މެންދަމުން އަލިވެ ދޭއް ޖެހީއެވެ. އަދިވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އިރުއިރުކޮޅާ އެނދުމަތީގައި ފުރޮޅިލަމެވެ. މިރޭ އަހަރެންނައް ނިދޭނެހެނެއް ހިޔެއްނުވެއެވެ. ހަމަ ތުރުތުރު އަޅަނީއެވެ. ގައިގެ އެތަންމިތަން ހިރުވަނީއެވެ. އަހަރެންނަށް މިހާލު ޖެހުނުގޮތް ހިތައްއަރާ ކޮންމެ ފަހަރަކު ހިތުގައި ޖެހެއެވެ. ބޭއިޚްތިޔާރުގައި ރޮވެއެވެ. މިހާލުގައި އުޅެނިކޮށް ތިނެއް ޖަހައިފިއެވެ. ނިދޭތޯ ވަރަށް މަސައްކަތް އެބަ ކުރަމެވެ. ނަމަވެސް އަހަރެންގެ ޚިޔާލުގެ އުޅަނދު ހަނދާނުގެ މާކަނޑަށް ނިކުމެ ފައްސިޔަވައިގައި ދުއްވައިގެންފިއެވެ. އެއީ މީގެ ހަ އަހަރު ކުރިއެވެ. […]