Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 35

Najdha Level 210 Stories100 Login
June 5, 2021 7 Mins Read
3 Comments

އެއްވެސް ވާހަކަ އެއް ނުދައްކާ އަޒާން މާޝާ ގައިގައި ބައްދާލައިގެން އޮތްއިރު އަޑުން އަޑުނަގާ މާޝާ ރޮމުން ގެންދިޔައެވެ. ހާނިޔާގެ މަތިންވެސް މާޝާ ހަނދާނެއް ނެތެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މަޑުމަޑުން އަޒާން މާޝާގެ ކޮނޑުގައި ހިފާ ސޯފާގައި ބޭންދިއެވެ. ހަމަ އެ ވަގުތު މީހަކު ދޮރުގައި ޓަކި ދިނެވެ. މާޝާގެ ހިތް ބިރުގަތެވެ. އަޒާން މިތާ ހުއްޓައި މީހަކަށް ފެނިއްޖެނަމަހިތަށްއަރާނީ ކީކޭހެއްޔެވެ. އަޒާން ދޮރު ހުޅުވަން ދާން ފެށުމުން އޭނާގެ އަތުގައި މާޝާއަށް ހިފެހެއްޓުނީވެސް އެހެންވެގެންނެވެ. ނަމަވެސް މާޝާގެ އަތް ނައްޓުވާލުމަށްފަހު ހަމަޖެހިގެން އިނުމަށް އަތުން އިޝާރާތްކޮށް ދޮރުހުޅުވިއެވެ.

 

**********************************

 

“ކޮބާ މާޝާ؟ ވާހަކަ ދެއްކީތަ؟ ހާދަ ވަރަކަށް ރޯ އަޑު އިވެޔޭ” ބޭރުން ހަސީނާ ވާހަކަ ދައްކާ އަޑު މާޝާއަށް އިވުނެވެ. ” ރުއީމާ މާޝާ ހަމައަކަށް އެޅޭނީ. އިރުކޮޅަކުން ރަނގަޅުވާނެ މަންމާ.” ދެން ވާހަކަ ދެއްކީ އަޒާންއެވެ. “ނިޔާ ހޭލަފާނެއެއްނު. މަންމަ ނިޔާ ގެންދަންތަ؟”

“ނިޔާ ހޭލައިފިއްޔާ އަހަރެން ގުޅާނަން މަންމައަށް. ދޭ ނިދަން. އަހަރެން ދާނަން މާޝާ ނިދީމަ. ދޮރުތަޅު ލާފަދާނީ.”

 

“މިއޮތީ ސޭންޑްވިޗްއަކާއި ޖޫސްތަށްޓެއް. މި ދެވޭތޯ ބަލައްޗޭ. އެއްވެސް ކަމެއް ދިމާވެއްޖެއްޔާ ގުޅާތި އެނގޭ” ހަސީނާ އަތުގައި ހުރި ތަކެތި އަޒާންއަށް ދިނުމަށްފަހު ހަސީނާ ދިޔުމުން އަޒާން އެތަކެތި ހިފައިގެން ކޮޓަރިއަށްވަނެވެ. ” މަންމަ މެންނަށް އެނގޭދޯ އަޒާން އައިކަން” މާޝާއަށް ކުރެވުނު ޝައްކު ޔަޤީންކޮށްލަން ބޭނުންވެގެން އެއްސެވެ. “އާނ. މާޝާގެ މަންމަ އާއި ބައްޕަ އެދިގެން މިއައީ. މާޝާއަކީ ގާތް އެކުވެރިއެއްވެސް ހުންނަ ކުއްޖެއްނޫން މިހާރަކު. މައިންބަފައިން ކައިރީ ބުނަން ނުކެރޭ ވާހަކަތަށް އަމިއްލައަށް ހިތުތެރެއަށް ގިނަކޮށްގެން މީހާ ތީނދަ ހަލާކުވަނީ. އަހަރެންވެސް މީނީ މާޝާ ހިތުގެ އަޑު އަހަން ބޭނުންވެފަ. މާޝްއަށް ތިހިރަ އަންނަމުންދާ ބަދަލުތަކުން އަހަރެން ހިތް ފަޅައިގެން ދާވަރުވޭ.” މަޑުމަޑުން މާޝާގެ އަތުގައި ފިރުމަމުން އަޒާން ވާހަކަ ދެއްކިއެވެ. އޭރުވެސް މާޝާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތަށް ފައިބައެވެ.

