Skip to content
އެސްފިޔަ

ހިތި ހަގީގަތް

އެނދުގެ ހެޑްބޯޑް ގައި ކިއަރާ ލެގި ލިއެވެ. ހިތާމައިން މިލާ މޯޅިވެފައި ވި މޫނުމަތިން ޝައުގުވެރިކަމާ އެށްވަރަކަށް ހާސްކަން ފާޅުވޭވޭ ހުށްޓެވެ. ކޮޓަރި އެއަރ ކޮންޑިޝަން ކޮށްފައިވީ ނަމަވެސް އެ ދޮން ނިތްކުރިމަތީގައި މުތީ ތަކެށްފަދައިން ދާތިކި ބަބުޅާތަން ފެނުނީ މަދު ސިކުންތު ކޮޅެށްގެ ތެރޭގަ އެވެ. ކިއަރާ ދެފައި ވަށް ކޮށްލުމަށް ފަހު ކައިރިގައި އޮތް ބާލިސް ނަގައި އުނގުމަތީގައި ބާއްވާލި އެވެ. އެއަށް ފަހު ސައިޑް ޓޭބަލް މަތީގައި އޮތް އާދައިގެ މޮނީޓަރ ފޮތެށް ވަރުގެ ފޮތަކާ ދިމާ އަށް ނެގި އަތުގައި މަޑު ތުރުތުރެށްވިއެވެ.

އޭނާ އެފޮތް ނެގުމަށް ފަހު ރަނގަޅަށް ފޮތުގެ ބޭރުން ދިރާސާ ކޮށްލިއެވެ. ކަޅުކުލައިގެ ކަވަރ ގެ އެށްފަރާތު ކަނެތްގައި ރިހި ކުލައިގެ ޓައީއެށް އިނެވެ. ގިނަ އިރުތަކެށް ނުވެ އޭނާގެ ހިމަހޯލި އިނގިތަކުން އެ ލުއި ފޮތް ހުޅުވާލި އެވެ. އެތެރޭގައި ހުރި ގަނދުތަށް ބޭރު ގަނޑަށްވުރެ ބައި އިންޗިއެށް ވަރު ކުޑަކަމަށް ފެނެ އެވެ. ގާވެފައިވާ ބުދެށްހެން ކިއަރާ ހުޅުވިފައިވާ ސަފްހާ އަށް ބަލަން އިނެވެ. އިރުކޮޅެށް ފަހުން އެސަފްހާގެ މެދަށްވުރެ މަތީ ހިސާބެށް ލިބިގަތީ ކިއަރާގެ އަގުހުރި އިނގިލިތަކުގެ ބީހުން އިހްސާސް ވެލުމުގެ ޝަރަފެވެ. ކިއަރާ އޭނާގެ އަލްމަނޑް ލޮލުގެ ދިގު އެސްފިޔަތަށް ތިރިކޮށްލުމާ އެކު އެ އެސްފިޔަތަށް ފޫދުށްވާލައިފައި އޮމާން ކޯތާފަތަށް އޮހޮރިގަތީ ތާޒާ ކަރުނަ އެވެ. ލަފާ ކުރެވެނީ އޭނާގެ އަތުގަ އޮތީ ފޮޓޯ އަލްބަމެށް ނޫނީ ކޮންމެވެސް ހާއްސަ ފަރާތެށްގެ ޑައިރީ އެށްކަމަށެވެ. އެހެން ކަމަށް ވާނަމަ އޭނާގެ ކުރިމަތީގައި އެއޮތީ ވެތުވެދިޔަ ތިން ދުވަހު އޭނާ އެ ކުރަމުންދާ ހިތާމައިގެ އަސްލަށް ވުން ގާތެވެ.

ކިއަރާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެތެރެއަށް ވަދެގެން އައި އިނާޒް ފެނުމާއެކު ކިއަރާ އަތުގެ ނުފުށުން ކަރުނަ ތަށް ފޮހެލިއެވެ. އަދި ކުރަމުން ދިޔަ އިހްސާސް ތަށް ފޮރުވާލައި ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ތަށް އޮއްބާލެވޭތޯ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ދަތް އަޅާލުމާއެކު އެ ކުޑަ ހަށިގަނޑުގައި ދައުރު ވަމުން ދިޔަހާ ލެޔެއް ތުންފަތަށް ޖަމާވި ކަހަލަ އެވެ. އިނާޒް އަކީ އޭނާގެ އުފަން ބައްޕަ ނަމަވެސް މިއަދު އޭނާ އިނާޒް އަށް ބަލަހަށްޓައިގެން އެއިނީ އެކަން ޔަގީން ނުވާފަދަ ގޮތަކަށެވެ. އިނާޒް ކަންބޮޑުވެފައި ހުރެ ލުއި ފިޔަވަޅުތަކެއްގައި ދަރިފުޅާ ހަމަ އަށް ދިޔައެވެ. އަދި އެބާރުގަދަ އަތުން ކިއަރާގެ ފަން އިސްތަށިގަނޑުގައި ފިރުމާލުމާއެކު ކިއަރާ އޭނާގެ ގައިގައި ބައްދާލިއެވެ. އެއާއެކު އިނާޒް ގެ ހުދު ގަމީސް ތެމިގެން ދިޔައީ ކިއަރާގެ ލޮލުން ބަންޑުންވި ކަރުނައިގެ ކޯރުންނެވެ. އިނާޒް ގެ ލޮލުގެ ތެތްކަން އިހްސާސް ނުވާ ހާލު ކިއަރާގެ އުނގުގައި އޮތް ފޮތަށް ކަޅި ހުއްޓާލިއެވެ. އެވަގުތަށް އޭނާގެ ހަނދާންތަށް ހިސޯރުވެގެން ދިޔައީ ކުޑަ ކުޑަ ކިއަރާ މިދުނިޔެއަށް އުފަންވި ދުވަހުގެ ހަނދާން ތަކުގެ ތެރޭގައެވެ.

އެދުވަހު ކިއަރާ ގެ އުފަން މަންމަ ގެ އަތުގެ ތެރޭގައި އޮތް އިރު އެމަންމަ އަސަރާއެކު ބަލަން ހުރީ ކިއަރާގެ ބޮޑު ދެލޮލަށެވެ. ވަދާއުގެ ސަލާމް ކުރަމުން ދަރިފުޅާ އޭ ކިޔާ ގޮވާލާނެ ހިތްވަރެށްވެސް ނުލިބިފައި ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމް އެށްގެ އެނދެށްގަ ހުރެއެވެ. ކަރުނައިން ދެލޯ ފޯވެފައި ހުރެމެ، އިހްސާސް ތަކެކޭ އެޢްފަދައިން އެކަރުނަތަށް ވެސް ސިއްރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ . ކައިރީގައި ހެވިފައި ހުއްޓިގެން ހުރީ އުމުރުން ވޭތުވެދިޔަހާ ދުވަހު ކިއަރާ މަންމަގެ މަގާމް ދީގެން ހުރި އަންހެނާ އެވެ. އެވަގުތުއިނާޒް އެ ފޮޓޯނެގި އިރު އެމަންމަގެ ހިތަށް ކުރާނެ އަސަރަކާމެދު ކުޑަކޮށް ވެސް ފިކުރުކޮށް ނުލެވުނީ ކީއްވެބާއޭ މިހާރު އޭނަ ހިތަށް އަރައެވެ.

“ދަރިފުޅާ.. ބައްޕަ އަށް މާފް ކުރޭ.. ބައްޕަ އަށް އެނގުނު ދަރިފުޅުގެ ދޮންމަންމަ ނިޔާވި ދުވަހު އެއީ ދަރިފުޅުގެ އުފަން މަންމަ ނޫން ކަމަށާ، ދަރިފުޅުގެ އުފަން މަންމަ ހެޔޮހާލުގައި ދުނިޔޭގަ ހުރި ވާހަކަ ބުނެދިން ކަން..”
އިނާޒް ވަރަށް ހިތްވަރު ކޮށްފައި ވާހަކަ ދެއްކި އެވެ.

