Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހަޤީޤީހިތާމަބިރުވެރިކުރުވާހަކައެހެނިހެންލޯބި

ހިޔާ

zablahblegh Level 1
February 11, 2025 2 Mins Read
1 Comment

އުދާސްތަކުން ފުރި ބަންޑުންވާހާ ހާލު އޭނާގެ އުރުގައި އޮތް ދަރިފުޅު ބިންމަތީގައި އަޅާފާ އޮތް ގޮދަޑިގަނޑެއްގައި ބޭއްވުމަށްފަހު އެ ކޮޓަރީގެ ދޮރު ތަޅުލި މަންޒަރު ބަލަން އިނީމެވެ. މޫނު ރީތިކޮށްލުމަށްފަހު އެ ފްލެޓަށް ވަންނަ މައިދޮރު ހުޅުވާލި މަންޒަރުވެސް ފެނުނުނެވެ. މޯޅިވެފައިވާ މަލަކަށްވެސް އެއަށްވުރެއް ގަދަރު ލިބޭނެއެވެ. އެގެއަށް ވަން މެދު އުމުރުގެ ފިރިހެން މީހާ އެންމެ ފުރަތަމަވެސް އޭނާގެ ވޮލެޓުން ނެގީ 500ރ ގެ ނޫޓެކެވެ. އަދި އެ ނޫޓު ފަރިތަކަމާއެކު ކާ މޭޒުމަތީގައި ބާއްވާލިއެވެ. އެ އަންހެން މީހާ ސޯފާ ކައިރިއަށް ގޮސް އަހަންނާ ދިމާލަށް ބަލާލިއެވެ. އިރުކޮޅަކަށް ބަލަން ހުރުމަށްފަހު ކުޑަދޮރުގެ ފަރުދާ ކަހާލިއެވެ. އަހަންނަށް ހުރެވުނު ތަންވެސް ބުނެދޭކަށް ނެނގުނެވެ. އަނެއްކާ އޭނާއަށް އަހަރެން ފެނުނީ ބާވައޭ ހިތައް އެރިއެވެ. ދޮރު ފޮތިގަނޑު ރަނގަޅުކޮށްލީމެވެ. ދެ ފަހަރެއްގެ މަތިން އެނބުރި އެއްވެސް ބޮތްކެއް ދިއްލާފަ ހުރިތޯ ބެލީމެވެ. ނެތެވެ.

ޑރ. މިރުޒާ ބޭނުންވި ގޮތައް އަހަރެންގެ ތަޖުރިބާތައް ލިޔަމުން ދިޔައިމެވެ.

ނަމަވެސް މި ކަނު އަނދިރީގައި ހިތައް ކުޑަވަރެއްގެ ނަމަވެސް ތަސައްލީއެއް ނުލިބުމުން ފާހަނައަށް ވަދެ މޫނު ދޮވެލީމެވެ. ލިޕްސިކް ޖައްސާލުމަށްފަހު މޫނުގައި ފުއްކޮޅެއް ޖަހާލާފައި އަހަރެން ދެން އަވަސްވެގަތީ ހަފްތާއެއް ވަންދެން ލައިގެން ހުރި ޓީޝާޓު ބަދަލުކުރަންށެވެ. ބިންމަތިން މަޑު ނޫކުލައިގެ ހެދުމެއް ނުގެމަށް ފަހު އޭގެ ވަސްބަލާލީމެވެ.

ލިފްޓާއި ދިމާލަށް ހިނގާގަތް ވަގުތު ޖެހިގެން ހުރި ގެއިން ކުއްޖަކު ރޯ އަޑު އިވުނެވެ. ފަސްވަރަކަށް ފިރިހެނުންނާއި އެއް އަންހެނަކު ލިފްޓް އަންނަންދެން މަޑުކޮށްގެން ހުއްޓެވެ. އަތްދަބަހުގައި އަތްއަޅައިގެން ހުރެ ލިފްޓާއި ދިމާލަށް މިސްރާބު ޖެހީމެވެ. ގިސްލަގިސްލާފައި އެކުއްޖާ ރޯ އަޑު އަހާކަށް އަހަންނަކަށް ކެތެއް ނުވިއެވެ. މިއީ އަބަދުވެސް އާދައެވެ. ކޮންމެ ރެއަކުވެސް އިޝާ ނަމާދަށް ފަހު އެ އަޑު އިވޭނެއެވެ. ގިނަ ފަހަރު އިވޭނީ އަޑު ބަރު ފިރިހެނަކު ހަޅޭއްލަވާ އަޑެވެ. ތަށިތައް ތަޅާލާއަޑެއެވެ. ފާރުގައި ބަންލާފައި ޖަހާ އަޑެއެވެ. ގިނަ ފިރިހެންނާއެކު އަޑުގަދަކޮށް ލަވަ ޖަހާއިގެން “މެހެމާންދާރީ” އަދާކުރާ އަޑެވެ.

ލިފްޓް ކައިރީގައި މަޑުކޮށްގެން ތިބި މީހުން އެ އަޑަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އަޑު އަހަންވީވެސް ކީއްކުރަން ހެއްޔެވެ. ހިޔާ ފްލެޓްގެ ކޮންމެ ކަނަކަށް ނަޒަރު ހިންގާލިޔަސް ފެންނާނީ ނުތަނަވަސްކަމެވެ. ކުޑަ ކުދިން ރޯ އަޑު އިވުމާއި ތިރީގައި ހުންނަ ކެފޭތަކުގައި މެދު އުމުރުގެ މީހުން ބާޒާރު މަތީ ބަހުރުވައިން ވާހަކަދައްކާ އަޑު އިވުމަކީ އާ ކަމެއް ނޫނެވެ. މިތާ ދިރިއުޅެނީކަމުގައި ވާނަމަ އެ އަޑުތަކަށް ހޭނެން ޖެހޭނެއެވެ.

15 ވަނަ ފަންގިފިލައިން ލިފްޓު ތިރިޔަށް އަންނަ ގޮތެއް ނުވިއެވެ. މާގިނަ އިރު މަޑުނުކުރަން ވެގެން ސިޑިގޮޅި އިހްތިޔާރުކުރީމެވެ. ސިޑިން ފައިބަމުން ޑރ. މިރުޒާ ކިޔައިދިންގޮތައް ފުން ނޭވާ ލާންފެށީމެވެ. އަނބުރާ ގެއައް ދާންވީއެވެ. އެންމެންވެސް އަހަންނާ ދިމާލަށް ބަލާ މަލާމަތްކުރާނެއެވެ. ނޫނެކެވެ. މާދަން ވެސް ފިހާރައަށް ދެވިދާނެއެވެ.

— ނުނިމޭ

 

Share Article

Follow Me Written By

zablahblegh

Level 1

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 4

Next

އިންސާފު ލިބޭނެބާ – 21

Next
February 12, 2025

އިންސާފު ލިބޭނެބާ – 21

Previews
February 11, 2025

ފުރާނައިގެ ދިރުމޭތިއީ 4

One Comment

  1. Hh says:
    February 18, 2025 at 3:59 pm

    Next prt plz

Comments are closed.



All Right Reserved!