. Can u Plsssss tell me. And if not a problem can u send it if say my mail. Plss ????
Rainberry yes I can send you but is it izaan or azaan.. I’m asking you that bcx izaan ge face fennaakah neii n azaan ge face fenna gothah iny.. so send me ur email or insta Id ?♥️
Rainberry I have sended u the pictures ?
Amy check your mail. Pls
Everyone please go and read my sister’s story (ނަފްރަތުން ލޯތްބަށް) hope u guys love the story
Thank you ♥️
I did. It’s soooooooooooo nice. Ur sis naju tha eiy. Hama evvanaige story eh. Varah rythi.
Well Naju is my bestfriend n “ނަފްރަތުން ލޯތްބަށް” e vhk liyany my sis ?