ފަޅުވެފައިވާ ހިތުތެރޭ ލޯބީގެ ވޮށް ދިއްލިއްޖެޔޭ މުޅި ހަޔާތް އެ އަލިން ދެވަނަ ފަހަރަށް ފުރާނަ އެޅިއްޖެޔޭ ސިއްރު އަތަކުން ވަކިއަޅާ ވީދާ އިރާލި ހަޔާތް މަގޭ ހިއްވަރާއެކު ފޮތިއަޅައި މަލަމުން ޖަރީވެ ނިމިއްޖެޔޭ ވަޅުޖަހައި ސަންދޯކުގައި އޮތް ހިތުގެ އުއްމީދުގެ ހިޔަނި މޮޅިވެ އިނދެ ހެދި ބާގަނޑުން ފުޅަލީގެ ބޭރު ފެނިއްޖެޔޭ ދިޔަވެ ކުރިޔަށް ނުދެވި އޮތް ކުޑަކުޑް ހަޔާތުގެ ބޮއްކުރާ ނިޔަނެތިވި ތިން ލަފްޒަކުން އައްސޭރި އަށް ބީހިއްޖެޔޭ ހޫނު ތިޔަ ނޭވާގެ […]
ތިދިން އަނިޔާތަކުން އެސްފިޔަ ހިކޭކަށް ފުރުސަތެއް ނުލިބޭ ތަދާ ވޭން ދިން އަތުގެ އަސަރެއް ފިލާކަށް އަދި ވަގުތު ނުލިބޭ އަތުން ލޯބީގެ ފެންދީގެން ހެދުނު ލޯބީގެ ކުރިތަކުގައި ދެތިން މާ އަދި ފޮޅުނު ނަމަވެސް ބާހާރުގެ ދަރަޖަ އެއް ނުލިބޭ ހިތުގެ ޖަޒުބާތު އުތުރި އަރާ އެއިން އިއްވާ ޝިކާޔަތަކަށް ދެތަންވި ހިތާ، ހިތުގެ ލޯބިން، ޖަހާ ވިންދުގެ އަގެއް ނުލިބޭ ކަނާތުން ފިރުމަމުން މޭގައި ހިތަށް ޚަނަޖަރު ހަރާލީމާ ފަނާވަންދެން މައާފަށް އެދި ރުޔަސް […]