 

” އަން. މި ކާލަބަ ޕްލީސް. އަހަރެންނަށް ޔަޤީން މާޝާ ހުންނަނީ ނުލާހިކު ބަނޑުހައިވެފަކަން. އަނެއްކާ ފީޑް ކުރާއިރު ނިޔާއަށްވެސް ވިސްނާލަންވާނެއެއްނު” އަޒާން ދިއްކޮށްލި ސޭންޑްވިޗްގައި މާޝާ ހިފިއެވެ. އަދި ކަރުނަތަށް ފޮހެލުމަށްފަހު ލަސްލަހުން ކާން ފެށިއެވެ. ހަޤީގަތުގައިވެސް ހިތުގެ އުދާސްތައް ބޭރުކުރުމަކީ ހިތަށް ހަމަޖެހުން ގެނުވައިދޭ ކަމެއްކަން މާޝާއަށް އިހްސާސްކުރެވުނެވެ. ހިޔާލުތަކުން ބޭރުވީ ނިޔާ ރޯން ފެށިއަޑަށެވެ.

” ތި ކައި ނިންމާ. އަހަރެން ނިޔާ ނަގާނަން” ތެދުވަން ފެށުމުން އަޒާން މާޝާގެ ކޮނޑުގައި ހިފާ އަނެއްކާވެސް ސޯފާގައި ބޭންދުމަށްފަހުގޮސް ހާނިޔާ އުރާލިއެވެ. ” ތީނދަ ހޮޓް ބޭގް ތެރޭގަ އިންނާނެ ބުއްފުޅި ހަދާފަ” ކުރެހިފައި ވާއަޑަކުން ނިޔާގެ ބުއްފުޅި އިންތަން މާޝާ ބުނެދިނެވެ. އަޒާން ބުއްފުޅި ނަގާ ހާނިޔާއަށް ޖެއްސުމާއިއެކު ހުއްޓާލިއެވެ. އަދި އެނދުގައި ބާއްވާ މަޑުމަޑު ރާގެއް އަޅުވާލިއެވެ. އެތަން ބަލަން އިރުކޮޅަކު އިނުމަށްފަހު ވެފައި ހުރި ވަރުބަލިން ސޯފާގައި ލެނގެލިތަނުން މާޝާއަށް ނިދުނެވެ. މާޝާއަށް ހޭލެވުނީ އަނެއް ދުވަހުގެ 9 ވެސް ޖެހިފަހުންނެވެ. ފުންމައިގެން ތެދުވި އިރު މާޝާއަށް އޮވެވުނީ މާޝާގެ އެނދުގައެވެ. އެތަނަށް މާޝާ ދިޔަ އިރެއް އަދި ގޮތެއްވެސް ހަނދާނަކަށްނައެވެ. އަވަސް އަވަހަށް ހާނިޔާގެ އެނދާއި ދިމާއަށް ދިޔައިރު ހާނިޔާވެސް ނެތެވެ. އެ ހުރިގޮތަށް ދުވެފައި ބޭރަށް ނުކުތްއިރު ގޯތި ތެރޭގައި އިން އުނދޯލީގައި މާޝާގެ ބައްޕަ މުހައްމަދު ހާނިޔާ އާއިއެކު ކުޅެން އިނެވެ. މަންމަ ހަސީނާ ވެސް ކައިރީގައި އިނެވެ.

 

“އަނހަ. ދަރިފުޅާ ހޭލެވުނީތަ؟ ދަރިފުޅު ނިދާފަ އޮތީމާ ނުގޮވާންވެގެން ނިޔާ ނެގީ. ފެންވަރުވާ ސައިދީ ހަދާފަ މީނދީ. ދޭ ދަތް އުނގުޅާލައިގެން ސައިބޯން އަންނަން. މަންމަ މިއަދު ހުންނާނެ މަސްކުރޮޅި ހަދާފަ” ހަސީނާ މާޝާއާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ހޭލެވުނު އިރު މާޝާއަށް ހިތްހަމަ ޖެހުން އިހްސާސްކުރެވުނެވެ. ހުވަފެނުން މާޝާ އަކަށް މިޝަލްއެއްވެސް ނުފެނެއެވެ. އެހާ ގިނައިރު ނިދުނީވެސް އެހެންވެގެން ކަންނޭގެއެވެ. ކިތަންމެ ލަސްވި ނަމަވެސް ފެން ވަރައިގެން ނުކުމެ ފަތިސް ނަމާދުކޮށްލޖއެވެ. އަދި ބޭރަށް ނުކުމެ ބަދިގެއަށްވަދެ ސައިވެސް ބުޔެވެ. ހަސީނާ ބަދިގެއަށް އައިސްވަނީ މާޝާ ސައިބޮއެގެން ތަށިތަށް ދޮންނަން ހުއްޓައެވެ.”ކޯންޗެއް މިއަދު މެންދުރަށް ތައްޔާރުކުރާނީ؟” ހަސީނާ ބަދިގެއަށް ވަންނަމުން އަހާލިއެވެ.”ކުކުޅު ފިހެފަ މުގުރިހަ ކައްކަމާ ” މާޝާ ހިޔާލެއް ދިނެވެ. ހަސީނާ އެންމެ ރަނގަޅު ކަމުގައި ބުންޔެވެ.

