އޭރުން ތި ހިތަށް ފިނިކަމެއް ލިބޭނެ. މީރާގެ ކޮލަށް ދޮނެއް ދެމުން ނޫހް ބުނެލިއެވެ. ދެން ދަނީ. ބާއި! ސީޔޫ! ނޫހް ފަސް އެބުރި ހިނގައި ގަތެވެ. އޭރު މީރާ ވެސް އަވަސް ވެގަތީ ގެޔަށް ދިއުމަށެވެ. ދިޔަ މަގުމަތީ ވިސްނެމުން ދިޔައީ ނޫހް އެބުނީ ކޮން ސަޕްރައިޒް އެއް ތޯ އެވެ. ‘އަނެއްކާ އެެއުޅެނީ ކޮން ކަމަކު ބާ! ނިކަން ލާނެއް މީހެއް އެއީ އަދި. ޕިސް! ދެން!! އަޅޭ! ކީއްތަ ކުރަން އެއުޅެނީ.’ އަހަރެން އުފާ ކުރަން އެވެސް.. މީރާ އެކަނި ވާހަކަ ދައްކަމުން ގެޔަށް ވަދެވުން އިރުވެސް ނޭންގުނެވެ. ކޮބާ މީރާ ރުއްސަން ދިޔަ މީހާ މިއޮއް އައީ އެކަނި. މަންމަ ހީކުރީ ގޮވައިގެން ކަމަށް އަންނާނީ. މިހާރު އޯ ކޭ ތަ؟؟؟ ނޫހް ގެ މަންމަ ސައީދާ އެހިއެވެ. އާން!! އޭނަ ހަމަ އޯ ކޭ! ނޫހް ޖަވާބު ދިނެވެ. މަންމަ ކޮބާތަ ޒޯޔާ؟؟ ނޫހް އޭނަ މަންމަ ގާތު އެހިއެވެ. ޒޯޔާ ވަނީ ކޮޓަރި އަށް ހެން ހީވަނީ ބަލާލަބަ. ‘ނޫހް ޕްލޭން ފްލޮޕް ވިޔަ ނުދޭތި އިންގޭ. އަހަރެން ގެ […]
މީރާ އަދި ނޫހް އަކީ ކުޑަ އިރުން ސުރެން އެކުގަ އުޅެ ބޮޑުވި ދެމީހުންނެވެ.ސާނަވީ އމްތިހާން ނިންމުމަށް ފަހު ނޫހް ގެ މައިންބަފައިން އިތުރަށް ކިޔަވަދިނުމަށް މާލެ އަށް ފޮނުވިއެވެ. އެކަމަކު ދެމީހުން ގެ ގުޅުމަށް ބުރެއް ނާރައެވެ. ކޮންމެ ދުވަހަކު ވީޑިއޯ ކޯލް ކޮއްގެން ވާހަކަ ދައްކަން ތިބެެއެވެ. ނޫހް އެކޮޅުގަ ކުރާ ހުރިހާ ކަމެއްވެސް ކިޔާ ދެއެވެ. މާދަމާ މީ ނޫހް ޗުއްޓީ އައް ރަށައް އަންނަ ދުވަހެވެ. އެހާ ގިނަ ދުވަސް ކޮއްފަ ފެންނާނެތީ މީރާ ހުރީ ވަރަށް އުފަލުންނެވެ. މީރާ ބޭނުންވީ އޭނަ ނޫހް އާ ދޭތެރޭ ދެކޭ ގޮތް ބުނެދޭށެވެ.ހިތުގަ އެވާ އިހުސާސް ތައް ބުނެދޭން ބޭނުންވާތީއެވެ. ‘ހަލޯ! މީރާ.. ކޮބާ ރެޑީތަ މިދޭން އުޅޭ ސަޕްރައިޒް ބަލަން؟؟ ނޫހް މީރާ އަައް ގުޅާފަ ބުންޏެވެ. ‘އާން ޔަގީނެއްނު އަހަރެން ވެސް އެބަ އޮތޭ ވަރަށް ބޮޑު ވާހާކަ އެއް ބުނަން ވެފަ.’ މީރާ ޖަވާބުގައި ބުނެލިއެވެ. ލޯނޗު އައިސް ފާލަމާ ކައިރި ކުރީމަ މީރާ ދުއްވައިގަތީ އެދިމާ އަށެވެ. އޭރު ނޫހް ލޯނޗުން ފައިބަނީއެވެ. ނޫހް ގެ މަންމަ ވެސް އެތާ ހުއްޓެވެ. ނޫހް އާ އެކީ އެހެން އަންހެން ކުއްޖެއް ވެސް ފޭބި އެވެ. އެވަގުތު ނޫހް މީރާ ކައިރީ އެހިއެވެ. ‘ސަޕްރައިޒް ކޮބާތޯ ނާހާނަންތަ؟’. މީރާ ‘އުހުން ކޮބާތަ ތިބުނާ އެއްޗެއް؟’ ‘އެެއްޗެއް ނޫނޭ ކުއްޖެއް’ ނޫހް ބުންޏެވެ. ‘މަންމަ މީރާ މީ ޒޯޔާ އަހަރެން ލޯބިވާ ކުއްޖާ އަދި އިންނަން ބޭނުންވާ ކުއްޖާ. ޒޯޔާ މީ މަންމަ. ދެން މިހިރީ ‘ބެސްޓް ފްރެންޑް’ މީރާ ނޫހް ގެ ޖުމްލަ ފުރިހަމަ ކޮއްދިނެވެ. ލޮލުގަ ފުރި ބާރުވެފަ ހުރި ކަރުނަ ހިފަހައްޓަމުން އުފާވެރި މޫނެއް ދައްކާ ހިތުގަ ނޫހް އައް އެވާ ލޯބި ފޮރުވަމުން ބުނެލއެވެ.’ ކީއްވެ ކުރިން ނުބުނީ؟ އެއް ފަހަރު ނަމަވެސް ބުނިނަމަ އަޅެ.’ ‘ މަރުހަބާ ދެކުދިންނައް.’ ކެއް ނުވާ ވަރު ވުމުން މީރާ ދުއްވައިގަތީ ގެޔާ ދިމާލަށެވެ. ހިފޭއްްްޓުމެއް ނެތި ކަރުނަ ތައް ފައިބަނީ އެވެ. “ނުބުނީމަ ރުޅި އައީ ކަންނަނޭގެ އަންނާނަން ބަލާލާފަ. މަންމަ ދޭ ޒޯޔާ ގޮވައިގެން ގެއަށް!” މީރާ! މަޑުކޮއްބަ ! އޭ ! ނޫހް ގޮވަމުން ދިޔައެވެ. ކޮބާ ބުނަން އޮތް ވާހަކަ؟ ނުބުނާނަން ތަ؟ މީރާ ހުއްްޓުން އެރިެެެއެވެ. ކަރުނަތައް ފޮހެލާ ނޫހް އާ ދިމާލައް ބަލާލާފަ ބުނިއެވެ. އެވާހަކަ އެންގެން ބޭނުން؟؟ މީރާ އެހިއެވެ. ނޫހް ‘އާން އެހެންވެ މި އެހީ’ އޯކޭ ބުނަން ބޭނުން ނުވަނޏާ އަޅާ ނުލާ. އަސްލު މީރާ އައް އެހެން ސަރޕްރައިޒް އެއް އެބަ އޮތޭ. ތި ހިތަށް ފިނި ކަމެއް ލިބޭނެ އޭރުން މީރާ ކޮލައް ދޮނެއް ދެމުން ނޫހް ބުނެ ލިޔެވެ. ދެން ދަނީ. ބާއި! ސީޔޫ! ނުނިމޭ…ދެން އޮތްބައި […]