Soooo… Here is the new story. Hope you guys like it.

 

A/N – She is 16 and will be turning 17 soon. And she lives in another country. Which is why she is allowed to drive at the age of 16.)

……………………

ނިދިފައި އޮތް އާލިޔާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގްވާ އަޑަށެވެ. އެހެންކަމުން ވަގުތުން ފޯނު ނަގައި ދުރަށްލަމުން އަނެއްކާވެސް އޮތެވެ. ނަމަވެސް ފޯނު ރިންގްވާ އަޑެއް ނުކެނޑުނެވެ. އެތައް އިރަކު އޮވެއޮވެ އެ ގުޅާ މީހަކު ގުޅުން ހުއްޓާ ނުލުމުން ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.

“ހަލޯ؟” ނިދި އައިސްފައި ހުރި ވަރުން އޭނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“އޮހް ޑޯންޓް ހެލޯ މީ ނައު! ޔޫ ޑޯންޓް ގެޓް ޓު ޑޫ ދެޓް! މަލޫ އެލީއަށް ގުޅާތާ މިހާރު ކިހާ އިރެއް؟ އެއްޔެ ސްކޫލްއިން އައި ގޮތަށް ގުޅަނީމި! ލޭޒީ ކަމުން ސްކޫލަށް އެއްޔެ ނަޔަސް މިއަދު ޖެހޭނީ އަންނަން. ނައިސްފިއްޔާ ދާނަން ތިގެއަށް! ހުވާ މިބުނީ!” އާލިޔާގެ އެންމެ ގާތް އެކުވެރިޔާ މަލްދާ ހަޅޭއްލަވައިގަތެވެ. ވަގުތުން އައިލާގެ ނިދި ފިލައިގެން ދިޔައެވެ.

“ޖީޒް، ކްރޭޒީ ވުމަން! އެލީގެ ކަންފަތް ބީރު ކޮށްލަންތަ ތިއުޅެނީ؟!” އާލިޔާ ވެސް ހަޅޭއްލަވައިގަތެވެ. “ދެން ވެސް ހަޅޭއްނުލަވަ ހޭލަބަލަ، އެއްޗާ! މަންޖެ ސްކޫލް ބެލް ޖެހުމުގެ ކުރިން މަށާ މީޓް ނުކޮށްފިއްޔާ އަޑުގަދަކުރާ އިން ހަޅޭއްލަވާނަން!” އަނެއްކާވެސް މަލްދާ ހަޅޭއްލަވައިގަތެވެ. “ސާބަސް! މި ހޭލީއޭ! މިދަނީ ޖޮގިން އަށް.” އާލިޔާ ފޯނު ކަނޑާލިއެވެ. އަދި ލޯ މަރާލިއެވެ.

 

އާލިޔާ އެނދުން ތެދުވީ އޭގެ 20 ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް މަލްދާ ގުޅާފައި ހަޅޭއްލަވައި ގަތުމުންނެވެ. އެހެންކަމުން ތެދުވެގެން ގޮސް ފެންވަރާ ލައިގެން ކަޅު ކުލައިގެ ޓީޝާޓަކާއި ކަކުލާއި ހިސާބަށް އަރާވަރުގެ ކުރުކުރު ފިއްތި ޖީންސް ހަރުވާޅެއް ލިއެވެ.

އަދި އޭނާގެ ދިގު އިސްތަށިގަނޑު އައްސާލުމަށްފަހު ބޮލުގައި ނޫ ކުލައިގެ ފޮތި ބޭންޑްކޮޅެއް އަޅާލިއެވެ. އެއަށްފަހު އިސްޓާކީނަށް އަރައި ކޮޓަރިން ނުކުތެވެ. ފައިވާން ހަރުގަނޑުން އޭނާ ދުވަންދާ ބޫޓު ނަގައިގެން އެއަށް އަރައިގެން ގެއިން ނުކުތެވެ. އަދި އޭނާގެ އައި ފޯނު ނަގައި ހެޑްސެޓް ޖެހުމަށް ފަހު ލަވައެއް ޖަހާލިއެވެ. އަދި އޭނާގެ ހެނދުނުގެ ދުވުމާއިގެން ކުރިއަށް ދިޔައެވެ.

