މެންދަމުގެ ހަމަހިމޭން ވަގުތު ބެލްކަނީގެ ރެއިލިންގަ އަތް އެލުވާލައިގެން ހުރި ނާއިކް ހުރީ ވަރަށްވެސް ފުންވިސްނުމަކަށް ގެއްލިފައެވެ. ފިނި ރެޔެއް ނަމަވެސް އޭނާއަށް ފިނިވެސް ނުވާ ކަހަލައެވެ. މާލޭގެ ހަލަބޮލި މަގުތަކުގެ ހަމަހިމޭން ކަމުގެ ސަބަބުން އިތުރު ހިތްހަމަ ޖެހުމެއް ލިބޭކަހަލައެވެ. ފުން ނޭވާއެއް ލުމަށްފަހު އަނެއްކާވެސް ކުރިމަށްޗަށް ނަޒަރު ހުއްޓާލިގޮތުން އަދިވެސް އޭނާ އެތަނުން ދިޔުމުގެ ހިޔާލެއް ނެތްކަން އިނގެޔެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މޯޅިއަކަށް ދެމިލުމަށްފަހު އަތުކުރީގައި އޮތް ސްމާޓް ވޮޗްއަށް ބަލާލީ ގަޑިން ވީ އިރެއް ބަލާލުމުގެ ނިޔަތުގައެވެ. ގަޑިން ތިނެއްޖަހާ ބޮޑުވެފަ ހުރިތަން ފެނުމުން އެތެރެއަށް ވަނީ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ނިދާލުމުގެ އުންމީދުގައެވެ.
ކެނޑިނޭޅި އިވެމުން ދިޔަ އެލާމުގެ ސަބަބުން އުނދަގޫ ގޮތަކަށް ފުރޮޅިލުމަށްފަހު ނާއިކް އެލާމް ކަނޑާލިއެވެ. އެއަށްފަހު ކަންނެތް ގޮތަކަށް ތެދުވެގެން ހިނގައިގަތީ ފަތިސް ނަމާދު ވަގުތު ގާތްވެފައި ވާތަން ފެނިފައެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ހިނގައިގަތީ ޖަމާޢަތަށް ލައްވާނުލާދާނެތީއެވެ. ވަގުތަށް ނަމާދަށް އެރުން އެއީ ނާއިކް އެންމެ ކުޑައިރުން ފެށިގެން ވެސް އިސްކަން ދެމުން އައި ކަމެކެވެ. މައިންބަފައިންގެ ފަރާތުން އެންމެ ކުޑަ އިރުން ފެށިގެންވެސް ފެނުން އެންމެ ހިތްހަމަޖެހޭ އެއް ސިފަ އަކީ އެއީއެވެ. މިކަމުގެ ސަބަބުން އޭނާ ވެގެންް ދިޔައީ ދީނީ ކަންކަމަށް ހޭލުންތެރި ދީނީ ކަންކަމަށް ލޯބި ކުރާ ޒުވާނަކަށެވެ.
ނަމާދުން ފައިބައިގެން ގެޔަށް ހިނގައިގަތީ ދުވަސް ފެށިގެން ދިޔަ ގޮތާ މެދު ހިތްހަމަ ޖެހިގެންނެވެ. ކޮންމެ ދުވަހަކު ފަތިހު މިސްކިތުން ގެޔަށް ހިނގާލާފަ ދިޔުމަކީ އޭނާގެ އާދައެކެވެ. ފަތިހުގެ ފިނި ވަގުތު މާލޭގެ މަގުތަށް އަމާންކަމުން މީހަކު އަޖައިބު ވާހާ ވާނެވެ. މަޑު މަޑުން ހިނގާލާފައި އައިސް މަޑު ކޮށްލީ އޭނާގެ އިސްކޮޅަށް ވުރެއް ދިގުކޮށް ހުރި ގޭޓުގެ ކުރިމަތީގައެވެ. ކުރިމަތީ އިން ގޭޓުގެ އެތެރެއިން ފެންނަން ހުރި ހައިބަތު ބޮޑު ގެއަކީ އޭނާގެ މުޅިއުމުރު ހޭދަ ކޮށްފައިވާ އޭނާގެ ގެއެވެ. އެއީ އެންމެ ތުއްތު އިރުން ފެށިގެން މިއަދާ ހަމަޔަށް އެންމެ ގިނަ ވަގުތު ހޭދަ ކުރެވުނު ތަނެވެ. އެތަށް ހާސް ޖަޒުބާތެއްގައި ބެހެމުން ދިޔަ ނާއިކް ސިހުނީ ގޭޓު ކައިރީ ހުރި ދޮރުވާނު ގޭޓު ހުޅުވާލުމަށް ފަހު ސަލާމް ގޮވާލުމުންނެވެ. ހިނިތުން ވެލުމަށް ފަހު ސަލާމްގެ ޖަވާބު ދެމުން އެ ހަވޭލީއެއް ފަދަ މޫންލައިޓް ގޭގެ ތެރެއަށް ވަދެގެން ދިޔައީ މިވަގުތު އޭނާގެ މައިންބަފައިން ހޭލާ އުޅޭނަކަމުގެ ޔަގީންކަން އޮތީމައެވެ.
