ލޯބިވާ މަންމަ
އަހަރެންގެ އުމުރުން އެންމެ 1 މަހުގައި މަންމައާއި ބައްޕަގެ ކައިވެނި ރޫޅުމުން އަހަރެން ދިރިއުޅެނީ މަންމަގާތުގައެވެ. މަންމައާއި ބައްޕަ އަކީ އެއް ރަށެއްގެ ދެމީހުން ކަމުގައި ވާތީ ދިރިއުޅުނީ އެއް ރަށެއްގައެވެ. ބައްޕަގެ އާއިލާގާތުގައެވެ.
އަހަރެންގެ މަންމައަކީ ބަސްމަދު ކެތްތެރި މަޑުމައިތިރި އަޚްލާޤެއްގެ ވެރިއެކެވެ. މަންމަގެ ހަޔާތުގައި އެތައް ވޭނަކާއި އަނިޔާއެއް ތަހައްމަލް ކުރަމުންދިޔައީ މުޅިދުނިޔެއަށްވެސް ސިއްރުންނެވެ. މަންމަގެ ލޮލުން އޮހޮރުނު ކަރުނަތައް އަހަރެން ދުށީމެވެ. ކެތްތެރިކަމާއި ސާބިތުކަމާއެކު ދިރިއުޅެންކުރި ހިތްވަރު އަހަރެން ދުށީމުއެވެ.
ބައްޕައާއިމެދު އަހަރެންގެ ހިތުގައި ކުޑަވެސް ނަފްރަތެއް އުފެދުނަނުދޭން މަންމަ އެތައް މަސައްކަތެއް ކުރިއެވެ. ދުވަހަކު ވެސް ބައްޕަގެ ގޯސް ވާހަކަ އެއް ނުދައްކައެވެ. ބައްޕަގެ އާއިލާގެ ގޯސްވާހަކައެއް ނުދައްކައެވެ. އެކަމަކު އަހަރެންނަށް ހުރިހާ ކަމެއް އެނގެއެވެ. ބައްޕައާއި މަންމަ ވަކިވީ ބައްޕަގެ ފަރާތުން ލިބެމުންދާ އަނިޔާތަކާއި ހިތްދަތިކަމުން ކެތްނުވެގެންނެވެ.
ވަރިކުރުމަށް ފަހު ބައްޕަގެ ފަރާތުން އަހަރެންނަށް އެއްވެސް އެއްޗެއް ނުދެއެވެ. މަންމަގެ އާއިލާގެ މީހުންވެސް މަންމަ އާއި މެދު ކަންތައް ކުރީ ނުހަނު ހިތްދަތި ކޮންނެވެ . އަހަރެންނާއި މަންމައަށް ކާއެތިކޮޅެއް ލިބެނީ އެދުވަހު ހަތަރުދަމު މަންމަ އެކަނިމާއެކަނި ކުރާ މަސިއްކަތުންނެވެ .އެ ހިތްދަތި ދުވަސްތައް އަހަރެން ދުވަހަކު ވެސް ހަނދާން ނުނެތޭނެއެވެ.
ބައްޕަގެ ފަރާތުން ލިބެމުންދާ ހިތްދަތިކަން ބަރުދާސްތު ކުރަމުން މަންމައާއި މެދު ކުލުނެއް ހަމްދަރުދީ އެއް ނުވާ ބައްޕަގެ އާއިލާއާއި ކުރިމަތިލީ އަހަރެންގެ ހައްގުގައެވެ.
އަހަރެންގެ ބައްޕައަށް ބުނަމެވެ. ބައްޕަގެ މި ދަރިފުޅަކީ ބައްޕަ އަކު ހުރެ ބައްޕަގެ ލޯބިން މަހްރޫމް ވެފައިވާ ދަރިއެކެވެ. ބައްޕަގެ ފަރާތުން އަހަރެންނަށް އެއްވެސް އަޅާލުމެއް ނުދޭތާ އަހަރެންގެ ހާލުވެސް ކުޑަމިނުން ބަލައި ނުލެވެއެވެ. ބައްޕަގެ މި ދަރިފުޅު ހުންނަނީ ކައިގެންތޯ ނުކައިތޯވެސް ކުޑަމިނުން ބަލައި ނުލެވެއެވެ. އަހަރެންގެ މަންމަ ނުކައި ހައިބަނޑާހުރެ އަހަރެންގެ ބަނޑު ފުރައި މުއްތި ކޮށްދެއެވެ.. ބައްޕާއެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތު އެއްފަރާތުން އަނެއްފަރާތަށް ޖެހެމުން އަހަރެންގެ މަންމަ ގައިގަ އަޅާ ވޭނަށް ރޯއަޑު އެތައް ރެޔަކު އަހަރެން އަހަމެވެ. އެކަމަކު އެ މޫނުމަތިން އަހަންނަށް އެ ވޭންތަކާއި ހިތްދަތިކަން ފޮރުވަން ވަރަށް މަސައްކަތް ކުރެއެވެ. އެއީ ކެތްތެރި ކަމުގެ ލާމަސީލު މިސާލެކެވެ.