 

16 އަހަރުގެ އައިންތު އާލިޔާ ހާލިދަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނީގެ ބޮޑު މީހާގެ ދަރިފުޅެވެ. ‘އީވާންސް’ ކުންފުނީގެ ބޮޑު މީހާ، ހާލިދުގެއެވެ. އެހެންކަމުން އެންމެ ތުއްތު އިރުން ފެށިގެން އުޅެމުން އައީ ވަރަށް ވެސް މުއްސަނދި ދިރިއުޅުމެކެވެ. އޭނާ ބޭނުންވާ ކޮންމެ އެއްޗެއް އެއްވެސް އުނދަގުލަކާއި ނުލައި ލިބެއެވެ.

ރީތީގެ ގޮތުން ބަލާއިރު ވެސް އޭނާ އަކީ ހޮވާލެވޭ ވަރުގެ ރީތި އަންހެންކުއްޖެކެވެ. ކަޅު ކަންގަދަ ދިގު އެސްފިޔަތަކެއް ލިބިފައިވާއިރު ލިބިފައިވަނީ ހެޒެލް ކުލައިގެ ލޮލެކެވެ. ނަމަވެސް އޭނާގެ ފެނުމުގެ މައްސަލަ ހުންނާތީ ހުންނަނީ ފެހިކުލައިގެ ލެންސު ލައްވާފައެވެ. އޭނާއަށް ލިބިފައިވަނީ ހިތިފަތު ބުމައެކެވެ. ރަތް ކުލައިގެ ބޮޑުބޮޑު ތުންފަތެކެވެ. ހަމުގެ ކުލަ އައްޔެވެ.

އޭނާގެ ކަޅުކުލައިގެ ބުޅިބުޅި ދިގު އިސްތަށިގަނޑު އޮންނަނީ ކޮންމެވެސް ވަރަކަށް ފަންކޮށްފައި ބްލޮންޑް ކުލަ ޖައްސާފައެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާއިރު އާންމުކޮށް އަންހެން ކުދިން ހުންނަ އިސްކޮޅަށް ވުރެ އޭނާ ކުޑަކޮށް ދިގު ވުމުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ.

 

ނަމަވެސް އޭނާއަށް ނުލިބެނީ ހަމަ އެންމެ އެއްޗެކެވެ. ލޯތްބެވެ. އޭނާ އެންމެ ކުޑައިރުއްސުރެ ވަނީ ލޯބިން  މަޙުރޫމްވެފައެވެ. ހަނދާނަށް އަންނަ އިރުއްސުރެ އޭނާގެ މަންމަ، އަނީސާ އާއި ހާލިދު އަބަދު އުޅޭނީ ވަޒީފާގައެވެ. ނޫނީ ކުންފުނީގެ ކަންކަމުގައި އަބަދުވެސް އުޅޭނީ ކޮންމެވެސް ބޭރު ގައުމެއްގައެވެ. ގެއަށް އަންނާނީ ހާހަކުން އެއްފަހަރެވެ. އޭރު އާލިޔާ ބަލަން ޙަވާލުކޮށްފައި ހުންނަނީ ނެނީ އެކެވެ.

ދެން ހުންނާނީ އޭނާގެ 23 އަހަރަށް ދާ ދައްތައެވެ. އަލީޝާ 20 އަހަރު ވުމުން ގެއިން ނުކުމެގެން ދިޔަ ގޮތަށް އަދިވެސް ހަބަރެއް ނުވެއެވެ. އަލީޝާ ދިޔުމުގެ ކުރިން އާލިޔާ އާއި ވަރަށް ގުޅޭނެއެވެ. ނަމަވެސް ހަމަ ކުއްލިއަކަށް ގެއިން ނުކުމެގެން ދިޔައީއެވެ. ދެން ހުރީ 20 އަހަރުގެ އައިލަމެވެ. އޭނާގެ ދޮންބެ އައިލަމް ވެސް ބޭރު ގައުމަކަށް ކިޔަވަން ދިޔައީއެވެ.

އޭގެފަހުން އެންމެ ފަހަރަކު ވެސް އާލިޔާގެ ހާލު ބަލައިލަން ގުޅާ ނުލައެވެ. ގުޅިޔަސް ގުޅާނީ އަނީސާ މެނަށެވެ. އެވެސް އެއީ ލާރި ބޭނުން ވެގެނެވެ. އެންމެފަހުން އޭނާގެ 15 އަހަރުގެ ކޮއްކޮއެވެ. ފެށުނީއްސުރެ އަލާ އާއި އާލިޔާ އާއި ދެމެދުގައި ވަނީ ނަފްރަތެވެ. އެކަކު އަނެކަކު ކުރާ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހެއެވެ. ވާހަކަ ދައްކާނީ ވެސް ކޮންމެހެން މަޖުބޫރު ވިއްޔާއެވެ.