ހީކުރި ފަދައިން އޭނާގެ މައިނަބަފައިން ބޮޑު ކޮޓަރީގައި އޭނަގެ އިންތިޒާރުގައި ތިއްބެވެ. އެއީ އެތިން މީހުންގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އެކަކު އަނެކަކާ ވާހަކަ ދައްކާލާ ކޮފީއެއް ބޯލުމަކީ އެއާލައިން މީގެ އެތަށް އަހަރެއް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެކެވެ. ބިލާލް އާއި އޭނާގެ އަންހެނުން ނާއިލާ އެއީ ދެވަނައެއް ނެތް ފަދަ މިސާލެކެވެ. އެކަކު އަނެކަކަށްޓަކައި މަރުދޭހާ ލޯބިވާނެވެ. ކައިވެންޔަށް ސާޅިސް ފަސް އަހަރު ވެފައި ވާއިރު އަދިވެސް އެލޯތްބަށް އެއްވެސް ކަހަލަ ފަނޑު ކަމެއް އައިސްފައި ނުވެއެވެ. މިކަން އެދެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވާ އެދެމީހުންގެ ދެ ދަރިންއަށް ބަލާލި ކަމުގައި ވިޔަސް އިނގޭނެއެވެ. އެއީ އެ ދެމީހުންގެ ހިތުގެ ފިނިކަމެވެ.
ނާއިކް ފަދައިން ނުހައިކް އަކީ ވެސް ބަސް އަހާ ކިޔަމަންތެރި ދަރިޔެކެވެ. މައިންބަފައިން ދެކެ ހަމަ އެހާ ލޯބި ވާނެއެވެ. ނަމަވެސް މިޒާޖުގެ ގޮތުން ވަރަށްވެސް ތަފާތު ވާނެވެ. ނާއިކް އަކީ މަޑު މަޑުމައިތިރި ކަމަށް ލޯބި ކުރާ ޒުވާނެކެވެ. އެއާ ޙިލާފަށް ނުހައިކް އެއީ ބޮޑު ސަކަރާތް ގަނޑެކެވެ. އެއީ މުޅި އެގޭގެ ދިރުމެވެ. ނަމަވެސް މިވަގުތު ނުހައިކް އުޅެމުން ދިޔައީ އާއިލާއާ ދުރުގައި މަތީ ތައުލީމް ހާސިލް ކުރުމުގައެވެ. ލަންޑަންގައި ބިޒްނަސް ދާއިރާއިން ތައުލީމް ހާސިލް ކުރަމުން އެދަނީ ބައްޕަގެ ވިޔަފާރިއާއި ހަވާލު ވުމަށެވެ.
ނުހައިކް އާއި ޚިލާފަށް ނާއިކް ބޭނުންވީ ޕޮލިހަކަށް ވާށެވެ. އެންމެ ކުޑަ އިރުން ފެށިގެން ވެސް އެއީ ނާއިކް ދެކެމުން އައި ހުވަފެނެކެވެ. މިައަދު އެ ހުވަފެން މިވަނީ ހަޤީޤަތަކަށް ވެފައެވެ. ޕޮލިހުގައި މަސަތްކަތް ކުރާތާ ފަސްއަހަރު ފާއިތު ވެފައި ވާއިރު އޭނާ ވަނީ އެތަކެއް ކާމިޔާބީ ތަކެއް ހޯދާ އެތައް ބައެއް ހައިރާން ކޮށްލާފައެވެ. ފަސް އަހަރު ތެރޭ އެތަކެއް ޓްރެއިނިން ތަކެއް ހަދާ އެކި އެކި ރަން ވަނަތަށް ހާސިލް ކޮށްފައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެ އުމުރުގެ އެތަށް ކުދިންއަށް ވުރެ ޤާބިލް ހަރުދަނާ ޒުވާނަކަށް ވުމެވެ. އެތަށް ބައިވަރު ޕޮލިހުންނެއް ތިއްބާ އޭނާގެ ރޭންކު ހައި ވެގެން ދިއުމެވެ. އިންސްޕެކްޓާރ އެއްގެ އިތުރުން އޭނާ ދަނީ ޑިޓެކްޓިވް އެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންނެވެ.
