Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 34

Najdha Level 210 Stories100 Login
June 5, 2021 5 Mins Read
2 Comments

އަޒާން ތެމިފައި ހުރުމުން ދިޔައީ ބަންގި ގޮވަން ވާއިރަށް ފެންވަރާލަށެވެ. އިޒާން ބަދިގެއަށް ވަނީ ބަނޑުހައި ވެގެންނެވެ. ނަމަވެސް ނަތާޝާ ވީ ތަނެއް ބަލާފަ ނޫނީ ނުކާން އިޒާން ގޮސް ވަނީ ކޮޓަރިއަށެވެ. އޭރުވެސް ނަތާޝާ އޮތީ ރަޖާ އަޅައިގެންނެވެ. އިޒާން އަށް އަދި މިއަދު ނަތާޝާ ހޭލާފައި ހުއްޓާ ނުފެނުން ނާޔޫސް ވިއެވެ. “ނަތާ އަނެއްކާ ބަލިބާ” ހިތާއި ހިތުން އިޒާން ބުނެލިއެވެ. ގޮސް ނަތާޝާގެ ކައިރީ ކުޑަ ކަކޫ ޖަހާ ނަތާޝާގެ ނިއްކުރީގައި އަތް ޖައްސާލލިއެވެ. ކަމަކު ދާކަށް ނެތެވެ. ހުން ވަރަށް ވެސް ގަދައެވެ. މުޅި މީހާ އޮތީ ދާހިތް ލައިގެން ފޯވެފައެވެ. އިޒާން އަމިއްލަ އަކަށް އެއީ ޑޮކްޓަރެއްކަން ވެސް ހަނދާން ނެތުނު ކަހަލައެވެ. އިޒާން ނަތާޝާއޭ ކިޔާ ހަޅޭލަވައިގަތް އަޑަށް ފައިހާ ދުވެފައި އައެވެ.

************************

“ޝީ ހޭސް ހައި ފީވާރ. ސޯ ވީ ވިލް ގިވް ސަމް އައިވީ އެންޑް ޑިސްޗާޖް” ޑޮކްޓަރ ބައްލަވާފައި އެންމެ ފުރަތަމަ ވެސް ބުނެލިއެވެ. ނަތާޝާ ހުން އައިސްގެން އުޅޭ ވާހަކަ ނުބުނުމުން އިޒާން ހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. އިޒާން މުޅި ރޭ ހޭދަކުރީ ހޮސްޕިޓަލުގައެވެ. ހެނދުނު ޑިއުޓީއަށް ދާން ޖެހޭކަން އެނގި ހުރެ ވެސް އިޒާން ނަތާޝާ އެހެންމީހަކުގެ ބެލެނިވެރިކަމުގެ ދަށަށް ލައިފައި ދާން ބޭނުން ނުވާތީ އިޒާން ގެއަށް ނިދަން ނުދިޔައީއެވެ.

