އުދާސްތަކުން ފުރި ބަންޑުންވާހާ ހާލު އޭނާގެ އުރުގައި އޮތް ދަރިފުޅު ބިންމަތީގައި އަޅާފާ އޮތް ގޮދަޑިގަނޑެއްގައި ބޭއްވުމަށްފަހު އެ ކޮޓަރީގެ ދޮރު ތަޅުލި މަންޒަރު ބަލަން އިނީމެވެ. މޫނު ރީތިކޮށްލުމަށްފަހު އެ ފްލެޓަށް ވަންނަ މައިދޮރު ހުޅުވާލި މަންޒަރުވެސް ފެނުނުނެވެ. މޯޅިވެފައިވާ މަލަކަށްވެސް އެއަށްވުރެއް ގަދަރު ލިބޭނެއެވެ. އެގެއަށް ވަން މެދު އުމުރުގެ ފިރިހެން މީހާ އެންމެ ފުރަތަމަވެސް އޭނާގެ ވޮލެޓުން ނެގީ 500ރ ގެ ނޫޓެކެވެ. އަދި އެ ނޫޓު ފަރިތަކަމާއެކު ކާ މޭޒުމަތީގައި ބާއްވާލިއެވެ. […]