ތުއްތު އިރު އެހެން ކުދިންނެކޭ އެއްފަދައިން އާލިޔާ ވެސް މައިންބަފައިންގެ ލޯތްބަށް އެދުނެވެ. އެ ލޯބި ލިބޭތޯ މޮޔަކަންތައްތައް ވެސް ކުރިއެވެ. ނަމަވެސް ބޮޑުވެގެން އައުމަށްފަހު ލޯތްބަކީ ބިލާހެއް ކަމަށް ގަބޫލު ކުރަން ފެށިއެވެ. އޭނާގެ ކުރިމަތީގައި ލޯތްބަކީ މަގުމައްޗަށް އެއްލާލާފައި އޮންނަ ކުނިކޮޅެއް ފަދަ އެއްޗަކަށް ވިއެވެ. އާއިލާގެ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުން އާލިޔާގެ އުޅުން ބަދަލު ވާން ފެށިއެވެ. އެ ތުއްތު ތުއްތު މައުސޫމް ކުއްޖާ ސިޔާސަ ވެގެން ދިޔައީކީ އެޔެއް މިއެއް ބަލާފައެއްނޫނެވެ.

 

ދުވެ ނިންމާލާފައި އާލިޔާ ދިޔައީ ގެއަށެވެ. ގެއަށް ގޮސް ފެންވަރާ ލައިގެން ސްކޫލަށް ދާން އޭނާ ތައްޔާރު ވިއެވެ. އޭނާ ލީ ނޫ ކުލައިގެ ގަމީހެކާއި ހުދު ކުލައިގެ ޖީންސެކެވެ. ނޫ ކުލައިގެ އެ ގަމީސް ހުރީ ކުޑަކޮށް އޭނާގެ ބަނޑު ފެންނަގޮތަށް ގޮށްޖަހައި ލާފައެވެ. އޭނާގެ އިސްތަށިގަނޑުގައި ވޫލު ކޮޅެއް އެއްސުމަށް ފަހު ތުންފަތުގައި މެރޫން ކުލައިގެ ލިޕުސްޓިކެއް ޖެއްސިއެވެ. އަދި ލޮލުގައި މަސްކަރަ އާއި އައިލައިނާ އަޅާލަމުން، ދަބަސް ހިފައިގެން ނުކުތެވެ.

ކާގެއަށް އޭނާ ދިޔައިރު ނޯކަރުންތައް އެކި ދިމަ ދިމާގައި އަވަދި ނެތި އުޅެއެވެ. އާލާ ވެސް އޭނާގެ ކޯންފްލޭކްސް ތަށި ކާން އިނެވެ. އާލިޔަ އައިސް ވަންތަން ފެނުމުން އައި ރޯލް ކޮށްލިއެވެ. އާލިޔާ ވެސް އާލާ އާއި ދިމާއަށް ދޫ ނެރުމަށް ފަހު އަލަމާރިން ކޯކު ފުޅިއެއް ނެގިއެވެ. ހެނދުނު ހެނދުނާ ހަށިގަނޑަށް ނުރަނގަޅު ކާނަ ކެއުމަކީ ވެސް އާލިޔާގެ ނުރަނގަޅު އާދައެކެވެ. އަދި ކޯކުފުޅި ހިފައިގެން ގެއިން ނުކުތެވެ.

އޭނާ ސްނީކާސަށް އެރުމަށް ފަހު ދިޔަ ގޮތަށް ގޮސް އޭނާގެ ކާރަށް އެރިއެވެ. އެއީ ރަތް ކުލައިގެ ބުގަޓީ ޗީރޮން އެކެވެ. ކޯކު ބޮމުން އޭނާ ކާރު ދުއްވަން ދިޔައެވެ. އޭނާ ‘ރެޑް ވުޑް ހައިސްކޫލް’ގެ ޕާކިން ސަރަޙައްދަށް ކާރު ވެއްދިއެވެ. އަދި އެތަނުގައި ޕާކު ކުރިއެވެ.

