Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އުއްމީދު ފެނަށް ވިޔަސް (1ވަނަ ބައި)

Shiu Level 1
January 16, 2014 3 Mins Read
7 Comments

ޅަ އުމުރުގައި ޙަޔާތަށް އައި ވަރުގަދަ ކޮޅިގަނޑުގައި ޙަޔާތުގެ ނައު އޮޔާދިޔައެވެ. ދުރުތާ ތިމާގެ މީހެއްގެ ފަރާތުން ލިބުނު އެ ވޭންވެނިވި ޒަޙަމްތަކުގައި ބޭސް އަޅައިދިނީ ދެގޮތެއްނުވާ އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އާއިލާއެވެ. ޙަޔާތުގެ ބައިވެރިޔާ ވަކިވަން ދެއްކި ބަހަނާ އަކީ ބަދަލު ކުރެވެން ނެތް އެ ހިތްދަތި މާޒީގެ ޖިންސީއަނިޔާގެ ކޮޅިގަނޑެވެ. ވަރަށް މަސައްކަތުން އަހަރެން އެނބުރި ދިރިއުޅުމާއި ކުރިމަތިލީމެވެ. އެހެނަސް އެކަންޏެވެ.

އަހަރެން ދެކުނު ހުރިހާ ހުވަފެނެއް ހުވަފެނެއްގެ ގޮތުގައި ޤައިދުވީއެވެ. ހަޔާތައް އައި ވަރުގަދަ ކޮޅިގަނޑުގައި އަހަރެންގެ ހުވަފެނީ   ގަޑުވަރު ފުޑުފުޑުވީއެވެ. އަމިއްލަ ހުވަފެންތަކުގައި ޖައްސާނެ އެއްވެސް ކުލައެއް ނެތުމުން، އެހެން މީހުންނަށް އެމީހުންގެ ހުވަފެންތައް ކުލަކޮއްދެވޭތޯ ބެލީމެވެ. އަމިއްލަ ހިތާމަތައް އެއްފަރާތް ކޮއްލުމަށްފަހު، ޤައުމު ފަޚްރުވެރިވާނޭފަދަ ދަރިންތަކެއް އުފެއްދޭތޯ ޓީޗަރެއްގެ ގޮތުގައި އަތުކުރި އޮޅާލީމެވެ. ދަރިވަރުން އެކުވެރިއެއްގެ ގޮތުގައި ބަލައިގަންނާނެ ހެން މަސައްކަތް ކުރެވޭތޯބެލީމެވެ.ހިޔާލާ ފިކުރަށް ސިކުންތެއްވެސް ނުދީ ބުރަ ޝެޑިއުލް އެއް ރާވާލީމެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. އާދައިގެ ގޮތެއްގައި އަހަރެންގެ ދިރިއުޅުންވެސް ކުރިޔަށް ދެއެވެ. އަހަރެން ޑިއުޓީގައި އުޅޭއިރު ފޯން އޮންނާނީ ސައިލެންޓަށް ލާފައެވެ. ގިނަފަހަރަށް ފޯނު ބަލާލެވޭނީ ގެޔަށްގޮސް ހަމަޖެހިލެވުމުންނެވެ. އެވެސް ފޭސްބުކަށް ވަދެލާށެވެ. މިވީ ދުވަސްކޮޅުގެތެރޭގައި އަހަރެންގެ އުފަލަކަށް ކުރާކަމަކީ ފޭސްބުކުން ފުރެންޑުންނާއި ދިމާކޮށް ސަކަރާތް ޖަހާލުމެވެ.އެއީ އަހަރެންގެ ފޭކު ހިނިތުންވުން ދެމެހެއްޓުމުގެ ބައިވެރިޔަކަށް ވެއެވެ. އަހަރެން ދަންނަ ކޮންމެ މީހަކު އަހަރެން ލޭބަލް ކުރާނީ މަޖާ އުފާވެރި މީހެއްގެ ގޮތުގައެވެ. ސަބަބަކަށް ހިނިތުންވުން ވެދާނެއެވެ. އެހެނަސް އަހަރެން ހިނިތުންވުން ބޭނުން ކޮއްލަނީ ، އަހަރެންގެ ހިތުގެ ވޭނީއަޑު އެހެން މީހުނަށް ފޮރުވަން ގެންގުޅޭ އައްޑަނައަކަށެވެ. މިއަދުވެސް އަހަރެން އެނދަށް އަރާ ހަމަޖެހިލުމަށްފަހު، ފޯނުނެގީ ފޭސްބުކަށް ވަދެލުމަށެވެ. އެހެނަސް ހައިރާން ކަމާއި އެކު ފޯނު ޗެކުކޮއްލެވުނީ ނުދަންނަ ނަމްބަރަކުން 8 ފަހަރު ގުޅާފަ އޮތުމުންނެވެ. އެ ނުދަންނަ ނަމްބަރަށް ގުޅާނީތޯ ނުވަތަ ނުގުޅާނީތޯ ފިކުރު ކޮށްލެވުނެވެ. އިރުކޮޅަކު އޮތުމަށް ފަހު ގުޅާލީމެވެ. އެކޮޅުން ހީލަމުން ބުނީ އޮޅުނީކަމަށެވެ. އެއަށްފަހު ސޮރީއޭ ބުނެލީވެސް އެ މަޑުމައިތިރި އަޑުންނެވެ. އަހަރެންވެސް އޯކޭ އޭ ބުނެ ފޯން ކަނޑާލީމެވެ.

