Skip to content
އެސްފިޔަ

ހުވަފެން

  ރެޔަކީ ކަޅުފޮއި ރެއެކެވެ.ވިއްސާރައެވެ. ވައިގަދައެވެ. ދުންމާރިއެއް ފުމޭހާ ބާރަށް ގުގުރަމުން ދިޔައެވެ. މުޅި ކަޅު އުޑު އެކީއެކަށް ދިއްލާއަޅާލަނީ ވިދުމުގެ އަލީންނެވެ. ބާރަށް ޖެހެމުން އައި ވަޔާއެކު ގަސްދޮށަށް ވެރިފައިވާ ކުދި ގޮފިކޮޅުތަކާއި ހިކި ފަތްތައް އެކިދިމަދިމާލަށް ބުރުއްސަމުން ދިޔައެވެ. ތެމިފައިވާ ބިންގަނޑަށް ހިކި ފަތުގެ ކުލަ ޖެހެމުން ދިޔައިރު ކަނޑުގެ ބިޔަ ރާޅުތައް ވެސް އެތައް ފޫޓަކަށް އުސްވަމުން ދިޔައެވެ.

   ރަށުގެ ބޮޑުމަގު މެދެވެ. މަގުގެ އެއްފަރާތުގައި ހުރި މަގުބައްތި ނިވިދިއްލެން ފަށައިފިއެވެ. އިސާހިތަކު ޖެހި ބާރު ގުގުރިއަކާއެކު މުޅި ރަށުން ކަރަންޓު ކަނޑައިގެން ދިޔައެވެ. މަގުގެ ހުރިހާމަގެއްގެ މަގުބައްތިއެއް ކީއްކުރަންހެއްޔެވެ. އެންމެ ގެއެއްގެ އެންމެ ގޯއްޗެއްގެ ތެރޭގައިވެސް ސަލާމަތުން ހުރި ބޮތްކެއް ފެންނާކަށް ނެތެވެ. މުޅި ރަށުންވެސް ފެންނަނީ ފުން އަނދިރިކަމެވެ. ދޭތެރެއަކުން ވިދާލާ ވިދުން ފިޔަވައި އިތުރު އަލިކަމެއް ނެތެވެ. ތޫފާނުގެ ގަދަ ކޮޅިގަނޑުގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ވަނީ ނަގާލައިފައެވެ. ތޫފާނުގެ އަޑު ހުރިހާ ހިސާބަކަށްވެސް ފޯރަމުން ދިޔައެވެ.

   އެނދުމަތީގައި އޮށޯވެލައިގެން ކަނަކަށް ގުޅައަކަށް ޖެހިފައި އޮތް ޖަނާގެ މޫނުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ބިރުވެރިކަމެވެ. މުޅި ހަށިގަނޑުގައި ރަޖާ އޮޅާލައި ކުރުގެޅިގެން އޮތް ޖަނާގެ ސިކުނޑި ތޮރުފަން މަސައްކަތް ކުރަމުން ދިޔައީ ބިރުވެރި ޙިޔާލުތަކެވެ. އެކިއެކި ފިކުރުތައް ކުރެވެމުން ދިޔަވަރަކަށް އޭނާގެ ހާސްކަން ދިޔައީ އެތައް ގުނައަކައް އިތުރުވަމުންނެވެ.

   މިހެން އޮއްވައި ޖަނާ ތާއްޔާޖެހެން ފަށައިފިއެވެ. ދެލޯ ގަދަކަމުން ހުޅުވާލައިގެން އޮންނަން ކުރި މަސައްކަތް ވީ ލޯނާއްޓަށް އަޅާ ފެނެކޭ އެއްގޮތެވެ. މަޑުމަޑުން ދެލޯ މެރެމުން މެރެމުން ގޮސް އެއްކޮށް މެރިއްޖެއެވެ. އެސްފިޔަތައް ލެއްޕިއްޖެއެވެ. ނިދީގެ ޢާލަމަށް އޭނާ ދަތުރު ކޮއްފިއެވެ.