 

ރެޑް ވުޑް ހައިސްކޫލް ނުވަތަ ރެޑް ވުޑް ހައި އަކީ ކެލިފޯނިއާގެ އެންމެ މަޝްހޫރު އެއް ސްކޫލެވެ. އެ ސްކޫލުން ޖާގަ ލިބޭނީ ވެސް މަދު ބަޔަކަށެވެ. ސަބަބަކީ އެއީ މުއްސަނދިންނަށް ޙާއްޞަ ސްކޫލަކަށް ވާތީއެވެ. އެ ސްކޫލަށް ދެން ގޮސް އުޅޭނީ ސްކޯލާޝިޕެއްގެ ޒަރީޢާއިން އައިސް ލިބުނު ކުދިންނެވެ. އެ ސްކޫލަށް ވަރަށް ގިނަ ދިވެހިން ވެސް ގޮސް އުޅޭނެއެވެ. އެއީ ވެސް މުއްސަނދިންނެވެ.

އާލިޔާ ކާރުން ފޭބިއެވެ. އަދި ދަބަސް އެއް ކޮނޑުގައި އަޅުވައިގެން ހުރެ ސްކޫލް ގޭޓު ދޮށަށް ހިނގައިގަތެވެ. އެވަގުތު ކާރެއް ދޮށުގައި ކުދިންތައް ތޮއްޖެހިފައި ތިބި ތަން ފެނުމުން މޫނު މައްޗަށް ގޮތެއް ހަދަލިއެވެ.

 

ކާރުގެ ހޫޑް މަތީގައި އިން 17 އަހަރުގެ ޒުވާނާ އޭނާގެ ވަށައިގެން އެއްވެފައި ތިބި އަންހެން ކުދިންނައި ދިމާއަށް އެއްލޯ މަރާލިއެވެ. އެއާއެކު އެކުދިންތައް ފޮނިވި މަންޒަރު ފެނުނެވެ.

އާއެކެވެ. އެއީ އެ ސްކޫލުގެ ‘ޕްލޭ ބޯއި’ އެވެ. އީވާންސް ކުންފުނީގެ އެންމެ ބޮޑު ވާދަވެރި ކުންފުނި، ‘ކްރޯވެލްސް’ގެ ބޮޑު މީހާ، ޒާހިރުގެ ފިރިހެން ދަރިފުޅެވެ. ޔަކްޒަލް ޒާހިރެވެ. ޔަކްޒަލް އަކީ ފިރިހެންވަންތަކަން ހުސްވެގެން ހުރި ޒުވާނެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޭނާއަށް ލިބިފައިވަނީ ގަދަ މުށިކުލައިގެ ލޮލެއް ނަމަވެސް ހުންނަނީ އައިސް ބްލޫ ކުލައިގެ ލެންސް ލައްވާފައެވެ. އޭނާގެ މުށިކުލައިގެ އިސްތަށިގަނޑުގެ ތަންތަންކޮޅުގައި އެންމެ ގަދަ ނޫ ކުލަ ޖައްސާފައި ހުރުމުން އޭނާގެ ރީތިކަން އިތުރު ކޮށްދެއެވެ.

 

ޔަކްޒަލްގެ ލޮލުގައި އަޅައިގަތީ އާލިޔާއެވެ. އެހެންކަމުން ލާނެތް ގޮތަކަށް ހީލަމުން ކާރުން ފުންމާލިއެވެ އަދި އާލިޔާ އާއި ދިމާއަށް ދިޔައެވެ. އަދި އާލިޔާއަށް ނުފެންނަ ގޮތަށް ގޮސް އޭނާގެ ބޮލުގައި ޖަހާފައި އިން ވޫލުކޮޅު ދަމައިގަތެވެ. ވަގުތުން އެ ދިގު އިސްތަށިގަނޑު ހޭވުނެވެ. އެ ރީތި އިސްތަށިގަނޑު ފެނުމުން އަންހެން ކުދިންތައް ހަސަދައިގެ ލޮލަކުން އާލިޔާ އަށް ބަލަން ފެށިއެވެ.

“ވޯވް ވޯވް. ދި ޕްރިންސެސް ފައިނަލީ މޭޑް އޭން އެޕެއަރެންސް. އެން އައި ތޯޓް ޝީ ޑައިޑް. ޓޫ ބޭޑް ޝީ ޑިޑްންޓް.” ޔަކްޒަލް ބުނެލިއެވެ.

އައި ރުޅީގައި އަލިޔާ ޔަކްޒަލް އާއި ދިމާއަށް ބަލައިލިއެވެ. “ވެލް އައިމް ހިޔާ ނައު. ވަޓް އާ ޔޫ ގޮނާ ޑޫ އެބައުޓް އިޓް؟” އާލިޔާ އުޅުނީ އޭނާގެ ވޫލު އަތުލާށެވެ.

