Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (ޓްރެއިލަރ)

Starlight
Starlight Level 1
November 13, 2023 2 Mins Read
1 Comment

މިނިވަން ކޮކާލެއް ފަދައިން ހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދިޔަ އިޝްރާގެ ޙަޔާތަށް އިންޤިލާބެއް އަންނަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ހުރި ދެ ފިރިހެންކުދިންގެ ތެރެއިން އެކަކު އޭނާދެކެ ލޯބިވާކަން ހާމަކުރާ ހިސާބުންނެވެ. ޙަޔާތުގައި އަލަށްވެސް މީހަކުދެކެ ލޯބިވެވިފައިނުވާ އިޝްރާއަށް އެކަން ބަލައިގަތުން ފަސޭހައެއް ނުވެއެވެ. އަދި އަމުދުން އޭނާގެ އެންމެހައި އުންމީދުތަކާއި ހުވަފެންތަކެއް ޙާސިލްކުރެވެން މަދު ދުވަސްކޮޅަކަށް ވެފައިވާ މުހިންމު ދަނޑިވަޅެއްގައެވެ. އެހެނަސް ދުވަސްތަކަކަށް އެކަމުން ބޯދަމައިގަނެވޭނެ މަގެއް އޭނާއަށް ފަހިވިއެވެ. އެ ފުރުސަތުގެ ބޭނުން ހިފައި އޭނާ އެތައް ދުވަހެއްވަންދެން އެކަމުން ސަލާމަތްވެގެން ހުރެއެވެ. އެހެނަސް މުޅި ޢުމުރަށް އޭނާއަށް އެގޮތުގައި ދެމިހުރެވިދާނެ ބާއެވެ؟ މުޅި ޢުމުރު ހުސްވަންދެން އެ ހުށަހެޅުމަށް ޖަވާބެއް ނުދީ ހުރެވިދާނެ ބާއެވެ؟

 

އުމުރުން 11 އަހަރުގައި ޢާއިލާއާއި އެކީގައި ރާއްޖެއަށް ދިރިއުޅުން ބަދަލުކުރި ލުބްނާގެ ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވަނީ ރާއްޖެ ބަދަލުވާތާ ތިން އަހަރު ފަހުންނެވެ. ލުބްނާދެކެ ލޯބިވާކަމަށް ދަޢުވާކުރާ ފަރާތެއްގެ ލޯބި ޤަބޫލުކުރަން ލުބްނާ ދެކޮޅުހެދުމުން އޭނާގެ ފަރާތުން އެތައް ދަތިތަކެއް ކުރިމަތިވަމުން ދިޔައެވެ. އެހުރިހާ ކަމަކުން ރެކިގަތުމަށް އޭނާ ކުރަމުންދިޔަ މަސައްކަތްތަކުގައި އެންމެ ގާތުގައި، ދެގޮތެއްނުވެ ހުރީ އޭނާގެ އެންމެ ލޯބިވާ، އެންމެ ގާތް އެކުވެރިޔާއެވެ. އެހެނަސް މި ‘އެންމެ ލޯބިވާ’ގެ ލަޤަބު ދޭންވީ ކާކަށް ކަމާއިމެދު ލުބްނާގެ ހިތުގައި ޝައްކު އުފެދުނީ ރާއްޖެ ބަދަލުވާތާ 5 އަހަރު ފަހުންނެވެ. ‘އެންމެ ލޯބިވާ’ ކަމަށް ދެކުނު އެކުވެރިޔާގެ ކޮއްކޮއާއި ބައްދަލުވާ ހިސާބުން ލުބްނާގެ ހިތާއި ސިކުނޑިއާއި އަރާރުންވާންޖެހޭ ދުވަސްތައް އިތުރުވިއެވެ. ޤަބޫލުކުރަން ބޭނުން ނުވިއަކަސް ނޭނގި ހުއްޓާ ‘އެންމެ ލޯބިވީ’ އެކުވެރިޔާގެ ކޮއްކޮދެކެ ލޯބިވެވިއްޖެކަން އެނގި، އެކަން ޤަބޫލުކުރެވޭއިރު ލުބްނާގެ ޙަޔާތަށް ވަނީ އެކަމުން ސަލާމަތްނުވެވޭވަރުގެ ވަރުގަދަ ތޫފާނެއް އަރާފައެވެ. އަލަތު ލޯބި ނާކާމިޔާބުވެ، ބޭކާރުވެފައިވާ މީހެއް ކަމުގައި އަމިއްލައަށް ޤަބޫލުކޮށްގެން، އެތެރެއަށް ހުރިހާ ހިތާމަތަކެއް ހިނދާލައިގެން ހުރި ލުބްނާގެ މި ވިސްނުމަކީ ޙަޤީޤަތުގައި ކަން ހިނގާފައިވާ ގޮތާއި އެއްގޮތް އެއްޗަކަށް ވެދާނެ ބާއެވެ؟

 

