“ހާއި.” ފާޚާނާއިން ނުކުތް ލާރާ ތާރާއަށް ފެނުނެވެ. “ހޭ.” ތާރާ ވެސް ގޮވާލިއެވެ. “ޔޫ އޯކޭ؟” ލާރާ އަހާލިއެވެ. ތާރާ ބޯ ޖަހާލިއެވެ. “އެބަ އަންނަން.” ތާރާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. އަދި ފެންވަރާ ލައިގެން ރީތި ވެލިއެވެ. ރަތް ކުލައިގެ އަތްދިގު ޓޮޕަކާއި ހުދުކުލައިގެ ޖީންސެއް ލައިގެން ތާރާ ބޭރަށް ނުކުތެވެ. އަތިރިމައްޗަށް ދެވުމުން އޭނާ ފޯނު ނަގައި އެލެކްސް އަށާއި ރީހަންއަށް ކޮންފަރެންސް ކޯލެއް ހަދާލިއެވެ. އަދި ވެގެން އުޅޭ ހުރިހާ ކަމެއް ކިޔައިދިނެވެ.
“ސޯ ޔޫ މީން އެ އަންހެން މީހާގެ ރުއިމުގެ އަޑު ޓްރިގާރްޑް ޔުއާ މެމޮރީސް؟” އެލެކްސް އަހާލިއެވެ. “ޔާ.” ތާރާ އެއްބަސް ވެލިއެވެ. “އެން ޔޫ ރިއަލައިޒްޑް ދެޓް ޔޫ އާންޓް ތާރާ.” ރީހަން ހައިރާންވެފައި ބުންޏެވެ.
“ޔެސް. އައިމް އެކްޗުއަލީ ސާރާ. އަހަރެންނަކީ ސާރާ.”
……………….
(އ/ނ- މިހިސާބުން އަޅުގަނޑު ތާރާއަށް ކިޔަން ފަށާނީ ސާރާ. އެހެންކަމުން އުންމީދު ކުރަން ކިޔުންތެރީންނަށް ނޯޅޭނެ ކަމަށް.)
……………….
ސާރާ އަނބުރާ ގޮސް ގެއަށް ވަނެވެ. އޭނާގެ ސިކުނޑި އެކި ހިޔާލުތަކުން ފުރެމުން ދިޔައެވެ. ނަމަވެސް އޭގެ ސަބަބުން ކުރިންހެން އޭނާއަކަށް އުނދަގުލެއް ނުވެއެވެ. ކުޑައިރު ހިނގާދިޔަ ހާދިސާތަކުގެ ޙިޔާލުން އޭނާއަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ބަޔާންކުރަން ނޭނގޭ ފަދަ އުފާވެރިކަމެކެވެ.
“އައި ތިންކް ވީ ޝުޑް ކޯލް ޕޮލިސް.” ކޮޓަރިއަށް ވަންއިރު ޒިޔާދާއި ޖައިޝް ލާރާ އާއި އެކު ތިއްބެވެ. “އާނ. މީހަކަށް އެވަރަށް އަނިޔާ ކުރާއިރު ބަލަހައްޓައިގެން ތިބޭކަށް ނުވާނެ.” ޖައިޝް ވެސް ޒިޔާދުގެ ހިޔާލަށް ތާޢީދު ކުރިއެވެ.
“އައި އޯލްރެޑީ ކޯލްޑް ދެމް. ތާގެ ފްރެންޑް ޕޮލިސް ގުރޫޕެއް އެބައާދޭ މިކޮޅަށް. ބަލާ މެންދުރު އެމީހުންނަށް އާދެވޭނެ ކަމަށް.” ސާރާ އޭނާގެ ބޫޓު ބާލައި ކޮޓަރީގެ އެއްފަރާތުގައި ބެހެއްޓިއެވެ. “ތޭންކް ގޯޑް. ދެންމެ ވެސް އެ އަންހެން މީހާ ރުއި އަޑު އިވުނު. ދެން އިވުނު ފިރިހެން މީހާ ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑު. އެމީހާ ކޮޓަރިން ނުކުމެގެން ދިޔަތަން ވެސް ދުށިން. ހީ ވޯޒް ޑްރަންކް.” ލާރާ ކިޔައިދިނެވެ.