ނަމަވެސް ޔަކްޒަލް މާ ދިގެވެ. “ވަޓްއެވާ. އައި ޑޯންޓް ނީޑް ދެޓް ތިންގް އެނީވޭ، ޔަކީ ބޯއި.” އާލިޔާ ވައްތަރު ޖައްސާލިއެވެ. “ބަޓް ސިންސް ޔޫ ޓުކް ވަން އޮފް މައި ބިލޯންގިންސް، ދެން.. އައި ވިލް ހޭވް ޓު ޓޭކް ވަން އޮފް ޔޯސް.” އެހެން ބުނެފައި އަވަސް އަވަހަށް ޔަކްޒަލްގެ ކޮނޑުގައި އޮތް ދަބަސް ދަމައިގަންނަމުން ދުއްވައިގަތެވެ. ފަހަތުން ޔަކްޒަލް ވެސް ދުއްވައި ގަތެވެ.

“އާލިޔާ! ޔޫ ބިޗްޗްޗް! ގެނޭ މަގޭ ދަބަސް!”

“ޔޫ ޓުކް މައި ވޫލް! އިޓްސް ޕޭބެކް!”

“ޔޫ ސެއިޑް ޔޫ ޑޯންޓް ނީޑް އިޓް! ބަޓް އައި ނީޑް މައި ބޭގްގްގް!”

“ޔޫ ސްޓިލް ޓުކް މައި ވޫލްލްް!”

 

ވަކި ހިސާބަކަށް ގޮސް ވަރުބަލި ވުމުން އާލިޔާ ހުއްޓެލިއެވެ. އަދި ޔަކްޒަލާއި ދިމާއަށް ބަލައިލިއެވެ. “ކެޗްޗް!” އެހެން ކިޔާފައި އޭނާ ދަބަސް އެއްލިއެވެ. އޭނާ ދަބަސް އެއްލީ ޗަކަސްގަނޑަކާއި ދިމާއަށެވެ. ނަމަވެސް ކަންތައް ވީ އޭނާ ހީކުރި ގޮތާއި ހިލާފަށެވެ. ދަބަސް ގޮސް އެޅުވުނީ އެތާ ހުރި ދިގު ގަހެއްގެ އޮފި ގަނޑުގައެވެ. އަތް ފޯރާ ވަރަށް ވުރެ މަތީގައި އިން އޮފިގަނޑެއްގައެވެ.

“އޫޕްސް.” އާލިޔާ ގާތަށް އައީ ހިންޏެވެ. އޭރު ޔަކްޒަލް ރުޅިއައިސްގެން ފުފެނީއެވެ.

“އާލިޔާ!!!!!!”

………………

 

‘އީވާންސް’ އާއި ‘ކްރޯވެލްސް’ އަކީ ވާދަވެރިންނެވެ. އަބަދުވެސް ދެބައި މީހުން ތިބެނީ އަރާރުންވެ އަރާރުންވެއެވެ. ދެބައި މީހުންވެސް އެއްބަޔަކު އަނެއްބަޔަކު ދެކެ ހަސަދަ ވެފިވެއެވެ. ނަފްރަތު ކުރެއެވެ. އެންމެފަހުން އެ ނަފްރަތު އާލިޔާ އާއި ޔަކްޒަލާއި ހިސާބަށް ވެސް ވަނީ ފޯރާފައެވެ.

އާލިޔާ އާއި ޔަކްޒަލަކީ ސްކޫލްގައި އެދެނަމެއް ނޭނގޭނެ އެކަކު ވެސް ހުންނާނެ ނަމެއް ނޫނެވެ. އެއީ ހަމައެކަނި އެކުދިންގެ ރީތިކަމާއި، މުއްސަނދި ކަމުގެ ސަބަބުންނެއް ނޫނެވެ. އެއީ އެކުދިން އެކަކު އަނެކަކާ އަބަދު އަރާރުންވާތީ ވެސްމެއެވެ. އަބަދުވެސް ތިބޭނީ އެކަކު އަނެކަކުގެ ކަރުގައެވެ. މިހާރު ޕްރިންސިޕަލް އޮފީހަށް ދާން ޖެހުނު އަދަދުވެސް ނޭނގެއެވެ. މަދުވެގެން ހަފްތާއަކު ދެފަހަރަކު ދާން ޖެހޭނެއެވެ. ނަމަވެސް އެކުދިންގެ ފަރުވާލެއް ނެތެވެ. އެކަމުގެ ހެއްކަކީ އޮފީހުގައި، ޕްރިންސިޕަލް ކުރިމަތީގައި އިނދެގެން ވެސް ތޮޅޭކަމެވެ.