ޅަދުވަސްވަރު އެކީ ޗައިނާގައި ހޭދަކުރުމަށްފަހު ރާއްޖެއަށް ބަދަލުވި ލިބާންގެ ހިތް އަތުލީ އެންމެނާއިވެސް ގުޅޭ، ސަކަ މިޒާޖެއްގެ، ހިފިނުހުރެވޭ ބޮލިރަވައެކެވެ. ކިތަންމެ ހަލަނިކޮށް އުޅުނު ނަމަވެސް އޭނާއަކީ އެހެން މީހުންނާއިމެދު ވިސްނާ، އެހެން މީހުންގެ އިޙުސާސްތަކަށް ޤަދަރުކުރަން ދަންނަ ކުއްޖެކެވެ. ދުލުން އެއްޗެއް ބުނުމުގެ ކުރިން އެތައް ފަހަރަކު ވިސްނާފައި ނޫނީ އެ އެއްޗެއް ބޭރު ނުކުރާ ކުއްޖެކެވެ. އެހެނަސް އެދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަމާއިހުރެ ލިބާންއަށް އޭނާގެ ހިތުގެ ޙާލަތު ހާމަކުރަން ފަސްޖެހެވެއެވެ. އެގޮތުގައި ކަންތައްތައް ކުރިއަށް ދަނިކޮށް…………

 

5 އަހަރު ވަންދެން ރާއްޖެ ނާރައި ހުރުމަށްފަހު އަލްޔާން އެނބުރި ރާއްޖެ އަންނަނީ އޭނާގެ ޙަޔާތަށް އަންނަންއުޅޭ ވަރުގަދަ ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވާ ޙާލުގައެވެ. އެއްވެސް މީހަކަށް އަންގައިނުލާ، އެކަނި މާއެކަނި ރާއްޖެ އަރާތާ 24 ގަޑިއިރު ހަމަނުވަނީސް އަލްޔާންގެ ހިތް ގެއްލިދަނީ މީގެކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަރާތަކާއި ހުރެއެވެ. ފުރަތަމަ ނަޒަރުން ލޯބިވެވިދާނެކަމަށް ދުވަހަކުވެސް ޤަބޫލުނުކުރާނަން ކަމުގައި ބުނަމުން އައި އަލްޔާންއަށް އެކަން ޤަބޫލުކުރަން މަޖުބޫރުވީ އޭނާގެ ގޭގެ ދޮރުގައި ބެލް ޖަހާލި ފަތްމިންޏެއްގެ ސަބަބުންނެވެ. އެތައް އަހަރަކު ރާއްޖެއިން ބޭރުގައި އުޅުނުއިރު، ރީތި އެތައް ކުދިންނެއް ފެނިފައިވީ ނަމަވެސް އަލްޔާންގެ ހިތް، މި އަންހެން ކުއްޖާ އިޚްތިޔާރުކުރި ސަބަބުތައް ބައިވަރެވެ. އެހެނަސް………………….

 

ޓްރެއިލަރގައި ބަޔާންކޮށްފައި މި ވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް، އަދި ފުރިހަމަކޮށްފައިނުވާ ޖުމްލަތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް ހޯދުމަށް ވާހަކަ ކިޔުއްވަމުން ގެންދަވާ! އިރާދަކުރެއްވިއްޔާ ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހެއްގައި ވާހަކައިގެ އާ ބައިތަކެއް ތިޔަ ކިޔުންތެރިންނާއި ހަމައަށް ފޯރުކޮށްދެމުން ގެންދާނަން. މީގެ ކުރިން Ishaaa އެކައުންޓުގައި އަޅުގަނޑު މި ވާހަކަ ޝާއިޢުކުރަމުން ގެންދިޔައިރު ތިޔަ އެންމެހާ ކިޔުންތެރިންގެ ފަރާތުން ލިބިގެންދިޔަ ތަރުޙީބާއި ހިތްވަރަށް ފަށްފަށުން ޝުކުރު އަދާކުރަން. އަދި މިފަހަރުވެސް އެފަދަ ތަރުޙީބެއް ލިބިގެންދާނެކަމަށް އުންމީދުކުރަން.

 

ތިޔަ އެންމެހާ ކިޔުންތެރިންނަށް ވާހަކައިގެ ކުރިއަށް އަންނަން އޮތް ބައިތައް ކިޔައިލުމަށް ދަޢުވަތު އަރުވަމުން މިއަދަށް ވަކިވެލަން! މި ވާހަކައަކީ ތިޔަ ކިޔުންތެރިން މާޔޫސްވާން ނުޖެހޭ ވަރުގެ ވާހަކައަކަށް ވެގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން! އެންމެހާ ކިޔުންތެރިންނަށް އަމާން، ރައްކާތެރި ދުވަސްތަކަކަށް އެދެން!

 

-Starlight-

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

އިފްރާ 2

Next

ނަފްރަތުން ލޮތްބަށް 4

Next
November 13, 2023

ނަފްރަތުން ލޮތްބަށް 4

Previews
November 13, 2023

އިފްރާ 2

One Comment

  1. Ifoo says:
    November 14, 2023 at 6:40 pm

    Aww😍.. Unmeedhu kuran mi vhk kiyaalan avahah libeyne kamah 😊

Comments are closed.



All Right Reserved!