މާޝާ ނިދާ ހޭލާފައި ފޯނު ބަލާލި އިރު ނުދަންނަ ނަންބަރަކުން ގުޅާފައި އިނެވެ. ފޯނަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހާނިޔާ އަދިވެސް ނުނިދާތީ މާޝާ ދިޔައީ ފެންވަރާ ނަމާދު ކޮށްލާށެވެ. ނަމާދު ކޮށްގެން ނިމި ޑްރެސިންގ ޓޭބަލް ކައިރީގައި ހުއްޓާ އެއްކަލަ ނުދަންނަ ނަންބަރުން ގުޅާލިއެވެ. ފޯނު ނަގާ މާޝާ “އައްސަލާމް އަލައިކުމް” މިހެން ބުނެލިއެވެ. “ވައަލައިކުމް ސަލާމް” އެކޮޅުން ސަލާމް ބަލައިގަތް އަޑު އިވުނެވެ. މާޝާއަށް ސިކުންތުކޮޅެއްގެ ތެރޭގައި އެމީހަކު އެއީ ކާކުކަން ދެނެގަންނާކަށް މާ އުދަނގުލެއް ނުވިއެވެ. ދެން ވިސްނުނީ އަޒާން އަށް ނަންބަރު ލިބުނީ ކިހިނެއް ބާއޭ އެވެ. އެއީ އިޒާންގެ ކަމެއްކަން އެނގުމުން މާޝާގެ ގާތަށް ހިނި އައެވެ. “ރޭގަ ގުޅާފަ އިނީމަ އުޅުނިން ގުޅާލަންވެސް” މާޝާ ނުކުތީ ބަދިގެއަށް ށެވެ. އޭރު މައިޝަމް ހެނދުނުގެ ސައި ތައްޔާރު ކުރަން އުޅުނެވެ. “ނިޔާ އާ ވާހަކަ ދައްކާލަން ގުޅީ” އަޒާން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. “ނިޔާ އޮތީ ނިދާފަ. ސޯ އަހަރެން ފޯނު ބާއްވަނީ. އަހަރެން ހޯދާކަށް ނޫނޭނުން. ބާއި” މާޝާ ފޯނު ކަނޑާލަ ކަނޑާލާ ހުއްޓާ އަޒާން މަޑުކޮށްބަލާށޭ ކިޔާ ހަޅޭލަވައިގަތެވެ. ހީވަނީ އަގުބޮޑު އެއްޗެއް މީހަކު ވަގަށް ނަގާތީ ހަޅޭލަވައިގަތް މީހެއް ހެނެވެ. މާޝާ ގެ ގާތަށް އައީ ނުލަފާ ހިންޔެކެވެ. “އަމް.. ކޭން ވީ މީޓް” އަޒާން މަޑު މަޑުން ބުނެލިއެވެ. “ސޯލޯ ޝޫޓިން މިރޭ ނިންމާފަ ވެދާނެ.” މާޝާ ވިސްނާލާފައި ބުނެލިއެވެ. އަޒާން ވެސް އެކަމާ އެއްބަސްވިއެވެ. އަދި ހާނިޔާ ހޭލުމުން ގުޅާށޭ ކިޔާފައި ފޯނު ބޭއްވިއެވެ.

އަޒާންގެ މޫނުމަތިން އެތަށް ދުވަހަކަށް ފަހު މާނަ ފުން ހިނިތުންވުމެއް ވެރިވިއެވެ. ވެފައި ހުރި އުފަލެއްގެ ބޮޑު ކަމުން ފާހަނައަށް ގޮސް ފެންވަރާލައިގެން ނުކުމެލީ މާޝާ އަށާއި ހާނިޔާއަށް ހަދިޔާ އެއް ގަތުމުގެ ނިޔަތުގައެވެ. އަޒާން ބަލަމުން ދިޔައީ އެއް އަހަރުގެ ކުޑަ ކުއްޖަކު ކުޅެން އެންމެ އެކަށީގެންވަނީ ކަހަލަގެ ކުޅޭ އެއްޗެއްސެވެ. އޭގެ ތެރެއިން އަޒާން އަށް ކަމުދިޔަ ދެތިން ކުޅޭ ސެޓަކާއި ކުޑަ ކުލަޖައްސާ ފޮތެއް ގަތެވެ. މާޝާ އަކީ މަލަށް ލޯބި ކުރާ ކުއްޖެއްކަމުން މާ ބޮނޑިއަކާއި “އެޑޯރަބަލް” ކިޔާ ބޮޑީ ސްޕްރޭ ފުޅިއަކާއި ރީތި ރަތް ކުލައިގެ ޝޯލް އަކާއި އަތް ދަބަހެއްގެ އިތުރުން ހޯލް އެއް ގަނެ ޕާރުސަލް ކޮށްލިއެވެ. އަޒާން ފިހާރައިން ނުކުންނަނިކޮށް ގޮސް ޖެހުނީ ކުޑަ ކުއްޖެއް އުރާލައިގެން ވަދެގެން އައި އަންހެނެއްގެ ގައިގައެވެ. އަވަހަށް މައާފަށް އެދެމުން އަތުން ވެއްޓުނު ކޮތަޅު ނަގައިގެން ތެދުވެ އެއްލި ކަޅި އަކުން އަޒާންގެ ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި ލިއުޝާއާއި އޭނާގެ ދަރިފުޅެވެ. އަޒާން އަކީ ކުޑަ ކުދިންނަށް ލޯބި ކުރާ މީހެއް ކަމުން ލިއުޝާގެ އުރުގައި އިން ލީޝާއަށް ބަލައި ހިނިތުންވުމެއް ރައްދުކޮށްލާފައި އަވަހަށް ދާން ނުކުތެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅު މަޑު ޖައްސާލަން ޖެހުނީ ލިއުޝާ ގޮވާލުމުންނެވެ. މާޝާ ކޮޓަރިއަށް ވަދެ އޮށޯވެލީ ގޭތެރޭގައި އިތުރު ކަމެއް ކުރަން ނެތުމުންނެވެ. އެހެން އޮއްވާ މީގެ އަހަރެއް ކުރީގެ ހަނދާންތައް އާވަމުން ދިޔައެވެ.
_____________________________________________________________