“އަހަރެން ހޮސްޕިޓަލަށް ގުޅާފައި އަހަރުން 4 މީހުނަށް އެމެޖެންސީ އޮފް ޑިއުޓީއެއް ނަގައިފިން.” ލާރާ ބުންޏެވެ. “އެޔޯ؟” ސާރާ އެއްސެވެ. “ބިކޯޒް އައި ޑޯންޓް ފީލް ގުޑް އެ އަންހެންމީހާ އެކަނި ބަހައްޓާފައި ދާކަށް. ވީ ވިލް ވެއިޓް ޕޮލިހުން އަންނަންދެން. ބައި ދި ވޭ އައި އޯޑާރްޑް 2 ޕިއްޒާސް.” ލާރާ ބުންޏެވެ.
………………
އަނެއްކާވެސް އެއްކަލަ ފިރިހެންމީހާ ގެއަށް ވަދެގެން އައި ތަން ފެނުނެވެ. ސާރާމެން އެންމެން ތިބީ އެއްކަލަ އަނދިރި ކޮޓަރިއަށް ވަދެ ފިލައެވެ. އެމީހާގެ އަތުގައި ކުޑަ ލޯވަށްޓެއްގެ ފެން ހުއްޓެވެ. އަނެއްއަތުން ޕާން ފޮއްޗެއް ލާފައި އޮތް ތަށްޓެއް އޮތެވެ. އެމީހާ ތަޅުދަނޑިން ދޮރު ހުޅުވާފައި ވަނެވެ.
“އޭތް. ތެދުވަންވީ. ކަންނެތްވެގެން ތިހެން އޮތީމަ ކާކަށް ނުލިބޭނެ. އަން. ކައި.” އެމީހުން ބުނާ އަޑު އިވުނެވެ. އަދި އަންހެންމީހާގެ މަޑު ގިސްލުމުގެ އަޑު އިވުނެވެ.
“ކާށޭ!” ދެން އިވުނީ ތަށިތަކެއް ތަޅައިގެން ދިޔަ އަޑެވެ. “ކަލޭ ގާތު ކާށޭ ބުނީމަ ކާން ވެސް ނޭނގެނީތަ؟!”
އެމީހާގެ އަޑުގައި ވީ ރުޅިވެރިކަން އިވިފައި ލާރާ ސިއްސައިގެން ދިޔައެވެ.
ސާރާގެ ފޯނަށް މެސެޖެއް އައެވެ. ‘ލަފައިފިން. ލޮކޭޝަން ފޮނުވަބަ.’ ރީހަންގެ މެސެޖެކެވެ.
ސާރާ ލޮކޭޝަން ފޮނުވުމަށް ފަހު އޭނާގެ އެކުވެރިންނަށް ފޯނު ދައްކާލިއެވެ. އެމީހުނަށް މާގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. ސިޓިންރޫމު ބޮޑުދޮރު ހުޅުވާފައި ވަދެގެން އައީ ފުލުހުންގެ ޓީމެކެވެ. ސާރާމެން ފިލާ ހުރި ތަނުން ނުކުތެވެ. ވާނުވާ އިތުރަށް ކިޔާދޭކަށް ވެސް ނުޖެހުނެވެ. އެކޮޓަރިން އެ އަންހެން މީހާގެ ފަނޑު ރުއިމުގެ އަޑު އިވިފައި އެމީހުންނަށް ކަންތައް ކުރަންވީ ގޮތް އިވުނެވެ.
އެމީހުން ފުރަތަމަ ގޮސް ދޮރުގައި ޓަކި ޖެއްސެވެ. ދެތިން ފަހަރު ޓަކި ޖެހުމުން ފިރިހެން މީހާ ކާކުހޭ ބުނި އަޑު އިވުނެވެ. އަނެއްކާވެސް ޓަކި ޖެއްސެވެ. މިފަހަރުވެސް ކާކުހޭ އެހުމުން ޖަވާބު ނުދިނުމުން އެމީހާ ދޮރު ހުޅުވިއެވެ.