 

“އާލިޔާ! ސްޓޮޕް ސްލީޕިން އިން ކްލާސް އެން ފޯކަސް އޮން ދި ލެސަންންން!” މޭޒުގައި ބޯ އަޅައިގެން އޮތް އާލިޔާ ބޯ ހިއްލައިލީ އިނގިރޭސި ޓީޗަރު މިސިސް ބެލްސްގެ އަޑަށެވެ. “އައި ވޯޒްންޓް ސްލީޕިން. އައި ވޯޒް ޖަސްޓް އެންޖޯއިން ލިސެނިން ޓު ޔުއާ ސްކްރޭޗީ އޯލްޑް ވޮއިސް!” އާލިޔާ ފޭކް ހިނިތުންވުމެއް ރަށްދޫކޮށްލިއެވެ.

“ޓު ދި އޮފީސް! ނާއު!”

“ގްލޭޑް ލީ، އޯލްޑީ.” ވަގުތުން އާލިޔާ ގޮނޑިން ތެދުވިއެވެ. އޭނާ ކޮނޑުގައި ދަބަސް އަޅާލައިގެން ފޮނިކޮށް ހިނގާލާފައި ގޮސް ނިކުތެވެ. އަދި ދަމުން އެންމެ ފަހަތު ބެންޗުގައި މޭޒުމަތީ ބޯ އަޅައިގެން ނިދާފައި އޮތް ޔަކްޒަލްގެ ބޮލަށް ޕޭޕާ ބޯލްއެއް އެއްލިއެވެ.

 

އޭތި ޖެހުނީ ސީދާ އޭނާގެ ބޮލުގައެވެ. އެހެންކަމުން އޭނާ ބޯ ސިހިފައި ބޯ ނަގައި ބަލައިލިއެވެ. އޭނާގެ އަތް ކައިރިއަށް ވެއްޓިފައި އޮތް ކަރުދާސް ބޮނޑި ފެނުމުން އެ ނިއުޅާލާފައި ބަލައިލިއެވެ. އޭގައި އިނީ ދޫ ނެރެފައި އިން މޫނެއް ކުރުހާފައެވެ. ޔަކްޒަލް ދެ ބުމަ ގޮއްޖަހާލީ ގަނޑުގެ ކަނުގައި ‘އެންޖޯއި ދި ބޯރިން ކްލާސް! އައިމް އައުޓް.’ ޖަހާފައި އިނުމުންނެވެ. ވަގުތުން ކާކުކަން އެނގުނެވެ. އެހެންކަމުން އިސް އުފުލައި ދޮރާއި ދިމާއަށް ބަލައިލިއެވެ. ދޮރު ކައިރީގައި ހެވިފައި ހުރި އާލިޔާ ފެނުނެވެ.

އާލިޔާ ލާނެތް ހިނިތުންވުމަކާއެކު ޔަކްޒަލަށް ފްލައިން ކިސް އެއް ފޮނުވާލިއެވެ. އަދި މެދު އިނގިލި ދައްކާލަމުން ދުވެފައި ހެމުން ހެމުން ނިކުތެވެ. އެއާއެކު މުޅި ކްލާސް އެއްކޮށް ބަނޑިބަނޑި އަޅާފައި ހޭން ފެށިއެވެ.

 

“މިސިސް ބެލްސް! މިސިސް ބޭލްލްލްސްސްސް!!!! ލުކް އާލިޔާ ލެފްޓް ދި ކްލާސްސްސްސް! ޔޫ ޑިޑްންޓް އީވެން ސްޓޮޕް ހާ! އައި ވަނާ ލީވް ދިސް ކްލާސް ޓޫ ޔޫ ނޯ؟” ޔަކްޒަލް ޝަކުވާ ކުރަން ފެށިއެވެ. “ޝީ ވެންޓް ޓު ދި އޮފީސް! ބިކޯޒް ޝީ ވޯޒް ސްލީޕިން އިން ކްލާސް!” މިސިސް ބެލްސް ބުންޏެވެ.

“އައި ވޯޒް ސްލީޕިން ޓޫ!” ޔަކްޒަލް ލޯ އަޅާލިއެވެ. “އިފް އައި ސެންޓް ޔޫ ބޯތު އައުޓް، ވީ އޯލް ނޯ ވްޓް ވިލް ހެޕެން! ޔޫ ބޯތު ވިލް ޕިކް އަޕް އެ ފައިޓް!” ޓީޗަރު ހަޅޭއްލަވައިގަތެވެ.

