އެނދުގެ ހެޑްބޯޑް ގައި ކިއަރާ ލެގި ލިއެވެ. ހިތާމައިން މިލާ މޯޅިވެފައި ވި މޫނުމަތިން ޝައުގުވެރިކަމާ އެށްވަރަކަށް ހާސްކަން ފާޅުވޭވޭ ހުށްޓެވެ. ކޮޓަރި އެއަރ ކޮންޑިޝަން ކޮށްފައިވީ ނަމަވެސް އެ ދޮން ނިތްކުރިމަތީގައި މުތީ ތަކެށްފަދައިން ދާތިކި ބަބުޅާތަން ފެނުނީ މަދު ސިކުންތު ކޮޅެށްގެ ތެރޭގަ އެވެ. ކިއަރާ ދެފައި ވަށް ކޮށްލުމަށް ފަހު ކައިރިގައި އޮތް ބާލިސް ނަގައި އުނގުމަތީގައި ބާއްވާލި އެވެ. އެއަށް ފަހު ސައިޑް ޓޭބަލް މަތީގައި އޮތް އާދައިގެ މޮނީޓަރ ފޮތެށް […]