“އެހެންވެ އެ ހިތި ހަގީގަތް ދަރިފުޅަށް ޔަގީން ކޮށްދޭން ވެގެން ތި ޑައިރީ އާއި ފޮޓޯ ދަރިފުޅަށް މި ދެއްކީ..”
އެވާހަކަތަށް ބުނެވުނު ނަމަވެސް ކިއަރާ ގެ ވިސްނުން ހުރިގޮތެށް ދެނެގަންނަން ނޭންގޭތީ އޭނާ ހުރީ ހިސާބަކަށް ކަންބޮޑު ވެފައެވެ. އޭނާ ތައުލީމީ ހަޔާތް ނިންމާލިގޮތަށް ލޯބީގެގޮތުން ގުޅުނު ޒިއާ އާ ކައިވެނި ކުރަން ނިންމީ އެންމެފަހުވަގުތު އެއީ ދެ ކެރިއަރުން ކަން އިނގުނު ނަމަވެސް އާއިލާ އަށް ސިއްރު ކުރަމުންނެވެ. ތިން އަހަރުދުވަހު އެކުގައި އުޅެފައި ވަކިވާނެހާ ހިއްވަރެއް ނުލިބުނީއެވެ. ނަމަވެސް 17 އަހަރުފަހުން ޒިއާ އޭނާ އާއި އެ ވަކިވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ކެންސަރާ ހަނގުރާމަ ކޮށް، ބަލިވެގެންނެވެ. ހިތް ނޭދުނަސް ކޮންމެވެސް ދުވަހަކުން ތިމާ ލޯބިވާ ފަރާތާއިވެސް ވަކިވެގެން ދާންޖެހޭނެ ކަން އެދުވަހު ވިސްނުނުނަމަ މަޔަކާއި ދަރިފުޅު ވަކިން، އޮޅުވާލުމެއްގެ ތެރޭގައި ގެންގުޅޭކަށް ނުޖެހުނީހެވެ. ނަމަވެސް މިއަދު އިނާޒް އަށް ޖެހޭނީ ހިތި ހަގީގަތާ ކުރިމަތި ލާށެވެ. އެވަގުތު ކިއަރާ އިސްއުފުލާލުމުން އިނާޒްއަށް މަޖުބޫރުވީ އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާށެވެ.

“ބަ.. ބައްޕަ.. ކީއްވެ؟”
ކިއަރާގެ އަޑު ބޭރުވީ ކުރެހިގެންނެވެ. އެއަޑުގައި ޝަކުވާ އެކުލެވިފައި ވިއެވެ. އިނާޒް އަށް އެއްޗެށް ބުނެވުމުގެ ކުރިން އަނެއްކާވެސް އިވުނީ ޅަ އަޑެވެ.
“ކޮބާ މަންމަ… ކިއާ ބޭނުމީ މަންމަ އާ މީޓްކުރަން..”