މާޝާ ނުނިދާތާ ހަފްތާއަކަށް ވުރެ ގިނަދުވަސް ވެދާނެ ކަމަށް ހަސީނާ ވަނީ އަޒާން ގާތު ބުނެފައެވެ. މިޝަލްގެ މަރުގެ ޚަބަރު ލިބުނު ވަގުތުން ފެށިގެން މާޝާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނާދެއެވެ. މީހުންނާ ވާހަކަ ދައްކާ ހިތް ނުވާ ކަމުގައި ބުނެއެވެ
ނަމަވެސް ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެއެވެ. ހާނިޔާގެ ކަންކަންވެސް ކުރެއެވެ. ނުނިދާ ދެތިން ހަފްތާ ވުމަށްފަހު ނިދި ޖެހެލެވޭއިރަށް މިޝަލް ފެނެއެވެ. އެއާއިއެކު މާޝާގެ ނިދި ގެއްލެއެވެ. މިކަމާ މާޝާގެ މައިންބަފައިން ކަންބޮޑުވާކަން މާޝާއަށް އެނގެއެވެ. ކިތަންމެ ފަހަރަކު އެ މަޝްވަރާކުރަނިކޮށް މާޝާއަށް އަޑު އިވެއެވެ.ކޮޓަރިން ނުނިކުންނާތީ އަޒާންވެސް ނުފެންނަތާ ތިންވަރަކަށް ހަފްތާ ވެދާނެއެވެ. އެއްދުވަހެއްގެ ހަވީރެވެ. ހާނިޔާ ގޮވައިގެން މާޝާ ބޭރަށް ނުކުމެލީ ހާނިޔާ ބޮޑާހާކާވަރުންނެވެ. ގޭގެ ސިޓިން ރޫމްއަށް ވަތްއިރު ހުރިހާ ހަސީނާއާއި މުހައްމަދުގެ އިތުރުން އަޒާން ސިޓީންރޫމްގައި ތިއްބެވެ. އެންމެންވެސް ތިބީ ކޮންމެވެސް މަޝްވަރާއެއްކުރަންކަން މާޝާއަށް ޔަޤީންވިއެވެ. މާޝާ ފެނުމާއިއެކު އަޒާން އައިސް ހާނިޔާ އުރާލައިގެން ބޭރަށް ނުކުތެވެ.

