ރާއިލް އަކީ އަހަރެންގެ ދަރިވަރަކަށްވިޔަސް އޭނާ އެ ދެއްކި ވާހަކަ ހާދަ އިބުރަތްތެރިއެކެވެ. ގުރޭޑް ދިހައެއްގެ ދަރިވަރަކު ފުރިހަމަ ބައްޕައެއްގެ ވިސްނުން ހުރުމުން އަހަރެން ފަޚްރުވެރިވިއެވެ. މިފަދަ ދަރިންތަކެއް މުޖުތަމައަށް ނެރުމުގައި އަހަރެންގެ އަތެއް ވީތީއެވެ. އެރޭ ނިދަންއޮވެފައި އަހަރެން އެ ނުދަންނަ ޒުވާނާއަށް މެސެޖެއް ކޮއްލީމެވެ.ހަމައެކަނި ގުޑްނައިޓް ލިޔެލާފައެވެ. ޖަވާބެއް ނުލިބުމުން އޭނާއަށް ގުޅާލީމެވެ. އޭނަ ބިޒީކޮއްލިއެވެ.އިރުކޮޅެއްފަހުން ގުޅިއެވެ. ” އަހަރެން ހަބަރެއް ނުވީމަ ކެތްނުވީދޯ..ނިޝާ ކިތައްމެ ނޫންކަމަށް ހެދުނަސް އަހަންނަން އެގޭ ނިޝާ […]
ޅަ އުމުރުގައި ޙަޔާތަށް އައި ވަރުގަދަ ކޮޅިގަނޑުގައި ޙަޔާތުގެ ނައު އޮޔާދިޔައެވެ. ދުރުތާ ތިމާގެ މީހެއްގެ ފަރާތުން ލިބުނު އެ ވޭންވެނިވި ޒަޙަމްތަކުގައި ބޭސް އަޅައިދިނީ ދެގޮތެއްނުވާ އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އާއިލާއެވެ. ޙަޔާތުގެ ބައިވެރިޔާ ވަކިވަން ދެއްކި ބަހަނާ އަކީ ބަދަލު ކުރެވެން ނެތް އެ ހިތްދަތި މާޒީގެ ޖިންސީއަނިޔާގެ ކޮޅިގަނޑެވެ. ވަރަށް މަސައްކަތުން އަހަރެން އެނބުރި ދިރިއުޅުމާއި ކުރިމަތިލީމެވެ. އެހެނަސް އެކަންޏެވެ. އަހަރެން ދެކުނު ހުރިހާ ހުވަފެނެއް ހުވަފެނެއްގެ ގޮތުގައި ޤައިދުވީއެވެ. ހަޔާތައް […]