އިރުގެ ރަން ދޯދިތަށް މޫނަށް އެޅެން ފެށުމުން އަރާމު ނިންޖަކުން ނިދާލާފަ އޮތް އަންހެން ކުއްޖާ އަނެއް ފަރާތަށް ފުރޮޅިލީ އަދިވެސް ނިދާލަން ބޭނުން ވެފަ ހުރި ވަރުންނެވެ. ބޮޑު އެ ތަނަވަސް ކޮޓަރީގެ ކުޑަ ދޮރުތަކުގައި ދޮރުފޮތި ދަމާފައި ވީ ނަމަވެސް ދިޔައީ އިރުގެ ދޯދި އެއަންހެން އެކުއްޖާގެ މޫނަށް އެޅުމުންއެވެ، ނިދާލާފަ އޮތް ނަމަވެސް އެ މޫނު މަތިން ފެންންނީ ހިތްގައިމު ކަމެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަ ތަކެކެވެ. ހިމަ ދިގު ނޭފަތަކާއި ރީތި މަޑު ފިޔާތޮށި ވަށް ތުންފަތެކެވެ. ރާއްޖެ އިން އާންމުކޮށް ފެންނަ ކުދިންއަށް ވުރެއް ދޮނެވެ.
ކުއްލިއަކަށް އޭނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ އިވިގެން ދިޔަ އެލާރމްގެ އަޑަށެވެ. އެވަގުތު ޗޮކެއް ކަނޑާލަފައި އެލާމް ކަނޑާލާފަ އޮށޯންނަން އުޅުނު ވަގުތު ގަޑި ފެނިގެން ދެލޯ ބޮޑުވިއެވެ. “އޯހ ނޯ އަޅެ ނޯ މިއަދު ގަޑި ޖެހެން ވާއިރަށް ނުދެވިއްޖާ އަހަންނަށް އާއިޝަތު އަލާޔާ ނާސިރެއް ނުކިޔާނެ” އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔަމުން ތެދުވެގެން ދުއްވައިގަތީ ގަޑި ކުޑަތަން ވެފައިވާތީއެވެ.
ތެޅެމުން ފޮޅެމުން ތައްޔާރު ވެވުންއިރު ގަޑިޖެހެން ހުރީ އެންމެ ދިހަ މިނެޓެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ދުވަމުން ނިކުން އިރު އޭނާގެ މަންމަ އިލްމާ ސައި ތައްޔާރު ކުރުމުގައި އުޅެޔެވެ. އިލްމާ އަވަހަށް ދަރިފުޅު ފެނުމުން ސައިބޮން ގޮވޮއެވެ. “މަންމާ އެންމެ މިނެޓެއް ވެސް މަޑު ކުރެވޭކަށް ނެތް” މިހެން ބުނުމަށް ފަހު ނިކުމެގެން ދިޔައީއެވެ. ދުވެފައި ގޮސް ކާރު ދުއްވައިލީ ގަޑިއާށް ނުދެވިދާނެ ކަމުގެ ބިރު އޮތީމައެވެ.
ބާރަށް ދުއްވަމުން ގޮސް އޭނާ މަޑު ކޮށްލީ މިވަގުތު ރާއްޖޭގެ އެންމެ މަގްބޫލު ޓީވީ ޗެނެލް ކަމުގައި ވާ “ކީ ނިއުސްގެ” މައި ދުރުމަތީގައެވެ. އަލާޔާ އަކީ ކީ ނިއުސްގައި މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ނޫސްވެރިޔެކެވެ. ފުރާވަރަށް އެޅީންސުރެއް ނޫސްވެރިޔަކަށް ވުމަށް ހިތުގައި އުފެދުނު ޝައުގުގެ ސަބަބުން އޭނާ ކެނޑިނޭޅި އެކަމަށް މަސައްކަތް ކުރިޔެވެ. އަބަދުވެސް ކަންކަން ބަލާ ދިރާސާ ކުރާ ހިތްވާ އަލާޔާއަށް މިކަން ވެގެން ދިޔައީ ލިބުން ރަނުގެ ފުރުސަތަކަށެވެ. ކީ ނިއުސްގައި މަސައްކަތް ކުރާތާ ދެ އަހަރު ވާން ގާތް ވެފައި ވާ އިރު، އޭނާއަށްވަނީ އެންމެ ގާބިލް ނޫސްވެރިޔާގެ އެވާރޑް ވެސް މިދިޔަ އަހަރު ލިބިފައެވެ.