***

   ޖަނާއަށް ކުއްލިއަކަށް ފުންމައިގެން ތެދުވެވުނީ ޖެހި ބާރު ގުގުރިއެއްގެ ސަބަބުންނެވެ. ޖަނާއަށް ނަޒަރު ހިންގާލެވުނީ ވަށއިގެންވާ މާހައުލަށެވެ. ޖަނާއަށް ވިސްނާލެވުނެވެ.އަލިކަމެއް ނެތެވެ. ކަޅުގުދަނެއް ފަދައެވެ. މަޑުމަޑު ދޮންވެލިގަނޑުގައި ތަޅަމުން ދިޔައީއެއްގަމަށް މުގުރާލާ ރާޅުތަކެވެ.ގަދަވަޔާއެކު ތެޅިފޮޅެމުން ދިޔަ ގަސްތަކާއި ރުއްތަކެވެ. ހަމަހިމޭންކަމެއް، މަޑުމައިތިރިކަމެއް ނެތި ވަޔާއެކު ފަހރަކު ތަނަކަށް ދުވަމުން ދިޔަ ހިކިހޯލި ތަކާއިމުރަނަ ފަތްތަކެވެ. އަމިއްލަ އަތުގެ ކޮނޑު ހުޅު ވަކި ނުވާހާ ބޯކޮށް ވެހެމުން ދިޔަ ވާރޭއެވެ. ދޭތެރެއަކުން ކެމެރާ އެއްގެ ފްލޭޝް ހެން އެއަންނަ ވިދުމާއެކު ޖަހާލާ ގުގުރިއެވެ. ތަންކޮޅެއް ދުރު ހިސާބުތަކައް ހޮނު އަޅާހެން ހީވާފަހަރު ވެސް މަދެއް ނޫނެވެ. ޖަނާއަށް ދެލޯ ބޮޑުކޮއްލެވުނެވެ. ހައިރާންވިއެވެ. ހާސްވެއްޖެއެވެ. މިވަނީ ކިހުނެއް ހެއްޔެވެ؟ ވާގޮތެއް ވެސް ނޭންގުނެވެ. މިއީ ކޮންތަނެއް ހެއްޔެވެ.

ޖަނާއަށް އޮވެވުނީ ތުނޑިމަތީގައި ހެދިފައި ހުރި ބޮޑު ކިނބި ގަހެއްގެ ހިޔާ ދަށުގައެވެ. ގަހުގެ ފަލަ ގޮފިތަކާއި ފަތްތަކުގު ތެރެއިން ފުރޭނިގެން ފައިބަމުން ދިޔަ ފެންތިކިތައް އޭނާގެ ގަޔާއެކު ކޮނޑުމައްޗަށް ފައިބަމުން ދިޔުމާއެކު ޖެހިލާ ފިނިފިނި ރޯލިތަކުގެ ސަބަބުން ހީކަރުވާން ފަށައިފިއެވެ. ހީކަރުވައިގެންފައިވާލެއް ބޮޑުކަމުންނާއި ގެންފައިވާ ބިރެއްގެ ސަބަބުން ޖަނާ ގަހުގެ ފަލަ މުލެއްގައި އިށީންދެލައި ކުރުގެޅިލިއެވެ. އެވަގުތު ތަނުގެ ނާމާންކަމާ މާހައުލުގެ ބިރުވެރިކަން އެ ހިތައް ވަންނަމުން ދިޔައީ ކެތްކުރަން ނުކުޅެދޭ މިންވަރަށެވެ. އޭރު އެ ހަށިގަނޑު ގަނޑުގެންކޮޅަކަށް ވާން ތައްޔާރުވެއްޖެއެވެ. ދެ ދަތްޕިލަވެސް އިންޖީނެއްގެ ފިސްޓަނުތައް އެކަތި އަނެކައްޗާ ޖެހޭހެން ޖެހި ތެޅެމުން ދިޔައެވެ.

   ދެން އެވަގުތު ސަލާމަތް ވާނެ ގޮތެއް ވިސްނަމުން ދިޔަ ޖަނާއަށް ފެނުނީ ވަލުތެރޭން ލާފައި މޫދުގެ ރާޅު ޖަހާ ފަށާއި ހަމައަށް ފައިބައިފައި ހުރި ބިޔަ ބޮޑެތި ފިޔަވަޅުތަކެކެވެ. ފުއްގަނޑެއް ފަދަ ރީތި ދޮންވެލިގަނޑުގެ ތެރެއަށް ވަދެފައި ހުރިއިރު އެއްބައި ފިޔަވަޅުތައް ވަނީ ރާޅުގެ ސަބަބުން ވަކިނުވާ ވަރަށް ފުހެވިފައެވެ. ފިޔަވަޅޫތަކުގެ ބައްޓަން އެހާ ދުރުން ވަކި ނުތްވެއް ކަމަކު އެއީ ކިނބުލެއްގެ ފިޔަވަޅޫތަކާ ވައްތަރު ގޮތެއް ހުރި ފިޔަވަޅުތަކެއްކަން ޖަނާއަށް ޤަބޫލުކުރެވުނެވެ.

