އެ ހަނދާންތައް
މެންދަމުން އަލިވެ ދޭއް ޖެހީއެވެ. އަދިވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އިރުއިރުކޮޅާ އެނދުމަތީގައި ފުރޮޅިލަމެވެ. މިރޭ އަހަރެންނައް ނިދޭނެހެނެއް ހިޔެއްނުވެއެވެ. ހަމަ ތުރުތުރު އަޅަނީއެވެ. ގައިގެ އެތަންމިތަން ހިރުވަނީއެވެ. އަހަރެންނަށް މިހާލު ޖެހުނުގޮތް ހިތައްއަރާ ކޮންމެ ފަހަރަކު ހިތުގައި ޖެހެއެވެ. ބޭއިޚްތިޔާރުގައި ރޮވެއެވެ. މިހާލުގައި އުޅެނިކޮށް ތިނެއް ޖަހައިފިއެވެ. ނިދޭތޯ ވަރަށް މަސައްކަތް އެބަ ކުރަމެވެ. ނަމަވެސް އަހަރެންގެ ޚިޔާލުގެ އުޅަނދު ހަނދާނުގެ މާކަނޑަށް ނިކުމެ ފައްސިޔަވައިގައި ދުއްވައިގެންފިއެވެ. އެއީ މީގެ ހަ އަހަރު ކުރިއެވެ.
އަހަރެންގެ އުމުރުން އެންމެ ފަނަރަ އަހަރުގައި އަހަރެންގެ ބައްޕަވަނީ މިދުނިޔެ ދޫކޮށްފައެވެ. ބައްޕައާއި ނުލާ އުޅުމަކީ އަހަރެންނާ އަހަރެންގެ މަންމައަށް ކުޅަދާނަވެގެންވާކަމަކަށް ނުވާތީ އަހަރެންގެ މަންމަ ނިންމީ އަހަރެމެންގެ ދިރިއުޅުން މާލެ ބަދަލުކޮށް ބައްޕަގެ ހަނދާން އެއްކޮށް ފުހެލުމަށެވެ. މާލެ ގޮސް ފަސް މަސް ވިތަނާހެން އަހަރެންގެ މަންމަ އާ ދިރިއުޅުމެއް ފަށަން ބޭނުންވިއެވެ. މަންމަ އަހަރެން ގާތު އެހެން މީހަކާ ކައިވެނި ކުރާ ވާހަކަ ބުނުމުން އަހަރެންނައްދިޔާ ކުއްލި ސިހުމެއް ޖެހިގެންނެވެ. ނަމަވެސް އެ ކައިވެންޏައް އަހަރެން ދެކޮޅު ނުހެދީ މަންމަގެ އުފަލަށް ހުރަހެކަށް އަހަރެން ނުވާންވެގެންނެވެ.
އިސާހިތަކު އަވަހައް މަންމަ އާއި އެ މީހާގެ ކައިވެނި ކުރެވިގެން ދިޔައެވެ. ދޮންބައްޕަ ކިތަންމެ ހިތްހެޔޮވެފަ ރަނގަޅަސް އަހަރެންނަށް އިތިރު ބިރުވެރިކަމެއް ހިތައް ގެނުވީ ދޮންބައްޕަގެ ދޮށީ ދަރި އަހަރެންގެ ގެޔައް ބަދަލުވުމުނެވެ. ނަވާރަ އަހަރުގެ ދޮންބޭބެ އަކީ ޑްރަގްގެ މަސައްކަތްކުރާ މަސްތުވާތަކެތި ބޯއުޅޭމީހެކެވެ. ދޮންބޭބެ ގެއައް ބަދަލުވީއްސުރެ
އެންމެ ރެއަކީވެސް އަހަރެންނައް ހަމަނިދި ނުނިދޭރެއެކޭ ބުނުމުންވެސް ދޮގެކަށް ނުވާނެއެވެ. ބަދިގެތެރޭ އެއްޗިސް ތަޅުވާ އަޑާ އެއްޗެހި ވެރޭ އަޑު އިވޭ ކޮންމެ ފަހަރަކު އަހަރެންގެ ގަޔައް ހޫނު ފެން އެއްޗެއް އޮއްސާލާ ކަހަލައެވެ.
ދޮންބޭބެގެ އަތުގެ ޝިކާރައަކަށް އަހަރެން ވެދާނެކަމަށް ދުވަހަކުވެސް އަހަރެން ހިތައްނާރައެވެ. ކޮންމެ ދުވަހަކު ދޮންބޭބެއައް ކާންހަދަން ނުކުންނައިރު ބުޅަލެއް މީދަލަކާ ދިމާލަށް ބަލަން އިންނަހެން އޭނާ އަހަރެން ބަލަން އިނދެއެވެ. ނަމަވެސް ބޮޑު ގޮތެއް ނުވާނެއޭ އަހަރެން އެކަމަކާ މާބޮޑަކަށް އަޅައެއްނުލަމެވެ. ހުރިހާކަމެއް ބަދަލުވެގެންދިޔާ އެއްރެއެއްގެ ދަންވަރު ދޮންބޭބެ އަހަރެންގެ ކޮޓަރިއައް ވަދުމުންނެވެ. އަހަރެންނައް ހޭވެރިކަންވީ މީހަކު އަހަރެންގެ ގައިގައި ފިރުމާހެންހީވާތީއެވެ. ސިއްސާގެންގޮސް ހަޅޭއްލަވާގަންނަން އުޅެނިކޮށް ދޮންބޭބެ އަހަރެންގެ އަނގަމަތީގައި ބާރަށް އަތްއަޅާ ފިއްތާލުމަށްފަހު އެއްވެސް މީހެއްކައިރީ ނުބުނުމަށް އަމުރުކުރިއެވެ. އެވަގުތު އަހަރެންގެ މޭ ކުދިކުދިވެގެން ވިރޭ އެޅުނު ކަހަލައެވެ.