 

ގިނަ ދުވަސްތަކަކަށްފަހު މާޝާ ހަސީނާ އާއި ދެމީހުން އެކީގައި މެންދުރަށް ކެއުން ތައްޔާކުރިއެވެ. ބަދިގޭގައި އުޅުނު އިރުވެސް އެކި ވާހަކަ ދެއްކިއެވެ. އެހެން ދުވަސް ދުވަހު މިޝަލްގެ ވާހަކަ ދެއްކުމުން އުނދަގޫ ވީ ނަމަވެސް އެ ދުވަހު އެކަހަލަ އިހްސާސްއެއް މާޝާ އަކަަށް ނުކުރެވެއެވެ. މެންދުރަށް ކައްކާ ނިންމުމަށްފަހު ހާނިޔާއަށް ކާންދީގެން ނިންދެވުމަށް މާޝާ ކޮޓަރިއަށް ވަނެވެ. އަދި ފޯނު ނަގާ އަޒާން އަށް މެސެޖެއް ކޮށްލިއެވެ. “ތެންކިއު” މެސެޖް ފޮނުވިތާ އިރުކޮޅެއްގެ ތެރޭގައި އަޒާން ޖަވާބު ފޮނުވިއެވެ. “މާޝް ޝުކުރު އަދާކުރަކަށް ނުޖެހެޔޭ. މާޝް ހަމަ ޖެހިގެން އުފަލުގަ އުޅޭތަން ދެކެން ބޭނުމީ. އަނެއްކާ މާޝް ގަދަވެ ސަލާމަތުން ހުރެގެން ދޯ އަހަރެން އިންނާނެ މީހެއް ވާނީވެސް” އަޒާން ގެ ޖަވާބުން މާޝާ ކުޑަކޮށް ހިތް ނުތަނަވަސް ވިއެވެ. “އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫން. އަދި މިޝަލް ނިޔާވިތާ މާ ގިނަ ދުވަސް ތަކެއްވެސް ނުވޭ. އެކަހަލަ ކަމަކާ އަހަރެންނަށް ވިސްނަން ނުވެސް ކެރޭނެ” މާޝާ ވިސްނާ ނުލާ ހިތަށް އައިގޮތަށް މެސެޖް ލިޔެފައި ފޮނުވާލީއެވެ.

“ކާކު ބުނީ އަހަރެން އިންނަނީ މާޝާއާއޭ؟ ބަލަ އަހަރެން އިންނާނެ މީހެއް ހޯދަން ހަވާލުކުރީ މާޝް އަކާ ނު! އެވާހަކައޭ މި ބުނީ. އެކަމަކު ގުޑް ޓު ނޯ ކޮންމެސް ދުވަހަކުން އަހަރެންނަށް މާޝް ލިބުމުގެ އުންމީދުއާ ކޮށްލަ ދިނީތީ” ތެދެކެވެ. އަޒާން އިންނާނޭ މީހަކު ހޯދަދޭން މާޝާ އަށް އޮތީ ހަވާލުކޮށްފައެވެ. ލަދުގަތުމާއިއެކު އަވަހަށް ފޯނު ބޭއްވުމަށްފަހު ބޭބީ މޮނިޓަރ ހިފައިގެން ބޭރަށް ނިކުތީ އުނދޯލީގައި ހަސީނާ އިންތަން ކުޑަ ދޮރުން ފެނިގެންނެވެ.

