ދުވަހަކީ އާދައިގެ ދުވަހެކެވެ.އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ވަކި މިޔަދުވެސް އެއްވެސް ޙާއްސަކަމެއްނެތެވެ. އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އަހަރެން ގެ ނަޒަރު ހުއްޓިފައި ވަނީ ކޮޓަރީގައި ދިއްލާފައިވާ ނޫ ކުލައިގެ ހޮޅިބުރިޔަށެވެ.ކޮޓަރިތެރޭގައި ވަނީ މަޑު ތެއް ފިނިކަމެކެވެ. ވަގުތަކީ މެންދަން ގަޑި ކަމުން މާހައުލައް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ.އެހެން ނަމަވެސް އަހަރެންގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައިވެއެވެ .ވިސްނަން ބޭނުން ނުވާ އެތައް ކަމެއް ވަނީ އަހަރެންގެ ސިކުނޑިއަށް ވެރިވެގަނެފައިއެވެ.ޖަވާބު ހޯދަން ބޭނުންވާ […]