Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައި ލަވް ޔޫ..

Shoo Level 1
August 17, 2016 One Min Read
4 Comments

އޭރުވެސް ލުޔޫން ހުރީ އޭނާގެ ރައްޓެހި ކުދިއްނާއެއްކޮށް ސަކަރާތްޖަހަންށެވެ. އެއް ކުއްޖެއް އަނެއް ކުއްޖެއްގެ ގަޔަށް ބާލީސް ތަށް  އުކަމުން ދިޔައެވެ. ލުޔޫން އަކީ އަންހެން ކުއްޖެއް ކަމުގައި ވިޔަސް އޭނާގެ ގިނައީ ފިރިހެން ރައްޓެހި ކުދިންނެވެ. މި ސަކަރާތުގަ                                                                                              ތިއްބާ ކޮޓަރި ދޮރުގަ ޓަކި ޖެހުމާއި އެކު އެންމެންގެ ހުނުން ހުއްޓުނެވެ.” ލުޔޫން ދޮރު ހުޅުވަބަލަ މަންމަ ބުނީ އެންމެން ކާން އަންނާށޯ އަވަސް ކުރާތި އިނގޭ!.” ލުޔޫންގެ ދޮންތަ ކޮޓަރީގަ ދެތިން ފަހަރަކު ޖަހާލުމައްފަހު ދިޔައެވެ. ” ހަހަހާ. ދެން ހިނގާ އަވަހަށް ދާން ވަރަށް ބަނޑުހައިވެއްޖެ.”  ލުޔޫން އޭނާގެ ހިނިގަނޑު މަތަ ކުރަމުން ބަނޑުގަ އަތް ހާކާލިއެވެ. ” ތެދެކޭ ދެން ހިނގާބަ ދާން މަށަކަށް ދެން ގައިމު ކެތެއްނުކުރެވެނެ.” ލުޔޫންގެ އެކުވެރިންތަށް ތެރެއިން އަބާން ކޮޓަރިން ނިކުތެވެ.” މަ ނުލާ އެ ދިޔައީނު އެ ފޮނި މީހާ ގަނޑު. އައްބޭ އޭތް މަޑު ކުރޭ..” ލުޔޫން އާއި ދެން ތިބި ކުދިން ވެސް އަބާން ފަހަތުން ދުއްވައިގަތެވެ.

ކިތަންމެ ގިނަމީހުން ތިބި ކަމުގައި ވިޔަސް މުޅި މާހައުލުގައި ވާހަކަ ގެއްކުމުގެ އެއްވެސް އަޑެއް ނެތެވެ. ހަމަ އެކަނި އިވެނީ ތަށީގައި އޫ ކޭއްތޭއް އަޑެވެ. ވާނީވެސް އެހެންތާއެވެ. ލުޔޫން އަކީ ކާ ގަޑީގަ ހަމަހިމޭން ކޮށް އިންނަން ބޭނުންވާ ކުއްޖެކެވެ. އެ ގަޑީގާ މީހަކު އަނގައިން ޗުއްޕު ވެސް ބުނެލައިފިއްޔާ އެ މީހެއްގެ ދޫވެސް ބުރި ކުރާ ހިސާބަށް ލުޔޫން ގެންދެއެވެ. ފިރިހެން ކުދިންނާއި އެއްކޮށްލުޔޫން އުޅުނު ކަމުގައިވިޔަސް އޭނާ އަކީ ހަމައަންހެން ކުދިން އުޅޭ ގޮތަށް އުޅޭ ކުއްޖެކެވެ. ލުޔޫންގެ އެންމެ ރީތި އެއްސިފަ އަކީ އޭނާގެ އެލްމޮންޑް ލޮލެވެ. އެ ދޮން މޫނާ ނުލާހިކު ގުޅޭ ގޮތަށް އިންނަ ތުންފަތަކީ ވެސް ހާއްސަ ކޮށްލެވޭ ސިފައެކެވެ. ލުޔޫންގެ މި ސިފަތަކާއި ހެދި އޭނާގެ ރައްޓެހިން ވެސް އޭނަ އާއި ހެދި އުޅެއެވެ. އޭގެ ތެރޭގައި އަބާން އަކީ ލުޔޫން އާއި ހެދި މޮޔަވާވަރުވެފަ ހުންނަ ކުއްޖެކެވެ. އެހެންނަމަ ވެސް އަބާން މަސައްކަތް ކުރަނީ އެކަން ލުޔޫން އަށް ނޭންގޭއްތޯއެވެ.

ވަރަށް އަވަހަށް އަންނަނީ އިންތިޒާރު ކޮށްލައްވާ……

Share Article

Follow Me Written By

Shoo

Level 1

Other Articles

Previous

އެދުނީމޭ ލޯތްބާއި އުފާ 7

Next

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 8 ވަނަ ބައި )

Next
August 17, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 8 ވަނަ ބައި )

Previews
August 16, 2016

އެދުނީމޭ ލޯތްބާއި އުފާ 7

4 Comments!

  1. aik says:
    August 17, 2016 at 8:25 pm

    Varah reethi vaanehen heevany….☺

  2. sabeeha says:
    August 17, 2016 at 8:27 pm

    nice..?

    1. sabeeha says:
      August 17, 2016 at 8:28 pm

      ekam ehbai fennany..anehbai nufeney ?

  3. Sh...4 says:
    August 17, 2016 at 8:30 pm

    Lafzu thahh ekuvefa huryy

Comments are closed.



All Right Reserved!