ކުއްލިއަކަށް ޖަނާގެ ކަންފަތް ކައިރިން ތޫލި އަޑެއް އިވެން ފެށިއެވެ. ޖަނާގެ ހިތް އެޔާއެކު ތެޅޭންފެށީ ކޮއްޓެއްގައި އޮންނަ މީދާ ސަލާމަތްވާން ތެޅޭހެންނެވެ. އަދި ކޮނޑުމައްޗައް މީހެއްގެ ނޭވާއެޅުމުން ހޫނުވާ ގޮތަކަށް ހޫނުވާން ފަށައިފިއެވެ. ދަތް ކާރުވާ ކަހަލަ އަޑެއް ވެސް އިވެމުން ދިޔައެވެ. އަދި ފަހަތުން ފެންތަކެއް ފައިބައިގަތް އަޑު އިވޭން ފެށިއެވެ. ދެން އެޢީ ހީވި ހީވުމެއް ނޫންކަން ވަގުތުން އޭނާއަށް ޔަޤީން ވެއްޖެއެވެ.

   ޖަނާއަށް ދެލޯ ބޮޑުކޮއްލައިގެން އިނުމަށްފަހު ލަސްލަހުން މުޅި ހަށިގަނޑު ތުރުތުރުއަޅާ ހާލު ފަހަތަށް އެނބުރިއްޖެއެވެ. އެޔާއެކު އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އޭނާގެ މޫނުމަތީގައި ދާތިކިތަން ވިދަނފެށީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.

   ޖަނާއަށް ފެނުނީ ވަރަށް ގަދަ ކަނޑުނޫ ކުލައެއްގައި ހުރި ބިޔަ މަޙޫލޫޤެކެވެ. ދިވެހި ރުކެއްހާ ދިގު ނޫނެއްކަމަކު ޖައުފާނު ރުކަކާ ވަނީ ގާތްގަނޑަކަށް އެއްވަރޭ ބުންޏަކަސް އެއީ މުޅިން ދޮގެކޭ ނުބުނެވޭނެއެވެ. އެއެތި އޮތީ ޖަނާއާ ދިމަލަށް ގުދުވެގެންނެވެ. އޭގެ ތިންލޯ ހުޅުވައި ލައްޕަނީ ދެފަރާތުންނެވެ. އެސްފިޔައެއްނެތެވެ. ނިއްކުރީގައި އިތުރު ލޮލެއް އިނެވެ. އަނގައިގެ އެތެރެއިން ފިޔާތޮށި ކުލައިގެ، ކަޅު ކުރެހުންތަކެއް އަޅާއިފައި އޮތް ދުލެއް ނުކުމެފައި އޮތެވެ. މުޅި ގައިގައިވެސް ހުރީ ކަޅުކުލައިން ފާޑެއްގެ ކުރެހުންތަކެއް އަޅާފައެވެ. ބުރިކައްޓާއި ދެއަތުގެ ދެ އުޅަބޮށީން ފެށިގެން އަތުގެ ކުޑަހުޅާ ހަމައަށް ހުރީ ރީންދޫ އުރަހަލީ ކަންނެއްޔެއްގެ ކަހަލަ އުރަހަތަކެއް ފަޅާފައެވެ. ބޮލުގެ މެންކަފާޅައިން ފެށިގެން ކަޜާހަމައަށްވެސް އެކަހަލަ ބޮޑު ކޮތަރި ގަނޑެއް އިނެވެ. އޭގެ އަތް ފަލައެވެ. ކުރަތްކެވެ. އިނގިލިތައް ދިގެވެ. ނިޔަފަތިތައް ތޫނުވެފައި ދިގެވެ. ނިޔަފަތި ތަކަށް ހުރީ ކަޅުކުލަ އަރާފައެވެ. 

އެއެތި މަޑުމަޑުން ޖަނާއާއި ކައިރިވާންފެށިއެވެ. ޖަނާއަށް ކުރެވުނުހާވެސް ކަމަކީ ދެލޯ ބޮޑުކޮއްލައިގެން އިނދެ ބިރުން ތުރުތުރު އަޅާހަޅު ފަހަތަށް ޖެހުމެވެ. ކުއްލިއަކަށް އެއެތި ޖަނާއާއި ދިމާލަށް ބޯ އަރިކޮއްގެން ބަލަން ހުރުމަށްފަހު ފުންމައިގެން އަރައިފިއެވެ.

