އަހަރެންގެ އުމުރުން އެންމެ 1 މަހުގައި މަންމައާއި ބައްޕަގެ ކައިވެނި ރޫޅުމުން އަހަރެން ދިރިއުޅެނީ މަންމަގާތުގައެވެ. މަންމައާއި ބައްޕަ އަކީ އެއް ރަށެއްގެ ދެމީހުން ކަމުގައި ވާތީ ދިރިއުޅުނީ އެއް ރަށެއްގައެވެ. ބައްޕަގެ އާއިލާގާތުގައެވެ. އަހަރެންގެ މަންމައަކީ ބަސްމަދު ކެތްތެރި މަޑުމައިތިރި އަޚްލާޤެއްގެ ވެރިއެކެވެ. މަންމަގެ ހަޔާތުގައި އެތައް ވޭނަކާއި އަނިޔާއެއް ތަހައްމަލް ކުރަމުންދިޔައީ މުޅިދުނިޔެއަށްވެސް ސިއްރުންނެވެ. މަންމަގެ ލޮލުން އޮހޮރުނު ކަރުނަތައް އަހަރެން ދުށީމެވެ. ކެތްތެރިކަމާއި ސާބިތުކަމާއެކު ދިރިއުޅެންކުރި ހިތްވަރު އަހަރެން ދުށީމުއެވެ. ބައްޕައާއިމެދު އަހަރެންގެ […]