މިއަޅުގަނޑުގެ ފުރަތަމަ ވާހަކަކަމުން މިސްޓޭކްތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކިޔުންތެރިންގެ ކިބައިންނިހާޔަތަށް މާފަށްއެދެމެވެ. އަދި ހަމައެއާއެކު ވާހަކައިގައި ހުރި ކުށްތައް ފާހަގަކޮށްލަދިނުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ. **************************************************************************** އޮއްސެމުންދިޔަ އިރާއެކު ޝިޔާގެ މޫނުމަތީގައިވި ހިނިތުންވުންދިޔައީ ފަނޑުވަމުންނެވެ. އިރުގެ ރަންދޯދިތައް ކުލަ ރީތި އޮރެންޖްކުލައެއް ގެނެސްދެމުން ދިޔައިރު ޝިޔާގެ ކަޅުކަންގަދަ ކަޅިރަވައިން ފެންނަމުންދިޔައީ ވޭނާއި ހިތްދަތިކަމެވެ. ޤުދުރަތުގެ ރީތި މަންޒަރަށް ނަޒަރު ހުއްޓަލައިގެން އިނެއްކަމަކު އޭނާގެ ވިސްނުން އެކަމަށްހުރިހެނެއްހިޔެއްނުވެއެވެ. މައިންބަފައިން އެމީހުންގެ ދެލޮލުގެ ކޮއިފަދަ ދަރިން ގޮވައިގެން […]