ރެޔަކީ ކަޅުފޮއި ރެއެކެވެ.ވިއްސާރައެވެ. ވައިގަދައެވެ. ދުންމާރިއެއް ފުމޭހާ ބާރަށް ގުގުރަމުން ދިޔައެވެ. މުޅި ކަޅު އުޑު އެކީއެކަށް ދިއްލާއަޅާލަނީ ވިދުމުގެ އަލީންނެވެ. ބާރަށް ޖެހެމުން އައި ވަޔާއެކު ގަސްދޮށަށް ވެރިފައިވާ ކުދި ގޮފިކޮޅުތަކާއި ހިކި ފަތްތައް އެކިދިމަދިމާލަށް ބުރުއްސަމުން ދިޔައެވެ. ތެމިފައިވާ ބިންގަނޑަށް ހިކި ފަތުގެ ކުލަ ޖެހެމުން ދިޔައިރު ކަނޑުގެ ބިޔަ ރާޅުތައް ވެސް އެތައް ފޫޓަކަށް އުސްވަމުން ދިޔައެވެ. ރަށުގެ ބޮޑުމަގު މެދެވެ. މަގުގެ އެއްފަރާތުގައި ހުރި މަގުބައްތި ނިވިދިއްލެން ފަށައިފިއެވެ. އިސާހިތަކު ޖެހި […]