“މާޝާ ދަރިފުޅާ! އާދެބަލަ މިތާ އިށީންނަން” ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް ހަސީނާ އިށީންނަން އެދުމުން އިސްޖަހައިގެން ހުރެ ގޮސް މާޝާ ގޮނޑީގައި އިށީނެވެ. އަޒާން ހާނިޔާ ގޮވައިގެން އައިސް ގެއަށް ވަނީ ހަސީނާ ކޮޓަރިއަށް ވަން ވަގުތުއެވެ. ހާނިޔާއަށް ކާންދީ ފެންވަރުވާ ނިންދެވުނުއިރު 8 ޖަހައިފިއެވެ.އާދައިގެމަތިން ހާނިޔާ އާއި އެކު މާޝާވެސް އޮށޯތެވެ. ހާނިޔާ ނިންދެވުމަށްފަހު މާޝާ ބޭރަކަށް ނުދެއެވެ. ނަމަވެސް އެރޭ ހަސީނާ އާއި މުހައްމަދު ކާން ބަލާ އައުމުން ކާ މޭޒުކައިރީ އިށީނދެ ތަށްޓަށް ބަތް އަޅާ ރިހަކޮޅެއް އަޅާލިއެވެ. އެންމެން އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް އެ ވާހަކަތަކަށް މާޝާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ކާޙިތްވެސް ނުވެފައި ހުރުމާއިއެކު މާޝާ ބަތްތަށި ހާވަން އިނދެފައި ގެންގޮސް ޑަސްބިންއަށް އަޅާލާ އަތް ދޮވެލިއެވެ. އަދި ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. “މާޝާ އުޅޭ ގޮތުން އަހަރެން ހާދަ ހިތަށް ތަދުވެޔޭ” ނުކުންނަން ދިޔަނަމަވެސް ހަސީނާގެ ބަސްތައް ކިތަންމެ ހާވެސް ރީއްޗަށް މާޝާއަށް އިވުނެވެ. “މަންމާ. އިރާދަ ކުރެއްވިއްޔާ މާޝާ ހަމައަކަށް އެޅޭނެ. އަހަރެން މާޝާ އާ ވާހަކަ ދައްކާނަން” ދެން އިވުނީ އަޒާންގެ އަޑެވެ. ނަމަވެސް ފަސް އެނބުރި ބަލާ ނުލާ މާޝާ ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕީއެވެ. އަޒާން މާޝާގެ މަންމަ އަށް ކިޔަނީ މަންމައެވެ. އެހެންކިޔަން ޖެހުނީ ވެސް ހަސީނާގެ އެދުމުގެ މަތީންނެވެ.

