ކަޅު ވިލާތަކުން އުޑުމަތި ބަނަކޮށްލާފައިވާއިރު ހީވަނީ އިރުދެކެ ކުރާ ނަފްރަތެއްގެ ސަބަބުން އިރު އޭގެ ދޯދިތައް ދުނިޔޭގެ ބިމާއި ހަމައަށް ފޮނުވުމަށް ކުރާ މަސައްކަތައް ހުއްޓުވަންއުޅޭހެންނެވެ. ޖެހިލާ ގަދަ ވައިރޯޅިތަކުންވެސް ހީވަނީ މެލޭޝިއާގެ ބޮޑެތި އިމާރާތްތައް ބިމަށް ވެއްޓިދާނެހެންނެވެ. މެލޭޝިއާގެ މަގެއްގެ އެއްފަރާތު ކައިރީގައި ހުއްޓިލައިގެން ޓެކްސީއެއްގެ އިންތިޒާރުގައި މަޑުމަޑު ފިޔާތޮށިކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމެއް ލައިގެން ހުރި އުމުރުން ވިހި އަހަރުގެ މާޝަލްގެ ކަޅު ދިގު ފަންއިސްތަށިގަނޑު ދިއައީ ޖެހެމުންދިޔަ ވައިގެ ތެރޭގައި ނަށަމުންނެވެ. […]