އިރުގެ ރަން ދޯދިތައް ކޮޓަރީގައިހުރި ދޮރުފޮތިގަނޑުން ފުރޭނިގެންއައިސް އަހަރެންގެ މޫނަށް އެޅިފައިވިއެއްކަމަކު އަހަރެންނަށް ދެލޯ ހުޅުވާލަން މަޖުބޫރުކުރީ އެއަލިކަމެއްނޫނެވެ. އެހެނެއްކަމަކު ނިދިފައިއޮއްވާ އަހަރެންނަށް ހޭލެވުނީ މީހެއްގެ ބީހުންތަކެއް އިހްސާސްވާން ފެށުމުންނެވެ. ދެލޯ ހުޅުވާ ބަލާލުމާއެކު ކުރިމަތީގައި އިން އިންސާނާފެނި އަހަރެން ބިރުން ރޫރޫ އަޅަންފެށިއެވެ. އެދެލޮލުގައިވި އަސަރުފެނި އަހަރެންނަށް ބިރުން ފަހަތަށްޖެހެވުނުއިރުވެސް އާދައިގެ މަތިން ކަންތައްވާނެގޮތް އަހަރެެންނަށް ރަނގަޅަށް އެނގެއެވެ. އެންމެ ހަތްއަހަރުގެ ޅަސިކުނޑިއެއްކަމަކު އަހަރެންނަށް ކުރިމަތިވަމުންދިޔަ ހުރިހާ ކަމެއް އަހަރެންނަށް ރަނގަޅަށް ފަހުމްވެއެވެ. އާނއެކެވެ. އަހަރެންގެ […]