އެއީ އަހަރެންގެ ހަލަބޮލި ހަޔާތަށް އާ ބާބެއް ވެރިވެގަތުމުގެ ފެށުމެވެ. އެ ދުވަހަށް ފަހު އަހަރެން ހޭލަނީ އޭނާގެ ގުޑްމޯނިންގ މެސެޖަށެވެ. ކޮންމެ ރެއަކު ބާރަ ޖަހާއިރު ގުޑްނައިޓް މެސެޖު ކުރެއެވެ. ފުރަތަމަ ދުވަސްކޮޅު ހަމަ އެކަނި “ގުޑްމޯނިންގ، ގުޑްނައިޓް” އެކަނި ލިޔެލާފަ މެސެޖު ކުރިޔަސް ފަހުން މެސެޖުތައް ދިގުވާން ފެށިއެވެ. ހާލު އަހުވާލު އަހާލަމުން ފެށި ފެށުން މިހާރު ލާނެއް ލޯބިވެތި ބަސްތަކަށްވެސް ބަދަލުވެއްޖެއެވެ. އަހަރެން އެންމެ އަޖައިބު ވަނީ އަހަރެން އެއްވެސް ރިޕްލައި އެއް ނުކުރާއިރުވެސް އޭނާގެ އެ މެސެޖުތަކަށް ހުއްޓުމެއްނައީމައެވެ. ދޭތެރެދޭތެރެއިން އޭނާ ގުޅާލިޔަސް އަހަރެން ފޯނެއް ނުނަގަމެވެ.

މިއަދަކީ އެހެން ދުވަސްތަކަށްވުރެވެސް ބިޒީ ދުވަހެކެވެ. އަތޮޅުގެ ވެރިރަށުގައި އޮންނަ އެތުލެޓިކްސްމީޓަށް ދަރިވަރުންނާއި ޓީޗަރުން ފުރުވާލުމުގައި އަހަރެން އުޅުނީ ހޭބޯ ނާރައެވެ. ކަންތައްތައް ހަމައަކަށް އަޅުވާލާފައި ހަމަޖެހިލުމާއެކު ހަދާންވީ މިއަދުގެ މޯނިންގ މެސެޖް އަދި ނުކިޔާކަމެވެ. އަވަސްއަވަހަށް ފޯނުނެގުމަށްފަހު ހިނިތުންވެލައިގެން ހުރެ އިންބޮކްސް ހުޅުވާލީމެވެ. އަހަރެންގެ ހިނިތުންވުން ފަޑުވެގެން ދިޔައީ މިއަދުގެ މޯނިންގ މެސެޖު ލިބިފައިނެތީމައެވެ. ބުނަން ނޭގޭ ނުތަނަވަސް ކަމެއް ހިތަށް ވެރިވެގެންދިޔައެވެ. އެ ނުދަންނަ ޒުވާނާ އާއި މެދު ވިސްނަންފެށުނެވެ.އިރުއިރުކޮޅުން ފޯނު ޗެކުވެސް ކުރެވުނެވެ. އެރޭ ނިދަން އޮތްއިރުވެސް އެ މެސެޖަށް އިންތިޒާރު ކުރެވުނެވެ. ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭގުނެވެ.

ނޭގުމެއްގައިވެސް ހިތް އެ ނުދަންނަ ޒުވާނާއާ ދިމާލަށް މަޑުމަޑުން ދީލާލަން ފަށައިފިކަން ސިކުނޑިއަށް ޤަބޫލު ކުރަން މަޖުބޫރުވެއްޖެއެވެ. ކުރީގައި އޭނާ ފޮނުވާފައިވާ ފޮނިފޮނި މެސެޖުތައް ހިތުން ތަކުރާރުކޮށް ކިޔޭތީއެވެ. ސިއްސައިގެންގޮސް ހިޔާލުތަކުން އެނބުރި އާދެވުނީ ދަރިވަރަކު ގޮވާލުމުންނެވެ. އަވަސްއަވަހަށް އެ ދަރިވަރުގެ ކައިރިއަށް ދިޔައީމެވެ. އެހެންދުވަސްތަކެކޭ އެއްގޮތަށް ކުލާހަށް ސަމާލުވެލީމެވެ. ހިތާހިތުން ހިނދުކޮޅަކަށް ވިޔަސް ކުލާސް ހަނދާން ނައްތާލެވުނީވެ އަމިއްލަ ނަފްސް ކުށްވެރިކުރަމުންނެވެ.