އެނދުމަތީގައި އޮއްވާ އެއްލިކަޅިއަކުން މާޝާގެ ލޮލުގައި އަޅައިގަތީ މިޝަލް އެންމެ ފަހުން މަސައްކަތް ކުރި އޮފީހުން ގެނެސްދިން ފޮށިގަނޑެވެ. އެ އަދި ެސް ނުކަނޑާހުރުމުން ތެދުވެގެން ގޮސް ފޮށިގަނޑު ކަނޑާލިއެވެ. އޭގެ ތެރޭގައި މިޝަލް އޮފީހުގައި ބޭނުން ކުރަން ގެންގުޅުން ގަލަންތަކާއި ފައިލްތަކެއް ހުއްޓެވެ. އަދި މާޝާ އާއި ހާނިޔާގެ ލޯބި ލޯބި ފޮޓޯ ގަނޑެއް އޮތެވެ. އެހުރިހާ އެއްޗެއް ނަގާ އަލަމާރި މަތީގައި އަތުރާލިއެވެ. ދެން ފެނުނީ ކަރުދާސް ކޮޅެކެވެ. މާޝާ އެނގާ ކިޔަން ފެށިއެވެ. “ލޯބިވާ މާޝާއަށް، މާޝާއަށް މިސިޓީ ކިޔަން ލިބިއްޖެނަމަ އޭގެ މާނައަކީ އަހަރެން މާޝާ އަދި ނިޔާ ދޫކޮށް ދާން ޖެހުނީއެވެ. މިއީ ދެކެން ބޭނުން ވި ދުވަހެއް ނޫންނަމަވެސް އަހަރެން މިއައީ ހިތާ ސިކުނޑީން މި ފަދަ ދުވަހަކަށް ތައްޔާރުވަމުންނެވެ. ކިތަންމެ ބޭނުން ނުވިނަމަވެސް މާޝާ އާއި ނިޔާ ދޫކޮށް ދާން ޖެހުނީއެވެ. މާފް ކުރައްޗެވެ. މާޝާއެވެ. މާޝާ އެކު ހޭދަވި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. އެންމެ ކުޑަ އިރުއްސުރެ އަހަރެން ގެ ދިރިއުޅުމުގެ ބައިވެރިއަކަށް ހަދަން ބޭނުންވި މީހާއާއިއެކު ހަޔާތް ވޭތުކުރަން ލިބުނީތީ ﷲއަށް ހަމްދުކުރަމެވެ. އަދި މިވީ ދުވަސްތަކުގައި މާޝާ ދެރަވާ ފަދަ ކަމެއް ކުރެވިފައި ވާނަމަ މަޢާފަށް އެދެމެވެ. އަހަރެންގެ ދަރިފުޅު ލޯބިން ބަލާ ބޮޑުކޮށްދެއްޗެވެ. އެއްވެސް ކަމެއް އެދަރިފުޅަށް މަދުވިއަ ނުދެއްޗެވެ. ނިޔާދެކެ އަހަރެން ލޯބިވާވަރު ނިޔާއަށް ބުނެދެއްޗެވެ. ނިޔާ ބޮޑުވާތަން ފެނުމުގެ ނަސީބު ނުލިބުނު ނަމަވެސް ޖަންނަތުން ނިޔާއާއި ބައްދަލުވުމީ އަހަރެންގެ އަބަދުގެވެސް ދުޢާއެވެ. މާޝާއެވެ. އަހަރެން ދިޔުމުން އެކަނި އުމުރު ހޭދަ ނުކުރައްޗެވެ. ކޮންމެވެސް ދުވަހަކުން ދިރިއުޅުމެއް ފަށައްޗެވެ. ނިޔާއަށް ބައްޕައެއްގެ ލޯބި ހޯދަ ދެއްޗެވެ. އަޒާން އަކީ ވަރަށް ހިތްހެޔޮ އަޚްލާގު ރަނގަޅު މީހެކެވެ. ދުލުން ބަޔާން ނުކުރިނަމަވެސް އަޒާން ދެކެ މާޝާވާ ލޯބި ތި ދެލޮލުންނާއި ހިތުން އަހަރެންނަށް އިހްސާސްކުރެވެއެވެ. އަހަރެން މި ދުނިޔެއާއި ވަކިވެ ދާންވަންދެންވެސް ތިއީ އަހަރެންގެ އަތްބަކަށް ވީމަ ވަރަށް އުފާކުރަމެވެ. އަޒާންއާއި މާޝާ ގެ ލޯބީގެ ގުޅުން ފެށުނު ގޮތެއްވެސް އަހަރެންނަކަށް ނޭގެއެވެ. އަދި މިހާރު އެނގޭކަށްވެސް ބޭނުމެއް ނޫނެވެ. ދެ މީހުންވެސް އެއީ ސިއްރެއްގެ ގޮތުގައި ބާއްވާނީ ކޮންމެވެސް ސަބަބެއް އޮތީމައިކަމަށް އަހަރެން ޤަބޫލުކުރަމެވެ. މާޝާއެވެ! ވަރަށް ގިނަ ވާހަކަ ބުނަން ބޭނުންނަމަވެސް އެ ހުރިހާ ވާހަކައެއް ގަލަމުން ލިޔުމަކީ ކުރެވޭނޭކަމެއް ނޫނެވެ. ނަމަވެސް އަހަރެން މާޝާ ކައިރީ ބުނަން ކޮންމެހެން ބޭނުންވާ ވާހަކަތަކަށް ބުނެވުނީތީ އުފާކުރާ ހާލު އަހަރެމެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބީގެ ސިޓީ ނިންމާލަމެވެ. އަހަރެންނަށް ހެޔޮ ދުޢާ ކޮށްދެއްޗެވެ.” އެ ސިޓީ ކިއާ ނިމުން އިރު ހޯސްލާފައި މާޝާގެ ލޮލުން ކަރުނަތައް ފައިބައެވެ. ރޯން އިންދައި މާޝާ ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ދޭ އަޑަށެވެ. މާޝާ އެ ސިޓީ އަތުތެރެއަށް ބޮނޑި ކޮށްލަމުންގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އަޒާންއެވެ. އަހަރެން ދޮރު ހުޅުވާލުމާއިއެކު އަޒާން ކޮޓަރި ތެރެއަށްވަނެވެ.

