އެދެމޭ ކަލާޔާ ގާތުގައި ވުމަށް ، ފެންނާތީ ޔާރާގެ މޫން ތެދެކޭ ތިއީ ހޫރެއްހޭ ، ފެނުނީ އޭ ޖާދޫވީ މޫން ލީވާންއާއި މާނިޝް ޖަހަމުން ދިޔަ ސަކަރާތުގެ ސަބަބުން ނައުރާ ހުރީ ކަންފަތުން ދުންއަރާ ވަރުވެފައެވެ. އެއާ ޙިލާފަށް އެމީހުން ތިބި ހިސާބާ ތަންކޮޅެއް ދުރުގައި ޑްރާމާ ބަލަން ތިބި ނިޔާޒުއާ މާޒިން ތިބީ ހީހީ ވަރުބަލިވެފައެވެ. ލީވާންއާއި މާނިޝް ޖަހަމުން ދިޔަ ސަކަރާތް މަޖާ ކަމުންނެވެ. އައިސްކޯން ގަނެގެން އައިސް ރުކެއް ކައިރި ހުއްޓިލި […]
ފެނުން ތޮޅިލުމަށްފަހު ރާއްޖޭގެ ވެރިރަށް މާލެއަށް އިރު އަރައިގެން ދިޔައީ މޫސުން ރީތި އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. އެކި މީހުންގެ ހަޔާތުގައި އެކި ކުލަތަށް ޖައްސަމުންނެވެ. ދުވަހުގެ މޫސުން ބަދަލު ވާކަށް މާގިނަ އިރެއް ނުނެގިއެވެ. ހެނދުނު ހަތެއް ޖެހިއިރު ވިލާތަކުން އުޑުމަތި ބަނަކޮށްލިއެވެ. އިރުގެ ފަރުދާއަކަށް އެ ކަޅު ވިލާތައްވިޔެވެ. މާޔޫސް މާޔޫސް ވެފައިވާ ހާލު އިރު ފަރުދާވީ އަމިއްލަ އެދުންމުން ފޯވެފައިވާ ވިލާތަކަށް ފުރުސަތު ދެމުންނެވެ. ފަނަރަ ވަރަކަށް މިޏެޓުގެ އިންޒާރުތަކަކަށްފަހު ބޯ ވާރޭގެ […]