Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިޙްސާސް

shaya_inaz
shaya_inaz Level 1
June 22, 2024 2 Mins Read
0 Comments

ދުވަހަކީ އާދައިގެ ދުވަހެކެވެ.އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ވަކި މިޔަދުވެސް އެއްވެސް ޙާއްސަކަމެއްނެތެވެ. އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އަހަރެން ގެ ނަޒަރު ހުއްޓިފައި ވަނީ ކޮޓަރީގައި ދިއްލާފައިވާ ނޫ ކުލައިގެ ހޮޅިބުރިޔަށެވެ.ކޮޓަރިތެރޭގައި ވަނީ މަޑު ތެއް ފިނިކަމެކެވެ. ވަގުތަކީ މެންދަން ގަޑި ކަމުން މާހައުލައް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ.އެހެން ނަމަވެސް އަހަރެންގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައިވެއެވެ .ވިސްނަން ބޭނުން ނުވާ އެތައް ކަމެއް ވަނީ އަހަރެންގެ ސިކުނޑިއަށް ވެރިވެގަނެފައިއެވެ.ޖަވާބު ހޯދަން ބޭނުންވާ އެތައް ހާސް ސުވާލުތަކެކެވެ. ނިންޖަކީ ވެސް މުޅިން އަހަރެންނާއި ބީރައްޓެހި އެއްޗަކަށް ވެއްޖެއެވެ.އެކަނި ވެރިކަމުގެ އިހްސާސް ދުވަހަކަށް ވުރެ ދުވަހެއް ދަނީ ބޮޑުވަމުންނެވެ.ހީވާ ކަހަލައެވެ .އަހަންނަކީ ހުރިހާ ކަމަކުން ވެސް ބަދު ނަސީބުވެރިއެކެވެ. ބުނެވޭނީ ވެސް އެހެންތާ އެވެ.އުފާވެރިކަން އަހަރެންނާއި ބައްދަލު ކުރި ދުވަހެއް ހަނދާނުގައި ނެތެވެ. ހިތްދަތިކަމާއި ކަރުނަ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއޭ ބުންޔަސް މިހާރު ދޮގަކަށް ނުވާނެ އެވެ . އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ.

މީހުން ބުނާ އަޑު އަހަމެވެ.އަހަރެންގެ ހަޔާތުގައި އަަބަދުވެސް އަންނަނީ އަޑިގަނޑުގަޑެވެ. އަހަންނަކީވެސް އިންސާނަކީމުއެވެ. އަހަރެންނަށް ވެސް ކެއްކުރެވޭނީ ވަކި ވަރަކަށްތާއެވެ .އުފާވެރިކަމަށް ފެން ބޮވައިގަނެފައިވާ މީހެއްފަދައިން ކޮންމެ ރެއަކާއި ދުވާލު ގަނަތެޅެމުންދަނީއެވެ. އަހަރެންވެސް އަހަރެންގެ އިޙުސާސްތައް މީހަކަށް ހިއްސާ ކޮށްލަން ބޭނުމެވެ. ނަމަވެސް ހިތައް ވެރިވަނީ ބިރުވެރިކަމެކެވެ . ކުރެވުނު ތަޖުރިބާ އިންނެވެ. ދެން ހިތުގައި އުފެދޭ ސުވާލަކީ މިހާރުގެ ގޮތުން ބުނާ ނަމަ އަހަރެންގެ ޕޮއިންޓް އޮފް ވިއު އިން އެ ވާހަކަތައް އެ މީހުނަށް އަންޑަސްޓޭންޑް ވާނެބާއެވެ؟ ނޫނީ އަނެއްކާވެސް އެ މީހުންގެ އިނގިލިތައް އަހަރެންނާއި ދިމާއަށް ދިއްކުރަނީ ބާއެވެ ؟ އޭރުން ވެސް ގޯސް ވަނީ އަހަރެން ބާއެވެ؟ އެހެން މިހުން އުޅޭހެން އަހަރެންނަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ހެއްްޔެވެ ؟ނަސީބަކީ ކަތީބު ދެއްވާ އެއްޗެއް ނަމަ ކިހާ ރަގަނޅު ހެއްްޔެވެ .

އޭރުން އަހަރެންވެސް އަހަރެންގެ ޅަފަތުގައި ނުލިބުނު ބައްޕަ ގެ ލޯބި ހޯދަން ސަލާން ޖަހާ ނަމެވެ. ގެއްލި ދިޔަ އެކުވެރިން އަހަރެން ދޫކޮށް ދިޔަ ސަބަބު ހޯދާނަމެވެ. އަބަދު އަހަރެންގެ ކުއް ދައްކަމުން އަހަރެންނާއި ދުރުވި މީހުން އެހެން ކަންތައް ކުރީ ކީވެތޯ ބަލާލަން އަހަރެން ވަރަށް ވެސް ބޭނުމެވެ. އަހަރެންގެ އިހުސާސްތައް ދަންނަ މީހަކު އަހަރެންގެ ވާހަކަތައް ހިއްސާ ކޮށްލާނަމެވެ. ބޭނުންވަނީ އަހަރެން ގެ އިހުސާސް ތައް ދަންނަ އެހީތެރިއެކެވެ. ހިތްވަރު އެލުވާ ލެވޭ ވަގުތު ހިތްވަރު ދޭނެ ބައިވެރިއެކެވެ . ރަގަނޅު މަގުން އެކުގައި ހިނގާނެ އެކުވެރިއެކެވެ. ބޭނުންވަނީ ޅަފަތުގައި ނުލިބުނު ލޯތްބާއި ކުލުނާއި އަޅަލުމެވެ. ފަހަރުގައި އަހަރެންނައް މިކަންކަމަށް އުއްމީދު ކުރެވުން މީ މިހާ ބަދު ނަސީބު ވި ސަބަބު ކަމުގައިވެސް ވެދާނެ އެވެ .ޚިޔާލުތަކުގެ ތެރެއަށް ގެނބިފައިވައި އަހަރެންނަށް ހޭވެރިކަމެއް ވީ ފަތިސް ނަމާދު ގެ ބަންގީގެ އަޑަށެވެ. ދެލޮލުން ފައިބައިފަވާ ކަރުނަތައް ފުހެލުމަށް ފަހު ފާޙާނައައް ވަދެ ވުޟޫ ކޮއްލައިގެން އައިސް ނަމާދަށް އެރީމެވެ. މި ހިތާމާވެރިކަމުގެ ދުނިޔެއިން ނެރެ އުފާވެރިކަމަށް އަހަރެންގެ ހަޔާތައްް ގެނައުމަށް އެދި ﷲ އަށް ވަކީލުކޮށްލުމަށް ފަހު ދުވަހައިގެން ކުރިޔަށް ދިޔައީމެވެ.

 

Share Article

shaya_inaz
Follow Me Written By

shaya_inaz

Level 1

It's just me myself and I Solo ride until I die 😽

Other Articles

Previous

ތެމި ވާރޭގައި ވީމޭ 12

Next

އިންސާފު (ފަސްވަނަ ބައި)

Next
June 22, 2024

އިންސާފު (ފަސްވަނަ ބައި)

Previews
June 22, 2024

ތެމި ވާރޭގައި ވީމޭ 12



All Right Reserved!