“ރާއިލް، އެއްފަހަރު ދަށްވިޔަސް ތިވަރަށް މާޔޫސްވާކަށް ނުވާނެ، ތިހެން މާޔޫސްވެގެން ކަމަކު ނުދާނެ، ބުނާތީ އަޑުއަހަމެއްނު، ދުނިޔެ ހިނގަނީ ތޮށަލި ދުޅައަކަށޭ، އެހެންވީމަ މިސް މި ބުނަނީ ޓާމްޓެސްޓަށް އިތުރަށް ރެޑީވެގެން ނަތީޖާ ބަދަލު ކުރެވިދާނެޔޭ..ތިހާ ދެރަ ނުވެ އަދި ޓުރައި ކޮއްބަލަ…ޕްލީޒް..” އެ ދަރިވަރު އުއްމީދުކުރި ވަރަށްވުރެ ދަށް ނަތީޖާއެއް ޔުނިޓް ޓެސްޓަކުން ލިބުނު ދަރިވަރަކު ހިތްހަމަޖައްސާލަ ދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ރާއިލް ދިން ޖަވާބުންނެވެ.

” ސޮރީ މިސް..ބަޓް އެންމެ ފިރިހެނަކު އޮޅުވާލުމުން މިސް ކީއްވެ ލައިފު ތި ދުއްވާލަނީ، މިސް ހުރިހާ ފިރިހެނުންވެސް އެއްގޮތެއް ނުވާނެ..އަޅުގަނޑުމެނަށް ރަގަޅާއި ނުބައި ވަކިކޮށް ދިނުމުގައި މިސް 100 ޕަސެންޓު ވިސްނާ އިރު މިސްގެ އަމިއްލަ ލައިފާމެދު 1 ޕަސެންޓުވެސް ނުވިސްނަމެއްނު..މިސް އަޅުގަނޑުމެއް ވަރަށް ބޭނުން މިސްގެ ބޭބީއެއް އުރާލަށް ..ޕްލީޒް މިސް..”ރާއިލްގެ ލޮލުގައިވަނީ އާދޭހެވެ. އަހަންނަން ހުރެވުނީ ކަޅިވެސް ޖަހާނުލައި ރާއިލް އަށް ބަލާށެވެ.ބެލް ޖެހުމާއެކު ކުދިންތައް ނިކުންނަށް ފަށައިފިއެވެ. “މިސް” ރާއިލް އަހަރެންގެ އަތުގައި މަޑުމަޑުން ޖަހާލަމުން ގޮވާލިއެވެ. އެއަށް ފަހު ހިނިތުން ވެފައި ނުކުމެގެންދިޔައެވެ. ބަދަލުގައި އަހަރެންވެސް ހިނިތުންވެލީ އެއީ ރަގަޅު ދަރިވަރަކަށް ވެފައި އެދިނީ ރަގަޅު ނަސޭހަތެއްކަން ގަބޫލު ކުރެވޭތީއެވެ. ރާއިލްގެ ކޮމެންޓަށް ފަސްމިނެޓު ނުވަނީސް ދުވަހުގެ ސެޝަން ނިމުނުކަން އެއީ އަހަރެންގެ ނަސީބެވެ. ގެޔަށް އައިއިރުވެސް އަހަންނަން އިވެމުން ދިޔައީ ރާއިލްގެ ވާހަކައެވެ. އަނެއްކޮޅުން ބިރުވެރި އިންޒާރެއްވެސް ހިތުން ދިޔައީ ދެމުންނެވެ. އަހަރެންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން  އެ ނުދަންނަ ޒުވާނާވެސް ދިޔައީބާވައެވެ.؟

(ނުނިމޭ)

Share Article

Follow Me Written By

Shiu

Level 1

Other Articles

Previous

މަންމަގެ ޑައިރީ 10 ވަނަ ބައި (ކަތި ނަޒަރު)

Next

ހަތިޔާރު (ހަވަނަބައިގެ 1)

Next
January 17, 2014

ހަތިޔާރު (ހަވަނަބައިގެ 1)

Previews
January 15, 2014

މަންމަގެ ޑައިރީ 10 ވަނަ ބައި (ކަތި ނަޒަރު)

7 Comments!

  1. rinaz says:
    January 18, 2014 at 3:07 am

    Kon dhuvahakun mi vaahakaige 2 vana bai annaany!!!….vrh rythi vaahaka eh….kiyaa hiyy vaa hithun keiy madhu vefa mihury

  2. nahu says:
    January 19, 2014 at 9:30 am

    v salhi koba anehbaa

  3. Al.haa says:
    January 19, 2014 at 10:17 am

    vrh rythi kober anebai

  4. shai says:
    January 21, 2014 at 7:56 pm

    V Salhi now ahren ves mikahla vaahaka eh liyamun mi gendhany but not same. problem will be same but it’s my life I want share that to all the peoples in this world

  5. shai says:
    January 21, 2014 at 7:58 pm

    Varah rythi kba aneah bail we want that so fast

  6. SIPPE says:
    January 23, 2014 at 11:44 am

    Vvvarah salmi.

  7. Manha says:
    January 29, 2014 at 12:03 pm

    varah reethi. please continue.

Comments are closed.


All Right Reserved!