ބައްޕާއެވެ. އަހަރެންގެ ބޭނުންތައް ފުއްދުމަށްޓަކައި އަހަރެންގެ މަންމަ އެކުރާ ބުރަމަސައްކަތް އެނގޭހެއްޔެވެ. ރެޔާއި ދުވާލު އެފަކީރު އެވާ ޤުރުބާނީ ފެނޭހެއްޔެެވެ. އެކަމަކު ބައްޕަގެ އަތުން އެއްޗެއް ނުލިބިގެން ދުވަހަކު ވެސް އެ ވާހަކައެއް ނުދައްކައެވެ. އަހަރެން ބޭނުން ކޮންމެ އެއްޗެއް އަހަރެންގެ މަންމަ އަހަރެންނައް ހޯދައިދެއެވެ . އަދި ހޯދައިދޭން ބޭނުންވާކަން އެނގެއެވެ.
މަންމަގެ ދިރިއުޅުން އެފުށްމިފުށަށް ޖަހައިފަ ބައްޕަގެ ލޮލަށް ހަމަނިދިލިބޭ ހެއްޔެވެ. އެއްވެސް އިންސާނަކަށް ދެރަގޮތެއް ހަދާފައި އުފަލުގައި އުޅެވޭނެ އޭ ހީނުކުރާށެވެ. ކޮންމެސް ދުވަހަކުން އޭގެ ހިތި ރަހަ ފެންނާނެއެވެ.
އަހަރެންގެ ބައްޕައަކީ މާލީގޮތުން އަހަރެނަށް އެހީ ވެވޭ ފެންވަރުހުރި މީހެކެވެ. އެކަމަކު ބައްޕަގެ ފަރާތުން އަހަރެންނަށް ލިބުނީ ކޯންޗެއް ހެއްޔެވެ. މަންމައާއި ބައްޕަ ވަކިވި ފަހުން ބައްޕަ އެހެން ކައިވެންޏެއްކޮށް އަހަރެން ދުނިޔެއަށް ގިނަކޮށްލީއެވެ. ބާކީކޮށް އެއްފަރާތް ކޮށްލީއެވެ. ބައްޕަގެ ހުރިހާ ވެސް ބަޔަކަށްވީ ދޮންމަންމަ އާއި ދޮންމަންމަގެ ދަރިންނެވެ. އަހަރެން ދުނިޔޭގައި ހުރިކަން ވެސް ބައްޕަ ހަނދާނެއް ނުވެއެވެ. އަހަރެންނަކީ ބައްޕަގެ އުފަންދަރިއެކެވެ. އެކަމަކު ބައްޕަގެ ފަރާތުން އަހަރެންނަށް ލިބެންޖެހޭ ހުރިހާ އެއްޗެއް ދެނީ ދޮންމަންމަގެ ދަރިންނަށެވެ.
ބައްޕާއެވެ. އަހަރެނާއިމެދު ބައްޕަ ކަންތައްތައް ކުރަމުންދާ ގޮތް އަބަދުވެސް ހަނދާން ހުންނާނެއެވެ. ނަމަވެސް މިއަދު އަހަރެން ދެކޭ ގޮތުގައި އަހަރެންނަކީ ވަރަށް ނަސީބުގަދަ މީހެކެވެ ސަބަބަކީ ބައްޕަ އެއްގެ ލޯބި ދެވޭ ވަރުގެ ބައްޕަ އެއް އަހަރެންގެ ހުރުމުންނެވެ. އުފަން ބައްޕަ ނޫނަސް އުފަން ބައްޕަ ޔާއި އެއްފަދައެވެ އަހަރެންނައް އުނިވާ އެއްވެސް ކަމެއް ނެތެވެ އެހާމެ އަހަރެން ދެކޭ ލޯބިވެއެވެ. އަހަރެންނައް ދެރަ އެއް ލިބޭކައް ނޭދެއެވެ. މިއަދު އަހަރެން މީހަކަށް ހެދީ އެ ބައްޕަ އާއި މަންމަ އެ.
One Comment
Comments are closed.

Wauuu Vrh reethi!! 💗
I really love this story….
You are so talented keep it up! 🎉
Hope to read more stories from ya!