ކުރިމަތީގައި ހުރި ފުލުހުންގެ ޓީމު ފެނިފައި އެމީހާއަށް ތެޅިގަނެވިނެވެ. އަވަހަށް ދޮރު ލައްޕަން އުޅުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ފުލުހުންގެ ޓީމު ކޮޓަރިއަށް ވަދެގަނެ އެމީހާ ހިފެހެއްޓިއެވެ. އަދި ބިޑި އެޅުވިއެވެ. ސާރާމެން ވެސް ކޮޓަރި ތެރެއަށް ވަނެވެ. އެވަގުތު ބިންމަތީގައި ވެއްޓިފައި އޮތް އަންހެން މީހާ ފެނުނެވެ. އޭނާގެ މަޑު މުށިކުލައިގެ ދިގު ދިގު ބުޅި އިސްތަށިގަނޑު އޭނާގެ މޫނުމައްޗަށް ވެއްޓިފައި ވުމުން އެއީ ކާކުކަމެއް ނޭނގުނެވެ.
ސާރާމެން ގޮސް އެމީހާ ގާތު އިށީނެވެ. އަދި އޭނާއަށް ގޮވާލިއެވެ. އެމީހާ ކުކުރާލިއެވެ. އަދި ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ގައިން ވަގި ގޮސްގެން އަނބުރައި ގަނެގެން ވެއްޓުނެވެ. ސާރާ އެކުއްޖާ އަނެއްފަރާތަށް ފުރޮޅާލިއެވެ.
އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހޭނެތިފައި އެއޮތީ ދެވަނަ ދެމީހެއް ނޫނެވެ. އޭނާގެ އަމިއްލަ ސޫރައެވެ. އޭނާގެ ނަކަލެއް ފަދައެވެ.
އާއެކެވެ. އެއީ ނާޔާއެވެ. އަކުރަމްގެ ނާޔާއެވެ.
ސާރާ ގާތު ދެން ތިބި އެންމެން ވެސް ހައިރާންވިއެވެ. “ވަޓް؟” ޖައިޝަށް ބުނެވުނެވެ.
ތާރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެވަގުތު ރީހަނާއި އެލެކްސް ވެސް އައިސް އެތަނަށް ހުއްޓުނެވެ. ފުލުހުންގެ ބަޔަކު އެއްކަލަ ފިރިހެން މީހާ ގޮވައިގެން ދިޔައެވެ.
“ސާރު؟ އާ ޔޫ ތިންކިން ވަޓް އައިމް ތިންކިން؟” އެލެކްސް އަހާލިއެވެ. “އައި ޑޯންޓް ނޯ ވަޓް ޓު ސޭ. އައި ކާންޓް ބިލީވް ދިސް އިޒް ރިއަލް. އައި ފީލް ސޯ ސޭޑް އެން އޯލްސޯ ސޯ ހެޕީ. ދިސް ފީލްސް… އައި ޑޯންޓް ނޯ” ސާރާ ނާޔާގެ މޫނުމަތީގައި އަތް ހިންގާލިއެވެ.
………………….
އެ ކުއްޖާ އެޑްމިޓްކޮށްފައި އޮތް އެނދު ކައިރީގައި ސާރާ އިނެވެ. އަދިވެސް އޭނާއަށް ނާޔާގެ މޫނަށް ބެލެނީއެވެ. ޙަޤީގަތެއްކަން ގަބޫލުކުރަން ދަތިވެފައެވެ. އެންމެ ފަހަރަކު ވެސް އޭނާ އެހެން ދިމާއަކަށް ބަލައިލައިފިނަމަ އެކުއްޖާ ގެއްލިދާނެހެން ހީވާތީ އެވެ.
“ކީއްވެ އެމީހުން ތާ އާއި ދިމާއަށް އެ ކިޔަނީ ސާރު؟” ލާރާމެން އެތެރެއަށް ވަދެގެން އައެވެ. “ލޯންގް ސްޓޯރީ ޝޯޓް. އައި ލޮސްޓް މައި މެމޮރީސް ކުޑަ އިރު. އައި ގޮޓް ދެމް ބެކް އެއްޔެރޭ. އައި ރިއަލައިޒްޑް މައި ރިއަލް ނޭމް އިޒް ނޮޓް ތާރާ. ބަޓް ސާރާ.” ސާރާ އަދިވެސް އިނީ ނާޔާ އާއި ދިމާއަށް ބަލަހައްޓައިގެނެވެ.
