އީތަން ހުރިގޮތް ފެނުމުން އީޝާ އީތަންއަށް ފުރަގަސް ދެމުން މޫނުގައަތް އަޅާލަމުން ” ސޮރީ” އޭ ބުނެލިއެވެ. އީޝާ ދުވަހަކުވެސް އީތަންއާ އެގޮތައް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އީތަން މިރޭ އެއަމަލު ކުރިގޮތުން ހާސްވެކަންބޮޑުވީއެވެ. އީތަން މަޑުމަޑުން ކުރިއަށްޖެހިލާ އީޝާގެ ދެކޮނޑުގައިހިފާ ގަޔާކައިރިއައް ދަމާލިއެވެ. އީތަންގެ މިއަމަލުން އީޝާ ސިހުނުނަމަވެސް މަޑުން ހުރީއެވެ. އެއީ އީތަންގެ އާދައެވެ. ދެރަވެ ކަމެއްގޯސްކޮށް ވެއްޖެނަމަ އީތަން ހޯދާނީ އީޝާއެވެ. ހިތްހަމަ ޖެހުންލިބެނީ އީޝާގެ ފަރާތުންވީމައެވެ. ދުނިޔެ ހިނގަނީ ތޮށަލިދުޅައަށެވެ. އެހެންކަމުން މިއަދު އީޝާގެ ވިސްނުންވެސް ވަނީ ބަދަލްވެފައެވެ. “ކިހިނެއްވީ..؟” ހުރިގޮތައްހުރެ އީޝާ ސުވާލު ކުރިއެވެ. “ކަމެއްނުވެ..” އީޝާއާ ދުރައްޖެހިލަމުން އީތަން ޖަވާބުދިނީ ދުރައްބަލަމުންނެވެ. އީޝާގޮސް ހުދުބޮކި ޖައްސާލަމުން އީތަންއާ ދިމާލަށް އެނބުރުނެވެ. އެވަގުތު އަވަސްއަވަހައް އިސްޖަހާލި އީތަންގެ ދެލޯ އީޝާއަށް ވަރަށް ރީތިކޮށް ފެނިގެންދިޔައެވެ. “އިސްނުޖެހިޔަސް އެނގޭ ރޮއެފަކަން.. ވީ […]
އާދައިގެވަރަކަށް ފިނިވައި ރޯޅި ޖެހެމުންްދިޔަރެއެކެވެ. ހަމަހިމޭން މަގުމަތިން ބާރުސްޕީޑްގައި ދުއްވާފައިދިޔަ ރަަތްކުލައިގެ ކާރު މަޑުކޮށްލީ ދެބުރީގެ އިމާރާތުގެ ގޭޓުކުރިމައްޗަށެވެ. ކާރުދޮރު ހުޅުވާލާފައި ނުކުތީ އާދައިގެ އިސްކޮޅެއްގެ ޒުވާން ފިރިހެން ކުއްޖެކެވެ. ހުދުކުލައިގެ ގަޔަށް ހެޔޮވަރު ގަމީހެއްގައި ހުރިއިރު އެފުރިހަމަ ކަމަށް އިތުރުފުރިހަމަކަމެއް ގެނުވީ ލާފައިވި ކަޅުހިމަ ފަޓްލޫނެވެ. ހީވަނީ މޮޑެލްއެއް ހެންނެވެ. އެ ކަޅުފަން އިސްތަށިގަނޑުގައި މަޑުތެއްކަމެއްވިއެވެ. ދޮންމޫނުމަތިން މަޑު ފިޔާތޮށިކުލައެއް އަރަމުންދިޔައިރު އެދެލޮލުން މަޑުރަތްކަމެއް ފެންނަމުންދިޔައެވެ. މޫނުމަތިން ނުރުހުމުގެ ކުލަވެސް ފެންނަހެން ހީވިއެވެ. ޖީބުގައި އޮތް ފޯނުނަގައި ގަޑިބަލާލިއެވެ. އެއްގަޑި ބައިވަނީއެވެ. ޖީބަށްފޯނުލަމުން އެތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ. ޖެހިލުމެއް ކަމެއްނެތި ގޭޓުހުޅުވާލުމަށްފަހު ދިމާލަކަށް ބަލައިލުމެއްނެތި ކުރިއަށްހިނގަމުން ދިޔައެވެ. ކޮޓަރީގައިވި މަޑުދަންބު ކުލައިގެއަލިންވެސް އެނދުގައި ނިދާފައިއޮތް އީޝާގެ މޫނު ރީތިކޮށް ފެންނަމުންދިޔައެވެ. އެމޫނުމަތީގައިވަނީ މައުސޫމްކަމެވެ. ބަލައިލާކޮންމެ މީހެއްވެސް ބުނާނީ އެއީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅޭކުއްޖެކޭއެވެ. މީހެއްގެ ހިތްއެނގޭނީ ކާކަށްހެއްޔެވެ. ކުއްލިއަކަށް ކައިރީގައިއޮތް އީޝާގެފޯނު ވައިބްރޭޓްވާން ފެށިއެވެ. ދެފަހަރަކު ވައިބްރޭޓްވުމުން އީޝާ އެސްފިޔަތަޅުވާލުމަށްފަހު ގުޅަނީކާކުތޯ ބަލައިވެސްނުލާ ފޯނުނަގާ ކަންފަތުގައި ޖަހާލަމުން ނިދިއަޑުން “ހަލޯ” އޭ ބުނެލިއެވެ. “އައިމް ސޮރީ..” ފޯނުގެ އަނެއްކޮޅުގައިހުރި އީތަންގެ އަޑު ކުރެހިގެންދިޔައެވެ. އެއަޑުގައިވި ރިހުމުން އީޝާގެދެލޮލުގައިވިނިދި އުދުހިގެންގޮސް މީހާ ސިހިގެންދިޔައެވެ. “އީތަން..” އީޝާއަށް ގޮވާލެވުނެވެ. “ބޭނުން ވާހަކަ ދައްކަން.. ދޮރުހުޅުވަބަ..” އީތަން ބުނެލިއެވެ. “މިގޭގަ ތިހުރީ..؟” އީޝާއަށް ހައިރާންކަމާއެކު ސުވާލު ކުރެވުނެވެ. އީތަން ޖަވާބެއްނުދީ ފޯނު ކަނޑާލުމުން އެނދުމައްޗަށް ފޯނު އެއްލާފައިގޮސް ދޮރުހުޅުވިއިރު ކުރިމަތީ އީތަން ހުއްޓެވެ. އިތުރު މީހަކަށް ފެނުމުގެ ކުރިން އީތަންގެ އަތުގަހިފާ އެތެރެއަައް އީޝާ ދަމައިގަނެ ދޮރުތަޅުލަމުން ވާހަކަދެއްކީ ހާސްވެހުރެއެވެ. “އީތަން މޮޔަވީތަ މިގަޑީގަ މިގެއަށް ތިއައީ.. މީހަކަށް ފެނުނުނަމަޔޯ؟ އީތަން ބިރެއްނުގަނޭތަ މަށާދޭތެރޭ ކަންތައްވެދާނެ ގޮތަކާމެދުއެއް… ކީއްވެތަ އެހާ ކެއަލެސް ވަނީ..” އީޝާގެ ހާސްކަމުގެ ތެރެއިން ކުރިހޯދީ ރުޅިއެވެ. އީތަން މަޑުމަޑުން ހުރީއެވެ. އީޝާގެ މޫނަށްބަލާށެވެ. އީތަން ހުރިގޮތް ފެނުމުން އީޝާ އީތަންއަށް ފުރަގަސް ދެމުން މޫނުގައަތް އަޅާލަމުން ” ސޮރީ” އޭ ބުނެލިއެވެ. އީޝާ ދުވަހަކުވެސް އީތަންއާ އެގޮތައް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އީތަން މިރޭ އެއަމަލު ކުރިގޮތުން ހާސްވެކަންބޮޑުވީއެވެ. އީތަން މަޑުމަޑުން ކުރިއަށްޖެހިލާ އީޝާގެ ދެކޮނޑުގައިހިފާ ގަޔާކައިރިއައް ދަމާލިއެވެ. އީތަންގެ މިއަމަލުން އީޝާ ސިހުނުނަމަވެސް މަޑުން ހުރީއެވެ.
މި ވާހަކައަކީ އަޅުގަނޑު މި ސައިޓުގައި ލިޔާ ދެވަނަ ވާހަކައެވެ. ދިމާވި މައްސަލަ އަކާ ހުރެ އެވާހަކަ ކުރިއަށް ނުގެންގޮސް ހުއްޓާލަން ޖެެހުނީތީ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމުން އަޅުގަނޑުގެ ދެވަނަ ވާހަކަ “ލޯބިކަން” އެއްކޮށް އަޕްލޯޑްް ކޮށްދޭނެ ވާހަކަ ދަންނަވަމެވެ. ތިޔަ ބޭފުޅުންގެ ފާޑު ކިޔުންތަކަކީ އަޅުގަނޑުގެ ކުރިއެރުންކަމުގައި ދެކެމުންނެވެ. 3>