މަންމަގާތު ބުނަން ފަސްޖެހެނީވެސް ދޮންބޭބެ އަހަރެންނައް ހަދާލާނެ ގޮތް ބުނެދޭންވެސް ނޭންގޭތީއެވެ. އޭގެފަހުން ކޮންމެ ރެއަކު އަހަރެންގެ ކޮޓަރިއައް ވަދުމަކީ ދޮންބޭބެގެ އާދައަކަށް ވެއްޖެވެ. ކޮންމެ ދުވަހަކު ތެދުވެ ގޭތެރޭ އިންނަން ބޭނުން ނުވާތީ އަހަރެން ނިކުމެ ހަމަހިމޭން ތަނަކަށް ގޮސް އަހަރެންގެ ކަރުނަތަށް ބަންޑުންކޮށްލަމެވެ. ފަހުން ފަހުން އައިސް އަހަރެންގެ އަމަލުތަކަށް ބަދަލެއްއައިކަން އަހަރެންގެ މަންމައަށް ފާހަގަވެގެން އަހަރެންނާ ސުވާލުކުރިއެވެ. ނަމަވެސް ކަމެއް ނުވާކަމަށްބުނެ އަހަރެން އެކަންތައް މަތިޖަހާ ފޮރުވީމެވެ.
ދޮންބޭބެގެ އަނިޔާތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔައެވެ. ނަމަވެސް ހިތްވަރާއެކު ކޮންމެސް ދުވަހަކުން މިކަންތައް ނިމޭނެއޭ ހިތައްއަރާ މާތް ﷲ އަށް ދުޢާކުރުން ފިޔަވާ އިތުރު އެއްވެސް ގޮތެއް އަހަރެންނަކަށް ނެތެވެ. މި ރެއަކީވެސް ދޮންބޭބެ ވަންނާނެ
ކަމުގެ ޔަގީންކަން އަހަރެންނަށް އޮތް ރެއެއްކަމަށްވާތީ އަހަރެން އެނދުގެ ދެފަރާތައް ފުރޮޅިލަ ފުރޮޅިލަ އޮތީމެވެ. ބިރުން ތުރުތުރު އަޅަމުން އަނެއް ފަރާތައް ބަލާލީ ކޮޓަރި ދޮރު ތަޅު ހުޅުވާލި އަޑަށެވެ. ނަސީބުކަންދިމާކުރިގޮތުން ދޮންބޭބެ އަހަރެންގެ ގައިގައި އަތްޖައްސާނުލެވެނީސް އަހަރެންގެ މަންމަ ކޮޓަރި ދޮރުހުޅުވާލިއެވެ.
އެވަގުތު މަންމައަށް ހުރެވުނު ތަންވެސް ނޭންގުނުކަން ހުދު މަންމަގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. މޫނުމަތިން ދިލަކަނި ބުރުވަމުން އައިސް ދޮންބޭބެގެ ގައިގައި ހިފާ އެއްލާލިއެވެ. އަދި އަހަރެންގެ ގައިގައި ބައްދާގަންނަމުން އަޑުންއަޑުނަގާ މަންމަ ރޯންފެށިއެވެ. މިހާދުވަސްވީއިރު މަންމައަށް އެއްވެސް ކަމެއް ނޭންގުނީތީ މަންމަ އަހަރެންނައް މަޢާފައް އެދުނެވެ. އާރުޅިމަތީ ޕޮލުހުންނައް ގުޅާ އޭނާ ހައްޔަރު ކުރިއެވެ. އަހަރެންގެ މަންމަ ދޮންބައްޕައާވެސް ވަކިވިއެވެ.
ކުއްލިއަކަށް އަހަރެންނަށް ހޭވެރިކަންވީ މީހަކު އައިސް ދޮރުގައި ޓަކިޖަހާއަޑަށެވެ. ލޮލުން ފޫދިގެން ދިޔަ ކަރުނަތަށް ފޮހެލުމަށްފަހު ދޮރުކައިރީ ބަލާލިއިރު މަންމަ ހުއްޓެވެ. އަދި ސައިބޯން ނިކުތުމަށް ބުންޏެވެ. އަހަރެންގެ ހަޔާތް މިހިސާބަށް މިއާ އެ ހިތްވަރުގަދަ މަންމަގެ މިންނެތް މަސައްކަތުންކަން ދެނެވޮޑިގަންނަވާނީ ހަމަ މާތް ﷲ އެވެ.
ނިމުނީ
One Comment
Comments are closed.

sadd but nicee ❤️?