“މާޝާ! ކިހިނެއްތަ ތި އުޅެނީ! މާޝާ ތި އުޅޭ ގޮތުން އެންމެ މީހެއް ދެ މީހެއް ނޫނޭ ހިތާމަ އެކުރަނީ!މިޝަލް ނިޔާވުމުގެ ހިތާމައަށްވުރެ މާޝާ ތިހިރަ އުޅޭގޮތުން މާޝްގެ މައިންބަފައިން ކުރާ ހިތާމަ މާ ބޮޑު! އަހަރެންގެ ހިތަށްވެސް ކެތް ވާވަރު ނުވީމަ އަހަރެން މި އަންނަން ޖެހުނީ!” އަޒާން މާޝާގެ ކޮނޑުގައި ބާރަށް ހިފައި ފާރާއި އަޒާން އާއި ދެމެދު މާޝާ ހައްޔަރުކުރިއެވެ. އަދި އެ ހިތުގެ ހުރިހާ އުދާސްތަކެއް ބޭރުކުރަމުން ދިޔައެވެ. “މާޝާ ނުކައި ހުރެގެން ބަނޑަށް މަރުވާންތަ ތިއުޅެނީ. ފިރިމީހާ ނިޔާވީމަ ދެރަވާނެކަން އަހަރެންނަށްވެސް އެނގޭ. މާޝާ! ރޮއެބަލަ! ހިތުގެ ހުރިހާ ވާނެއް ބޭރުކޮށްބަލަ! ތިހެން އުޅެގެން މީހާ މޮޔަވެދާނެ! ހެޔޮނުވާނެ މާޝާ!” މާޝާ ބިންމަތީގައި ކުޑަ ކަކޫ ޖަހާ އަޑުން އަޑުނަގާ ރޯން ފެށިއެވެ. އަޒާންގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އަޒާން ތިރިވެ މާޝާގެ ގައިގައި ބައްދާލިއެވެ. އެއްވެސް ވާހަކަ އެއް ނުދައްކާ އަޒާން މާޝާ ގައިގައި ބައްދާލައިގެން އޮތްއިރު އަޑުން އަޑުނަގާ މާޝާ ރޮމުން ގެންދިޔައެވެ. ހާނިޔާގެ މަތިންވެސް މާޝާ ހަނދާނެއް ނެތެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މަޑުމަޑުން އަޒާން މާޝާގެ ކޮނޑުގައި ހިފާ ސޯފާގައި ބޭންދިއެވެ. ހަމަ އެ ވަގުތު މީހަކު ދޮރުގައި ޓަކި ދިނެވެ. މާޝާގެ ހިތް ބިރުގަތެވެ. އަޒާން މިތާ ހުއްޓައި މީހަކަށް ފެނިއްޖެނަމަހިތަށްއަރާނީ ކީކޭހެއްޔެވެ. އަޒާން ދޮރު ހުޅުވަން ދާން ފެށުމުން އޭނާގެ އަތުގައި މާޝާއަށް ހިފެހެއްޓުނީވެސް އެހެންވެގެންނެވެ. ނަމަވެސް މާޝާގެ އަތް ނައްޓުވާލުމަށްފަހު ހަމަޖެހިގެން އިނުމަށް އަތުން އިޝާރާތްކޮށް ދޮރުހުޅުވިއެވެ.

– ނުނިމޭ –

= Amyra =

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ކައިރީގައި ހުރެލަން އަދު ބޭނުންވޭ

Next

ނަފްރަތުން ވެވުނު ލޯބި 35

Next
June 5, 2021

ނަފްރަތުން ވެވުނު ލޯބި 35

Previews
June 5, 2021

ކައިރީގައި ހުރެލަން އަދު ބޭނުންވޭ

2 Comments!

  1. Naju / Amy says:
    June 5, 2021 at 9:19 pm

    Rainberry for your kind information I never read nikan loabin and I never stole anyone’s story plus am not copying this is my own idea.. Anyways thank you for the compliment..
    I don’t care about views and all I’m not trying to impress anyone am just writing stories because my sister told me to.. so don’t just say anything that comes to your tongue.. I’ll say this again I NEVER READ NIKAN LOABIN SALAAM

  2. Yash li says:
    June 5, 2021 at 11:15 pm

    This is totally a copy of “NIKAN LOABIN”. Hama same thing.. Same dialogue… n Hama eh ves nujehey fahun eh vii gothe.. miiga Kuree part thakaa mi part aa varah thafaathu.. if you not ready NIKAN LOABIN. than why same dialogues came.. same shit happens..

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 35←


All Right Reserved!