 

މިޝަލް ނިޔާވުމަށްފަހު މާޝާގެ މައިންބަފައިންނާއި ހާނިޔާއަށް ޚާއްޞަ ގާތްކަމެއް އަޒާން ބަހައްޓާކަން މާޝާއަށް ފާހަގަކުރެވުނެވެ. ޝޫޓިންގ ނިންމާފައި ހަވީރު އަންނަ ގޮތަށް ހާނިޔާ ގޮވައިގެން ދުއްވާލަން ދެއެވެ. އެހެންކަމުން ފަހުން ފަހުން އައިސް އަޒާން އަންނާނޭ ގަޑިއަކަށް ހާނިޔާވެސް ހުންނީ އިންތިޒާރުގައެވެ. އަޒާން ފެންނައިރަށް ” ދެދީ” ގޮވަމުން އަޒާން ފަހަތުން ދުއްވައިގަނެއެވެ. “ދެދީ=ޑެޑީ” އަކީ ހަސީނާ ހާނިޔާއަށް ދަސްކޮށްދިންނަމެކެވެ. މާޝާ އެކަމާ ހަސީނާއާއި ވާހަކަ ދައްކަން އުޅޭ އިރަށް ހަސީނާ ކޮންމެވެސް ވާހަކައެއް ފަށާފައި އަބަދުވެސް ބޯދަމައިގަނެއެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް ބައްޕަ އެއްގެ ލޯބި ހާނިޔާއަށް އުނި ވާނެކަން މާޝާއަށް އިހްސާސްކުރެވެއެވެ. އެގޮތުން އެ ލޯބި ހާނިޔާ އެ ހޯދަނީ އަޒާންގެ ފަރާތުންހެންވެސް ބައެއް ފަހަރު މާޝާއަށް ހީވެއެވެ. މިވީ ދުވަސްތަކުގައި މާޝާގެ މައިންބަފައިން މާޝާ ދެވަނަ ކައިވެންޏެއް ކުރުމަށް ނަސޭހަތްތެރިވެއެވެ. އޭގެން ކޮންމެ ފަހަރަކުވެސް އަދި ކައިވެންޏެއް ކުރަން ބޭނުން ނުވާކަމުގައި ބުނެ މާޝާ އެ ތަނަކުން ތެދުވެގެން ދަނީއެވެ.

 

އާދައިގެމަތިން ރޭގަނޑުގެ ކެއުން ނިންމާލުމުމަށްފަހު ހަސީނާއާއި މުހައްމަދުއައި އެކު މާޝާވެސް އިނީ އުނދޯލީގައި ދުފާލާށެވެ.އެކި ވާހަކަ ދައްކަމުން ގޮސް މައުލޫ ބަދަލުވީ މާޝާ މީހަކާ އިންނަ ވާހަކައަށެވެ. ” ދަރިފުޅުދެން އެކަނި ތިހެން ޒުވާން އުމުރު ނަގާލާތީ ބައްޕަމެން ކަންބޮޑުވޭ. މިޝަލް ނިޔާވިފަހުންވެސް މަސްދުވަސްވީ. އަދިވެން މީހަކާ ވާހަކަ ދައްކާލާ އާ ދިރިއުޅުމެއް ހޯދުމަށް ވިސްނަނީއެއް ނޫންވިއްޔަ. ނިޔާވެސް ބައްޕަ އެއްގެ ލޯބި ބޭނުންވާނެ އެއްނު.” މާޝާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއިއެކު މުހައްމަދު ވާހަކަ ދެއްކިއެވެ.”ނިޔާގެ ކާފަމެން ތިތިބީ ނު. ނިޔާއަށް އެއްވެސް އެއްޗެއް މަދެއް ނުވާނެ. އަހަރެން މީހަކާ އިންނަ ޚިޔާލެއް ނުކުރަން އަދި” އަބަދުވެސް ދޭ ޖަވާބު މާޝާދިނެވެ. “މަންމަ އަށްވެސް ޔަޤީން މިޝަލްވެސް ބޭނުންވާނީ ދަރިފުޅު އާ ދިރިއުޅުމެއް ފަށަންކަން. މިއީ ދުނިޔެއޭ ދަރިފުޅާ. ތިހެން އުމުރު ހުސްކޮށެއް ނުލެވޭނެ. ދަރިފުޅުގެ މަންމައާއި ބައްޕަ ބޭނުމެއް ނުވާނެ އުމުރު ދުވަހު ތިހެން ހުވަފަތް ވެފަ އިންނާކަށް” ހަސީނާ އެބުނީ ތެދެއްކަން މާޝާއަށްވެސް ވިސްނުނެވެ. “މި ރަށުގަ ނެތެއްނު އަހަރެން އިންނާނޭ ކަހަލަ މީހެއް. މަންމަމެން ދެން ހޯދަބަލަ އަހަރެންނާ އިދެގެން މިގޭގަ ދިރިއުޅޭނެ މީހެއް. އޭރުން އަހަރެން ވިސްނާނަން” މާޝާއަށް ޔަޤީންވާކަމަކީ ކޮންމެ މީހަކުވެސް ކައިވެނި ކުރުމަށްފަހު އަނބިމީހާ އަމިއްލަގެއަށް ނުވަތަ ދިރިއުޅުމަކަށް ގެންދަން ބޭނުންވާނެކަމެވެ. ނަމަވެސް މާޝާ ދާކަށް ބޭނުމެއް ނުވެއެވެ.