“އައި ޑޯންޓް އަންޑާސްޓޭންޑް.” ޒިޔާދު ބުންޏެވެ. ތާރާ ހުރިހާ ވާހަކައެއް ا އިން ي އަށް ކިޔައިދިނެވެ.
“ވާވް. ވަޓް އެ ޓްރެޖިކް ލައިފް.” ލާރާ އެހެން ބުނުމުން ސާރާ ގާތަށް ހިނިއައެވެ. “ސޯ ޝީ އިޒް ޔުއާ ސިސްޓާ. އާ ޔޫ ޝުއާ؟ އެއްވައްތަރު ޖަހާ އިތުރު ކުއްޖަކު އުޅެފާނެނު؟” ޖައިޝް ބުންޏެވެ. “އައިމް ޝުއާ. މީނި މާނިއު އާއެއްކޮށް އިން ވީޑިއޯގަ ތާގެ ބޮލުގައި އިން ލަކުނު.” ސާރާ ނާޔާގެ ނިއްކުރީގައި އިން ލަކުނު ދައްކާލިއެވެ.
ކުއްލިއަކަށް ނާޔާ ކުޑަކޮށް ކެއްސާލިއެވެ. އަދި ލޯ ހުޅުވާލިއެވެ. ފުރަތަމާނުވެސް ހައިރާންވެފައި މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ދެން އޭނާއަށް ލާރާމެން ފެނުނެވެ. “ތެންކިޔޫ. ފޯ ސޭވިން މީ.” ނާޔާ ކުރުހިފައިވާ އަޑަކުން ބުންޏެވެ.
“ޔޫ އާ ވެލްކަމް. އެކަމަކު އަސްލު ތީނަ ސަލާމަތް ކުރީ އޭނަ.” ލާރާ ހީލަމުން ސާރާ އާއި ދިމާއަށް އިޝާރާތް ކޮށްލިއެވެ. ނާޔާ ތާރާ އާއި ދިމާއަށް ބަލައިލިއެވެ. ލިބުނު ސިހުމުން އޭނާ އެއްލައިގެން ނުދިޔައީ ވެސް ކިރިޔާއެވެ.
“ހާއި. ކޮކީ.” ސާރާ ކަރުނުން ފުރިގެންވާ ހާލު ހީލިއެވެ. ނާޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ދޮންތި؟ ސާ… ސާރު…” އޭނަގެ އަޑު ބެދުނެވެ. އަދި ރޮއެގަނެވުނެވެ. ސާރާ ނާޔާގެ ގައިގައި ބައްދައިގަތެވެ. “އައި މިސްޑް ޔޫ ތާ.” ސާރާ ވަރަށް ލޯބިން ނާޔާ އާދެ، ތާރާގެ ބޮލުގައި ފިރުމައިލިއެވެ.
އާއެކެވެ. ނާޔާގެ އަސްލު ނަމަކީ ތާރާއެވެ. ތާރާ ރައްޔާނެވެ. އެއީ ސާރާގެ އެއްމާބަނޑު ކޮއްކޮއެވެ. ތަޤުދީރުގެ ނިމުން ނިކަން ދެކި ބަލާށެވެ. ކިހާ ފުރިހަމަ ހެއްޔެވެ؟ އެންމެފަހުން ދެބޭން އެއްތަން ވީއެވެ.
“އައި މިސްޑް ޔޫ ޓޫ ދޮންތީ.” ތާރާ ބުނެލިއެވެ. “އައި ނޯ އެވްރީތިން. އެވްރީތިން އަޕް ޓު ތާ ފިލި ހިސާބަށް. އެ ނުބައި ނުލަފާ މީހުނަށް ޙައްޤު އަދަބު މިހާރު ދަނީ ލިބެމުން. އެމީހުން ވީ ޖަލުގަ، ކޮކީ.” ސާރާ ތާރާގެ ބޮލަށް ބޮސްދިނެވެ. “ދެން ދުވަހަކުވެސް ތާއަށް ގޮތެއްވިޔަކަ ނުދޭނަން. ދުވަހަކުވެސް. އައި ޕްރޮމިސް ޔޫ، ތާ.”