“ޔޫ ސްޓިލް ލެޓް ހާ ލީވް! ދެޓްސް ޑިސްކްރިމިނޭޝަން!… ވީ އޯލް ނޯ ދެޓް އާލިޔާ ބިޗް އިޒްންޓް އީވެން ގޮނާ ގޯ ޓު އޮފީސް ސިންސް ޝީ އޯލްރެޑީ ޑިޑް ދިސް މޯނިން! މަ މި ދަނީ. ނުހުންނާނަން މިތާކު! ދެން ލަލަލާ! މާ ގޮނި ވެގެން އުޅޭނެ މި މުސްކުޅި ދައިތަގަނޑު ވެސް.” ޔަކްޒަލް ދަބަސް ހިފައިގެން ތެދުވިއެވެ. މިފަހަރު ދިވެހި ކުދިންތައް ހޭން ފެށިއެވެ.

ޔަކްޒަލް ދިވެހިން ބުނީ ކީކޭ ކަން ޓީޗަރަށް ނޭނގުނު ނަމަވެސް އޭނާ ތެދުވުމުން ވާނުވާ އެނގުނެވެ. އެހެންކަމުން ހަޅޭއްލަވަން ފެށިއެވެ. ނަމަވެސް އޭރު ޔަކްޒަލް ނިކުމެއްޖެއެވެ.

 

“ކްރޭޒީ މުސްކުޅި ދައިތަ.” ޔަކްޒަލް ހަމަޖެހުމުގެ ނޭވާއެއް ލަމުން ބުންޏެވެ.

“ސޯ ޔޫ ބްރައުޓް ޔުއާ ބަޓްލާ ހިޔާ އެން އޭނާ ލައްވަ ދަބަސް ނެގީ؟ ކަންނެތް މީހެކޭ ދޯ ތީ؟” އިވުނީ އާލިޔާގެ އަޑެވެ. “އާނ. އާލިޔާ ވެއްޖެ ވިއްޔަ ދަބަސް ގަހުގަ އަޅުވަން.” ޔަކްޒަލް ބުނެލިއެވެ. “ކަމޯން! އިޓް ވޯޒް ސޯ ފަނީ!” އާލިޔާ ފެށީ ހޭށެވެ.

“ބަބާއި! އައިމް ގޮއިން މެކް ޑޮނާލްޑްސަށް!”

………

 

ލަންޗްގަނޑި ޖެހުމުން އާލިޔާ ގޮސް ކެފެޓޭރިއާގައި އޭނާ އަބަދުވެސް އިންނަ މޭޒުދޮށުގައި އިށީނެވެ. މާގިނައިރެއްނުވެ މަލްދާ އާއި އަޒާން ވެސް އައިސް އެތާނގައި އިނެވެ.

 

މަލްދާ އަކީ އާލިޔާގެ އެންމެގާތް އެކުވެރިޔާއެވެ. ތެދުތެދަށް ބުނަންޏާމު އޭނާ އަކީ އާލިޔާގެ ވަތުކިބައެވެ. އެހާވެސް އެދެމީހުން ގުޅެއެވެ. އެކަކު އަނެކަކު ކުރާ ކޫސަނި ކަންކަމުގައި ތޮޅެ، ޒުވާބުކޮށް، ޝަހީދު ވިޔަސް އެކަކު އަނެކަކު ދުލެއް ނުކުރާނެއެވެ. ކޮންމެވެސް އިރަކުން ދެމީހުން އެއްބަސް ކިޔާނެއެވެ. އެއީ ކިތަންމެ ހޫނު ބަހުހަކަށް ވިޔަހެވެ.

މިނޫނަސް ދެމީހުންގެ މިޒާޖު ވަރަށް ގުޅެއެވެ. އެހެންކަމުން މީސްމީހުނަށް ލަނޑު ދިނުމުގައި އާންމުކޮށް މަސައްކަތް ކުރާނީ އެކުގައެވެ. ބުރަކަށްޓާއި ބުރަކަށި ޖައްސައިގެން ތިބެއެވެ. އެހެންކަމުން އަނެކާއަށް ކަމެއް ވުމުން ދެން ހުންނަ ކުއްޖާ މަޑަކުން ނުހުންނާނެއެވެ. އެހާ ވެސް ދެމީހުންގެ އެކުވެރިކަން ވަރުގަދައެވެ.

