މެންދަމުގެ ހަމަހިމޭން ވަގުތު ބެލްކަނީގެ ރެއިލިންގަ އަތް އެލުވާލައިގެން ހުރި ނާއިކް ހުރީ ވަރަށްވެސް ފުންވިސްނުމަކަށް ގެއްލިފައެވެ. ފިނި ރެޔެއް ނަމަވެސް އޭނާއަށް ފިނިވެސް ނުވާ ކަހަލައެވެ. މާލޭގެ ހަލަބޮލި މަގުތަކުގެ ހަމަހިމޭން ކަމުގެ ސަބަބުން އިތުރު ހިތްހަމަ ޖެހުމެއް ލިބޭކަހަލައެވެ. ފުން ނޭވާއެއް ލުމަށްފަހު އަނެއްކާވެސް ކުރިމަށްޗަށް ނަޒަރު ހުއްޓާލިގޮތުން އަދިވެސް އޭނާ އެތަނުން ދިޔުމުގެ ހިޔާލެއް ނެތްކަން އިނގެޔެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މޯޅިއަކަށް ދެމިލުމަށްފަހު އަތުކުރީގައި އޮތް ސްމާޓް ވޮޗްއަށް ބަލާލީ ގަޑިން […]