Skip to content
އެސްފިޔަ

އަނިޔާތަކުން…

ތިދިން އަނިޔާތަކުން އެސްފިޔަ ހިކޭކަށް ފުރުސަތެއް ނުލިބޭ
ތަދާ ވޭން ދިން އަތުގެ އަސަރެއް ފިލާކަށް އަދި ވަގުތު ނުލިބޭ
އަތުން ލޯބީގެ ފެންދީގެން ހެދުނު ލޯބީގެ ކުރިތަކުގައި
ދެތިން މާ އަދި ފޮޅުނު ނަމަވެސް ބާހާރުގެ ދަރަޖަ އެއް ނުލިބޭ
ހިތުގެ ޖަޒުބާތު އުތުރި އަރާ އެއިން އިއްވާ ޝިކާޔަތަކަށް
ދެތަންވި ހިތާ، ހިތުގެ ލޯބިން، ޖަހާ ވިންދުގެ އަގެއް ނުލިބޭ
ކަނާތުން ފިރުމަމުން މޭގައި ހިތަށް ޚަނަޖަރު ހަރާލީމާ
ފަނާވަންދެން މައާފަށް އެދި ރުޔަސް ޒަޚަމަށް ޝިފާ ނުލިބޭ
ފަނާކުރުވާ ހިތާމައިގައި ރިހޭ ވޭނުން ގައިދުވެވިގެން
މިނެއް ނެތް ވޭންތަކުގެ ދާނުން މިއަދު މިނިވަންކަމެއް ނުލިބޭ
އުފާ އަހަރެންގެ ތަގުދީރާ، ކަލާޔާ އެކު ވަކިވެ ދިއުމުން
އުފަންކުރި ލޯބި ވަޅުލަން ވެސް ތިހިތަކުން ޖާގަ އެއް ނުލިބޭ

Comments (2)

  1. ކިއުންތެރިއެއް

    ހިތެއްގެ ފުން ޝުޢޫރުތަކުން ފުރާނައެޅިފައިވި ފަށުވި ޅެމެއް
    ހިތުގެ ޚާލިސް ކަމާ އެކު ޝާއިރާއަށް ޝުކުރު ފޮނުވައިލަން

    1. violette
      ކިއުންތެރިއެއް

      އުއްމީދުކުރަން ކުރިޔަށް ހުރި މަސައްކަތްތަށްވެސް ކަމުދާނެ ކަމަށް !ޝުކުރިއްޔާ

Comments are closed.