އެއާއެކު އިނާޒްގެ އިޝާރާތަކަށް ބަލަބަލައި ދޮރުކައިރީ ހުރި އިނާޒް ގެ ހަގު އަނބި، އަދި ކިއަރާ ގެ ހަގީގީ މަންމަ ލިއުޝާ އެތެރެއަށް ވަނެވެ. ނިކަމެތި ލިއުޝާ އާއި އިނާޒް ކައިވެނި ކުރީ ޒިއާގެ އެދުމުގެމަތިންނެވެ. ބަދަލުގައި ލިއުޝާ ގެ ބަލި މަންމަ އަށް ބޭސްފަރުވާ ކޮށްދީ އޮފީހުން ވަޒީފާ ހަމަޖައްސައި ދިނުމުގެ އިތުރުން އޭނާގެ ބައްޕަގެ ގޯތި 7 ފްލޯރ އަށް ހަދައިދީފަ އެވެ. މަންމަގެ ބޭސްފަރުވާ ފިޔަވާ ހުރިހާ ކަމަކަށް ލިއުޝާ އިންކާރު ކޮށް ކޮށް ހުއްޓައިވެސް މިވަރު ބޮޑު ގުރުބާނީ އެށް އޭނާ ވީ ހަމައެކަނި ދުވަސް ކޮޅެއްގެ މެހެމާނަކަށެވެ. ޒިއާ އެކޭ އެއްފަދައިން ލިއުޝާ އިނާޒް ދެކެ ވީ ލޯބި އިނާޒް އަށް ސިއްރުކުރެވިފައި ވީކަމީ އޭނާ އަށް ލެއްވި ނަސީބެއް ކަމަށް ކުރިން ލިއުޝާ ދެކުނެވެ. ނަމަވެސް އަމިއްލަ ހަށިގަނޑުން އެތުއްތު ފުރާނަ އުފަން ކުރުމަށް ފަހުމުޖުބޫރު ހާލުގައި އޭނާ އާއި ވަކިން އެހެން ބަޔަކާ ދަރިފުޅު ހަވާލް ކުރެވުމުން އެ ހަށިގަނޑުގައި އެޅި ވޭނާއި ކުރި ހިތާމަ އިނގޭނެ ފަރާތަކީ މާތް ﷲ ފިޔަވާ ޚުދު އޭނާ އެވެ.
ކިއަރާ އެށްފަހަރު އިނާޒް އަށް އަނެއް ފަހަރު ލިއުޝާ އަށް ބަލާލުމަށް ފަހު އޭނާގެ ބައްޕަގެ އުނގުން ރެކިގަނެގެން ދުވެލައިފައި ގޮސް ލިއުޝާގެ ގައި ގައި ބައްދާލީ ޒިއާ ދެކެ ވީވަރަށް ވުރެ ބޮޑަށް ލިއުޝާ ދެކެ ލޯބިވާކަން ހާމަ ކޮށްދޭން ކަހަލަ އެވެ. “ދަރިފުޅާ” އޭ ކިޔާފައި ލިއުޝާ ގޮވާލީ 13 އަހަރުވަންދެން ފޮރުވިފައިވީ މައިވަންތަ ކުލުނު އެއްކޮށް ހާމަ ކޮށްލަން ކެއްމަދުވެފައި ހުރެފައެވެ. ދެމައިން އުފާވެރި ކަމުން ފުރިފައި ބައްދާލައިގެން ތިބީ ދުވަހަކުވެސް ވަކިނުކުރެވޭނެ ފަދަ ގޮތަކަށޭ އިނާޒް އަށް ހީވިއެވެ. ޒިއާގެ ހަނދާންތަކެކޭ އެށްފަދައިން އެމޫނަށް ވެރިވި އުޖާލާ ކަމާއި ތުންފަތުގަ ކުޅެލި ހިނިތުންވުން ދުވަހަކުވެސް ފަނޑުވެގެން ނުދާނޭ ފަދަ އެވެ. އަމިއްލަ އެދުމާއި ހެދި މަޔަކާއި ދަރިފުޅު 13 އަހަރު ވަންދެން ދުރުގައި ގެންގުޅުނު ނަމަވެސް އެހިތި ހަގީގަތާ އެކު ދެމައިން ވެސް ރުޅި މޫނުހަދާ ނުލާ އުފަލާއެކު އިނާޒް ގަބޫލް ކުރުމުން އެ އާއިލާ އަކީ ފުރިހަމަ އާއިލާ އެއްކަމުގެ އިނާޒް ދެކުނެވެ. ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ، އަދި އޭނާގެ ދިރިހުރުމުގެ ރޫހު ކަމުގައިވި ދަރިފުޅު ގެ މޫނުމަތިން އުފާވެރިކަން ފާޅުވުމުން އޭނާގެ ހިތަށް ލިބުނު ހަމަޖެހުން ދުވަހަކުވެސް ފިލައިގެން ނުދާނޭ ކަހަލަ އެވެ.

Comments (18)

  1. ހަޒޫ

    މީތި ސަޅިިިއޭ ޝަމާ…!!!!! 🙂

  2. މޯޑު (ޖަކާ)

    ވަރައް ފުރިހަމަ މިވާހަކަ..!!

  3. ޝަޒްމީލް

    ސަޅި ވަރަށް ! 🙂

  4. shama

    ޝުކުރަން (:

  5. ާްއަމާން ރަބީއު

    ާރީއްޗެއް ނުން!!!! ކަމަކު ނުުދޭ!! ކާކު ލިޔުން ހަޑި ވާހަކައެށް!!

  6. ޔާޒީ ނާޒިމް

    ރީތި ވަރައް!!

  7. ޝަމާމީލް

    ރީީތި !! 🙂

  8. Shahoo

    ރީތި

  9. ލިލީ

    ވަރަށް ފުރިހަމަ…

  10. riff

    v nice story

    1. Sha Maa
      riff

      Thanks all 😀

  11. tho

    cant undustand da story

    1. Sha
      tho

      read it twice or more.. than u might understand 🙂

  12. Jaishan

    Salhi

  13. SA

    DHEN REETH

  14. MaiNa

    vanuvaeh neynge

  15. mysterious girl

    mi story adhi mi ah vure reethi koh lieveyne

  16. lam

    vanyy kihinehkameh saafeh nuvey thankolheh sim

Comments are closed.