މަލްދާ އަކީ ވެސް ވަރަށް މުއްސަނދި ޢާއިލާއެއްގެ ކުއްޖެކެވެ. މަޝްހޫރު ‘ހޭޑެންސް’ ކުންފުނީގެ ބޮޑު މީހާގެ ހަމައެކަނި ދަރިފުޅެވެ. އޭނާ އަކީ ވެސް ވަރަށް ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ދިގު ކަޅުކުލައިގެ އިސްތަށިގަނޑު ހުންނަނީ އާލިޔާ ހެން ބްލޮންޑް ކޮށްފައެވެ. އޭނާއަށް ގުދުރަތީ ގޮތުން ވެސް ލިބިފައިވަނީ އަޅި ކުލައިގެ ކަޅިއެކެވެ.

ދެން ހުރީ އަޒާނެވެ. އެއީ ވެސް މަލްދާ ހާ ގާތް ނޫނަސް އާލިޔާގެ އެކުވެރި އެކެވެ. އަޒާނަކީ ‘އޭޝްޓަންސް’ ކުންފުނީގެ ބޮޑުމީހާ އެޑޮޕްޓް ކޮށްގެން ގެންގުޅޭ ކުއްޖެކެވެ. އެމީހާގެ އިތުރު ކުއްޖަކު ނުހުންނާތީ އެ ހުރިހާ މުދާގަނޑެއްގެ ވާރުތަވެރިޔަކީ ވެސް އަޒާނެވެ.

 

“އައި ސޯ ޔޫ ގޯ ޓު އޮފީސް ޓުޑޭ ވިތު މިސްޓާ-ހޫ-ޝޯލް-ނޮޓް-ބީ-ނޭމްޑް.” މަލްދާ ޗިޕްސް ކޮޅެއް ކާލަމުން ބުންޏެވެ. “އޮހް ޔާ. އަހަރެން އޭނާގެ ދަބަސް އެއްލާލީމަ އޮފީސް ކުރިމަތީގައި ހުރި ގަހުގެ އުސް އޮފިގަނޑެއްގަ އެޅުނީ. އޯހް. އެމް. ޖީ! ޔޫ ޝުޑް ހޭވް ސީން ހިޒް ފޭސް! ހީ ވޯޒް ސޯ ޕިސްޑް. ހީވީ ދެންމެ ދެންމެ އަކު އައިސް އެލީގެ ދެލޯ ކޮނެލަ ފާނޭ! ހަހަހަހާ.” އާލިޔާ ހޭން ފެށިއެވެ.

“އެލާޓް. ހޭންޑްސަމް އެން ހޮޓް އެލާޓް.” ކުއްލިއަކަށް މަލްދާ އާލިޔާގެ ފަހަތަށް ބަލައިލިއެވެ.

“ވަޓް؟” އާލިޔާ އަހާލިއެވެ.

 

“ދި ޑެވިލް އިޒް އޮން ހިޒް ވޭ ހިޔާ.” މަލްދާ ބުނެލިއެވެ. ވަގުތުން އާލިޔާ އަނެއް ފަރާތަށް އެނބުރުނެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ.

ޔަކްޒަލް އައި ގޮތަށް އައިސް އޭނާގެ އަތުގައި ހުރި ފިނިފެން ތަށި އާލިޔާގެ ބޮލަށް އޮއްސާލިއެވެ. އަދި ހެމުން، “ކަރްމާ އިޒް އެ ބިޗް، އިޒްންޓް އިޓް، ބްލެކް ލިލީ؟” އޭ ބުންޏެވެ.

 

“ޔާކްކްކްޒާލްލްލްލްލްލްލްލްލްލްލް!!!!!!!!!!”

….

ބްލެކް ލިލީ އަކީ ޔަކްޒަލް އަލިޔާ އާއި ދިމާއަށް ކިޔާ ނަމެކެވެ. އޭނާ ބުނާގޮތުގައި އެއީ އާލިޔާ އަބަދުވެސް މާ ކަންތައް ބޮޑުކޮށްގެން އުޅޭތީ އާއި އަބަދު މޫޑީވެފައި ހުންނާތީއެވެ. ނަމަވެސް ސުވާލަކީ އެނަމުގެ ފަހަތުގައި އިތުރު ސިއްރެއް އޮވެދާނެ ބާވައޭ އެވެ؟

 

❤️❤️❤️❤️

Hope you guys liked this story. ☺️

Shai 🌸

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!