އޭރުވެސް ލުޔޫން ދިޔައީ އޭނާގެ ރައްޓެހިންނާ އެކު ސަކަރާތް ޖަހަމުންނެވެ. ބާލީސްތަށްއެކަކު އަނެކަކުގެ ގަޔަށްއުކަމުން ދިޔައެވެ. ލުޔޫން އަކީ އަންހެން ކުއްޖަކަސް އޭނާގެ ގިނައި ހުސް ވެސް ފިރިހެން ރައްޓެހިންނެވެ. މިސަކަރާތުގާ ތިއްބާ އެންމެން ހުއްޓުނީ ކޮޓަރި ދުރުގައި ޖަހާލި އަޑަށެވެ’ ލުޔޫން! މަންމަ ބުނީ ކާން އަންނާށޯ އެންމެން ގޮވައިގެން. އަވަސް ކުރާތި އިނގޭ.’ ލުޔޫންގެ އެންމާބަނޑުދައްތަ ލަޔޫން ގޮވާލިއެވެ. މިދެކުދިންނަކީ އެއްމާބަނޑު ދެކުދިން ކަމުގައި ވިޔަސް އެއްވެސް ގޮތަކަށް ދެކުދިން ވައްތަރު ގޮތެއްނުހުރެއެވެ. އެހެން ނަމަވެސް އެދެކުދިންގެ މިޒާޖާއި އުޅުން އެއްގޮތެވެ. ‘ އޭ ލުޔޫން ހިނގާބަ ކާންދާން އަސްލު މަ ވަރަށް ބަނޑުހައި. މަ ބަނޑަށް މަރުނުވަނީސް މަ ގޮވައިގެން ކާން ހިނގާބަ.’ ލުޔޫންގެ އެކުވެރިންތަށް ތެރެއިން އިޒާން ބަނޑުގައި އަތް ޖަހާލަމުން ބުނެލިއެވެ. ‘ އޯކޭ ޒާން ކާން ބޭނުމިއްޔާ ދޭ ކާން. އެކަމް ލުޔޫންމެން ދާނީ އައިސް ކްރީމް ބޯން.’ އިޒާން އަށް ލުޔޫންގެ އަތުގައި އޮތް ރުފިޔާ ދަށްކާލަމުން ބުނެލިއެވެ. ‘ އަހަރުން ވެސް ދާނަން.’ ދެން ތިބި އަބާން އާއި ނާއިޝް އަށް ބުނެވުނީ ދާދި އެއް ކޮށްކޮށެވެ. މި ހަތަރު ކުދިން އައިސް ކްރީމް ބޯން ސްކޫޕަށް ދާން ހަމަޖެއްސުމަށް ފަހު ތައްޔާރު ވާން ފެށިއެވެ. ލުޔޫން މަޑު ފިޔާތޮށި ކުލައިގެ ޓީ-ޝާރޓް އެއް ލުމަށް ފަހު އިސްތަށިގަނޑަށް ރީތި ގޮތެއް ހަދާލިއެވެ. އަދި ފިޔާތޮށި ކުލައެއް ތުންފަތުގައި ޖެއްސުމަށްފަހު ކޮޓަރިން ނިކުތެވެ. ‘ ލެޓްސް ގޯ ގާއީސް.’ ލުޔޫންގެ ރީތި ކަން ފެނިފަ އަބާން އިނީ ލުޔޫން އާއި ދިމާ އަށް ބަލަހައްޓައިގެންނެވެ. އެންމެ ކުރީއްސުރެވެސް އަބާންގެ ހިތުގައި ވަނީ ލުޔޫންގެ މައްޗަށް ބިންވަޅު އެޅިފައެވެ. ނަމަވެސް މި ވާހަކަ އަބާން އެކަކު ކާއިރި ވެސް ނުބުނެ ހުންނަނީ ލުޔޫންގެ ފަރާތުން ގޯސް ޖަވާބެއް ލިބިދާނެތީއެވެ. ‘އޭ އޭ ކަލޭމެން ކޮންތާކަން ދާން ތިއުޅެނީ މަ ނުލާ.’ ލަޔޫން ލުޔޫން އަށް ލޯއަޅާ ލަމުން ބުނެލިއެވެ. ‘މި ދަނީ ސްކޫޕަށް ދާން.’ ލުޔޫން ލަޔޫން އަށް ދޫ ދިއްކޮށް ލަމުން ބުނެލިއެވެ. ލުޔޫން ހުއްޓާ ނުލާ އަނގަ ތަޅަމުން ދިޔަ އިރު ލަޔޫންގެ ނަޒަރު ހުއްޓީފައިވީ އަބާންއަށެވެ. އަބާން ފެންނަ ކޮންމެ ފަހަރަކުވެސް ލަޔޫންގެ ހިތުގެ ވިންދު ދަނީ ބާރު ވަމުންނެވެ. މީ ކީއްވެ ވާކަމެއްކަމެއް ޙުދު ލަޔޫން އަކަށް ވެސް ނޭގެއެވެ. ‘ އޭ ސްކޫޕަށްދާނަން ހޭޭ؟؟؟؟.’ ލަޔޫންގެ ފަރާތުން ޖަވާބެއް ނައުމުން ލުޔޫން ހަޅޭއް ލަވައިގަތެވެ. ‘އާނ އާނ ދާން ހިނގާބަލަ މަ ރެޑީ އޭ.’ ލަޔޫން އޭނާގެ ނަފްސު ހަމައަކަށް އަޅުއާލިއެވެ. ލުޔޫން އަވަސް އަވަހަށް އޭނާގެ ދަބަސް ނެގުމަށްފަހު އިޒާންގެ އަތުގައި ހިފާލިއެވެ. ލުޔޫން އަށް ވެސް ވަނީ ކުރިން ލޯބިވެވިފައެވެ. އެހެން ނަމަވެސް ކުރިން ދުވަހަކުވެސް ނުކުރެވޭ ކަހަލަ ތަޖްރިބާ އެއް މިއަދު ލުޔޫން އަށް ވަނީ ކުރަން ޖެހިފައެެވެ. ލުޔޫންގެ ހިތުގާއި މިހާރު ވަނީ އިޒާންގެ […]
އޭރުވެސް ލުޔޫން ހުރީ އޭނާގެ ރައްޓެހި ކުދިއްނާއެއްކޮށް ސަކަރާތްޖަހަންށެވެ. އެއް ކުއްޖެއް އަނެއް ކުއްޖެއްގެ ގަޔަށް ބާލީސް ތަށް އުކަމުން ދިޔައެވެ. ލުޔޫން އަކީ އަންހެން ކުއްޖެއް ކަމުގައި ވިޔަސް އޭނާގެ ގިނައީ ފިރިހެން ރައްޓެހި ކުދިންނެވެ. މި ސަކަރާތުގަ ތިއްބާ ކޮޓަރި ދޮރުގަ ޓަކި ޖެހުމާއި އެކު އެންމެންގެ ހުނުން ހުއްޓުނެވެ.” ލުޔޫން ދޮރު ހުޅުވަބަލަ މަންމަ ބުނީ އެންމެން ކާން އަންނާށޯ އަވަސް ކުރާތި އިނގޭ!.” ލުޔޫންގެ ދޮންތަ ކޮޓަރީގަ ދެތިން ފަހަރަކު ޖަހާލުމައްފަހު ދިޔައެވެ. ” ހަހަހާ. ދެން ހިނގާ އަވަހަށް ދާން ވަރަށް ބަނޑުހައިވެއްޖެ.” ލުޔޫން އޭނާގެ ހިނިގަނޑު މަތަ ކުރަމުން ބަނޑުގަ އަތް ހާކާލިއެވެ. ” ތެދެކޭ ދެން ހިނގާބަ ދާން މަށަކަށް ދެން ގައިމު ކެތެއްނުކުރެވެނެ.” ލުޔޫންގެ އެކުވެރިންތަށް ތެރެއިން އަބާން ކޮޓަރިން ނިކުތެވެ.” މަ ނުލާ އެ ދިޔައީނު އެ ފޮނި މީހާ ގަނޑު. އައްބޭ އޭތް މަޑު ކުރޭ..” ލުޔޫން އާއި ދެން ތިބި ކުދިން ވެސް އަބާން ފަހަތުން ދުއްވައިގަތެވެ. ކިތަންމެ ގިނަމީހުން ތިބި ކަމުގައި ވިޔަސް މުޅި މާހައުލުގައި ވާހަކަ ގެއްކުމުގެ އެއްވެސް އަޑެއް ނެތެވެ. ހަމަ އެކަނި […]