ފުން ނޭވާއެއް ލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތް އަލާޔާ މުޑިއެރީ ނިކުންނަން އައި މީހެއްގެ ގަޔަށެވެ. އެވަގުތު ތޫލި ހަޅޭކަކާއެކު އޭނާއަށް އެމީހެއްގެ ގައިގައި ހިފަަހަށްޓާލެވުނީ މީހާ ވެއްޓުމުން ސަލާމަތް ވާށެވެ. އެވަގުތު ބާރުގަދަ އަތަކުން ވަށާލި ކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. އެ ކަޅުކަން ގަދަ ދެލޮލުގެ ތެރެއަށް ގެނބިގެން ދިއުމުގެ ކުރިން އޭނާގެ ގައިން އެމީހަކު ދޫކޮށްލައިފިއެވެ. އަލާޔާ ބިންމައްޗައް ޖެހުނުލެއް ބާރު ކަމުން އަނގައިން މަޑު އާހެއް ބޭރުވިޔެވެ.
ޖެހުނުހެނެއް ހިޔެއްނުވެ އަލާޔާ ތެދުވީ ކުރިމާތީ ހުރި މީހާއަށް އޭނާއަށް ތަދުވިކަން ނާންގާށެވެ. ތެދުވި ގޮތަށް ތެދުވެ އެ މީހާއަށް ލޯއަޅާލީ ރަނގަޅު ފިލާވަޅެއް ނަގައިދޭނަމޭ ހިތާއެވެ. އޭނާގެ މޫނާ ދިމާލަށް އިނގިލި ދިއްކޮލަމުން އަލާޔާ ރައްދުދޭން ފެށިއެވެ. “ކީއްވެ އަހަރެން ތި ވަށްޓާލީ ތަދުވެއްޖެޔޭ މީނަ ހީކުރަނީ ދޯ މީނަވަރުގެ ފިރެހެނެއް ނެތޭ. ނުބަލާ އައިސް އަހަރެން ގައިގަ ޖެހިގަނެފަ އަދި ވަށްޓާލައިފި އޭނު. ހުއް! ވަރަށް ފޫހިވޭ! މި ފިރެހެން މީހުން ތިބޭނީ ހަމަ ތަނަކުން އަންހެން ކުއްޖެއް ނުފެނިފަ” އަލާޔާ ހުރީ ވެއްޓި ތަދުވުމުގެ ސަބަބުން ވަރަށް ހިތްހަމަ ނުޖެހިފައެވެ.
އިތުރަށް އެތާގައި މަޑުކުރަން ބޭނުން ނުވުމުން ދެލޯ އަޅައިލައިގެން ހުރެ އަލާޔާ އެތެރެއަށް ދާން ހިނގައިގަތެވެ. ނަމަވެސް ހުއްޓެން މަޖުބޫރު ވީ އަނެއްކޮޅުން އޭނާ ދެއްކި ވާހަކައަށް ރައްދު ދިނީމައެވެ. “ގަސްތަކު އެއް ނޫން ޖެހިގަތީ ތިމާ މީހާ ނުބަލާ އައީމަ މިހެން ވާން ޖެހުނީ” ބަރު ފިރެހެން އަޑަކުން ބުނެލި އަޑު އިވުނެވެ. އެވަގުތު އެއައި ރުޅިއެއް ބުނާކަށް ވެސް އަލާޔާއަކަށް ނޭންގުނެވެ. “ބުނަންތަ ރަނގަޅު ވާހަކައެއް ތިމާގެ ކުށް ގަބޫލް ނުކޮށް އެހެން މީހުންގެ ބޮލުގަ އެޅުވިޔަސް ނުވާނެ. އަދި ވަށްޓާލާފަ މާފަށް ވެސް އެދުނީއެއް ނޫނެ. ފޮނިވިޔަސް ތީ ދެން ބޮޑުވަރު. ހީ ނުކުރާތި ތިހާ އަޖޭ ހެދިފަ އައީމަ އަހަރެން ބިރު ގަންނާނެ އޭ” އިތުރަށް އެއްޗިސް ކިޔާލަން ހުޅުވި އަނގަ ލަށްޕަން ޖެހުނީ ކައިރިއަށް އައި އެތާގެ މެނޭޖާރ ކަމުގައިވާ އަޒްހަރު ފެނިފައެވެ.
