“ބްރޯ ނެތްތަ ފެގެއް؟ މަގޮލާ މުޅިން މަޅީގައޭ.” އަހަރެން އިށީނދެގެން އިން މޭޒުގެ އެއްފަރާތުގައި ހުރި ގޮނޑި ދަމާލަމުން ލައިޝާން އިށީނެވެ. އެއީ އަބަދުވެސް އޭނާގެ ޙާލެވެ. ދުވަހަކުވެސް އަތުގައި ލާރި ހުންނަ ކަމަކަށް ނުވާނެއެވެ. އެކަމަކު އަހަރެމެންނަށް އެއީކީ މާބޮޑު މައްސަލައެއް ނޫނެވެ. ލާރި ހުންނާނީ ވަޒިފާއެއްގައި ހަރުލާނަމަތާއެވެ. ގުރޫޕުގެ ފޯރިއާއި ރޫޙު ހިފެހެއްޓުމަށްޓަކައި ލައިޝާން ނޫން ދެވަނަ މީހަކަށް ބޭނުމެއް ނުވާނެއެވެ. އެއީ އަހަރެމެންގެ ހުސް ވަގުތުތައް ފުރުމުގައި އެންމެ މުޙިއްމު ރޯލެއް އަދާކުރާ […]