ވަށައިގެންވަނީ މާ ބަގީޗާތަކެވެ. އިރުގެ އަލިން މުޅި ފަޒާ ވަނީ ދިއްލިފައެވެ. މާ ބަގީޗާތަކުގެ މެދުން ހިމަ މަގެއް ފާޅުވިއެވެ. އަޖައިބު ވެފައިވާ އިން ޔާނާ ހުރީ އާށޯހުވެފައެވެ. ކުރިމަތިން ފެންނަމުން ދިޔަ ފުރިހަމަ މަންޒަރަށް ބަލަން އިން ޔާނާ ބަގީޗާގެ މެދުގައިވާ މަގުން ހިނގައިގަތެވެ. މަގުގެ ދެފަރާތުން ފެންނަމުންދާ މަންޒަރުތަކުގެ ފުރިހަމަ ކަމުން ޔާނާ އިނީ ހައިރާނވެފައެވެ. މަގުގެ ނިމޭކޮޅުގައި ފިރިހެން ކުއްޖެއް ހުއްޓިގެން ހުރިއެވެ. އެއީ ކާކުކަން ޔާނަާއަށް އެނގެއެވެ. އެއީ ޔާނާ ހިއްއެދޭ […]