“ތެންކިޔޫ ދޮންތީ.” އެހެން ބުނެފައި ތާރާ ހުރިހާ ވާހަކައެއް ކިޔާދިނެވެ. އަކުރަމްގެ ވާހަކަ ވެސް މެއެވެ. “އަކުރަމޭ؟ މަޑު މަޑު މަޑު. ހީ ސެއިޑް ހީ ހޭޒް އެ ފްރެންޑް ހޫ ލުކްސް ލައިކްސް ޔޫ؟ އެން ހާ ނޭމް އިޒް ތާރާ؟ އެން ޝީ ހެޒްންޓް ޓޯކެން ޓު ހިމް ފޯ 5 އިޔާޒް؟” ސާރާ އަހާލިއެވެ. ތާރާ ބޯ ޖަހާލިއެވެ. “ދެން އައި ނޯ ދިސް އަކުރަމް.” ސާރާ އެހެން ބުނަމުން އޭނާގެ މާޒީގެ ޞަފްޙާތައް އަލުން ހުޅުވާލިއެވެ.
“…. ބަޓް ނައު އައި ނޯ އައިމް ނޮޓް ތާރާ. އައިމް އެކްޗުއަލީ ސާރާ.” ސާރާ ކިޔައިދިނެވެ. “އޯހްހް. ޑޫ ޔޫ ތިންކް ހީ ވިލް ހޭޓް މީ ނައު؟ ހީ ލުކްޑް ރިއަލީ ހާޓް.” ތާރާ ދެރަވެފައި ބުނެލިއެވެ. “އައި ޑޯންޓް ތިންކް ހީ ވިލް. ހީ ޑަޒްންޓް ހޯލްޑް ގްރަޖެސް އެގެއިންސްޓް އެނީވަން. އައިމް ޝުއާ ހީ ވޯންޓް ހޭޓް ޔޫ. ބިސައިޑްސް ޔޫ އާ ޓޫ ކިއުޓް ޓު ހޭޓް.” ސާރާ ތާރާގެ ކޮލުގައި ހިފާލިއެވެ. “އައިމް 25. ޑޯންޓް ކޯލް މީ ކިއުޓް.” ތާރާ ލަދުގަތެވެ. “އޮހް ޕްލީޒް! ޔޫ އާ.”
………………….
ހަފްތާއެއް ފަސް
……………..
ކޮތަރު ޕާކު ކައިރިއަށް ކިޔާންމެން ގޮސް ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުން ވުމެކެވެ. ޙާއްޞަކޮށް ކިޔާންގެއެވެ. އޭނާގެ ދެފައި އެއްތާކު ނުޖެހެއެވެ. “ސާބަސް ޔާން! ތި އިށީނދެ ބަލަ ކޮންމެވެސް ތާކު. ފޫ*ޅަށް ކަށްޓެއް ނުޖަހާނޭ!” ޒީނާ ގޮވާލިއެވެ. ކިޔާން ލޯ އަޅާލިއެވެ. ނަމަވެސް ބެންޗުގައި ނީށީނެވެ.
ކަނޑުގެ ލޮނުގަނޑު ކަފަމުން ފަޅުތެރެއަށް ވަދެގެން އައި ލޯންޗު ފެނުމުން އެންމެން ފާލަން ކައިރިއަށް ދިޔައެވެ. ލޯންޗު އައިސް ލެފިއެވެ. އިރުކޮޅެއްފަހުން މީހުންތައް ފައިބަން ފެށިއެވެ.
“ކޮބާތަ އޭނަ؟ އަދިވެސް ނުފައިބަ.” ކިޔާން ބުނެލިއެވެ. “ލުކް އެޓް ދި ލަވް ސްޓްރަކް ޕަޕީ.” ޖައިލަމް މަލާމާތް ކުރިއެވެ. “ސާބަސް.” ކިޔާން އަނެއްކާވެސް ލޯ އަޅާލިއެވެ.
ދެން ފެނުނީ ލޯންޗުން ބުރުގާ އަޅައިގެން ހުރި ކުއްޖަކު ފޭބިތަނެވެ.
❤️?❤️?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





Wow. Terrific. Ummm so sad this story is ending