“ކިހިނެއް ވަނީމި؟” އަޒްހަރު ހިތްހަމަ ނުޖެހިފައި ސުވާލު ކޮށްލިއެވެ. އަދި އިތުރަށް ވާހަކަ ދައްކަން ފެށިއެވެ. “އަލާޔާ އަވަހަށް ސާރ އަށް މާފަށް އެދޭ. އަހަރެންއަށް އަޑު އިވުން އަލާޔާ ސާރ އާ ވާހަކަ ދެއްކި ގޮތް” އަޒްހަރުގެ ވާހަކަ އަޑުއިވުމުން އަލާޔާ އޭނާގެ ކުރިމަތީ ހުރި މީހާއަށް ބަލާލީ ހިތްހަމަ ނުޖެހުމާއެކުއެވެ. އަދި މަޑުމަޑުން ސޮރީއޭ ބުނެލުމަށް ފަހު އެތަނުން ހިނގައިގަތީ ވީ ފޫއްސެއްގެ ބޮޑުކަމުން އެތާ ހުންނަން ވެސް ބޭނުން ނުވާތީއެވެ.
ކީ ނިއުސް އިން ނިކުން ނާއިކް ހުރީ އަޖައިބު ވެފައެވެ. މިއަދު މި ދިމާވީ އޭނާގެ މުޅި ހަޔާތުގައި ވެސް ދިމާވި އެންމެ ގޮތްދޫނުކުރާ ކުއްޖާކަން ގައިމެވެ. އެވަރުގެ ކެރޭ އަންހެން ކުއްޖާކާ މީގެ ކުރިން ދިމާވެފައެއް ނެތެވެ. އެކަމާ ހުރެ އޭނާހުރީ ވެސް އެ އަންހެން ކުއްޖާ ދެކެ އިންތިހާއަށް ފޫހިވެފައެވެ. ނާއިކް ކައިރީ ހުރީ އޭނަގެ ދަށުން މަސައްކަތް ކުރާ އިވަންއެވެ. އެކުގައި އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރެވުމުގެ ސަބަބުން އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ.
“ރީތި މަންޖެ އެއް ދޯ؟” ހިނި ގަނޑެއް ޖަހާލަމުން އިވަން ބުނެލިއެވެ. “އަނގަވެސް ކިހާ ބޮޑު… ލަދުވެސް ގަނެއްޖެއޭ… މިވަރުގެ ކަމެއް އަދި ނުދެކެން” ހިތްހަމަ ނުޖެހިފައި ނާއިކް ބުނެލިއެވެ
. އެހެން ބުނުމާއެކު އިވަންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަދި އެޔަށް ފަހު ބުނެލިއެވެ.”އިކްއާ ހަމަ އެ މަންޖެ ވަރަށް ގުޅޭ” އެހެން ބުނުމާއެކު ނާއިކް ވަގުތުން ހުއްޓުނެވެ.
ނާއިކް، އިވަންއަށް ބަލާލީ ނުރައްކާތެރި ނަޒަރަކުންނެވެ. “މަށާ އެ ހަންޑިއާ އަޅުވައި ނުކިޔާތި އަންހެނުން ހުސް ވިޔަސް އެ ހަންޑި އަކާ ނީންނާނަން، އަހަރެންނާއެކީ ދާން ބޭނުމިއްޔާ ބޭކާރު ވާހަކަ ނުދައްކާ އަންނަންވީ” ހިނިގަނޑު މަތަ ކޮށްލަމުން އިވަން ހިނގައިގަތީ އިތުރަށް ހީފިއްޔާ ނާއިކް ރުޅި އައިސްގެން އޭނާ ބަހައްޓާފަ ގޮސްދާނެތީއެވެ.
****
(ނުނިމޭ)
5 Comments!
Comments are closed.

Maashaa Allah mi part vx varah varah reethi…
Awwn naaik and alaayaa vrh majaa and vrh gulhey..
Whn next??
mi part ves v reethi masha allah
cuiously waiting for next part
keep it up
naaik and alaayaa gulhuvachey
they both are made for each other
Yup I agree
They both are made for each other
Furathama badhalu vee iru ves balaabla pispis!!!
Vaa salhi couple eh!!!
Very nice interesting and curious
Dhn inbai kobaa thr??