 

“ބައްޕަ ވިސްނައިފީމޭ. ކުމުންދޫ ބޯޓް ދުއްވާ ޔައުގޫބުގެ ހަގު ފިރިހެން ދަރިފުޅު އެހަކަށް ދުވަހަކު އެއައީ ޑޮކްޓަރުކަން ކިޔަވައިގެން. ޔައުގޫބްއެހި ދަރިފުޅު ބައްޕަ ކައިރީގައި ދަރިފުޅު ދެން މީހަކާ ނުދެވާނަންތޯވެސް. އެސޮރުވެސް ކައިވެންޏެއްކޮށްގެން ކިޔަވަންގޮސް ހުއްޓަ ޔޯ އަންހެނުން ވަރިވާން ބޭނުންވެގެން ވަރިކުރީ. މި ބައި އެހަދަނީ އެ ސޮރަށޯ.”ޖެހިގެން ހުރިގޭގެ ހަދާ ނިމެންކައިރިވެފައި ހުރި ޢިމާރާތަކަށް އިޝާރަތްކޮށްފައި މުހައްމަދު ވާޙަކަ ކުރިއަށް ގެންދިޔައެވެ. “ބައްޕައަށް ފެނޭ ދަރިފުޅު އެކަމާ ވިސްނާލަން. ގެއާއިވެސް ކައިރި. ބޭނުން އިރަކުގެއަށް އައިސް އުޅެވޭނެ. އަނެއްކާ އެ ސޮރުވެސް އެއީ ނުލާހިކު ބަސްއަހާ އަޚުލާގު ރަނގަޅު ސޮރެއް.” މުހައްމަދު މާޝާގެ ބޮލުގައި ފިރުމާލިއެވެ. “އަހަރެން އެކަމާ ވިސްނާފަ ބައްޕަ ކައިރީ ބުނާނަން” އިތުރަށް އެވާހަކަ ދައްކާ އަޑު އަހަން މާޝާ ބޭނުމެއް ނުވިއެވެ. ބޭނުންނުވުމުން އިންތަނުން ތެދުވެހިނގައިގަތެވެ.

 

ކޮޓަރިއަށް ވަދެގެން ދިޔައިރު ހަސީނާއާއި މުހައްމަދު މާޝާ އެކައިވެންޔަށް ރުހޭނެ ބާއޭ ބުނިއަޑު އިވުނެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއްނުދީ ކޮޓަރިއަށްގޮސް ވަނުމަށްފަހު ދެކުވުނު ހުރިހާ ވާޙަކަތަކެއް އަޒާންއަށް މެސެޖްކުރިއެވެ. ފައިހާ މާޝާ އާއި ވާހަކަ ނުދައްކާތީ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް މާޝާ ހިއްސާ ކުރަނީ އަޒާން އާއެވެ. “ދެން އިނދޭ އަވަހަށް” އަޒާންގެ މެސެޖް ވަރަށްވެސް ކުރެވެ. އެ މެސެޖް ކިޔާލުމުންވެސް މާޝާ އިންތިހާއަށް ރުޅިގަދަވިއެވެ. ފޯނު ބާރަށް އެނދުމައްޗަށް އެއްލުމަށްފަހު އެނދުގައި ޖައްސާލިއެވެ.