***

   “އާހް………….” ޖަނާއަށް ސިއްސައިގެން ގޮސްފައި ހޭލެވުނެވެ. އޭރު ޖަނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އޭރު ޖަނާގެ ދެލޮލުގައިވީ ކަރުނައެވެ. އޭނާއަށް އިނދެވުނީ މޭގައި އަތް އަޅާ ބާރުކޮއްލައިގެންނެވެ. މާނޭވާ ލެވެމުން ދިޔައީ ވަރުބަލި ވުމަކުން ނޫނެވެ. ނަމަވެސް ސިކުނޑިއާއި ނަފްސަށް ލިބިފައިވާ ބިރުވެރިކަމެއްގެ ސަބަބުންނެވެ. ހުވަފެނެއް ފެނުނީ އެވެ.

   “ޖަނާ….. ކިހިނެއްވީ؟….” އެއީ ޖަނާގެ މަންމަގެ އަޑެވެ. ޔަޤީނެވެ. ޖަނާގެ ހަޅޭކުގެ އަޑަށް ޖަނާއަށް ވީގޮތެއް ބަލާލަން އޭނާގެ މަންމަ އައީއެވެ.

   “ގޮތެއް ނުވޭ މަންމާ…. ބިރުވެރި ހުވަފެނެއް ފެނުނީ…” ޖަނާ އޭނާގެ މަންމައަށް އަޑުއިވޭވަރަށް ގޮވާލިއެވެ. އެއީ މާބޮޑުކަމަކަށް ހަދާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަސީބަކުން ޖަނާގެ މަންމަވެސް އިތުރު ސުވާލެއް ނުކޮށް ވަރަށް ފަސޭހައިން ގޮސްފިއެވެ.އެއީ ހުވަފެނަކަށް ވީކަންވެސް ނަސީބެކޭ އޭނާގެ ހިތައް އެރިއެވެ. އެހެންނޫނީ……………

   އެހެންނޫނީ ވާނެގޮތެއް ޙުދު އޭނާ އަކަށްވެސް ނޭންގެއެވެ.

(ނިމުނީ)

Comments (16)

  1. xxx_dodo_xxx

    Wow wow wow.
    Viola. This is s perfect short story. Vrh reeeethi.

    1. Viola
      xxx_dodo_xxx

      I’m so happy to have a lovely comment aven after this is my first time to write a story for esfiya.
      Any requests to write another story ?????
      Thx xxx_dodo_xxx

  2. Exxo

    Omg. Are u a new writer.
    Aslu 3 mins ge short story akaa alhaa balaairu vrh reethi. Hama baraabaru. Vrh furihama ingey. Haassa koh u ge ibaaraaiyy kurun thakaa hurihaa baeh vx varah reethi Ingeyyy.
    Ly… new writer…

    1. Viola
      Exxo

      Yup a new writer.
      I’m Delighted to hear that. Soooo happy.
      Lyt darling.

  3. Exxo

    Heyyyyy.
    Are u a new author on esfiya ????
    Mi Bai vrh vrh reethi ingey. Hama habace.
    Ibaaraaiyy kurun emme reethee.
    Ly… new writer.

    1. Viola
      Exxo

      Yessss. I’m a new author on esfiya.
      Comment fenifa vrh ufaa vejje.
      Any requests to write another story ????
      Lyt
      Thx Exxo

  4. Leeshaa

    Wow is this a scary story. Wow it’s nice. Gurl or boy ????

    1. Viola
      Leeshaa

      Yessss. This is definitely a scary story.
      Super exited to see this comment.
      Any requests to write another story ????
      Thx Leeshaa

  5. Exxo

    Yup,I have one.
    Will yahh write a lovestory as the next story. Also I would like to read series stories.

    1. Viola
      Exxo

      Wellll. Request eh kohleethee ufaa vejje.
      I will try to write a lovestory next. And yessss. I will write a series story next Inshaa Allah.
      Thx again Exxo.

  6. Guess

    You thee gurl eh dhw? Cuz gurls are motivated by comments unlike boys they be like eh😒

    1. Noone
      Guess

      That’s so weird of u to say that

    2. Viola
      Guess

      Yup. I’m a gurrll.
      Vrh vrh bodah sorry maa lahu. Comment ah reply kurevuneema.
      Thx Guess.

    3. Viola
      Guess

      Yeah totally. Gurrlls luv Flowers so do I.
      Sorry ingey maa lahun comment ah reply dhevunee ma
      Thx Noone

  7. Anonymous

    love it

    1. Viola
      Anonymous

      So esthetic to hear that.
      Thx Anonymous.

Comments are closed.