މިއީ ދުނިޔެއެވެ. އެއްބަޔަކު އުފަލުގައި ދުވަސްތަށް ގުނަމުން ދާއިރު، އަނެއްބަޔަކު ދަނީ ހިތާމައިގެ ކަރުނަ އޮހޮރަމުންނެވެ. ކިތަންމެ އުފަލެއްގައި އުޅެމުންދިޔަ ނަމަވެސް މާދަމާ ކަޅު އަނދިރި ގަނޑެއްގެ ތެރެއަށް ހަޔާތް ވެއްޓިދާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. އެހެން ނޫންތޯއެވެ؟ ކައިވެންޏެއްގެ ބިންގާ އެޅޭނެ ދުވަހަކަށް ކޮންމެ އަންހެނަކުވެސް މާދަމާއަށް ޓަކައި ދެކޭނެ ކުލަނުވާ ހުވަފެންތަކެއް ހުންނާނެއެވެ. މިހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި، ދިރިއުޅުން ބިނާކުރުމަށް ދިމާވާ ކޮންމެ ތޫފާނެއްގައި ދިރިއުޅުމުގެ ނައު އެއްމަންޒިލަކަށް ދަތުރުކުރުމަށްޓަކައި ދެމަފިރީންގެ ހިއްސާ އެއްވަރަކަށް […]