“ބައްޕަ އެ ބުނި ޔައުގޫބްގެ ހަގު ފިރިހެންދަރިއަކީ އަހަރެންނަށްވުރެ 6 އަހަރު ބޮޑު ކުއްޖެކެވެ. އަޚްލާގާއި އުޅުން ކިތަންމެ ރަނގަޅަސް ދެން އަޒާން ނޫން އެހެން މީހަކާއި އަހަރެން އިންނަން ބޭނުމެއް ނޫނެވެ.” މާޝާ ހިތާއި ހިތުން ބުނެލިއެވެ. އެދޭތެރެއަށް އަޒާން އައީ ކީއްވެ ބާއޭ ހިތަށް އެރީ ދެނެވެ.

 

“އަނެއްކާ އަހަންނަށް އަޒާން ދެކެ ލޯބި ވެވުނީބާ؟ ނޫން އެހެނެއް ނުވާނެ.” އެކި ހިޔާލު ތަކުން މާޝާގެ ބޮލަށް ބާރުކުރަމުން ދިޔައެވެ. ބޮލުގައި ހިފާ ބާލިސްތެރޭ މޫނު ފޮރުވާލިއެވެ. މާޝާ އަށް ހޭލެވުނީ އަނެއް ދުވަހުގެ ހެނދުނު އެވެ. ގޭތެރެއަށް ނުކުތް އިރު އަޒާން ވެސް އުޅެއެވެ. މާޝާ ގޭތެރެއަށް ނުކުމެ ސޯފާގައި އިށީންތަނާ ހަސީނާ ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅު ދެވަނަ ކައިވެންޏެއް ކުރަން މަންމަމެން ވަރަށް ބޭނުން. މިއީ ދަރިފުޅު ކައިރިން އެންމެ ފުރަތަމަ އަދި އެންމެ ފަހުކަމަކަށްވެސް މަންމަ އެދޭނެކަން. ވަރަށް ރަނގަޅު ކުއްޖެއް ދަރިފުޅުގެ ކައިވެންޏަށް އެދި އެއައީ. ދެން އޮންނާނީ ދަރިފުޅުމެން ވާހަކަ ދައްކާލުން. ދެމީހުން ވާހަކަ ދައްކާލާފައި ދެމީހުންނަށް އެކަކު އަނެކަކު ކަމުދަންޏާ މަންމަ އެދެން މިކަމަށް އާބަސް ބުނަން.” މާޝާ ހަސީނާގެ އެދުމަށް އިޝާން އާއި ޖެހިގެން އަންނަ ރޭގަނޑު ބައްދަލުކުރަން އެއްބަސްވީ މާޝާގެ އަމިއްލަ ޕްލޭނެއް ހިތުގައި ރާވާލަމުންނެވެ. މާޝާ އޭނާ އާއި ބައްދަލުކޮށް އާދޭސް ކުރާނަމެވެ. ކައިވެންޏަށް ނޫނެކޭ ބުނެދޭން ށެވެ. މިޝަލްގެ ވަސިއްޔަތްވެސް ބުނެދޭނެކަމުގައެވެ. އޭނާ ކައިވެންޏަށް ނޫނެކޭ ބުނަންދެން އެކި ޢުޒުރުތައް ދައްކާނަމޭ އެހިތުގައި އޮތެވެ. މާޝާ ތެދުވަނިކޮށް ފޯނަށް މެސެޖްއެއް އައުމުން ބަލާލިއެވެ. މެސެޖްގައި އިނީ ހެޕީ ފޭސް އިމޯޖީއެކެވެ. “އާނއެކޭ ބުނީ. ދެން ބާރަށް ހީ” ޖަވާބުގައި މާޝާ އެހެން ބުނީ އަޒާން އެ މެސެޖްކުރީ މާޝާ އިޝާންއާއި އިންނަން އެއްބަސް ނުވީކަމަށް ހިތަށް އަރާފައިކަން ޤައިމުވީމައެވެ. ” އާނއެކޭ ބުނީމައެއްނު މި އުފާވީ. އައިލަވްޔޫ މާޝް” އަޒާން އެ އުޅެނީ މާޝާ ރުޅިއައިސް ހުރުމުން އިތުރަށް ރުޅި އަރުވަންކަން މާޝާއަށް ޔަޤީންކުރެވުނެވެ. “ފޯ ޔުއަރ އިން ފޯ. މަ ނުބުނަން އިންނާނަމެކޭ. ނުވެސް އުޅެން އިންނާކަށް. އައިމް ގުޑް ވިތް މައިސެލްފް އެންޑް ނިޔާ. އެހެން މީހެއް ބޭނުމެއް ނުވޭ. އޯކޭ” މެސެޖް ސެންޑްއަށް ޖަހާލާފައި މާޝާ ބޭރަށް ނުކުތް އިރު ޖޯލިފަތީގައި އަޒާން އޮތެވެ. މާޝާ އަޒާންއާއި ދިމާއަށް ބަލާވެސްނުލާ އޭނާ އުނގުގައި އިން ހާނިޔާ ނަގައިގެން ހިނގައިގަތެވެ.

 

އާޔޫ ސީރިއަސް” ސޭޑް ފޭސް އަކާއިއެކު އަޒާން މެސެޖްކޮށްލިއެވެ. “ޔެސް. އައިއެމް ޑެޑް ސީރިއަސް” ދެން އިތުރަށް އަޒާންގެ މެސެޖެއް މާޝާއަކަށް ނާދެއެވެ. މާޝާވެސް ގޮތް ދޫ ކުރާކަށް ބޭނުމެއް ނުވިއެވެ. އަޒާން ވެސް މާޝާ ރުޅިއަރުވަން އަބަދު ވާހަކަ ދައްކާނެއެވެ.

ޖެހިގެން އައިރޭގެ 7 ޖެހި އިރު ހާނިޔާ ނިންދެވުމަށްފަހު ބޭރު އުނދޯންޏަށް ނުކުތީ އެގަޑިއަށް ނުކުންނަން މުހައްމަދު ބުނީމައެވެ. އަދި ވާހަކަ ދައްކާލާ ހެދުމަށްފަހު ކާން ދިޔުމަށާއި ނިންމި ގޮތެއް މުހައްމަދު މެންނަށް ހިއްސާކުރަން މުހައްމަދު އެދުނެވެ. މާޝާ ނުކުމެ ބޭރު އުނދޯލީގައި ވިއްސަކަށް މިނިޓް އިންއިރުވެސް އިޝާންއެއް ނާދެއެވެ. އެހެންކަމުން މާޝާ ހަސީނާމެންގެ ގާތު އެވާހަކަ ބުނަން ދިޔައީ ނުހަނު އުފަލުން ހުރެއެވެ. މާޝާ ގެއަށް ވަތް އިރު ހަސީނާއާއި މުހައްމަދު މާޝާގެ އިންތިޒާރުގައި ތިއްބެވެ. ” ކޮބާ އަޒާން” އަޒާން އެގެއަށް އައިސް ހުރީ ހަސީނާގެ އެދުމުގެ މަތީންނެވެ. އަޒާން ފޮނުވާލާށޭ ބުނެވޭކަށް މާޝާއަކަށް ނެތެވެ. “މިހިރީ ނުން” ފަހަތުން އަޒާން ޖަވާބު ދިނެވެ. “ކޮބާ ދެ ކުދިން ވާހަކަ ދައްކާލައިފިންތަ؟ ބައްޕަ އާ މަންމަ ވަރަށް ވިސްނާފަ މާޝާއަށްވެސް ނިޔާއަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް ވީމަ ވާހަކަ ދައްކާލަން ބުނީ.” މި ފަހަރު ވާހަކަ ދެއްކީ މާޝާގެ ބައްޕައެވެ. “އަޅުގަނޑަށް ހިއެއްނުވޭ އަދި މާޝާ ކައިވެންޏަކަށް ތައްޔާރުހެން. އަޅުގަނޑަށް ފެންނަނީ މާ ބޮޑަށް ފޯސް ނުކޮށް މާޝާއަށް ޓައިމް ދޭން” މާޝާއަށް އެއްޗެއް ނުބުނެވެނީސް ވާހަކަ ދައްކަންފެށީ އަޒާންއެވެ. މާޝާ އިނީ ވާނުވާ ނޭނގިފައެވެ. ” ތައްޔާރު ނޫންކަން އެނގޭނީވެސް ވާހަކަ ދެއްކުނީމައެއްނު. ބޭރުގަ އިނދެ އިނދެފަ މިއައީ ނައީމަ.” މާޝާވެސް އަޒާންގެ ބަހަށް ވިއްދާފައި ވާހަކަ ފެށިއެވެ.

“ތެދެއް އަޒާން؟ ނުދަންތަ މާޝާ އާ ވާހަކަ ދައްކާކަށް؟” މި ފަހަރު ވާހަކަ ދެއްކީ މާޝާގެ މަންމައެވެ. މާޝާ އިނީ ރަނގަޅަށްވެސް ސުވާލު މާކެއްގެތެރޭގައެވެ. “މެސެޖް ކުރީމޭ. ވާހަކައިން އެނގޭ އެހާ ބޮޑަށް މީހަކާ އިންނަން ބޭނުން ނުވާކަން” އަޒާންވެސް ދިފާއުގަ ވާހަކަ ދެއްކިއެވެ.

“ބައްޕައަށް ފެނޭ އަދި ވިސްނާލަން. ބައްޕަމެން ވަރަށް އުފާވި އަދި ޤަބޫލު ކުރަންވެސް އުނދަގޫވި އަޒާން މާޝާއާ އިންނަން އެދުނީމަ. އިޝާންއަށްވުރެ އެތަށް ގޮތަކުން އަޒާން ރަނގަޅުވާނެ. އެއީ ހަމަ އަހަރެމެން ގެ ދަރިއެއް ކަހަލަ ކުއްޖެއް. ނިޔާވެސް ދެކެނީ އަޒާން އެއީ ނިޔާގެ ބައްޕަގެ ގޮތުގަ. އަނެއްކާ އަޒާން އެދެނީވެސް ކައިވެންޏަށްފަހު މިގޭގަ އުޅެން.” މުހައްމަދުގެ ވާހަކަތައް އަޑު އަހާފައި މާޝާ އިނީ އަނގަ ތަންމިނަށް ހުޅުވިފައެވެ. ވާނީވެސް އެހެންތާ އެވެ. އޭނާ އަށް އަދިވެސް އެ ވާހަކަތައް ގަބޫލުކުރަން ދަތިވަނީއެވެ. މާދަމާ ޖަވާބެއް ދޭނަން ކަމަށް ބުނެ މާޝާ ދިޔައީ ނިދަންށެވެ.

 

ހެނދުނު ހޭލާފައި މާޝާ އެންމެ ފުރަތަމަވެސް ދިޔައީ ހަސީނާ ހޯދާށެވެ. ބަދިގެ ތެރޭ ހުރުމުން އިތުރަށް އެހެން ތަނެއް ބަލާކަށް ދާކަށް ނުޖެހުނެެވެ. “އަހަރެން މި ކައިވެނި ކުރާނަން” ހަސީނާ އެއްޗެކޭ ބުނަން ވާއިރަށް މާޝާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

 

_____________________________________________________________

 

ހިޔާލު ތަކުން ބޭރުވެވުނީ ދޮރުގައި މީހަކު ޓަކި ދޭ އަޑަށެވެ. އޭރު މާޝާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަނުން ދިޔައެވެ. އަތުގެ ނުފުށުން ދެލޯ ފުހެލަމުން ގޮސް ދޮރު ހުޅުވި އެވެ. ދޮރުމަތީގައި ހުރި މީހާ ފެނުމުން މާޝާ ދިޔައީ ސިއްސައިގެންނެވެ.

 

– ނުނިމޭ –

= Amyra =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 34

Next

މަންމަ

Next
June 5, 2021

މަންމަ

Previews
June 5, 2021

ނަފްރަތުން ވެވުނު ލޯބި 34

3 Comments!

  1. Lam'aa says:
    June 5, 2021 at 9:47 pm

    Fahun fahun ais “nikan loabin” vhk ge vopy akah vefa mi othy, ehn meeheh ge vhk copy kurun huttaa laane kamah ummeedhu kuran. ehvx varakah story ah comment nukuriyas mi story gavaidhun kiyan. feshigen mihaa thanah ai iru vx story vrh reethi, kuriyah oeh thaa miah vure vx reethi vaane kamah hee kuran ?

  2. Naju / Amy says:
    June 5, 2021 at 9:55 pm

    Note: Many ppl are saying that i am copying the story ” nikan loabin ” but I never read that story.. and the ideas am using is my own.. hope you guys would understand ? If I was copying anything I would copy the whole thing not just one line or two line.. Thank you

  3. Yash li says:
    June 5, 2021 at 11:39 pm

    Yes you didn’t copy one line or two line.. but you copied last two part. (34 & 35). If you not copy dhn you don’t know each and every single word of NIKAN LOABIN. This 2 Part are just a copy past. Only change is names of the people.. bullshit..

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 36←


All Right Reserved!